މަސައްކަތް ހުއްޓިފައި ހުރި ނަމަވެސް، ހެލްތު މިނިސްޓަރު ގީލާ ވިދާޅުވަނީ ކަނޑައަޅާފައިވާ ތާރީހަށް ނިންމޭނެ ކަމަށް

ހެލްތު މިނިސްޓަރު ގީލާ އަލީ ރައްޔިތުންގެ މަޖިލީހުގައި ސުވާލުުތަކަށް ޖަވާބު ދެއްވަނީ: ގީލާއާ މެންބަރުން ސުވާލު ކުރީ ހެލްތު ސެކްޓާގެ ތަރައްގީގެ މަޝްރޫއުތަކާ ގުޅޭ ގޮތުން --- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ހެލްތު މިނިސްޓަރު ގީލާ އަލީ ރައްޔިތުންގެ މަޖިލީހުގައި ސުވާލުުތަކަށް ޖަވާބު ދެއްވަނީ: ގީލާއާ މެންބަރުން ސުވާލު ކުރީ ހެލްތު ސެކްޓާގެ ތަރައްގީގެ މަޝްރޫއުތަކާ ގުޅޭ ގޮތުން --- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރާއްޖޭގެ އެކި ކަންކޮޅުގައި ހިންގާ ސިއްހީ ދާއިރާގެ މަޝްރޫއުތައް ހުއްޓިފައި ހުރި ނަމަވެސް، އެ ތަންތަނުގެ މަސައްކަތް ކަނޑައަޅާފައިވާ ތާރީހަށް ނިންމައިލެވޭނެ ކަމަށް ހެލްތު މިނިސްޓަރު، ގީލާ އަލީ ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހާޒިރުކޮށް، ގީލާއާ އެންމެ ގިނައިން އަމާޒުވީ ރަށްރަށުގައި ފަށާފައި ހުއްޓިފައި ހުރި މަޝްރޫއުތަކާ ބެހޭގޮތުންނެވެ.

އެ ސުވާލުތަކުގެ ޖަވާބުގައި، މަސައްކަތް ހުއްޓިފައި ހުރި ސަބަބު ވިދާޅުވުމުގެ ބަދަލުގައި ގީލާ ވިދާޅުވަމުން ގެންދެވީ މަޝްރޫއުތަކުގެ ތަފުސީލެވެ. އޭގެ އިތުރުން، ކަނޑައެޅިފައިވާ ތާރީހުތަކަށް އެ ތަންތަނުގެ މަސައްކަތް ނިންމޭނެ ކަމަށް ގީލާ ތަކުރާރުކޮށް ވިދާޅުވި އެވެ.

"މިހާރު ކުރިއަށް ދަނީ ފައުންޑޭޝަންގެ ފުޓްއިންތަކުގެ ދަގަނޑު ބަނދެ ކޮންކްރީޓް އެޅުމުގެ މަސައްކަތްތައް ކުރުމަށް ތައްޔާރުވަމުންދާކަން ވެސް ފާހަގަކޮށްލަން. އިއްޒަތްތެރި މެންބަރަށް ދަންނަވާލާނީ އަޅުގަނޑުމެން އަމާޒުކޮށްފައި މި އޮތް ތާރީހަށް އެ މަރުކަޒު، އެ މަސައްކަތް ވެސް ފުރިހަމަކުރެވިގެން ދާނެ ކަމަށް،" ނެއްލައިދޫ ސިއްހީ މަރުކަޒުގެ މަސައްކަތް ހުއްޓިފައި އޮތް މައްަސަލައިގައި ސުވާލުކުރުމުން ގީލާ ވިދާޅުވި އެވެ.

އޭގެ އިތުރުން ވެސް، ޕީއެންސީގެ މެންބަރުން ވެސް ހިމެނޭހެން، މަޝްރޫއުތައް ހުއްޓިފައި ހުރި ސަބަބު އޮޅުންފިލުވުމަށް މިނިސްޓަރާ ސުވާލުކުރެއްވި އެވެ.

ރަށްރަށުގައި ފަށާފައި ހުރި މަޝްރޫއުތައް ކަނޑައަޅާފައިވާ ތާރީހަށް ނިންމޭނެ ކަމަށް ގީލާ ވިދާޅުވި ނަމަވެސް، ގިނަ ރަށްރަށުގެ ސިއްހީ މަރުކަޒު އެޅުމަށް ބިންގާ އެޅުމުގެ އިތުރުން އިތުރު އެއްވެސް މަސައްކަތެއް ކުރިއަކަށް ނުގެންދެ އެވެ. މިއަދުގެ ޖަލްސާގައި ސުވާލުކުރެއްވި މެންބަރުން ވެސް އެކަން ފާހަގަކުރެއްވި އެވެ.

ކަނޑައަޅާފައިވާ ތާރީހަށް މަޝްރޫއުތައް ނިންމޭނެ ކަމަށް ގީލާ ވިދާޅުވިއިރު، ސަރުކާރުން އިއުލާންކޮށްފައިވާ ޕްރޮޖެކްޓުތަކުގެ ދުވެލި ލަސްވެ، ގިނަ ޕްރޮޖެކްޓުތަކެއް ހުއްޓި މަސައްކަތް ނުހިނގާ މައްސަލައިގައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު އިއްޔެ ވަނީ ކޯފާ އިސްކުރައްވައި މިނިސްޓަރުން ބަދުނާމުކުރައްވައިފަ އެވެ.

އިތުބާރު ހުރި މަސްދަރުތަކުން "އަދަދު" އަށް މައުލޫމާތު ދިން ގޮތުގައި، އިއްޔެގެ ކެބިނެޓު ބައްދަލުވުމުގައި މުއިއްޒު ވަނީ ޕްރޮޖެކްޓުތައް ނުހިނގަނީ މިނިސްޓަރުންގެ ފަރުވާކުޑަކަމުން ކަމަށް ތުހުމަތުކުރައްވައިފަ އެވެ.

އެގޮތުން ފައިސާ ހަމަނުޖެހި ހުރި ޕްރޮޖެކްޓުތަކުގެ މައްސަލައިގައި، މުއިއްޒު ވަނީ މިހާރުގެ ފިނޭންސް މިނިސްޓަރު ހަސަން ޒަރީރާއި ކުރީގެ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރަށް ވެސް ތުހުމަތުގެ އިނގިލި ދިއްކުރައްވައފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox