އޯއީސީއެމްގެ ލަގަބު ލިބުނު ފުރަތަމަ ރިސޯޓަކަށް ސޮނޭވާ ޖާނީ
ނ. މެދުފަރުގައި ހިންގާ ސޮނޭވާ ޖާނީގެ މާހައުލީ ނިޒާމު ރައްކާތެރިކުރަން ކުރާ މަސައްކަތްތަކާ ގުޅިގެން، އެ ރިސޯޓަށް "އޯއީސީއެމް" ގެ ލަގަބު ދިންއިރު، މިއީ ރާއްޖޭގެ ރިސޯޓަކަށް މި ލަގަބު ލިބުނު ފުރަތަމަ ފަހަރު. މި ސަރަހައްދަކީ ގިނަ ބާވަތްތަކުގެ ގަސްގަހާގެއްސާއި، ކަނޑުގެ ދިރުންތަކާއި، ދޫނިސޫފާސޫފި ރައްކާތެރިކަމާއެކު އާލާވާ ތަނެއް.