ޑޮލަރު ސައްލާ: އަގު އުފުލެނީ ބޭރުން ފައިސާ ހޯދަން ނުކުޅެދި، އެތެރޭގެ މާކެޓުން ޑޮލަރު ނަގައިގެން ދަރަނި ދެއްކުމުން

ސަންގުޓީވީ އާއި އަދަދު ނޫސް ގުޅިގެން މިރޭ ބޭއްވި 'ޑޮލަރު ސައްލާ' ގައި ކުރީގެ ޗީފް ބަޖެޓު އެގްޒެކެޓިވް، ސަރުވަޝް އާދަމް [ކ] އާއި ޕަބްލިކް ފިނޭންސް އެނަލިސްޓު، އިސްމާއިލް ޒަރިޔަންދު އަދި، އެސްޓީއޯގެ ކުރީގެ އެމްޑީ، ހުސައިން އަމްރު ބައިވެރިވެވަޑައިގަންނަވަނީ -- ފޮޓޯ: މުހައްމަދު އަފްރާ / އަދަދު

ސަންގުޓީވީ އާއި އަދަދު ނޫސް ގުޅިގެން މިރޭ ބޭއްވި 'ޑޮލަރު ސައްލާ' ގައި ކުރީގެ ޗީފް ބަޖެޓު އެގްޒެކެޓިވް، ސަރުވަޝް އާދަމް [ކ] އާއި ޕަބްލިކް ފިނޭންސް އެނަލިސްޓު، އިސްމާއިލް ޒަރިޔަންދު އަދި، އެސްޓީއޯގެ ކުރީގެ އެމްޑީ، ހުސައިން އަމްރު ބައިވެރިވެވަޑައިގަންނަވަނީ -- ފޮޓޯ: މުހައްމަދު އަފްރާ / އަދަދު

ރާއްޖޭގެ ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އުފުލެމުން ދަނީ ސަރުކާރުގެ ސިޔާސަތުތައް ފެއިލްވެ ބޭރުން ފައިސާ ހޯދުމަށް ނުކުޅެދުމުން ކަމަށް އިގުތިސާދީ މާހިރުން ބުނެފި އެވެ.

ސަންގު ޓީވީ އާއި އަދަދު ނޫސް ގުޅިގެން މިރޭ ކުރިއަށް ގެންދިޔަ 'ޑޮލަރު ސައްލާ' ގައި ވާހަކަދައްކަވަމުން ކުރީގެ ޗީފް ބަޖެޓު އެގްޒެކެޓިވް، އަހުމަދު ޝަރުވަސް އާދަމް ވިދާޅުވީ ރާއްޖެއިން ބޭރުން ފައިސާ ހޯދޭ އޮންނަނީ ތިން ގޮތެއް ކަމަށެވެ.

އެއްގޮތަކީ ސީދާ މާކެޓުން ފައިސާ ހޯދުން ކަމަށާއި އެކަން ކުރެވެނީ އެ ގައުމެއްގެ އިގުތިސާދަކަށް އިންވެސްޓަރުންގެ އިތުބާރު ހޯދޭނެ ގޮތްތަކެއް ހޯދަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން، ސަރުކާރާއި މަރުކަޒީ ބޭންކުން އެ ގައުމެއްގެ މުޅި އިގުތިސާދު މެނޭޖުކުރާނެ ގޮތާއި އެކަން ކުރާ ގޮތުގެ ރަނގަޅު އިންޑިކޭޓާތަކެއް ދައްކަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

Advertisement

ބޭރުގެ ރޭޓިން އޭޖެންސީތަކުން ގައުމުތަކުގެ ކްރެޑިޓް ރޭޓިން މަތިކޮށް ދަށްކުރަނީ އެކަންކަމުގެ މައްޗަށް ބެލުމަށްފަހު ކަމަށް އޭނާ ވިދާޅުވި އެވެ.

"މާކެޓު އެކްސެސް ބައެއްފަހަރު ގެއްލޭ، އޭގެ އެއް ސަބަބެއް މިސާލަކަށް ރޭޓިން ދެފަހަރު ދަށްވީމާ އެ އޮތީ ދެން ގާތްގަނޑަކަށް ގެއްލިފައި މާކެޓު އެކްސެސް. ދެން އޮތް ސޯސްއަކީ ބައިލެޓްރަލް ސޯސަސް، އެއީ ރާއްޖޭގެ ފޮރިން ޕޮލިސީގެ ތެރެއިން ކުރަންޖެހޭ ކަމެއް،" ސަރުވަޝް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބޭރުގެ ގައުމުތަކާ އޮންނަ ގުޅުމުގެ ތެރެއިން ވެސް މި ސަރުކާރަށް އެއްވެސް ފައިސާއެއް ނުހޯދުނީ، މި ސަރުކާރުގެ ފޮރިން ޕޮލިސީ ފެއިލްވީމާ ކަމަށެވެ.

ތިންވަނަ ގޮތަކީ، އައިއެމްއެފް ފަދަ މާލީ އިދާރާތަކުން ފައިސާ ހޯދުން ކަމަށް ސަރުވަޝް ވިދާޅުވި އެވެ. ނަމަވެސް، އެ ތަންތަނުން ފައިސާ ނަގާނަމަ. އެ ބޭފުޅުން ގަބޫލުކުރާވަރުގެ ރީފޯމް ފިޔަވަޅުތަކެއް އަޅަންޖެހޭނެ ކަމަށެވެ. ނަމަވެސް، މި ސަރުކާރުން އެ މަންޒަރު ވެސް ނުފެނުނު ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ފެނުނީ މާލީ އިދާރާތަކާ އޮތް ގުޅުން ވެސް ހީނަރުވެ އެ ބޭފުޅުންނާ ވެސް ވާހަކަނުދައްކާ ހަމަ އެ ބޭފުޅުންނާ އެއްވެސް ޑައިލޮގެއް ނުބާއްވާ ދިޔަތަން، ބައިލެޓްރަލީ ވެސް ހަމަ ގައުމުތަކާ ގުޅުން ގޯސްވެ އެ ބޭފުޅުންގެ ފަރާތުން މަޝްރޫއުތަކަށް ވެސް ފައިސާ ނުލިބޭ އަދި ބަޖެޓު ސަޕޯޓަށް ވެސް ފައިސާ ނުލިބޭ ގޮތަށް [އަމަލުކުރަމުންދިޔަތަން]،" ސަރުވަޝް ވިދާޅުވި އެވެ.

އެ ހާލަތަށް ދިޔުމުން ދެން އޮންނަ ހަމައެކަނި ގޮތަކީ ރާއްޖޭގެ އެތެރޭގެ މާކެޓުގައި ހުންނަ ފައިސާއިން ދަރަނި ދެއްކުން ކަމަށާއި އެގޮތަށް އަމަލުކުރުމުން، ގައުމުގެ އެތެރޭގެ ބޭނުންތަކަށް ކޮންމެހެން ބޭނުންވާ ވަރަށްވުރެ ބޭރުފައިސާ މަދުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ދެން އޮންނާނެ ހަމައެކަނި ގޮތަކީ [ދަރަނި] އަނބުރާ ދައްކަންޖެހޭ ދުވަހު އަޅުގަނޑުމެންގެ އަތުގައި ހުރި ހުރިހާ އެއްޗެއް ހޯދައިގެން ދެއްކުމެއްނޫންތޯ؟" ސަރުވަޝް ވިދާޅުވި އެވެ.

ރިޒާވާއި އެސްޑީއެފް ބޭނުންކޮށްގެން ސުކޫކަށް 500 މިލިއަން ޑޮލަރު ދައްކައިފި

އެސްޑީއެފްގައި ހުރި ފައިސާ އާއި ރިޒާވު ބޭނުންކޮށްގެން ސުކޫކު ދެއްކި ކަމަށް ފިނޭންސުން ބުނި ނަމަވެސް އޭގެ ތަފުސީލުތަކެއް ނުދޭ.

ދިވެހިރާއްޖެއިން މި އަހަރުގެ އޭޕްރިލްގައި ދައްކަންޖެހޭ 500 މިލިއަން ޑޮލަރާއި ސުކޫކުގެ ފައިދާއަށްވާ ރޭޓަށްވާ 24.68 މިލިއަން އެމެރިކާ ޑޮލަރާއެކު ޖުމްލަ 524.68 މިލިއަން އެމެރިކާ ޑޮލަރު ސަރުކާރުން ދައްކައި ހަލާސްކުރީ އެޕްރީލް 2، ގަ އެވެ. 

މީގެ ފަސް އަހަރު ކުރިން އެމްޑީޕީ ސަރުކާރުގައި ވިއްކި މި ބޮންޑަކީ އޭގެ ކުރީ ސަރުކާރުން ނަގާފައިވާ 250 މިލިއަން ޑޮލަރުގެ "ސަނީ ސައިޑް" ބޮންޑް އަދާކުރަން ވިއްކި ބޮންޑެކެވެ.

ރިޒާވާއި އެސްޑީއެފްގައި ހުރި ފައިސާ ބޭނުންކޮށްގެން ސުކޫކަށް އަނބުރާ ފައިސާ ދެއްކުމަކީ ސަރުކާރުގެ ޕްލޭން ކަމަށް ރައީސް މުހައްމަދު މުއިއްޒު ހާމަކުރެއްވީ، މާޗު 2 ގައި، ރައީސް އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި އެވެ. އެ ދުވަހު ރައީސް ވިދާޅުވީ އެސްޑީއެފްގައި 320 މިލިއަން ޑޮލަރު އަދި ޔޫސަބަލް ރިޒާވުގައި ހުރި 330 މިލިއަން ޑޮލަރު އެބަހުރި ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެއްބަސްވުން ބާތިލުކޮށް، ބަދަލެއްވެސް ނުދޭނަން: ޔާމީން

ރަސްމާލެއިން ބިން ދޫކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި، ދެން އުފެދޭ ވެރިކަމެއްގައި އެ އެއްބަސްވުން ބާތިލުކޮށް އެއްވެސް ބަދަލެއް ނުދޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި. އަދި މި މުއާމަލާތުގައި ބައިވެރިވި ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައި އަދަބު ދޭނެ ކަމަށް.

މެނިފެސްޓޯގައި ނެތް ކަމެއް ކުރަންޏާ ޖެހޭނީ ވޯޓަށް އަހަން: އަލީ

ރިޔާސީ މެނިފެސްޓޯގައި ނެތް ކަމެއް ކަމަށްވާ ބޭރު މީހުންނަށް ރާއްޖެއިން ބިން ދިނުން ފަދަ ކަންކަން ކުރަންވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވި. ގައުމީ ބޮޑެތި މައްސަލަތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އޮތް ގާނޫނީ ވާޖިބެއްކަން އޭނާ ފާހަގަކުރެއްވި.

ވެރިކަމުގެ ދަހިވެތިކަމުގެ ކުރިޔަށް ގައުމީ ސަލާމަތް ނެރޭ: މުއިއްޒު

ވެރިކަމުގެ ދަހިވެތިކަމާއި ޒާތީ ހަސަދައިގެ ކުރިއަށް ގައުމީ ސަލާމަތާއި ފަރުދުންގެ އުފާވެރިކަން އިސްކުރުމަށް ހުރަވީ ދުވަހުގެ މެސެޖުގައި ރައީސް މުއިއްޒު ގޮވާލައްވައިފިއެވެ. މީގެ އިތުރުން ދަރަނީގެ އަޅުވެތިކަމުން ސަލާމަތްވެ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި ސިޔާސީ ޖަޒުބާތުތަކުގެ ބަދަލުގައި ގައުމީ އިހުލާސްތެރިކަން އިސްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

ރަސްމާލެ އެއްވުމުގައި ހަމަނުޖެހުމެއް ނުހިނގާނެ ކަމަށް އަންގައިފި

ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނުމާ ދެކޮޅަށް އެއްވުމަކީ އެއްވެސް ހަމަނުޖެހުމެއް ނުހިނގާނެ ސުލްހަވެރި ހަރަކާތެއް ކަމުގެ ޔަގީންކަން އިންތިޒާމުކުރާ ފަރާތުން ފުލުހުންނަށް ދީފި. "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުން ބުނީ، ކުރިން ރޭވިގޮތަށް މިރޭ 8:30 ގައި މި ހަރަކާތް އޮންނާނެ ކަމަށާއި ކުދިބޮޑު އެންމެނަށް ދައުވަތުއަރުވާ ކަމަށް.

ރަސްމާލެ އެއްވުން ގާނޫނީ އިމުގެ ތެރޭގައި ބާއްވަން އަންގައިފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ އެއްވުން ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ. ފުލުހުން ބުނެފައިވަނީ މި އެއްވުމާ ގުޅޭ މައުލޫމާތު އިންތިޒާމުކުރާ ފަރާތުން ހިއްސާކޮށްފައި ނުވާތީ، އާންމު ދަތުރުފަތުރަށް ބުރޫނާރާނެހެން ކަންކަން ބެހެއްޓުމަށް އަންގާ ކަމަށް.

"ގައުމީ ހަރަކާތް ހުއްޓާލާނީ ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލުމުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށް، ގައިރު މުސްލިމުންނަށް ވަޒަންވެރިވެވޭ ގޮތަށް ގާނޫނު އިސްލާހުކުރާތީ އެކަމާ ދެކޮޅަށް ފަށާފައިވާ "ގައުމީ ހަރަކާތް" ހުއްޓާލާނީ އެ މަޝްރޫއު ހުއްޓާލުމުން ނުވަތަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމުން ކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ. އަދި މިއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި، ސަރުކާރުން ރައްޔިތުންގެ އަޑު ނާހައިފި ނަމަ އިހުތިޖާޖުތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.

ބެނާތައް ކަނޑަމުން ދިޔަ ދެ މީހަކު ހައްޔަރުކޮށްފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގައި ދަމާފައި ހުރި ބެނާތަކެއް ކަނޑަމުންދިޔަ ދެ މީހަކު އާންމުންގެ އެހީތެރިކަމާއެކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ސިޔާސީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އަޑުއުފުލުމަށް މިރޭ އާޓިފިޝަލް ބީޗުގައި އެއްވުމެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox