ސަރުކާރަށް އާމްދަނީގެ ގޮތުގައި 976.6 މިލިއަން ޑޮލަރު ލިބިއްޖެ

ރާޅާއަޅާ މަންޒިލެއްގެ ގޮތުގައި މަޝްހޫރުވެފައިވާ ކ. ތުލުސްދޫގައި ރާޅާއެޅުންތެރިއަކު ހިނގާފައި ދަނީ: ޑޮލަރު އާމްދަނީގެ ގޮތުގައި ދައުލަތަށް ލިބޭ 90 ޕަސެންޓު އަންނަނީ ޓޫރިޒަމުން --- ފޮޓޯ: އަދަދު

ރާޅާއަޅާ މަންޒިލެއްގެ ގޮތުގައި މަޝްހޫރުވެފައިވާ ކ. ތުލުސްދޫގައި ރާޅާއެޅުންތެރިއަކު ހިނގާފައި ދަނީ: ޑޮލަރު އާމްދަނީގެ ގޮތުގައި ދައުލަތަށް ލިބޭ 90 ޕަސެންޓު އަންނަނީ ޓޫރިޒަމުން --- ފޮޓޯ: އަދަދު

ދައުލަތުގެ ޓެކްސް އިދާރާ، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން މިދިޔަ މަހުގެ ތެރޭގައި ބަލައިގަތް 108.3 މިލިއަން ޑޮލަރު  (1.6 ބިލިއަން ރުފިޔާ) އާ އެކީ، މިދިޔަ މަހުގެ ނިޔަލަށް 976.6 މިލިއަން ޑޮލަރު (15.1 ބިލިއަން ރުފިޔާ) ލިބިފައިވާ ކަމަށް އެ އިދާރާގެ އެންމެ ފަހުގެ އާމްދަނީގެ ރިޕޯޓުން ދައްކައިފި އެވެ. 

މީރާއިން ޝާއިއުކޮށްފައިވާ ޖުލައި މަހުގެ މަންތުލީ ރެވެނިއު ކަލެކްޝަން ރިޕޯޓުގައިވާ ގޮތުގައި، ޓެކްސްތަކުން 756 މިލިއަން ޑޮލަރު (11.6 ބިލިއަން ރުފިޔާ) ލިބިފައިވާއިރު، ޓެކްސް ނޫން އާމްދަނީތަކުން 220.6 މިލިއަން ޑޮލަރު (3.4 ބިލިއަން ރުފިޔާ) ލިބިފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ލިބުނު 898.2 މިލިއަން ޑޮލަރު (13.8 ބިލިއަން ރުފިޔާ) އަށް ވުރެ، 8.7 ޕަސެންޓުގެ އިތުރުވުމެކެވެ. 

މި އާމްދަނީގެ ގާތްގަނޑަކަށް ދެ ބައި ކުޅަ އެއް ބައި (47 ޕަސެންޓު) އަކީ ޓޫރިޒަމް ދާއިރާގެ މުދަލާއި ހިދުމަތުން ނަގާ ޓެކްސް (ޓީޖީއެސްޓީ) ގެ ގޮތުގައި ރިސޯޓުތަކާއި ގެސްޓުހައުސްތަކާއި އެހެން  ޓޫރިޒަމް ވިޔަފާރިތަކުން ދައްކާފައިވާ ފައިސާ އެވެ. ޓީޖީއެސްޓީގެ ގޮތުގައި މި އަހަރު 468.4 މިލިއަން ޑޮލަރު (7.2 ބިލިއަން ރުފިޔާ) ލިބިފައިވެ އެވެ. 

ޓީޖީއެސްޓީ ނަގާފައި ދެން އެންމެ ގިނަ އަދަދަކަށް ޑޮލަރު ލިބިފައި ވަނީ ވިޔަފާރިތަކާއި އާންމު ފަރުދުންގެ އަތުން ނަގާ އާމްދަނީގެ (އިންކަމް) ޓެކްސް އިންނެވެ. އިންކަމް ޓެކްސްގެ ގޮތުގައި މި އަހަރު 120.1 މިލިއަން ޑޮލަރު (1.8 ބިލިއަން ރުފިޔާ) ލިބިފައިވެ އެވެ. 

ޑޮލަރުން ލިބުނު އާމްދަނީ (މިދިޔަ މަހުގެ ނިޔަލަށް)

  • ޓީޖީއެސްޓީ - 468.4 މިލިއަން ޑޮލަރު
  • އިންކަމް ޓެކްސް - 120.1 މިލިއަން ޑޮލަރު
  • ގްރީން ޓެކްސް - 88.3 މިލިއަން ޑޮލަރު
  • އެއާޕޯޓު ޑިވެލޮޕްމަންޓު ފީ - 78.9 މިލިއަން ޑޮލަރު
  • އެއާޕޯޓު ޑިޕާޗާ ޓެކްސް - 78 މިލިއަން ޑޮލަރު
  • ޓޫރިޒަމް ލޭންޑް ރެންޓް - 77.6 މިލިއަން ޑޮލަރު

މި އަހަރު ވެސް ދައުލަތުގެ އާމްދަނީ އިތުރުވެ، ރެކޯޑު އަދަދަކަށް ޑޮލަރު ލިބިފައި ވިޔަސް، ރާއްޖޭގެ ތާރީހުގައި މިހާ ޑޮލަރު ތާށި ދުވަސްވަރެއް ނާދެ އެވެ. 

އެ ގޮތުން ރަސްމީ ރޭޓަކީ 15.42ރ. ނަމަވެސް، އާންމުންނާއި ވިޔަފާރިތަކުން ބޭނުންކުރާ ޑޮލަރުގެ ބޮޑު ބަޔެއް ހޯދަން ބަރޯސާވާ ކަޅު ބާޒާރު ނުވަތަ ޕެރެލަލް މާކެޓުގައި ޑޮލަރެއްގެ އަގު ހުރީ 22.60ރ. އަށެވެ. މިއީ ދިވެހި ތާރީހުގައި ދުވަހަކު ވެސް ޑޮލަރުގެ އަގު ނުއުފުލޭ ވަރެކެވެ. 

މީރާއަށް ޑޮލަރުން ލިބުނު އާމްދަނީ 

  • ޖެނުއަރީ - 180.4 މިލިއަން ޑޮލަރު (2.8 ބިލިއަން ރުފިޔާ)
  • ފެބްރުއަރީ - 126.8 މިލިއަން ޑޮލަރު (1.9 ބިލިއަން ރުފިޔާ)
  • މާޗު - 205.1 މިލިއަން ޑޮލަރު (3.2 ބިލިއަން ރުފިޔާ)
  • އޭޕްރިލް - 120.7 މިލިއަން ޑޮލަރު (1.9 ބިލިއަން ރުފިޔާ)
  • މެއި - 88.5 މިލިއަން ޑޮލަރު (1.4 ބިލިއަން ރުފިޔާ)
  • ޖޫން - 118.5 މިލިއަން ޑޮލަރު (1.8 ބިލިއަން ރުފިޔާ)
  • ޖުލައި - 108.3 މިލިއަން ޑޮލަރު (1.7 ބިލިއަން ރުފިޔާ)

ސަރުކާރުން ބުނަނީ މި ހުރިހާ ވެސް މައްސަލައަކީ ކުރިން ވެރިކަމުގައި އޮތް އެމްޑީޕީ ސަރުކާރުން އަށް ބިލިއަން ރުފިޔާ ޗާޕުކުރުމާ ގުޅިގެން އިގުތިސޯދުގައި އުފެދިފައިވާ ހާލަތަކެވެ. ނަމަވެސް ގިނަ މާހިރުން ބުނަނީ މިއީ އޭރު ފައިސާ ޗާޕުކޮށްފަ އޮއްވާ، އެ ޕްރެޝަރު ކުޑަކުރަން ސަރުކާރަށް ހަރަދުތައް ކޮންޓްރޯލް ނުކުރެވުމުގެ ސަބަބުން އިތުރަށް ގޯސްވީ ހާލަތެއް ކަމަށެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އައިކެއާއިން އޭއައިގެ އެހީގަ ލޮލުގެ ރެޓީނާ ސްކްރީންކުރަން ފަށަނީ

އައިރިސް ކުންފުންޏާ ގުޅިގެން އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ލޮލުގެ ރެޓިނާ ސްކްރީންކުރުމުގެ ޚިދުމަތް އައިކެއާ ހޮސްޕިޓަލުން ރާއްޖެއަށް ތައާރަފުކޮށްފި. އައިކެއާގެ މައި ހޮސްޕިޓަލުން މި ޚިދުމަތް ވަރަށް އަވަހަށް ލިބެން ފަށާނެ.

ރަންވޭ އާއި ހުޅުލޭ ބިން ރަހުނުކޮށްފަ 56 މިލިއަން ޑޮލަރު ނަގައިފި

ވީއައިއޭގެ ރަންވޭ އާއި ހުޅުލޭގެ ބިން ބީއެމްއެލްއަށް ރަހުނުކޮށްފަ ނެގި 56 މިލިއަން ޑޮލަރާއެކީ އެމްއޭސީއެލްއިން ބީއެމްއެލްއަށް ދައްކަންޖެހޭ ދަރަނި ވަނީ 112 މިލިއަން ޑޮލަރަށް އަރާފަ. މީގެ ބޮޑުބަޔަކީ މި ސަރުކާރުގެ ދައުރުގައި ނަގާފައިވާ ފައިސާ. އެމްއޭސީއެލްގެ ޖުމްލަ ދަރަނި މިހާރު 1.08 ބިލިއަން ޑޮލަރަށް އަރާފައިވާއިރު، ކުންފުނީގެ މާލީ ހާލަތު ވަރަށް ގޯސް.

ދިރާގު އެޕްރެންޓިސްޝިޕް 2027 އަށް ފުރުސަތު ހުޅުވާލައިފި

ޒުވާނުން ވަޒީފާގެ މާހައުލަށް އަހުލުވެރިކޮށް ތަމްރީނު ދިނުމަށް ހިންގާ "ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް 2027" ގައި ބައިވެރިވުމުގެ ފުރުސަތު 18 އަހަރާއި 30 އަހަރާ ދެމެދުގެ ޒުވާނުންނަށް ހުޅުވާލައިފިއެވެ. މި ޕްރޮގްރާމްގެ ދަށުން މާލެ އާއި އަތޮޅުތެރޭގެ އެކި ސެންޓަރުތަކުގައި ތަފާތު ދާއިރާތަކުން އާމްދަނީ ލިބޭގޮތަށް މަސައްކަތުގެ ތަޖުރިބާ އާއި ހުނަރު ދަސްކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ވިލާ ކޮލެޖުން އާ ހަތަރު ޕްރޮގްރާމެއް ތައާރަފުކޮށްފި

ވިލާ ކޮލެޖުން ތައުލީމީ، އިންޖިނިއަރިން އަދި ސައިކޮލޮޖީ ދާއިރާއިން މުޅިން އާ ހަތަރު ޕްރޮގްރާމެއް ތައާރަފުކޮށް، އެ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. އަމަލީ ތަޖުރިބާއަށް އިސްކަންދީގެން ފަރުމާކޮށްފައިވާ މި ކޯސްތަކަށް އަންނަ އަހަރުގެ ޖަނަވަރީ އިންޓޭކަށް ކުރިމަތިލުމުގެ ސުންގަޑިއަކީ 26 ޑިސެމްބަރު 2024 އެވެ.

ރަންނަމާރި ޗެލެންޖަށް މީރު ބުއިންތަކަކާއި މަޖާ ހަރަކާތްތަކެއް

މި ނޮވެމްބަރު 5 އިން 7 އަށް މާލޭ ރާޅުގަނޑު ސަރަހައްދުގައި ބާއްވާ ރަންނަމާރި ޗެލެންޖުގެ ކޯ-ޕާޓްނަރެއްގެ ގޮތުގައި ޔޫރޯ ސްޓޯރުން ބައިވެރިވެ، ތަފާތު ކެއުންތަކާއި ހަރަކާތްތައް ކުރިއަށްގެންދިއުމަށް ވަނީ ނިންމާފައެވެ. މިގޮތުން އެ ސަރަހައްދުގައި ބަހައްޓާ ކިއޮސްކުން ކޮފީ އާއި ޖެލާޓޯ ފަދަ ތަކެތި ލިބެން ހުންނައިރު، އިނާމު ލިބޭ ކުޅިވަރުތަކާއި ކުޑަކުދިންނަށް ޚާއްސަ ހަރަކާތްތައް ވެސް ކުރިއަށްދާނެއެވެ.

ގަންނަ ކޮންމެ ލެނޯވޯ ލެޕްޓޮޕަކާއެކު ހަދިޔާ ލިބޭ ޕްރޮމޯޝަނެއް

އަހަރު ނިމުމާ ދިމާކޮށް ސިމްޑީން ފެށި މި ޕްރޮމޯޝަންގައި، ޑިސެމްބަރު 31 ގެ ނިޔަލަށް ލެނޯވޯގެ އައު މޮޑެލްތަކުގެ ލެޕްޓޮޕް ގަންނަ ފަރާތްތަކަށް ހިލޭ ޕްރިންޓަރަކާއި ބެކްޕެކެއް ލިބޭނެއެވެ. މި ޕްރޮމޯޝަންގެ މަގުސަދަކީ ކިޔަވާ ދަރިވަރުންނާއި މަސައްކަތްތެރިންނަށް އެންމެ ފަހުގެ އައި.އޭ ޓެކްނޮލޮޖީގެ ލެޕްޓޮޕްތައް ފަސޭހަކަމާއެކު ފޯރުކޮށްދިނުމެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

Newsletter

Get the latest news delivered straight to your inbox