އިޒްރޭލަށް ފިޔަވަޅު ނޭޅި ހިސާބުން ފީފާ ފެއިލްވެއްޖެ: ފަލަސްތީން އެފްއޭ

Aug 4, 2026, 8:55 PM
ފަލަސްތީން އެފްއޭގެ ރައީސް ޖިބްރީލް ރަޖޫބް އާއި ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ.

ފަލަސްތީން އެފްއޭގެ ރައީސް ޖިބްރީލް ރަޖޫބް އާއި ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ.

ގައްޒާ، ފަލަސްތިން (އޮގަސްޓް 4) - ފީފާ ވޯލްޑް ކަޕް ހިމެނޭހެން އެ ފެޑެރޭޝަންގެ މުބާރާތްތަކުގެ ހިއްސާ އަމިއްލަ ކުންފުނިތަކަށް ވިއްކާލަން އުޅުމުގެ މާ ކުރިން، ފީފާގެ ލީޑަޝިޕްގެ އިތުބާރު ގެއްލިފައިވާ ކަމަށާއި، އިޒްރޭލާ މެދު ފިޔަވަޅު އަޅަން ފަސްޖެހުނު ހިސާބުން ފީފާ ފެއިލްވެފައިވާ ކަމަށް ފަލަސްތީންގެ ފުޓްބޯޅަ އެސޯސިއޭޝަނުން ބުނެފި އެވެ. 

ތިން ވަނަ ދައުރަކަށް ފީފާގެ ރައީސްކަން ކުރައްވަމުން އަންނަ އިންފަންޓީނޯ އަށް މަގާމުގައި ދެމިހުރުމަށްޓަކައި ދަތިތަކެއް ވަނީ ކުރިމަތިވެފަ އެވެ. އެއީ، ފީފާ ފޯވާޑް އެންޓަޕްރައިސް (އެފްއެފްއީ)ގެ ނަމުގައި، ޕްރައިވެޓް އިންވެސްޓަރުންނަށް ފީފާ ވޯލްޑް ކަޕް ހިމެނޭހެން، ފީފާ މުބާރާތްތަކުގެ، 21 ޕަސެންޓް ހިއްސާ ވިއްކާލަން އުޅުނު ޑީލުގެ ސަބަބުންނެވެ. އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ހިއްސާ އޮތް ތުރައިވް އެޓާނަލް އަށް ވޯލްޑް ކަޕްގެ ހިއްސާ ހިމެނޭ މި ޑީލް ދިނުން ހުއްޓުވީ، ޔޫރަޕްގެ މައި ފުޓްބޯޅަ އިދާރާ، ޔުއެފާގެ އިސް ނެގުމާ އެކު، އެ އަށް އުތުރު/ސެންޓްރަލް އެމެރިކާގެ ފުޓްބޯޅަ އިދާރާ ކޮންކަކަފް އަދި އޭޝިއާގެ ފުޓްބޯޅަ އިދާރާ، އޭއެފްސީން ބާރު އަޅައިގެންނެވެ. 

ޔުއެފާ އިން މިހާރު އަންނަނީ އިންފަންޓީނޯ މަގާމުން ދުރުކުރުމަށްޓަކައި މަސައްކަތް ކުރަމުންނެވެ. އަދި، އެފްއެފްއީގެ ތަހުގީގެއް ކުރުމަށްޓަކައި ވެސް ޔުއެފާ އިން އިސްނަގާފައިވާއިރު، މި ހުރިހާ ކަމެއްގެ މައިގަނޑު ބޭނުމަކަށް އޮތީ، އަންނަ އަހަރުގެ މާޗް މަހުގައި އޮތް ފީފާގެ އިންތިހާބުގައި، އިންފަންޓީނޯ ނޫން ފަރާތަކަށް ފީފާގެ ރައީސްކަން ދިނުމަށެވެ. 

ފީފާގެ ލީޑަޝިޕަށް މިހާރު ދިމާވެފައި އޮތް ހާލަތާ ގުޅޭގޮތުން، ފަލަސްތީން އެފްއޭ އިން ވަނީ ބަޔާނެއް ނެރެފަ އެވެ. 

ފަލަސްތީން އެފްއޭގެ ބަޔާނުގައި ބުނެފައިވަނީ، ފީފާ އިން މާލީ ގޮތުން ކުރަމުން އަންނަ ކަންތައްތަކާ ގުޅޭގޮތުން، ކަންބޮޑުވުން ފާޅުކޮށް ގައުމުތަކުން ފާހަގަކުރަމުން އަންނަނީ ހައްގު އަދާކުރުމުގެ ގޮތުން ކުރަން ޖެހޭ ކަންކަން ކަމަށެެވެ. އެކަމަކު، އަބަދުވެސް ފަލަސްތީނުން ދައްކަން ޖެހިފައި އޮތީ އެއް ވާހަކައެއް ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ. 

"ފީފާގެ ކިބަޔަކު ނެތް އެ މީހުންނަށް ލިބިފައި އޮތް ގާނޫނީ ބާރުގެ ބޭނުންކޮށްގެން ސިޔާސީ ކަމެއްގައި ނުޖެހި އެންމެންނަށް ހައްގު ހޯދައިދިނުމުގެ ހިތްވަރެއް. އަހަރެމެންގެ ކަންބޮޑުވުން އޮތީ ފީފާ ލީޑުކުރަނީ ކާކުތޯ އެއް ނޫން. އަަހަރެމެން ބޭނުމީ ލިބެންޖެހޭ އިންސާފު ނުލިބުން،" ބަޔާނުގައި ލިޔެފައިވެ އެވެ. 

ފީފާ އަށް މިހާރު އައި ލީޑަޝިޕް 2016 ވަނަ އަހަރު އައި ފަހުން، ދެ ފަހަރެއްގެ މަތިން، ފަލަސްތީންގެ ހައްގު ހޯދައިދީ، އިޒްރޭލަށް ފިޔަވަޅު އަޅަން ގޮވާލި ނަމަވެސް އެ އަށް އެކަށީގެންވާ އިޖާބައެއް ނުލިބުނުކަން ބަޔާނުގައި ވަނީ ފާހަގަކޮށްފަ އެވެ. ފީފާ އިން ކަންކަން ކުރަމުން އަންނަ އެކި މަރުހަލާތައް ވިސްނޭ ކަމަށާއި އެކަމަކު އިންސާފުގެ މަގުން ކަންކަން ނުހިނގާ  ކަމަށް ފަލަސްތީން އެފްއޭ އިން ވަނީ ބުނެފަ އެވެ. 

ފަލަސްތީން އެފްއޭގެ ރައީސް ޖިބްރީލް ރަޖޫބް، ފީފާ ކޮންގްރެސްގެ ތެރެއިން.
ފަލަސްތީން އެފްއޭގެ ރައީސް ޖިބްރީލް ރަޖޫބް، ފީފާ ކޮންގްރެސްގެ ތެރެއިން.

"އިޒްރޭލުން ގައްޒާ އަށް އަރައި ލާއިންސާނީ ހަނގުރާމަ ފަށައިގެން ކުރިއަށް އެ ގެންދަނީ، އަހަރެމެންގެ ފުޓްބޯޅަ އާއިލާ އަށް ވެސް ފޫނުބެއްދޭނެ ގެއްލުންތަކެއް ވެއްޖެ. 1013 ފުޓްބޯޅަ ކުޅުންތެރިން، ކޯޗުން،ރެފްރީން، އޮފިޝަލުން ނޫނީ ފުޓްބޯޅަ އާއިލާގެ މީހުން މަރާލައިފި، ފުޓްބޯޅަ ކުޅޭނެ ހުރިހާ އިންފްރާސްޓްރަކްޗާއެއް ހެން ހަލާކުކޮށްލައިފި. ފަލަސްތީންގެ ފުޓްބޯޅައިގެ ޖީލެއް ނުރައްކަލުގެ ތެރޭގައި އެ ތިބީ. އަހަރެމެންގެ ޑޮމެސްޓިކް މުބާރާތްތައް ހުއްޓިއްޖެ، އަމިއްލަ ގައުމުގައި ކުޅުމުގެ ނަސީބު ފީފާގެ މެމްބަރު 210 ގައުމަށް އޮތް ކަމަށް ވިޔަސް އަހަރެމެންނަށް ނެތް،" ފަލަސްތީން އެފްއޭގެ ބަޔާނުގައިވެ އެވެ. 

"މި ހުރިހާ ކަމަކަށް ބަލާއިރު، ފީފާ އޮތީ މާ ކުރިން ފެއިލްވެފައި،" 

ކެނަޑާގެ ވެންކޫވާގައި އޭޕްރިލް މަހު ކުރިއަށްދިޔަ ފީފާގެ 67 ވަނަ ކޮންގްރެސްގެ ތެރެއިން، ފަލަސްތީނާއި އިޒްރޭލުގެ އޮފިޝަލުންގެ މެދުގައި ސަލާމްކުރާ ފޮޓޯއެއް ނެގުމަށްޓަކައި، ފީފާގެ ރައީސް އިންްފަންޓީނޯ ކުރެއްވި މަަސައްކަތް ނާކާމިޔާބުވެ، ގިނަ ބަޔެއްގެ ފާޑުކިޔުންތަކާ ކުރިމަތިލާން ޖެހުނެވެ. 

ފީފާގެ ކޮންގްރެސްގެ ތެރެއިން، ޑެލިގޭޓުންނަށް ޕޯޑިއަމްގައި ވާހަކަ ދެއްކުމުގެ ފުރުސަތު ދެމުން ދިޔައިރު، ފަލަސްތީން އެފްއޭގެ ރައީސް ޖިބްރީލް ރަޖޫބް ވާހަކަ ދެއްކެވީ، އިޒްރޭލް ތަމްސީލްކުރަން އައިސް ހުންނެވި، އިޒްރޭލް އެފްއޭގެ ނައިބު ރައީސް ބަސިމް ޝެއިހް ސުލިމަން އަށް ވުރެން ކުރިންނެވެ. ޖިބްރީލް ވާހަކަ ދެއްކެވި ފަހުން، އިންފަންޓީނޯ ތެދުވެވަޑައިގެން، ޖިބްރީލް އާއި ސުލިމަން، ސަލާމްކުރުމަށް މަސައްކަތްކުރައްވައި، އެ ފޮޓޯ ނެގުމަށް ބާރުއެޅުއްވި ނަމަވެސް، އެކަން ކާމިޔާބެއްނުވި އެވެ. އެ ފޮޓޯ ނެގުމުގެ އެއްވެސް ޝައުގުވެރިކަމެއް ނެތް ކަމަށް ޖިބްރީލް، އަޑުހަރުކޮށް ވިދާޅުވެފައިވެ އެވެ. 

އިންފަންޓީނޯ، ބޭނުންވި ފޮޓޯގަނޑު ލިބޭގޮތް ނުވެ، ޖިބްރީލް އާއި ސުލިމަން، ސްޓޭޖުން ދިއުމާ އެކު، އިންފަންޓީނޯ ވިދާޅުވީ، އުންމީދަކީ، ފަލަސްތީނާއި އިޒްރޭލުގެ ކުޑަކުދިންގެ ހައްގުގައި ދެ ގައުމުން އެކުގައި މަސައްކަތް ކުރުން ކަމަށެވެ. 

ކޮންގްރެސް އަށް ފަހު، ޖިބްރީލް ވަނީ ހިނގައިދިޔަ ކަންތައްތަކާއި އޭނާ ދެކޭ ގޮތްތައް ހިއްސާކުރައްވައިފަ އެވެ. 

"އަހަރެން އަބަދުވެސް ފީފާގެ ގަވާއިދުތަކާއި އޮންނަ ހުދޫދުތަކުގެ ތެެރެއިން ކަންކަމަށް ބޯލަނބާނަން. އެކަމަކު، ހަގީގަތް ގަބޫލުުކުރަން ޖެހޭ. އިޒްރޭލަށް ހަގީގަތުގައި އޮންނަން ޖެހޭނީ ފިޔަވަޅު އަޅާފައި. ފީފާ އިން އިންސާނީ ހައްގުތައް ކަށަވަރުކުރަން ކުރާ މަސައްކަތާ ހިލާފަށް އިޒްރޭލުން އެ ދަނީ ތަކުރާރުކޮށް އަމަލުކުރަމުން،" ޖިބްރީލް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox