މި އަހަރު ނިމޭއިރު ވެސް މުދަލުގެ އަގު ކޮންޓްރޯލް ކުރެވި ޑޮލަރު އަގު ހެޔޮވާނެ މަންޒަރެއް ނުފެނޭ: ޔާމީން

ތިން ރައީސުންގެ ބައްދަލުވުން —— ފޮޓޯ: މުހައްމަދު ޝަރުހާން

ތިން ރައީސުންގެ ބައްދަލުވުން —— ފޮޓޯ: މުހައްމަދު ޝަރުހާން

ޑޮލަރުގެ މައްސަލަ ހައްލުކުރުަމަށްޓަކައި ސަރުކާރުން އެޅި ފިޔަވަޅުތަކުން އެ މައްސަލައަށް ހައްލެއް އަންނާނެ ކަމަށް ގަބޫލުނުކުރެއްވޭ ކަމަށާއި ކުރިއަށް އޮތީ އިގުތިސާދަށް ބަނަ ދުވަސްތަކެއް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ޕީއެންއެފްގެ އޮފީހުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ ރާއްޖޭގެ އިގުތިސާދަށް ކުރިމަތިވެފައިވާ ހާލަތުން އަރައިގަތުމަށް ގިނަ އަދަދެއްގެ ޑޮލަރު ރާއްޖެއަށް ވައްދަން ޖެހޭ ކަމަށާއި، އެ ޑޮލަރު ސަރުކާރުން ރަނގަޅަށް މެނޭޖު ވެސް ކުރަންޖެހޭ ކަމަށެވެ. ނަމަވެސް، މިހައިތަނަށް ސަރުކާރުން އެޅި ފިޔަވަޅުތަކުން އެކަންވާނެ މަންޒަރު ނުފެންނަ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އަދިވެސް އަޅުގަނޑަކަށް ނުފެނޭ މި އަހަރު ނިމިގެންދާއިރު، ވެސް މުދަލުގެ އަގު ތިރިވެ، މުދަލުގެ އަގު ކޮންޓްރޯލް ކުރެވި، ޑޮލަރުގެ އަގު ނިސްބަތުން، މިހާރަށްވުރެ ހެޔޮވެގެންދާނެ އަދިއެއް މި އަޅުއްވާ ފިޔަވަޅުތަކަކުން ނުފެންނަ ވާހަކަ ހަމަ ބެލުންތެރިންނަށް އަޅުގަނޑު ދަންނަވާލަން،" ޔާމީން ވިދާޅުވި އެވެ.

"އެހެންވީމާ ކުރިއަށް މި އޮތީ ހަމަ ގަދަ ނަކަތްތަކެކޭ އަޅުގަނޑު ދަންނަވާނީ އިގުތިސާދުގައި އިނގޭތޯ؟ އުނދަގޫ ދުވަސްތަކެއް އަދިވެސް މިއޮތީ."

އެ ވާހަކައިގެ ތަފުސީލަށް ވަޑައިގަންނަވަމުން ޔާމީން ވިދާޅުވީ ރާއްޖޭގައި ޑޮލަރުގެ އަގު އިންތިހާއަށް މައްޗަށް ގޮސްގެން އުޅޭ އެއް ސަބަބަކީ އިގުތިސާދުގެ ތެރޭގައި ދައުރުވާ ދިވެހި ފައިސާގެ އަދަދު މާބޮޑަށް އިތުރުވުން ކަމަށެވެ.

އެކަން ހައްލުކުރުމަށްޓަކައި، ދިވެހިރާއްޖޭގެ މަރުކަޒީ ބޭންކުގައި ރިޒާވްގެ ގޮތުގައި ބަހައްޓާ ފައިސާގެ އަދަދު އިތުރުކުރަން ކޮމާޝަލް ބޭންކުތަކަށް އަންގާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. ނަމަވެސް، އެކަމުން އެކަށީގެންވާ މިންވަރަކަށް އިގުތިސާދުގައި ދައުރުވާ ދިވެހި ފައިސާ މޮޕްއަޕް ކުރެވޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ޔާމީން ވިދާޅުވި އެވެ.

"އަޅުގަނޑު ދަންނަވާކަން ބޭނުންވަނީ، ތިސް އިޒް ޓޫ  ލިޓްލް، ޓޫ ލޭޓް، ވަރަށް ފަސްވެއްޖެޔޭ ކަމެއް ކުރަން، އަނެއްކާ މި ކުރެވުނީ ވަރަށް ކުޑަކުޑަ ކަމެކޭ، އެ ގެންނެވި، އެ ގެންނެވި ޑިރެކްޓިވްއަކުން އެ ވަރުގެ ބޮޑު މޮޕްއަޕްއެއް ނުހިންގޭނެ،" ޔާމީން ވިދާޅުވި އެވެ.

ލިކުއިޑިޓީ މޮޕްއަޕްއަކީ އިގުތިސާދުގައި ދައުރުވާ ދިވެހި ފައިސާގެ އަދަދު މަދުކުރުމަށްޓަކައި އޭގެން މިންވަރެއް މަރުކަޒީ ބޭންކަށް ވެއްދުމެވެ. އާންމުގޮތެއްގައި އިގުތިސާދުގެ ތެރޭގައި ދައުރުވާ ފައިސާ މަރުކަޒީ ބޭންކަށް ވައްދަނީ ސަރުކާރުން ސެކިއުރިޓީސް ނުވަތަ ބޮންޑު، ކޮމާޝަލް ބޭންކުތަކަށް ވިއްކައިގެން ހިންގާ އޯޕަން މާކެޓު  އޮޕަރޭޝަންސް ނުވަތަ އޯމޯ މެދުވެރިކޮށެވެ.

ބޮލަކަށް 500 ޑޮލަރު މާރުކުރެވޭ އިހުތިޔާރު އުވާލައި، ރިސޯޓުތަކުގެ އާމްދަނީގެ 20 ޕަސެންޓު މާރުކުރަން މަޖުބޫރުކުރަނީ

ރިސޯޓުތަކަށް އަންނަ ކޮންމެ ފަތުރުވެރިއަކަށް 500 ޑޮލަރު މާރުކުރަން އޮތް އުސޫލު އުވާލައި، ޖުމްލަ އާމްދަނީގެ 20 އިންސައްތަ މާރުކުރަން މަޖުބޫރުވާ ގޮތަށް ގާނޫނަށް ބަދަލު ގެނައުމުގެ މަސައްކަތް އެމްއެމްއޭއިން ފަށައިފި. މި ބަދަލު ގެންނަނީ ރިސޯޓުތަކުން މާރުކުރާ އަދަދުތަކުގެ ފަރަގު ކުޑަކޮށް، އިގުތިސޯދުގެ ތެރެއަށް ވަންނަ ބޭރު ފައިސާގެ މިންވަރު އިތުރުކުރުމަށް.

ރޭގެ ޖަލްސާގައި ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ އިގުތިސާދު މިހައިބޮޑަށް ދަތިވެފައި އޮތް ދަނޑިވަޅެއްގައި އެންމެ ބޮޑަށް ބޭނުންވަނީ އިންވެސްޓު ކުރާނެ ބައެއް ކަމަށެވެ. އިގުތިސާދުގައި މިހާރު ހަމައެކަނި ހިނގާ ކަމަކީ، ސަރުކާރު މުވައްޒަފުންނަށް މުސާރަދިނުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ފައިސާ ހޭދަކުރަންޖެހޭ، އެކަމަކު ފައިސާ ހޭދަކުރަން ޖެހެނީ އިގުތިސާދީ ގޮތުން ޕްރޮޑަކްޓިވް، ނޫނިއްޔާ އާމްދަނީ ލިބޭ ކަންކަމުގައި، އިންވެސްޓުކުރުމާއި މިކަހަލަ ކަންކަން ކުރަން އެބަޖެހޭ، އިގުތިސާދު ހަރުދަނާކުރަން ބޭނުމިއްޔާ. އެކަމަކު ރައްޔިތުންގެ އަތުގައި ފައިސާއެއް ނެތް،" ޔާމީން ވިދާޅުވި އެވެ.

"ނެތް ތަނުގައި ބޭންކުތަކަށް، ލޯނުދޭ ފަރާތްތަކަށް މި އެންގީ ކަލޭމެން 100ރ. ގެންގުޅޭކަމަށްވަންޏާ 35ރ. ދޭށޭ ސެންޓްރަލް ބޭންކަށް، އެހެންވީމާ އެމީހުން ދެން ލޯނު ދޭން އޮންނާނީ އެއްކަލަ 65ރ."

މޮްޕްއަޕް ހިންގުމަށްފަހު، ބޭންކުތަކުން ކުރިން ދޫކުރި އަދަދަށް ލޯނު ދޫކުރަން ބޭނުންވާނަމަ، ލޯނުތަކުގެ އިންޓްރެސްޓު ރޭޓު ވަރަށް ބޮޑުތަން އުފުލިގެންދާނެ ކަމަށް ޔާމީން ވިދާޅުވި އެވެ. އޭގެ ނަތީޖާއަކަށް ވެގެންދާނީ މުދަލާއި ހިދުމަތުގެ އަގު މިހާރަށްވުރެ އިތުރުވެގެންދިޔުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އެހެންނަމަވެސް، އެ ނިންމުން ދުވަސްތަކަކަށް އެގޮތުގައި ހިފަހައްޓައިފިނަމަ، ރަނގަޅު ނަތީޖާއެއް ފެނިގެން ހިނގައިދާނެ ކަމަށް ޔާމީން ވިދާޅުވި އެވެ.

އޭގެ އިތުރުން، ރިސޯޓުތަކަށް އަންނަ ކޮންމެ ފަތުރުވެރިއެއްގެ ބޮލަކަށް 500 ރުފިޔާ މާރުކުރަން އޮތް އިހުތިޔާރު އުވާލައި ޖުމުލަ އާމްދަނީގެ 20 ޕަސެންޓު މާރުކުރަން މަޖުބޫރުކުރުމަކީ ވެސް ރަނގަޅު ފިޔަވަޅެއް ނޫން ކަމަށް ޔާމީން ވިދާޅުވި އެވެ.

"މަރުކަޒީ ބޭންކުގައި ރިސާޗް ކުރައްވާ ގިނަ ބޭފުޅުންނަށް ހަމަ އެނގިވަޑައިގަންނަވާ ގިނަަ ރިސޯޓުތައް އެ ހިނގަނީ ތިވަރުގެ ބޮޑު ފައިދާތަކެއްގައެއް ނޫން، ރިސޯޓުތައް އިމާރާތްކުރަން ނަގާފައި ހުރި، އިންވެސްޓްމެންޓަށް ނަގާފައި ހުރި ފައިސާ އަދިވެސް ނޭނގޭ ގިނަ ތަންތަނުން ރީޕޭކޮށް ނިމުނުކަމެއް،" ޔާމީން ވިދާޅުވި އެވެ.

ރިސޯޓުތައް ހިންގަނީ އެ ތަންތަން ތަރައްގީ ކުރުމަށް ނެގި ލޯނު އަނބުރާ ދައްކަމުންކަން ފާހަގަކުރައްވައި ޔާމީން ވިދާޅުވީ ހުރިހާ ކަމެއް ގާނޫނުން ހައްލުކުރަން އުޅުނީމާ އޭގެ ނުކިއްސަރު ނަތީޖާ ނުކުންނާނެ ކަމަށެވެ.

ރިސޯޓުތަކަށް އަންނަ ކޮންމެ ފަތުރުވެރިއަކަށް 500 ޑޮލަރު މާރުކުރެވޭ ގޮތަށް އޮންނަ އިހުތިޔާރު އުވައިލަން ނިންމައި އެމްއެމްއޭއިން އެކަން ހާމަކުރީ މިދިޔަ އަންގާރަ ދުވަހު އެވެ. ގާނޫނަށް އެ ބަދަލު ގެންނަނީ 500 ޑޮލަރު މާރުކުރެވޭ އިހުތިޔާރު އޮތުމުން މަތީ ފަންތީގެ ރިސޯޓުތަކުން މާރުކުރާ އަދަދާއި އެ ނޫން ރިސޯޓުތަކުން މާރުކުރާ އަދަދުގައި ފަރަގެއް އުޅޭތީ ކަމަށް އެމްއެމްއޭއިން ބުންޏެވެ.

20 ޕަސަންޓް މާރުކުރަން މަޖުބޫރުކޮށްފިނަމަ ޓޫރިޒަމް ދާއިރާއަށް ލޮޅުންއަރާނެ: ނަޝީދު

ރިސޯޓުތަކުގެ އާމްދަނީގެ 20 އިންސައްތަ މާރުކުރަން މަޖުބޫރުކޮށްފިނަމަ ޓޫރިޒަމް ދާއިރާއަށް ބޮޑު ލޮޅުމެއް އަރާނެ ކަމަށް ކުރީގެ ރައީސް ނަޝީދު ވިދާޅުވި. ވިޔަފާރިވެރިންގެ ފައިދާއަށް ސަރުކާރުން ހުރަސްއަޅާނަމަ އިންވެސްޓަރުން ރާއްޖެއިން ފައިސާ ގެންދިއުމުގެ ބިރު އެބައޮތް ކަމަށް ނަޝީދު ވިދާޅުވި.

އެމްއެމްއޭއިން ގެންނަން ނިންމާފައިވާ އެ ބަދަލަށް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ރޭ ފާޑުވިދާޅުވެފަ އެވެ. 'ދަތިވެއްޖެ' ނަމުގައި ރޭ އެމްޑީޕީން މާލޭގައި ކުރިއަށް ގެންދިޔަ މުޒާހަރާގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ 20 ޕަސަންޓު މާރުކުރަން މަޖުބޫރުކުރުމާ ގުޅޭގޮތުން ހަގީގީ ހިސާބެއް ޖެހުމުން ޓޫރިމް ދާއިރާއެއް އަންނާނެ ލޮޅުން އަންދާޒާ ކުރެވޭނެ ކަމަށެވެ.

"20 ޕަސަންޓަކީ ފައިދާއެއް ނޫން. އެއްވެސް ރިސޯޓެއްގެ ފައިދާއަކީ 20 ޕަސަންޓު ކަމުގައި މިހާރު އެއްވެސް މީހަކަށް ނުދެކެވޭނެ. ހަގީގީ މަންޒަރެއް، ހަގީގީ ހިސާބުތަކެއް ޖައްސަވައިފިއްޔާ އެނގޭނެ ޓޫރިޒަމް އިންޑަސްޓްރީއަށް ވަރަށް ބޮޑު ލޮޅުމެއް އަންނާނެ 20 ޕަސަންޓް މާރުކުރަން މަޖުބޫރުކޮށްފިނަމަ،" ނަޝީދު ވިދާޅުވި އެވެ. 

ވިޔަފާރިވެރިން ހޯދާ ފައިސާ އެއްތަނުން އަނެއް ތަނަށް ދިޔުން ހުއްޓުވައިފިނަމަ، ވިޔަފާރިވެރިންގެ ކަންބޮޑުވުންތަކާ އެކު އެމީހުން އަތުގައި ހުރި ފައިސާ ރާއްޖެއިން ގެންދިޔުން އެއީ އެކަށީގެންވާ ކަމެއް ކަމަށް ނަޝީދު ވިދާޅުވި އެވެ.

ސަރުކާރުގެ ފަރާތުން ގާނޫނަށް ގެންނަން ބޭނުންވާ ބަދަލުތައް މިހާރު ވަނީ މަޖިލީހަށް ހުށަހަޅައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މިއީ އިގްތިސާދީ ގޮތުން އެންމެ ގެއްލުން ބޮޑު ދައުރު: ފައްޔާޒް

މިހާރު ހިނގަމުންދާ ދައުރަކީ އިގްތިސާދީ އަދި އިޖުތިމާއީ ގޮތުން ރާއްޖެއަށް އެންމެ ބޮޑު ގެއްލުމެއް ލިބެމުންދާ ދައުރު ކަމަށާއި، ރާއްޖޭގެ އިގްތިސާދު 20 ނުވަތަ 30 އަހަރު ފަހަތަށް ސޮއްސާލާފައިވާ ކަމަށް ފައްޔާޒް ވިދާޅުވެއްޖެ.

"މަސްހުނިކުރާ ރާއްޖެއަކީ ކާބަފައިން ހިމާޔަތްކުރި ގައުމެއް ނޫން"

ކޯޕަރޭޓް އުސޫލުން ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވެވޭ ގޮތަށް ހިންގާ މަޝްރޫއުތަކުގެ ސަބަބުން ގައުމުގެ ދީނާއި ސަގާފަތާއި އަމިއްލަވަންތަކަމަށް ބޮޑު ނުރައްކަލެއް އޮތް ކަމަށް އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެ.

ފަސް ތަރީގެ މެންހެޓަން ގްރޭންޑް ހޮޓެލް ހުޅުވައިފި

މެންހެޓަން ގްރޭންޑުގައި 158 ކޮޓަރި އާއި ހަތަރު ރެސްޓޯރަންޓާއި 7500 އަކަފޫޓުގެ އިވެންޓު ހޯލެއް ހުންނާނެ އެވެ. އަދި ފަސް ތަރީގެ އެހެން ހޮޓާތަކެކޭ އެއްގޮތަށް ލަގްޒަރީ އެހެނިގެން ހިދުމަތްތަކާއި ސްވިމިން ޕޫލް ފަދަ ތަންތަން ވެސް ހުންނާނެ އެވެ.

ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތަފުސީލު ހޯދަން ޝާކިރުގެ ސިޓީއެއް

މި ސިޓީގައި މެންބަރު ޝާކިރު ވަނީ 2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާ ގުޅޭގޮތުން ހުރި ބޮޑެތި ކަންބޮޑުވުންތަކެއް ހިއްސާކުރައްވާފަ އެވެ.

ވާރޭގެ ސަބަބުން ކޮލަމާފުށީގެ ބައެއް މީހުން ހާލުގައި ޖެހިއްޖެ

އިއްޔެ ވެހުނު ވާރޭގައި ރަށުގައި ފެން ބޮޑުވުމުގެ ސަބަބުން މުޅި ރަށް އޮތީ ފެނު އަޑީގަ އެވެ. ޝަހާމަތު ވިދާޅުވީ ގާތްގަނޑަކަށް 85 ގެތަކަށް (60 ގެއަށް) ފެން ވަން ކަމަށެވެ. އަދި ބައެއް ގެތަކުގައި ދެ ފޫޓާ ހަމައަށް ފެން ހުރި ކަމަށް ވެސް އޭނާ ބުންޏެވެ.

އަލައްބާރަކީ އަނެއްހެން ވަރަށް ރަނގަޅު ބޭފުޅެއް: އުޝާމް

އުޝާމް ވިދާޅުވީ، ފަލަސްތީނު ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން އެ ގައުމުގައި 5000 ގެ އެޅުމުގެ މަސައްކަތެއް ވެސް އީގަލް ހިލްސްއިން ފެށިކަމަށް އަލައްބާރު ބުނި ކަމަށެވެ. އިޒްރޭލާއެކު ގުޅުން ބާއްވަނީ ހަމައެކަނި އެ ބޭނުމުގައި ކަމަށް އޭނާ ބުނިކަމަށް އެ ބައްދަލުވުމުގައި އުޝާމް ވިދާޅުވި އެވެ.

މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ގޮވާލައިފި

ތަކެތީގެ އަގާއި ޓެކްސް ބޮޑުވުމާއި، ގައުމުގެ މުދާ ރަހުނުކޮށް ލޯނު ނަގަމުންދާ ކަމަށް ބުނެ ރައީސް މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް މެންބަރު މުހައްމަދު އައްބާސް ވަނީ ގޮވާލައްވާފައި. އޭނާ ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ރައްޔިތުންނަށް ދިރިއުޅެން ދަތިވެފައިވާ ކަމަށް.

Newsletter

Get the latest news delivered straight to your inbox