އާމްދަނީގެ 40 ޕަސަންޓު މާރުކުރުމަކީ ކުރެވޭނެ ކަމެއް ނޫން: މަޓީ

މަޓީގެ 36 ވަނަ އަހަރީ އާންމު ބައްދަލުވުމުގެ ތެރެއިން: ގިނަ މެންބަރުން ވަނީ ސަރުކާރުން މަޝްވަރާނުކޮށް ސިޔާސަތު ގެންނަ ކަމުގެ ޝަކުވާކޮށްފަ --- ފޮޓޯ: އަމަން ހަލީމް/އަދަދު

މަޓީގެ 36 ވަނަ އަހަރީ އާންމު ބައްދަލުވުމުގެ ތެރެއިން: ގިނަ މެންބަރުން ވަނީ ސަރުކާރުން މަޝްވަރާނުކޮށް ސިޔާސަތު ގެންނަ ކަމުގެ ޝަކުވާކޮށްފަ --- ފޮޓޯ: އަމަން ހަލީމް/އަދަދު

ރިސޯޓުތަކަށް ލިބޭ އާމްދަނީގެ 40 ޕަސަންޓު މާރުކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އިން މިއަދު ބުނެފި އެވެ. 

މަޓީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ރިސޯޓުތަކުން ތެލާއި، މުސާރައާއި، ސާވިސް ޗާޖާއި، ޓެކުހާއި، އަދި ބޭރުގެ ލޯނުތައް ދެއްކުމަށް ބޮޑެތި ހޭދަތަކެއް ޑޮލަރުން ކުރަންޖެހޭއިރު، އާމްދަނީގެ 40 އިންސައްތަ މާރުކުރުމަކީ ވިޔަފާރިތަކަށް ދެމެހެއްޓޭނެ ކަމެއް ނޫން ކަމަށެވެ. 

އެ އެސޯސިއޭޝަނުން މި މަހު ކުރީކޮޅު އެމްއެމްއޭއާ އެކު ބޭއްވި ބައްދަލުވުމުގައި ވެސް ވާހަކަދެކެވުނީ ރިސޯޓުތަކަށް ލިބޭ އާމްދަނީގެ 20 ޕަސަންޓު މާރުކުރާ ގޮތަށް ކަމަށްވެފައި، ސަރުކާރުން ކުއްލިއަކަށް އެއްވެސް މަޝްވަރާ ކުރުމެއް ނެތި މިއަދު މާރުކުރާ ޕަސަންޓް 40 ޕަސަންޓަށް އިތުރުކުރަން ނިންމުމުން ފަތުރުވެރިކަމުގެ ސިނާއަތަށް ގޮންޖެހުންތައް ކުރިމަތިވާނެ ކަމަށް މަޓީން ބުންޏެވެ. 

މަޓީން އިތުރަށް ބުނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ބައެއް ރިސޯޓުތަކުން ގާނޫނާ ހިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ކަމަށް ބުނެ ކުރެވޭ ތުހުމަތުތަކަކީ މުޅި ސިނާއަތަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ދެއްކޭނެ އުޒުރެއް ނޫން ކަމަށާއި ވަކިވަކި އޮޕަރޭޓަރުންގެ މައްޗަށް ކުރެވޭ ތުހުމަތުތަކެއްގެ ސަބަބުން މުޅި ސިނާއަތަށް ބުރަވާނެ ފަދަ ސިޔާސަތުތަކެއް ކަނޑައެޅުމަކީ އިންސާފެއް ނޫން ކަމަށެވެ.

މީގެއިތުރުން ކަޅު ބާޒާރުގެ މައްސަލައަކީ ހަމައެކަނި ރިސޯޓުތަކާ ގުޅިފައިވާ ކަމެއްގެ ގޮތުގައި ދެއްކުމަކީ ހަގީގަތާ ހިލާފު ކަމެއް ކަމަށް ވެސް މަޓީން ބުންޏެވެ.

ޑޮލަރުގެ ތާށިކަން ބޮޑުވަމުންދާތީ ރައީސް އޮފީހަށް މަޓީގެ ބޯޑު މެންބަރުން ހާޒިރުކޮށް "ބިރު ދައްކައިފި"

ކަޅު ބާޒާރުގައި ޑޮލަރުގެ އަގު މަތީގައި ހިފެހެއްޓުމަށް ބައެއް ރިސޯޓުތަކުން މަސައްކަތްކުރާ ކަމަށް ތުހުމަތުކޮށް، މަޓީގެ ބޯޑު މެންބަރުން ރައީސް އޮފީހަށް ހާޒިރުކުރި. ސަރުކާރުން ތުހުމަތު ކުރާފަދަ ޣައިރުގާނޫނީ އަމަލެއް ހިންގާކަމުގެ މައުލޫމާތު ލިބިފައިނުވާ މަޓީން ބުނެފައިވޭ. އަދި ކަޅުބާޒާރު އުފެދި ގޯސްވެފައިވަނީ ރިސޯޓުތަކުގެ ސަބަބުން ނޫން ކަމަށް ބުނި.

ރައީސް އޮފީހުގައި އިއްޔެ ބޭއްވި ބައްދަލުވުމެއްގައި ބައެއް ބައެއް ރިސޯޓު އޮޕަރޭޓަރުން ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކޮށް، އެކްސްޗޭންޖް ރޭޓް މަތިކުރާ ކަމުގެ ތުހުމަތުތަކެއް ތަހުގީގީ އިދާރާތަކުން ކުރަމުންދާކަން އަންގާފައިވާކަން ފާހަގަކޮށް މަޓީން ބުނީ އެ އެސޯސިއޭޝަނުން ވަނީ އެފަދަ އެއްވެސް އަމަލެއްގެ މައުލޫމާތު ލިބިފައިނުވާކަމާއި، ހުރިހާ މެންބަރުންވެސް ގާނޫނާއި ގަވާއިދުތަކަށް ފުރިހަމައަށް ބޯލެނބުމަށް އަބަދުވެސް ބާރުއަޅާކަމުގެ ޔަގީންކަން ދީފައި ކަމަށެވެ. 

ރާއްޖޭގައި ހިންގާ 200 ރިސޯޓުގެ ތެރެއިން 146 ރިސޯޓު ތަމްސީލުކުރާ މަޓީން ބުނީ، އެ އެސޯސިއޭޝަނަކީ ރާއްޖޭގެ އިގްތިސާދަށް އެންމެ ގިނަ ބޭރު ފައިސާ ވައްދާ އަދި މާރުކުރާ އެއް ފަރާތް ކަމަށެވެ.

ގައުމީ އިގްތިސާދީ މައްސަލަތަކުގައި ސަރުކާރާއެކު އަބަދުވެސް އިހުލާސްތެރިކަމާއެކު މަސައްކަތް ކުރަމުންދާނެ ކަމަށާއި، މި މައްސަލައިގައިވެސް ހަގީގަތުގެ މައްޗަށް ބިނާވެފައިވާ، އިންސާފުވެރި އަދި ދެމެހެއްޓެނިވި ހައްލެއް ހޯދުމަށް ސަރުކާރާއި އެމްއެމްއޭ އާއެކު މަޝްވަރާކުރަން ތައްޔާރަށް އޮތް ކަމަށް މަޓީން ބުންޏެވެ.

އެމްއެމްއޭއިން މިހާރު ދަނީ ރިސޯޓުތަކަށް އަންނަ މީހެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރަން އޮންނަ އުސޫލު އުވާލައި، ޖުމްލަ އާމްދަނީގެ 40 ޕަސެންޓު މާރުކުރަން މަޖުބޫރުވާ ގޮތަށް ގާނޫނު ބަދަލުކުރުމުގެ މަސައްކަތް ކުރަމުންނެވެ. 

މަރުކަޒީ ބޭންކުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، ބޭރު ފައިސާގެ ގާނޫނަށް އަމަލުކުރަން ފެށި ފުރަތަމަ އަހަރު ޓޫރިޒަމް ދާއިރާއިން 1.7 ބިލިއަން ޑޮލަރު (26.2 ބިލިއަން ރުފިޔާ) ބޭންކުތަކަށް މާރުކޮށްފައިވެ އެވެ. މީގެ ސަބަބުން ކުރިން 15-9 ޕަސެންޓުގައި ހުރި ޑޮލަރު މާރުކުރުމުގެ ނިސްބަތް ވަނީ 21 ޕަސެންޓަށް އުފުލިފަ އެވެ.

ނަމަވެސް ޑޮލަރުގެ އަގު ދަށް ނުވެ، މިހާރު ޑޮލަރެއް ވަނީ 23ރ. އަށް އަރައިފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox