ރާއްޖެއަށް ގިނަ ޓޫރިސްޓުން އަންނަނީ އަލަށް، ގިނައީ ޖޯޑުތައް: ސާވޭ

ހުޅުމާލޭ ލަކުޑި ޖެޓީ ސަރަހައްދުގައި ފަތުރުވެރިންތަކެއް

ހުޅުމާލޭ ލަކުޑި ޖެޓީ ސަރަހައްދުގައި ފަތުރުވެރިންތަކެއް

މިދިޔަ އަހަރުގެ ތެރޭގައި ރާއްޖެއަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ ތެރޭގައި ގިނައީ މުޅިން އަލަށް އަންނަ މީހުންނާއި ޖޯޑުތައް ކަމަށް ޓޫރިޒަމް މިނިސްޓްރީން ހަދާ ވިޒިޓާ ސާވޭއިން ދައްކައިފި އެވެ. 

އަހަރުތަކެއްގެ މެދުކެނޑުމަކަށް ފަހު ޓޫރިޒަމް މިނިސްޓްރީން ހެދި އެންމެ ފަހުގެ ވިޒިޓާ ސާވޭއަކީ ނިމުނު އަހަރުގެ އޮކްޓޫބަރުގައި ރާއްޖެއަށް އައި ޓޫރިސްޓުންގެ ފަރާތުން މައުލޫމާތު ހޯދައިގެން ކުރި ދިރާސާއެކެވެ.

ޓޫރިޒަމް މިނިސްޓްރީގެ މި ސާވޭއިން ދައްކާ ގޮތުގައި، އެންމެ މަތީ ފަންތީގެ ލަގްޒަރީ މަންޒިލެއްގެ ގޮތުގައި ރާއްޖެއަށް ބޮޑު ޑިމާންޑެއް އަދިވެސް އެބައޮތެވެ. މި ޑިމާންޑަކީ، އަގު ހެޔޮ ވެގެން ނޫނީ ފަސޭހަ ވެގެން އޮންނަ ޑިމާންޑަކާ ހިލާފަށް، ސީދާ ރާއްޖޭގައި ޗުއްޓީ ހޭދަކުރަން އަންނަން ބޭނުންވެގެން އޮންނަ ޑިމާންޑެކެވެ.

އޭގެ އިތުރުން އެހެން ވައްތަރުގެ ޓޫރިޒަމް ޕްރޮޑަކްޓުތައް ފުޅާވަމުން އައި ނަމަވެސް، ޓޫރިސްޓުންގެ ޑިމާންޑު އަދިވެސް އޮތީ ރާއްޖޭގެ ޓޫރިޒަމްގެ ޕްރީމިއަމް ޕްރޮޑަކްޓު ކަމުގައިވާ ރިސޯޓުތަކަށް ކަމަށް ދިރާސާއިން ދައްކަ އެވެ.

ވިޒިޓާ ސާވޭގައިވާ ގޮތުގައި ރާއްޖެ އައި 73 ޕަސެންޓު މީހުންނަކީ ފުރަތަމަ ފަހަރަށް ރާއްޖެއަށް ޒިޔާރަތްކުރި މީހުންނެވެ. އަދި، 65 ޕަސެންޓު މީހުން އަންނަނީ އަނބިމީހާ ނުވަތަ ފިރިމީހާއާ އެކީގަ އެވެ. އެންމެ ގިނައިން އަންނަނީ "މިލޭނިއަލް" އުމުރުފުރާގެ މީހުންނެވެ. އަދި، ގިނަ ޓޫރިސްޓުން ހިޔާރުކުރަނީ ރިސޯޓުތަކުގައި ޗުއްޓީ ހޭދަކުރުމަށެވެ.

ޗުއްޓީއަށް އައިސް ހޭދަކުރާ މުއްދަތަށް ބަލާއިރު، ކޮންމެ ޓޫރިސްޓަކު އެވަރެޖުކޮށް ހަތަރު ދުވަހާއި ހަތް ދުވަހާ ދެމެދުގެ މުއްދަތެއް ވަންދެން ޗުއްޓީ ހޭދަ ކުރެ އެވެ. އަދިވެސް، ގިނަ މީހުން އަންނަނީ ރާއްޖޭގެ ގުދުރަތީ ރީތިކަން ދެކިލާށެވެ.

މިދިޔަ އަހަރަކީ ރާއްޖޭގެ ޓޫރިޒަމުގެ ތާރީހުގައި ފާހަގަކޮށްލެވޭ ވަރުގެ ކާމިޔާބީތަކެއް ހޯދި އަހަރެކެވެ. އެ ގޮތުން ފުރަތަމަ ފަހަރަށް ދެ މިލިއަން ޓޫރިސްޓުންގެ އަމާޒަށް ވާސިލުވުމާއި، ރެކޯޑު އަދަދަކަށް ޓޫރިޒަމް ސިނާއަތަށް އާމްދަނީ ލިބުން ފާހަގަކޮށްލެވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox