ވަގު ޑީލަށް މަގުފަހި ކުރަން އެމްޓީޑީސީގެ އިތުރު ހިއްސާ ވިއްކަނީ
ސަރުކާރުގެ އަތުގައި އޮންނަނީ އެމްޓީޑީސީގެ 47 ޕަސެންޓު ހިއްސާ އެވެ. ބާކީ 53 ޕަސެންޓު ހިއްސާއަކީ އާންމުންނަށް ވިއްކާފައިވާ ހިއްސާ އެވެ. ރައިޓްސް އިޝޫއަކަށް ގޮސް އިތުރު ހިއްސާ ވިއްކުމުން ސަރުކާރަށް މެޖޯރިޓީ ހިއްސާ ގަތުމުގެ ފުރުސަތެއް އޮވެދާނެ އެވެ. އިތުރު ކުރާ ހިއްސާ މިހާރުގެ ހިއްސާދާރުން ނުގަނެފި ނަމަ އެ ފުރުސަތު ދެން ލިބޭނީ ސަރުކާރަށެވެ.