މާހިރުން ބުނަނީ ޑޮލަރުގެ އަގު ބޮޑުވީ ސަރުކާރުން އަމިއްލައަށް އުފެއްދި ހާލަތެއްގެ ސަބަބުން ކަމަށް

އަދަދު ނޫހާއި ސަންގު ޓީވީ ގުޅިގެން ބޭއްވި "ޑޮލަރު ސައްލާ" ޕެނަލް ޑިސްކަޝަންގައި މުހައްމަދު ސަރުވަޝް ވާހަކަދައްކަވަނީ -- ފޮޓޯ: މުހައްމަދު އަފްރާ / އަދަދު

އަދަދު ނޫހާއި ސަންގު ޓީވީ ގުޅިގެން ބޭއްވި "ޑޮލަރު ސައްލާ" ޕެނަލް ޑިސްކަޝަންގައި މުހައްމަދު ސަރުވަޝް ވާހަކަދައްކަވަނީ -- ފޮޓޯ: މުހައްމަދު އަފްރާ / އަދަދު

އަތުފަތު ނުޖެހި ޑޮލަރު އަގު އުފުލެމުން ދަނީ މި ސަރުކާރުން އަމިއްލައަށް އުފެއްދި ހާލަތެއްގެ ސަބަބުން ކަމަށް ކުރީގެ ޗީފް ބަޖެޓު އެގްޒެކެޓިވް، މުހައްމަދު ސަރުވަޝް ވިދާޅުވެއްޖެ އެވެ.

އަދަދު ނޫހާއި ސަންގު ޓީވީ ގުޅިގެން ގެނެސްދިން "ޑޮލަރު ސައްލާ" ޕެނަލް ޑިސްކަޝަންގައި ވާހަކަދައްކަމުން ސަރުވަޝް ވިދާޅުވީ މި ސަރުކާރުގެ ސިޔާސަތުތައް ބައްޓަން ކޮށްފައި ހުރި ގޮތުގެ ސަބަބުން، ބޭރުން އެއްވެސް ފައިސާއެއް މިއަދާ ހަމައަށް ވެސް ހޯދިފައި ނުވާ ކަމަށާއި، ޑޮލަރު އަގުބޮޑުވުމުގެ މި ހާލަތު އުފަންވުމަށް ސަބަބު މެދުވެރިވީ އޭގެ ސަބަބުން ކަމަށެވެ.

"ބައިލެޓްރަލީ ވެސް ހަމަ ގައުމުތަކާ ގުޅުން ގޯސްވެ، އެ ބޭފުޅުންގެ ފަރާތުން މަޝްރޫއުތަކަށް ވެސް ފައިސާ ނުލިބޭ، އަދި، ބަޖެޓު ސަޕޯޓަށް ވެސް ފައިސާ ނުލިބޭ ގޮތަށް. އަދި، ކިތަންމެ ވަރަކަށް ބަޖެޓުގައި ޖެއްސެވިކަމުގައިވިޔަސް ނުލިބޭތަން ފެނިގެންދިޔައީ،" ސަރުވަޝް ވިދާޅުވި އެވެ.

އޭގެ އިތުރުން، މިސަރުކާރު ވެރިކަމަށް އައުމަށްފަހު، ބޭކާރު ހަރަދުތައް ކުރުމާއި، ކޮންމެހެން ގެންނަންޖެހޭ ރީފޯމްގެ މަސައްކަތްތައް ފަހުން ކުރަން މަޑުކުރުމުގެ ސަބަބުން ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށަށް ދިޔުމުގެ ނަތީޖާއެއްގެ ގޮތުން، ބޭރުގެ މާކެޓަށް އޮތް އެކްްސެސް އެއްކޮށް ގެއްލިގެންދިޔަ ކަމަށް އޭނާ ވިދާޅުވި އެވެ.

"ދެން އޮންނާނެ ހަމައެކަނި ގޮތަކީ [ދަރަނި] އަނބުރާ ދައްކަންޖެހޭ ދުވަހު އަޅުގަނޑުމެންގެ އަތުގައި ހުރި ހުރިހާ އެއްޗެއް ހޯދައިގެން ދެއްކުމެއްނޫންތޯ؟،" ސަރުވަޝް ވިދާޅުވި އެވެ.

ޑޮލަރު ސައްލާ: އަގު އުފުލެނީ ބޭރުން ފައިސާ ހޯދަން ނުކުޅެދި، އެތެރޭގެ މާކެޓުން ޑޮލަރު ނަގައިގެން ދަރަނި ދެއްކުމުން

ރާއްޖޭގެ ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އުފުލެނީ ސަރުކާރުގެ ފޮރިން ޕޮލިސީ އާއި އިގުތިސާދީ ސިޔާސަތުތައް ފެއިލްވެ، ބޭރުގެ މާލީ އިދާރާތަކާއި ގައުމުތަކުން ފައިސާ ހޯދުމަށް ނުކުޅެދުމުން ކަމަށް އިގުތިސާދީ މާހިރުން ބުނެފިއެވެ.

ދިވެހިރާއްޖެއިން މި އަހަރުގެ އޭޕްރިލްގައި ދައްކަންޖެހޭ 500 މިލިއަން ޑޮލަރާއި ސުކޫކުގެ ފައިދާއަށްވާ ރޭޓަށްވާ 24.68 މިލިއަން އެމެރިކާ ޑޮލަރާއެކު ޖުމްލަ 524.68 މިލިއަން އެމެރިކާ ޑޮލަރު ސަރުކާރުން ދައްކައި ހަލާސްކުރީ އެޕްރީލް 2، ގަ އެވެ. 

މީގެ ފަސް އަހަރު ކުރިން އެމްޑީޕީ ސަރުކާރުގައި ވިއްކި މި ބޮންޑަކީ އޭގެ ކުރީ ސަރުކާރުން ނަގާފައިވާ 250 މިލިއަން ޑޮލަރުގެ "ސަނީ ސައިޑް" ބޮންޑް އަދާކުރަން ވިއްކި ބޮންޑެކެވެ.

ރިޒާވާއި އެސްޑީއެފްގައި ހުރި ފައިސާ ބޭނުންކޮށްގެން ސުކޫކަށް އަނބުރާ ފައިސާ ދެއްކުމަކީ ސަރުކާރުގެ ޕްލޭން ކަމަށް ރައީސް މުހައްމަދު މުއިއްޒު ހާމަކުރެއްވީ، މާޗު 2 ގައި، ރައީސް އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި އެވެ. އެ ދުވަހު ރައީސް ވިދާޅުވީ އެސްޑީއެފްގައި 320 މިލިއަން ޑޮލަރު އަދި ޔޫސަބަލް ރިޒާވުގައި 330 މިލިއަން ޑޮލަރު އެބަހުރި ކަމަށެވެ.

ރިޒާވާއި އެސްޑީއެފްގައި ހުރި ފައިސާގެ އިތުރުން، ސުކޫކު ދެއްކުމަށް ބީއެމްއެލްއިން ވެސް ފައިސާ ނަގާފައިވާ ކަމަށް ސަރުވަޝް ވިދާޅުވި އެވެ. އެގޮތަށް އަމަލުކުރުމުން، ރާއްޖޭގެ ރިޒާވަށް ހީނަރުކަން ކުރިމަތިވާނެ ކަމަށާއި އެއީ ޑޮލަރުގެ އަގު މައްޗަށް ދާން މެދުވެރިވި އެއް ސަބަބު ކަމަށް އޭނާ ވިދާޅުވި އެވެ.

"ހަގީގަތުގައި އެކަން ކުރަން ތައްޔާރުވެގެން އެކަން ކުރިނަމަ، އެއްބައި ރީފައިނޭންސް ކޮށްފައި އެއްބައި ދެއްކިނަމަ، މިއަދު މި ހާލަތެއް ނައިސް،" ސަރުވަޝް ވިދާޅުވި އެވެ.

ޑޮލަރުގެ އަގު ކުއްލިއަކަށް މަތިވާން ދިމާވި ސަބަބަކީ، އެތެރޭގެ މާކެޓުގައި ހުރި ޑޮލަރުން، ސުކޫކު ދެއްކުމަށްފަހު، އެ ދިމާވި ތާށިކަމުގެ ތެރޭގައި ޕެންޝަން އޮފީސް މެދުވެރިކޮށް ފައިސާ ޗާޕުކުރުން ކަމަށް ސަރުވަޝް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެއްބަސްވުން ބާތިލުކޮށް، ބަދަލެއްވެސް ނުދޭނަން: ޔާމީން

ރަސްމާލެއިން ބިން ދޫކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި، ދެން އުފެދޭ ވެރިކަމެއްގައި އެ އެއްބަސްވުން ބާތިލުކޮށް އެއްވެސް ބަދަލެއް ނުދޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި. އަދި މި މުއާމަލާތުގައި ބައިވެރިވި ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައި އަދަބު ދޭނެ ކަމަށް.

މެނިފެސްޓޯގައި ނެތް ކަމެއް ކުރަންޏާ ޖެހޭނީ ވޯޓަށް އަހަން: އަލީ

ރިޔާސީ މެނިފެސްޓޯގައި ނެތް ކަމެއް ކަމަށްވާ ބޭރު މީހުންނަށް ރާއްޖެއިން ބިން ދިނުން ފަދަ ކަންކަން ކުރަންވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވި. ގައުމީ ބޮޑެތި މައްސަލަތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އޮތް ގާނޫނީ ވާޖިބެއްކަން އޭނާ ފާހަގަކުރެއްވި.

ވެރިކަމުގެ ދަހިވެތިކަމުގެ ކުރިޔަށް ގައުމީ ސަލާމަތް ނެރޭ: މުއިއްޒު

ވެރިކަމުގެ ދަހިވެތިކަމާއި ޒާތީ ހަސަދައިގެ ކުރިއަށް ގައުމީ ސަލާމަތާއި ފަރުދުންގެ އުފާވެރިކަން އިސްކުރުމަށް ހުރަވީ ދުވަހުގެ މެސެޖުގައި ރައީސް މުއިއްޒު ގޮވާލައްވައިފިއެވެ. މީގެ އިތުރުން ދަރަނީގެ އަޅުވެތިކަމުން ސަލާމަތްވެ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި ސިޔާސީ ޖަޒުބާތުތަކުގެ ބަދަލުގައި ގައުމީ އިހުލާސްތެރިކަން އިސްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

ރަސްމާލެ އެއްވުމުގައި ހަމަނުޖެހުމެއް ނުހިނގާނެ ކަމަށް އަންގައިފި

ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނުމާ ދެކޮޅަށް އެއްވުމަކީ އެއްވެސް ހަމަނުޖެހުމެއް ނުހިނގާނެ ސުލްހަވެރި ހަރަކާތެއް ކަމުގެ ޔަގީންކަން އިންތިޒާމުކުރާ ފަރާތުން ފުލުހުންނަށް ދީފި. "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުން ބުނީ، ކުރިން ރޭވިގޮތަށް މިރޭ 8:30 ގައި މި ހަރަކާތް އޮންނާނެ ކަމަށާއި ކުދިބޮޑު އެންމެނަށް ދައުވަތުއަރުވާ ކަމަށް.

ރަސްމާލެ އެއްވުން ގާނޫނީ އިމުގެ ތެރޭގައި ބާއްވަން އަންގައިފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ އެއްވުން ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ. ފުލުހުން ބުނެފައިވަނީ މި އެއްވުމާ ގުޅޭ މައުލޫމާތު އިންތިޒާމުކުރާ ފަރާތުން ހިއްސާކޮށްފައި ނުވާތީ، އާންމު ދަތުރުފަތުރަށް ބުރޫނާރާނެހެން ކަންކަން ބެހެއްޓުމަށް އަންގާ ކަމަށް.

"ގައުމީ ހަރަކާތް ހުއްޓާލާނީ ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލުމުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށް، ގައިރު މުސްލިމުންނަށް ވަޒަންވެރިވެވޭ ގޮތަށް ގާނޫނު އިސްލާހުކުރާތީ އެކަމާ ދެކޮޅަށް ފަށާފައިވާ "ގައުމީ ހަރަކާތް" ހުއްޓާލާނީ އެ މަޝްރޫއު ހުއްޓާލުމުން ނުވަތަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމުން ކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ. އަދި މިއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި، ސަރުކާރުން ރައްޔިތުންގެ އަޑު ނާހައިފި ނަމަ އިހުތިޖާޖުތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.

ބެނާތައް ކަނޑަމުން ދިޔަ ދެ މީހަކު ހައްޔަރުކޮށްފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގައި ދަމާފައި ހުރި ބެނާތަކެއް ކަނޑަމުންދިޔަ ދެ މީހަކު އާންމުންގެ އެހީތެރިކަމާއެކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ސިޔާސީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އަޑުއުފުލުމަށް މިރޭ އާޓިފިޝަލް ބީޗުގައި އެއްވުމެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox