15 ރިސޯޓު ތަރައްގީކުރުމަށް ބީލަމަށް ހުޅުވާލައިފި

ނަލަންދޫ މަތިން ނަގާފައިވާ މަންޒަރެއް: މިއީ މި ރަށުގައި ރިސޯޓު ހިންގަން ބީލަން ހުށަހަޅަން ހުޅުވާލި ތިންވަނަ ފަހަރު --- ފޮޓޯ: މޯލްޑިވްސް ވާޗުއަލް ޓުވާ

ނަލަންދޫ މަތިން ނަގާފައިވާ މަންޒަރެއް: މިއީ މި ރަށުގައި ރިސޯޓު ހިންގަން ބީލަން ހުށަހަޅަން ހުޅުވާލި ތިންވަނަ ފަހަރު --- ފޮޓޯ: މޯލްޑިވްސް ވާޗުއަލް ޓުވާ

ފަތުރުވެރިކަމުގެ ބޭނުމަށް 15 ރިސޯޓު ތަރައްގީކުރުމަށް ހަތަރު ރަށަކާއި 11 ފަޅެއް ދޫކުރުމަށްޓަކައި ބީލަން ހުށަހެޅުމުގެ ފުރުސަތު ޓޫރިޒަމް މިނިސްޓްރީން ހުޅުވާލައިފި އެވެ. 

އިއްޔެ ކުރި އިއުލާނެއްގައި އެ މިނިސްޓްރީން ވަނީ ހއ. މާދުނި ފަރުން ފަޅުގެ 200 ހެކްޓަރުގެ ތިން ސަރަހައްދާއި، ހދ. މަކުނުދޫ ފަރުން 200 މީޓަރުގެ ސަރަހައްދަކާއި، ހދ. މާފަރު ފަރުން 200 މީޓަރުގެ ތިން ސަރަހައްދާއި، ށ. ގޮނާ ފަރުން 200 މީޓަރުގެ ތިން ސަރަހައްދެއްގައި ރިސޯޓު ހެދުމަށް ޝައުގުވެރިވާ ފަރާތްތަކުންބ ބީލަން ހުށަހެޅުމަށް ހުޅުވާލާފަ އެވެ. 

އޭގެ ތެރެއިން ހއ. މާދުނި ފަރުން ދޫކުރާ ތިން ސަރަހައްދާއި ށ. ގޮނާ ފަރުން ދޫކުރާ ތިން ސަރަހައްދަށް އެކުއިޒިޝަން ކޯސްޓުގެ ގޮތުގައި 2،115،000 އެމެރިކާ ޑޮލަރު ދައްކަން ޖެހެ އެވެ. އަދި ހދ. މާފަރު ފަރުން ދޫކުރާ ދެ ސަރަހައްދާއި ހދ. މަކުނުދޫ ފަރުން ދޫކުރާ ސަރަހައްދަށް އެކުއިޒިޝަން ފީގެ ގޮތުގައި 1،586،250 އެމެރިކާ ޑޮލަރު ދައްކަން ޖެހެ އެވެ. 

އެ މިނިސްޓްރީން ވަނީ ހަލާލް ޓޫރިޒަމްގެ މޮޑެލްއަށް ތިން ރިސޯޓު ތަރައްގީކުރުމަށް ބީލަމަށް ހުޅުވާލާފަ އެވެ. އެއީ ލ. ފޮނަގާދޫ އާއި ސ. ދޮންހެރަ އަދި ހދ. މަކުނުދޫ ފަރުން ފަޅުގެ 200 ހެކްޓަރުގެ ސަރަހައްދެކެވެ. އޭގެ ތެރެއިން ފޮނަގާދޫގެ އެކިއުޒިޝަން ފީގެ ގޮތުގައި 588،960 އެމެރިކާ ޑޮަލަރު ދައްކަން ޖެހޭއިރު ސ. ދޮންހެރަ ނެގުމަށް 498،420 އެމެރިކާ ޑޮލަރު ދައްކަން ޖެހެ އެވެ. އަދި މަކުނުދޫ ފަރުން ދޫކުރާ ސަރަހައްދަށް 1،269،000 ޑޮލަރު ދައްކަން ޖެހެ އެވެ. 

ހަމައެހެންމެ، އަނެއްކާ ވެސް ށ. ނަލަންދޫގައި ރިސޯޓެއް ތަރައްގީކުރާނެ އިންވެސްޓަރަކު ވޭތޯ ބީލަމަށް ވަނި ހުޅުވާލާފަ އެވެ. އޭއި މީގެ ދެ އަހަރެއްހާ ދުވަސްކުރިން ވެސް ބީލަމަށް ހުޅުވާލި ރަށެކެވެ. ނަލަންދުއަކީ ވަރަށް ގިނަ އަހަރުތަކެއް ވަންދެން ލަނޑާ އާލާކުރާ ބަޔަކަށް ކުއްޔަށް ދޫކޮށްފައި އޮތް ރަށެކެވެ. އެއީ ގުދުރަތީ ގޮތުން ހާއްސަ ސިފަތަކެއް ލިބިފައިވާ ރަށެކެވެ.

ޖުމުލަ 63 ހެކްޓަރުގެ ބޮޑުމިނުގެ ރަށުގައި 200 އެނދު ތަރައްގީކުރަން ހުޅުވާލީ އިއްޔެ އެވެ. އެ ރަށުގެ އެކުއިޒިޝަން ފީގެ ގޮތުގައި އެއް މިލިއަން ޑޮލަރު ދައްކަން ޖެހޭއިރު ބިޑު ހުށަހަޅާ މީހުންގެ މާލީ ގާބިލުކަން ސާބިތުކަން ކޮށްދިނުމަށް 10 މިލިއަން ޑޮލަރު ހުރިކަން ދައްކަން ޖެހެ އެވެ. 

އޭގެ އިތުރުން ނ. ފަރުމުލީގައި 150 އެނދުގެ ރިސޯޓެއް ތަރައްގީކުރުމަށް ބީލަން ހުށަހެޅުމަށް ވެސް ވަނީ ހުޅުވާލާފަ އެވެ. އެ ރަށުގެ އެކުއިޒިޝަން ފީގެ ގޮތުގައި 2،250،000 ޑޮލަރު ދައްކަން ޖެހޭނެ އެވެ. 

އެ ތަންތަން ކުއްޔަށް ނެގުމަށް ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ ނޮވެމްބަރު 18، 2026 އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox