ޕްރޮޖެކްޓުތައް ނުހިނގާތީ މުއިއްޒު ކޯފާވެވަޑައިގެން މިނިސްޓަރުން ބަދުނާމުކުރައްވައިފި

ތަންކޮޅެއް ކުރިން ބޭއްވި ކެބިނެޓު ބައްދަލުވުމެއްގައި މުއިއްޒު އާއި މިނިސްޓަރުން: މުއިއްޒު ތުހުމަތުކުރައްވާ ގޮތުގައި ޕްރޮޖެކްޓުތައް ނުހިނގަނީ މިނިސްޓަރުން ފަރުވާ ކުޑަކަމުން -- ފޮޓޯ: ރައީސް އޮފީސް

ތަންކޮޅެއް ކުރިން ބޭއްވި ކެބިނެޓު ބައްދަލުވުމެއްގައި މުއިއްޒު އާއި މިނިސްޓަރުން: މުއިއްޒު ތުހުމަތުކުރައްވާ ގޮތުގައި ޕްރޮޖެކްޓުތައް ނުހިނގަނީ މިނިސްޓަރުން ފަރުވާ ކުޑަކަމުން -- ފޮޓޯ: ރައީސް އޮފީސް

ސަރުކާރުން އިއުލާންކޮށްފައިވާ ޕްރޮޖެކްޓުތަކުގެ ދުވެލި ލަސްވެ، ގިނަ ޕްރޮޖެކްޓުތަކެއް ހުއްޓި މަސައްކަތް ނުހިނގާ މައްސަލައިގައި، ރައީސް މުހައްމަދު މުއިއްޒު އިއްޔެ ބޭއްވި ކެބިނެޓު ބައްދަލުވުމުގައި ކޯފާއިސްކުރައްވައި މިނިސްޓަރުން ބަދުނާމުކުރައްވައިފި އެވެ.

އިތުބާރު ހުރި މަސްދަރުތަކުން "އަދަދު" އަށް މައުލޫމާތު ދިން ގޮތުގައި، ކެބިނެޓު ބައްދަލުވުމުގައި ރައީސް މުއިއްޒު ވަނީ ޕްރޮޖެކްޓުތައް ނުހިނގަނީ މިނިސްޓަރުންގެ ފަރުވާކުޑަކަމުން ކަމަށް ތުހުމަތުކުރައްވާފަ އެވެ. އެ ގޮތުން ފައިސާ ހަމަނުޖެހި ހުރި ޕްރޮޖެކްޓުތަކުގެ މައްސަލައިގައި، މުއިއްޒު ވަނީ މިހާރުގެ ފިނޭންސް މިނިސްޓަރު ހަސަން ޒަރީރާއި ކުރީގެ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރަށް ވެސް ތުހުމަތުގެ އިނގިލި ދިއްކުރައްވާފަ އެވެ.

"މިނިސްޓަރުން ރައްދުގައި ބަހެއް ވިދާޅެއް ނުވޭ. އަސްލު ސަބަބު ހުރިހާ ބޭފުޅުންނަށް ވެސް ސާފު ދެއްތޯ. ޕްރޮޖެކްޓުތައް ކުރިއަށް ނުގެންދެވެނީ ފައިސާ ނެތީމަ،" އަދަދު ނޫހާ ވާހަކަ ދެއްކެވި އެއް ބޭފުޅަކު ވިދާޅުވި އެވެ. 

އެހެން މަސްދަރަކުން ބުނި ގޮތުގައި ރައީސް ކޯފާ އިސްކުރައްވައި ވާހަކަ ދެއްކެވުމަށް ފަހު އާންމުކޮށް ކެބިނެޓު ނިންމާ ވަގުތަށް ވުރެ އިއްޔެ ކެބިނެޓުގެ ބައްދަލުވުން އަވަހަށް ނިންމައިލެއްވި އެވެ. 

އޭނާ ވިދާޅުވި ގޮތުގައި ޕޮރޮޖެކްޓުތަކާއި ބަޖެޓު ސަޕޯޓަށް ރާއްޖޭން ބޭރުން ހޯދަން މަސައްކަތްކުރި އެހީ ވެސް ލިބިފައި ނުވާ ކަމަށެވެ. 

ޕްރޮޖެކްޓުތަކުގެ މައްސަލައިގައި ރައީސް މުއިއްޒު ކޯފާއިސްކުރެއްވިއިރު، މި ސަރުކާރުން ޕްރޮޖެކްޓުތައް ހަވާލުކުރުމުގެ ކުރިން އެމަނިކުފާނު ވަނީ ފައިސާއާއި ހުރިހާ ކަމެއް ވެސް ހަމަޖެހިފައިވާ ކަމަށް ތަކުރާރުކޮށް އެކި މަންސަތަކުގައި ވިދާޅުވެފައެވެ.

އެހެންނަމަވެސް، ސަރުކާރު ކުންފުނިތަކާ ހަވާލުކުރި ޕްރޮޖެކްޓުތަކާއި އަމިއްލަ ކުންފުނިތަކަށް ބަހާލި ގިނަ ޕްރޮޖެކްޓުތައް މިހާރު ހުރީ ހުއްޓިފައެވެ. ބައެއް ޕްރޮޖެކްޓުތަކުގެ މަސައްކަތް ކޮންމެވެސް ވަރަކަށް ކުރިއަށްދިޔަ ނަމަވެސް، ގިނަ ޕްރޮޖެކްޓުތައް ހުރީ ބިންގާ އެޅުމާ ހަމައިން ހުއްޓިފައެވެ.

މިފަދަ މައްސަލަތަކާ ގުޅިގެން އާންމުންގެ ފަރާތުން ލިބެމުންދާ ޝަކުވާތަކާ ހެދި، ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި ސަރުކާރު ހިންގާ ޕީއެންސީއަށް ނިސްބަތްވާ މެންބަރުން ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވަން ފައްޓަވާފައެވެ.

މި ސަރުކާރުގެ ދައުރުގެ ތެރޭގައި އުމްރާނީ ތަރައްގީގެ ޕްރޮޖެކްޓުތަކަށް ހަރަދުކުރާ ފައިސާގެ އަދަދު ވެސް ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. މިދިޔަ އަހަރުގެ ތެރޭގައި ވެސް ކެޕިޓަލް ހަރަދުތަކަށް 12.5 ބިލިއަން ރުފިޔާ ބަޖެޓުކުރި ނަމަވެސް، ހަރަދުކުރެވުނީ 6.8 ބިލިއަން ރުފިޔާ އެވެ.

މިދިޔަ އަހަރެކޭ އެއްފަދައިން މި އަހަރު ވެސް ކެޕިޓަލް ހަރަދުތައް ކުރަމުންދަނީ ވަރަށް ބޮޑަށް ހިފަހައްޓައިގެންނެވެ. އެންމެ ފަހުގެ ހިސާބުތަކުން ދައްކާ ގޮތުގައި އަހަރު ދެބައިވީއިރު ހަރަދުކުރެވުނީ މި އަހަރަށް ބަޖެޓުކުރި ނުވަ ބިލިއަނަށް ވުރެ ގިނަ ރުފިޔާގެ 3.2 ބިލިއަން ރުފިޔާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox