މިދިޔަ އަހަރު ރިސޯޓު ތަރައްގީކުރަން ދޫކުރީ 12 ތަނެއް، 16.7 މިލިއަން ޑޮލަރު ލިބުނު

ރިސޯޓު ތަރައްގީކުރަން މިދިޔަ އަހަރު ދޫކުރި ރަށްތަކުގެ ތެރޭގައި ހިމެނޭ މ. ތުވަރު: ނިމުނު އަހަރުގެ ތެރޭގައި އެންމެ ބޮޑު އަގެއް ލިބުނީ މި ރަށް ކުއްޔަށް ދޫކޮށްގެން --- ފޮޓޯ: ގޫގުލް އާތު

ރިސޯޓު ތަރައްގީކުރަން މިދިޔަ އަހަރު ދޫކުރި ރަށްތަކުގެ ތެރޭގައި ހިމެނޭ މ. ތުވަރު: ނިމުނު އަހަރުގެ ތެރޭގައި އެންމެ ބޮޑު އަގެއް ލިބުނީ މި ރަށް ކުއްޔަށް ދޫކޮށްގެން --- ފޮޓޯ: ގޫގުލް އާތު

ރިސޯޓުތައް ތަރައްގީކުރަން މިދިޔަ އަހަރުގެ ތެރޭގައި 12 ތަނެއް ކުއްޔަށް ދީގެން 16.7 މިލިއަން ޑޮލަރު (258 މިލިއަން ރުފިޔާ) ލިބުނު ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ. 

ޓޫރިޒަމް މިިނިސްޓްރީން ދިން މައުލޫމާތުގައިވާ ގޮތުގައި މިދިޔަ އަހަރުގެ ތެރޭގައި ރިސޯޓުތައް ތަރައްގީކުރަން 10 އަތޮޅަކުން، އަށް ރަށާއި ހަތަރު ފަޅު ކުއްޔަށް ދޫކޮށްފައިވެ އެވެ. އެއް ތަނަށް ވުރެ ގިނައިން ކުއްޔަށް ދޫކޮށްފައި ވަނީ ލ. އަތޮޅާއި ތ. އަތޮޅުން އެކަންޏެވެ.

ރިސޯޓު ތަރައްގީކުރަން ކުއްޔަށް ދޫކުރި ތަންތަނުގެ އަގު އުޅެނީ 96،250 ޑޮލަރު (1.4 މިލިއަން ރުފިޔާ) އިން ފެށިގެން 4.3 މިލިއަން ޑޮލަރު (66.6 މިލިއަން ރުފިޔާ) އާ ދޭތެރޭގަ އެވެ. ގިނަ ތަންތަނުގެ ލީސް އެކުއިޒިޝަން ކޮސްޓު އެއް މިލިއަން ޑޮލަރަށް ނާރަ އެވެ. 

އެންމެ ކުޑަ އަގުގައި ކުއްޔަށް ދޫކޮށްފައި ވަނީ ގދ. ރާވެރިންކޮޅިހުއްޓާ އެވެ. އެ އަތޮޅު ވާދޫ ކައިރީގައި އޮންނަ ހެކްޓަރެއް ވެސް ހަމަ ނުވާ މި ކުޑަ ރަށް ކުއްޔަށް ނެގީ ޔޫއޭއީގެ ރިއަލް އެސެޓް މެނޭޖުމަންޓު ކޮމްޕެނީއަކުންނެވެ.  

ރިސޯޓު ތަރައްގީކުރަން ކުއްޔަށް ދޫކުރި ތަންތަން 

  • ހދ. ވައިކަރަަމުރައިދޫ - 750،000 ޑޮލަރު
  • ބ. ގޮއިދޫ ފަޅުން ސަރަހައްދެއް - 521،360 ޑޮލަރު
  • އއ. ބޮޑުގާ ފަޅު - 3.9 މިލިއަން ޑޮލަރު
  • އދ. ގެނބުރުގާ ފަޅު - 3.4 މިލިއަން ޑޮލަރު
  • ކ. އަތޮޅުން ފަޅެއް - 710،000 ޑޮލަރު
  • މ. ތުވަރު - 4.3 މިލިއަން ޑޮލަރު
  • ތ. މާގުޅި - ދެ ލައްކަ ޑޮލަރު
  • ތ. ކުރަނދުވަރު - 1.7 މިލިއަން ޑޮލަރު
  • ލ. ގަސްގަނޑުފިނޮޅު - 360،000 ޑޮލަރު
  • ލ. ބޮޑުމުންޏަފުށި - 314،000 ޑޮލަރު
  • ގއ. ބޭރުމައުއްޑޫ - 385،000 ޑޮލަރު
  • ގދ. ރާވެރިންކޮޅިހުއްޓާ - 96،250 ޑޮލަރު

އެންމެ ބޮޑު އަގުގައި ކުއްޔަށް ދޫކޮށްފައި ވަނީ މ. ތުވަރެވެ. ދަނޑުވެރިކަން ކުރަން ގިނަ އަހަރުތަކެއް ވަންދެން ކުއްޔަށް ދޫކޮށްފައި އޮތް މި ރަށަކީ 500 ހެކްޓަރަށް ވުރެ ބޮޑު ފަޅެއްގެ ތެރޭގައި އޮންނަ 14 ހެކްޓަރުގެ ރަށެކެވެ. 

ރިސޯޓު ތަރައްގީކުރަން ދޫކުރި ތަންތަނުގެ އިތުރުން ކުރިން ކުއްޔަށް ދޫކޮށްފައި ހުރި ތަންތަަނުގެ ކުލި މުއްދަތު އިތުރުކޮށްދީގެން ވަނީ 73 މިލިއަން ޑޮލަރު (1.1 ބިލިއަން ރުފިޔާ) ލިބުނެވެ.

މިދިޔަ އަހަރު ކުއްޔަށް ދޫކުރި ރަށްތަކާއި އަދި މި އަހަރުގެ މިހާތަނަށް ކުއްޔަށް ދޫކުރި ރަށްތަައް ހިމަނައިގެން ރާއްޖޭގައި ތަރައްގީކުރަމުން އަންނަ ރަށްތަކުގެ އަދަދު ވަނީ 165 އަށް އަރާފަ އެވެ. މި ވަގުތު ރާއްޖޭގައި އޮޕަރޭޓުކުރަމުން އަންނަ ރިސޯޓުތަކުގެ އަދަދަކީ 179 އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

Newsletter

Get the latest news delivered straight to your inbox