ޕައިކާ: ހިތްވަރާއި، ރޭވުންތެރިކަމުގެ ރީތި މިސާލެއް

Aug 1, 2026, 7:00 AM
ކުޑަކުޑަ ޕައިކާ

ކުޑަކުޑަ ޕައިކާ

މީދަލަކާ ވައްތަރު ގޮތެއް ހުއްޓަސް، މިއީ މީދަލެއް ނޫނެވެ. އޭޝިއާ އާއި އުތުރު އެމެރިކާގެ ފަރުބަދަމަތީގެ ފިނި މާހައުލުތަކަށް ހޭނިފައިވާ މި ކުޑަކުޑަ ލޯބި މަހުލޫގަކީ ޕައިކާ އެވެ.

މުސަޅު އާއިލާ އަށް ނިސްބަތްވި ނަމަވެސް، ޕައިކާ އަކީ އާންމު މުސަޅާ ހިލާފަށް ކަންފަތް ކުޑަވެފައި ވައްކޮށް ހުންނަ ޖަނަވާރެކެވެ. މުޅި ހަށިގަނޑު ވަނީ ފަރުބަދަމަތީގެ ގަދަ ފިންޏަށް ކެތްކުރެވޭނެ ފަދަ މަޑު ކެހެރިގަނޑަކުން ފޮރުވިފަ އެވެ. 

ޕައިކާގެ ހީވާގިކަމާއި، ދިރިއުޅުމުގެ ތަފާތު އަދި ރޭވުންތެރި އާދަތަކުގެ ސަބަބުން މިއީ މުޅި ދުނިޔޭގެ ސަމާލުކަން ހޯދާފައިވާ މަހުލޫގެކެވެ.

Advertisement

ދުނިޔޭގައި މިހާތަނަށް ޕައިކާގެ 34 ބާވަތެއް ފާހަގަކުރެވިފައިވާއިރު، މީގެ ތެރެއިން ގިނަ ބާވަތްތައް ފެންނަނީ އޭޝިއާ ބައްރުންނެވެ.  ޗައިނާގައި އެކަނިވެސް މީގެ 23 ބާވަތެއް ދިރިއުޅެއެވެ.

ސިފަތަފްސީލް
ދިގުމިން15 އާއި 23 ސެންޓިމީޓަރު
ބަރުދަން120 އާއި 350 ގްރާމް
ހަށިގަނޑުގެ ބައްޓަންބިސް ބުރެއް ފަދަ، ކުރު ފައިތަކެއް ހުންނަ ބައްޓަމެއް
ނަގޫބޭރަށް ފެންނަން ހުންނަ ނަގުލެއް ނޯވޭ
ކެހެރީގެ ކުލަގިނައިން އުޅެނީ އަޅިމުށި ކުލައިގެ ޕައިކާ
އުމުރުގާތްގަނޑަކަށް 7 އަހަރު

ޕައިކާއަކީ މައިގަނޑު ގޮތެއްގައި ދުވާލު ވަގުތު ހަރަކާތްތެރިވާ، ފަތްޕިލާވެލި ކައިގެން އުޅޭ  ޖަނަވާރެކެވެ. މީގެ މައިގަނޑު ކާނާއަކީ ފަރުބަދަމަތީގެ ވިނަ، މާ، ފެހި އަދި ކުދި ގަސްތަކެވެ.

ޕައިކާގެ ދިރިއުޅުމުން ފެންނަ އެންމެ ޝައުގުވެރި އެއް ކަމަކީ ފިނިމޫސުމަށް ތައްޔާރުވުމަށް އެ ސޮރު ކުރާ ބުރަ މަސައްކަތެވެ. ފަރުބަދަމަތީގެ ގިނަ ޖަނަވާރުތަކާ ހިލާފަށް، ޕައިކާ އަކީ ފިނިމޫސުމުގައި ނިދާފައި އޮންނަ އެއްޗެއް ނޫނެވެ. އެހެންކަމުން، ގަދަ ފިންޏާއި ސްނޯގެ ތެރޭގައި ހައިހޫނުކަމުން ސަލާމަތްވުމަށްޓަކައި މުޅި ހޫނުމޫސުން ހޭދަކުރަނީ ކާނާ އެއްކުރުމުގަ އެވެ.

އެކަމަށްޓަކައި ފަރުބަދަމަތީގެ ވިނަޔާއި މާ ފަދަ ތަކެތި ކަނޑައިގެން ގެނެސް، ހިލަތަކުގެ މަތީގައި އަތުރަ އެވެ. އެތަކެތި އަވިން ރަނގަޅަށް ހިކުމުން ހިލަތަކުގެ ރައްކާކުރެއެވެ. ބައެއް ފަހަރު އެއް ޕައިކާ، އަނެއް ޕާއިކާ ރައްކާކޮށްފައި ހުންނަ ކާނާ ވަގަށް ވެސް ނަގަ އެވެ. 

ޕައިކާގެ އާބާދީ ދެމެހެއްޓުމުގައި އެސޮރުމެން އުޅޭ މާހައުލުގެ ގޮތުން ތަފާތުތަކެއް ހުރެއެވެ. ހިލަމަތީގައި އުޅޭ ޕައިކާ އާންމުކޮށް ވިހަނީ މަދު އަދަދެއްގެ ދަރިންނެވެ. ބިމުގައި ހޮރުހަދައިގެން އުޅޭ ބާވަތްތައް އަހަރަކު 5 ފަހަރު ވިހާއިރު، ކޮންމެ ފަހަރަކު 13 ޕައިކާ  ވިހަ އެވެ. 

ޕައިކާ އުޅޭ ސަރަހައްދަކަށް ހިނގައްޖެނަމަ، އެންމެ ފުރަތަމަ އިވޭނީ ތޫނު އަޑެކެވެ. މިއީ އެސޮރުމެން މުވާސަލާތު ކުރާ ގޮތެވެ. ބާޒެއް ނުވަތަ ހިޔަޅެއް ފަދަ ޝިކާރަވެރިއެއް ފެނިއްޖެނަމަ، މުޅި ސަރަހައްދަށް އިންޒާރު ދިނުމުގެ ގޮތުން މި އަޑު ލައްވަ އެވެ. 

މޫސުމީ ބަދަލުތަކާއި ކުރިމަތިވެފައިވާ ގޮންޖެހުންތައް

ޕައިކާއަކީ ފިނި މާހައުލަށް އިންތިހާއަށް ލޯބިކުރާ އަދި ހޫނަށް އިންތިހާއަށް ނާޒުކު އެއްޗެކެވެ. އެސޮރުމެންގެ ހަށިގަނޑު ހުންނަ ގޮތުން 25 ޑިގްރީ ސެލްސިއަސް އަށް ވުރެ ހޫނު މާހައުލެއްގައި މަދު ގަޑިއިރުތަކެއް ހޭދަކުރިޔަސް، ހީޓްސްޓްރޯކް ޖެހިގެން ފުރާނައަށް ނުރައްކާވެ އެވެ. ޖައްވު ހޫނުވުމުގެ ސަބަބުން ފަރުބަދަތަކުގެ ތިރީ ސަރަހައްދުތައް ހޫނުވުމުން، ޕައިކާތައް ދަނީ އެއްދުވަހުން އަނެއްދުވަހަށް ފަރުބަދައިގެ މަތީގެ ފިނި ހިސާބުތަކަށް ބަދަލުވަމުންނެވެ.

ދިރޭތަކެތީގެ ރައްކާތެރިކަމާ ބެހޭ ބައިނަލްއަގުވާމީ އިދާރާތަކުން ހާމަކުރާ ގޮތުގައި، ޕައިކާގެ ބައެއް ބާވަތްތައް (ހާއްސަކޮށް އިލީ ޕައިކާ އާއި ހޮޕްމަންސް ޕައިކާ) މިހާރު ވަނީ ނެތިދިއުމުގެ ބިރުގެ ތެރޭގައެވެ. މީގެ މައިގަނޑު ސަބަބަކީ އިންސާނުންގެ އަމަލުތަކުގެ ސަބަބުން ދިރިއުޅޭ މާހައުލު ގެއްލުމާއި މޫސުމީ ބަދަލުތަކެވެ.

ޕައިކާއަކީ ދިރިއުޅުމުގެ ހިތްވަރާއި، ރޭވުންތެރިކަމުގެ ރީތި މިސާލެކެވެ. ބަދަލުވަމުންދާ މޫސުމީ ހާލަތްތަކުގެ ސަބަބުން މި ކުޑަކުޑަ ޖަނަވާރުގެ މުސްތަގުބަލަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފަ އެވެ. ފަރުބަދަތަކުގެ ރާނީގެ ގޮތުގައި ޕައިކާ ދެމިއޮތުން ބިނާވެފައި ވަނީ ދުނިޔޭގެ ތިމާވެށި ހިމާޔަތްކުރުމަށް އަހަރެމެން އެންމެން ގުޅިގެން ކުރާ މަސައްކަތްތަކުގެ މައްޗަށެވެ.

މައުލޫމާތު: އެނިމަލްފެކްޓް، ބީބީސީ

ކޮމެންޓް

ފަހުގެ ޚަބަރު

އަނދިރީގައި ފެންވެރުން ނިދި އައުން ފަސޭހަވޭތަ؟

ނިދުމުގެ ކުރިން އަނދިރީގައި ފެންވެރުމަކީ ހަށިގަނޑުން މެލަޓޯނިން އުފައްދައިދީ، ސިކުނޑި ހަމަޖައްސައިދީ އަވަހަށް ނިދި އައުމަށް އެހީތެރިވެދޭ ކަމެއް ކަމަށް ސިއްހީ މާހިރުން ބުނެއެވެ. މިގޮތަށް ފެންވެރުމުން ހަށިގަނޑުގެ ފިނިހޫނުމިން ދަށްވެ، ދުވަހުގެ ސްޓްރެސް ކުޑަކޮށްދީ ނަފްސާނީ ގޮތުން އަރާމު ލިބިގެންދެއެވެ. ނަމަވެސް މިއީ ނިދުމުގެ ބޮޑެތި ބަލިތަކަށް އޮތް ދާއިމީ ހައްލެއް ނޫންކަމަށް މާހިރުން ފާހަގަކުރެއެވެ.

ޕްރޮސްޓޭޓް ކެންސަރަށް ގަވާއިދުން ސްކްރީން ކުރަން ބުނެފި

ޕްރޮސްޓޭޓް ކެންސަރު ޖެހޭ މިންވަރު އިތުރުވަމުންދާތީ، އެމެރިކަން ކެންސަރ ސޮސައިޓީން ވަނީ އުމުރުން 50 އަހަރާއި 69 އަހަރާ ދެމެދުގެ ފިރިހެނުން ގަވާއިދުން ސްކްރީން ކުރުމަށް އާ އިރުޝާދުތަކެއް ނެރެފައެވެ. މި ބަދަލުގެ ދަށުން ބަލީގެ ނުރައްކާ ބޮޑު މީހުން އުމުރުން 45 އަހަރުން ފެށިގެން ކޮންމެ އަހަރަކު ޓެސްޓުކުރަން ލަފާދީފައިވާއިރު، މީގެ މަގުސަދަކީ ބަލި ކުރީކޮޅު ދެނެގަނެ މަރުވާ މިންވަރު މަދުކުރުމެވެ.

ޓޭލާ ސުވިފްޓަކީ ފޭކު ސަޕޯޓަރެއް ކަމަށް ކުޅުންތެރިން ބުނެފި

ނިއުޔޯކް ނިކްސްގެ ބައެއް ކުޅުންތެރިން ޓޭލާ ސުވިފްޓަކީ ދެއްކުންތެރިކަމަށް މެޗުތަކަށް އަންނަ "ފޭކު" ސަޕޯޓަރެއް ކަމަށް ބުނުމުން، އެ ޓީމުން އޭނާގެ ދިފާއުގައި ވާހަކަދައްކައިފިއެވެ. ޓީމުގެ ތަރުޖަމާނު ވަނީ ސުވިފްޓަކީ ގިނަ ދުވަސްތަކެއް ވަންދެން ޓީމަށް ސަޕޯޓްކުރާ ވަފާތެރިއެއްކަން ފާހަގަކޮށް، ކުޅުންތެރިންގެ ވާހަކަތައް ދޮގުކޮށްފައެވެ.

ގްލެޑިއޭޓާ 2" ގެ ސެޓުގައި ހިނގި ހާދިސާއަކާ ގުޅިގެން ކޯޓަށް

"ގްލެޑިއޭޓާ 2" ގެ މަންޒަރެއް ކުޅެމުން ދަނިކޮށް ހިނގި އަލިފާނުގެ ހާދިސާއެއްގައި ހަށިގަނޑުގެ 15 އިންސައްތަ ފިހުނު އެކްޓަރަކު، ފިލްމު އުފެއްދި ކުންފުންޏާ ދެކޮޅަށް ކޯޓުގައި ދައުވާކޮށްފިއެވެ. މި ހާދިސާގެ ޒިންމާ ފިލްމީ ކުންފުނިން އުފުލި ނަމަވެސް، ލިބުނު އަނިޔާތަކަށް ބަދަލުގެ ގޮތުގައި އެދިފައިވާ 200،000 ޕައުންޑް ދިނުމަށް އެ ކުންފުނިން ވަނީ އިންކާރުކޮށްފައެވެ.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

މި ވާހަކައިގައި ކިޔައިދެނީ އިވާން އާއި މައިރާގެ މެދުގައި ހިނގި ލޯބިވެތި ވަގުތުކޮޅެއްގެ ވާހަކައެވެ. ނަމަވެސް، ކޮޓަރީގެ ބޭރުން ނަދާލް ގޮވައިލި އަޑަށް އެ ދެމީހުންގެ ހަރަކާތްތަކަށް ހުއްޓުމެއް އައިސް، މައިރާ ނަދާލަށް ޖަވާބުދީ އެތަނުން ދާން މަސައްކަތް ކުރެއެވެ.

ދުނިޔެ ވަށާ ހިނގުމުގައި 28 އަހަރު ހޭދަކުރި މީހެއް އެނބުރި ގެއަށް

ދުނިޔެ ވަށައި ހިނގުމަށް 28 އަހަރު ދުވަހު 31،000 މޭލުގެ ދަތުރެއް ކުރި އިނގިރޭސިވިލާތުގެ ކާލް ބުޝްބީ، އޭނާގެ ދަތުރު ނިންމާލުމަށްފަހު އެނބުރި ގައުމަށް ގޮސްފިއެވެ. އަމިއްލަ ބާރުގައި އެކި ބައްރުތަކާއި ކަނޑުއޮޅިތައް ހުރަސްކޮށް އޭނާ ކުރި މި ދަތުރު ނިންމާލުމުން، އާއިލާ އާއި ގިނަ އަދަދެއްގެ ބަޔަކު ވަނީ އޭނާއަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

ޖަޕާނުގެ ބޮޑީބިލްޑަރެއް އުމުރުން 90 އަހަރުގައި ވެސް ސްޓޭޖަށް

ޖަޕާނުގެ އުމުރުން 90 އަހަރުގެ ޓޮޝިސުކޭ ކަނަޒާވާ، ސްޕެއިންގައި ބޭއްވި ބޮޑީބިލްޑިން މުބާރާތެއްގައި ވާދަކޮށް، އުމުރަކީ ދުޅަހެޔޮކަމަށް އޮތް ހުރަހެއް ނޫންކަން ސާބިތުކޮށްދީފިއެވެ. އޭނާގެ ދުޅަހެޔޮކަމުގެ ސިއްރަކީ ޖަޕާނުގެ ސަގާފީ ކެއުންތައް ކަމަށްވާ ބްރައުން ރައިސް އާއި މިސޯ ސޫޕް ފަދަ ތަކެތި ބޭނުންކުރުން ކަމަށްވާއިރު، އޭނާގެ އަމާޒަކީ އުމުރުން 93 އަހަރުގައިވެސް މުބާރާތެއްގައި ވާދަކުރުމެވެ.

Newsletter

Get the latest news delivered straight to your inbox