ދިރޭތަކެއްޗާއީ މާހައުލީ ނިޒާމުގެ ހާއްސަ ސިފަތަކެއް އެކުލެވޭތީ ސޮނޭވާ ޖާނީއަށް އޯއީސީއެމްގެ ލަގަބު

ނ. މެދުފަރުގައި ތަރައްގީކޮށްފައިވާ ސޮނޭވާ ޖާނީ ރިސޯޓު: މިއީ އޯއީސީއެމްގެ ލަގަބު ލިބުނު ފުރަތަމަ ރިސޯޓު --- ފޮޓޯ: މޯލްޑިވްސް ޓްރެވަލާ

ނ. މެދުފަރުގައި ތަރައްގީކޮށްފައިވާ ސޮނޭވާ ޖާނީ ރިސޯޓު: މިއީ އޯއީސީއެމްގެ ލަގަބު ލިބުނު ފުރަތަމަ ރިސޯޓު --- ފޮޓޯ: މޯލްޑިވްސް ޓްރެވަލާ

ނ. މެދުފަރުގައި ތަރައްގީކޮށްގެން ހިންގަމުން އަންނަ ސޮނޭވާ ޖާނީ ރިސޯޓުގައި ދިރޭތަކެއްޗާއި މާހައުލީ ނިޒާމު ރައްކާތެރިކުރަން ކުރާ މަސައްކަތް ބަލައިގަނެ، އެ ރިސޯޓަށް "އަދާ އިފެކްޓިވް އޭރިއާ-ބޭސްޑް ކޮންޒަވޭޝަން މެޝާޒް" ނުވަތަ އޯއީސީއެމްގެ ލަގަބު އެންވަޔަރަމަންޓު މިނިސްޓްރީން ދީފި އެވެ.

މިއާ އެކީ ސޮނޭވާ ޖާނީ ވެގެން ގޮސްފައި ވަނީ ރާއްޖޭގެ ރިސޯޓުތަކުގެ ތެރެއިން މި ލަގަބު ލިބުނު ފުރަތަމަ ރިސޯޓަށެވެ. 

އެންވަޔަރަމަންޓް މިނިސްޓްރީން ބުނި ގޮތުގައި ސޮނޭވާ ޖާނީގެ އޯއީސީއެމް އަކީ ތިން ސަރަހައްދަކަށް ބަހާލެވިފައިވާ 0.41 އަކަ ކިލޯމީޓަރުގެ ސަރަހައްދެކެވެ. ޒޯން 1 ގައި ހިމެނެނީ ކުޑަ ގާމަތީ ރަށެއް ކަމުގައިވާ މާކަނާފުއްޓާއި އެ ރަށާ އިންވެގެންވާ ފަރުގެ ސަރަހައްދެވެ. ޒޯން 2 ގައި ހިމެނެނީ މެދުފަރުގެ އިރުަީ ފަރާތުގެ ގޮނޑުދޮށުގައިވާ ވެލާ ބިސްއަޅާ، ވިހާ އާލާވާ ސަރަހައްދަކާއި ގޮނޑުދޮށާ އިންވެގެންވާ ޗަސްބިން އެކުލެވޭ ސަރަހައްދެކެވެ. ޒޯން 3 ގައި ވެސް ހިމެނެނީ ޗަސް ބިމުގެ ސަރަހައްދެކެވެ. 

ސޮނާވޭ ޖާނީގެ އޯއީސީއެމްގެ ޒޯން 2 އަދި 3 ގައި ގިނަ އަދަދެއްގެ ކުރެދި އާއި، ބުރެވި އާއި، ނިކަގަހުގެ އިތުރުން ދިއްގާ އާއި އުންޔާއި، މިދިލި ގަހާއި، މަގޫ ގަހާއި، ކަނޑޫ ގަހާއި ބޯކަށިކެޔޮ ހެދިފައިވެ އެވެ. ޒޯން 1 އަދި ޒޯން 2 ގައި ހިމެނޭ ފަރުގެ ސަރަހައްދަކީ އެކި ބާވަތުގެ މުރަކާ ހެދިފައިވާ އަދި ގިނަ އަދަދެއްގެ މަހުގެ އާއިލާތައް ރެކޯޑުކުރެވިފައިވާ ސަރަހައްދެކެވެ. 

އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ، މި ފަރުގެ ސަރަހައްދުގެ ތެރޭގައި ގިނަ އަދަދެއްގެ ފަރުމަހުގެ އާއިލާތައް ހިމެނެ އެވެ. ފަރުަ މަހުގެ އާއިލާ ގިނަ ވުމަކީ ފަރުގެ ސިއްހަތުގެ ރަނގަޅު ކަން އަންގައިދޭ ކަމެކެވެ. ހަމަ އެހެންމެ، މި ސަރަހައްދަކީ އެންމަޑި އާއި، ފަޅު މިޔަރާއި، އޮޅުފަތި މިޔަރުގެ އިތުރުން ނެތިދިއުމުގެ ބިރުހީވެފައިވާ ކަހަނބު ފެންނަ ސަރަހައްދެކެވެ.

އޭގެ އިތުރުން، މި ސަރަހައްދުން މާކަނާ އާއި، ކަނބިއްޔާއި، ހުވަދޫ ރާބޮނދީގެ އިތުރުން ތޭރަވާ އާއި ކުޅީ ކުކުޅާއި، ފިދަނަ އާއި ކޮވެލި ހިމެނޭހެން ގިނަ އަދަދެއްގެ ދޫނީގެ ބާވަތްތައް ފެންނަ ކަމަށް ރެކޯޑުކުރެވިފައި ވެ އެވެ. 

އޯއީސީއެމްގައި ކުރުން މަނާ ކަންތައްތައް

  • ތިމާވެއްޓަށް ގެއްލުންދާ ފަދަ އެއްވެސް ހަރަކާތެއް ހިނގުން
  • ދިރޭތަކެތިގޭ މުއްސަނދިކަަށް ގެއްލުން ލިބޭ އެއްވެސް ހަރަކާތެއް ހިންގުން
  • އިންފްރާސްޓްރަކްޗާ ގާއިމުކުރުން
  • ބްރައިން އަދި ސީ އައުޓްފްލޯ ބެހެއްޓުން
  • ވެލި ޕަމްޕުކުރުން

އޯއީސީއެމްގައި ކުރުން ހުއްދު ކަންތައްތައް

  • ދިރޭތަކެއްޗާއި އެ ތަކެތީގެ މާހައުލީ ނިޒާމުތައް ދެމެހެއްޓުމަށް ކުރެވޭ މަސައްކަތްތައް
  • އެ ސަރަހައްދުން ލިބޭ ސަގާފީ، އިގުތިސޯދީ، އިޖުތިމާއީ ފައިދާތައް ދެމެހެއްޓުމަށް ކުރެވޭ މަސައްކަތްތައް

އޯއީސީއެމްގެ ގޮތުގައި ކަނޑައަޅާ ސަރަހައްދުތަކަކީ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނުނުގެ ދަށުން ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކެއް ނޫނެވެ.

މި ސަރަހައްދުތަކަކީ އެ ސަރަހައްދެއް ދެމެހެއްޓެނިވި ގޮތެއްގައި މެނޭޖުކޮށް ބެލެހެއްޓުމުގެ ސަބަބުން ދިރޭތަކެއްޗާއި މާހައުލީ ނިޒާމުތައް ރައްކާތެރިކޮށް ދެމެހެއްޓުމުގެ އިތުރުން، އެކިއެކި މަންފާތަކާއި ބޭނުންތަކަށް މަގުފަހިކުރުވާ ވަކި ސަރަހައްދުތަކެވެ. މި ބޭނުންތަކުގެ ތެރޭގައި ސަފާގީ ބޭނުންތަކާއި، އިޖުތިމާއީ ބޭނުންތަކާއި، އިގުތިސޯދީ ބޭނުންތައް ވެސް ހިމެނެ އެވެ. 

އޯއީސީއެމްގެ ލަގަބު ލިބެނީ، އަމިއްލަ ފަރާތުން ނުވަތަ ޖަމިއްޔާ ޖަމާއަތްތަކުން ނުވަތަ ކުންފުނިތަކުން ނުވަތަ ސަރުކާރަކުން ދިގުމުއްތަދަަށް ބެލެހެއްޓުމުގެ ސަބަބުން އޭގެއިން ދިރޭތަކެއްޗާއި މާަހައުލަށް ފައިދާ ލިބޭތީ އެ ފަދަ ސަރަހައްދުތަކަށް ދެވޭ ލަގަބެކެވެ.

މިއީ ދިވެހިރާއްޖެއިން ބައިވެރިވެފައިވާ މުއާހަދާއެއް ކަމުގައިވާ "ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަަން އޮން ބަޔޮލޮޖިކަލް ޑައިވާސިޓީ" ގެ ދަށުން ދިރޭތަކެތީގެ ނަސްލު ދެމެހެއްޓުމަށާއި މާހައުލީ ނިޒާމުތައް ރައްކާތެރިކުރުމަށް ކުރެވޭ އެންމެހާ މަސައްކަތްތައް ދެނެގަތުމަށްޓަކައި އެކުލަވާލާފައިވާ ލަގަބެކެވެ. މިއީ ގައުމީ ފެންވަރުގައި އަދި ދުނިޔޭގެ ފެންވަރުގައި ވެސް ބަލައިގެންފައިވާ ލަގަބެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox