މުއިއްޒު އަރިހުގައި ތިބި ބޮޑެތި ވަގުންނަށް އަހަރެންގެ ކައިރިން ޖާގައެއް ނެތް: ޔާމީން

Aug 8, 2026, 10:39 AM
ޕީއެންސީ

ޕީއެންސީ

ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ތިއްބެވި އިސް ބޭފުޅުންނާ މެދު ހިތްބުރަކަމެއް ނެތް ކަމަށާއި ނަމަވެސް އެ މަނިކުފާނުގެ އަރިހުގައި ވައްކަން ކުރަން ތިއްބެވި ބޮޑެތި ބޭފުޅުންނަށް އެމަނިކުފާނު އެކުލަވާލާ ސަރުކާރަކުން އަލުން ޖާގައެއް ނުދެއްވާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ސަންގު ޓީވީން ރޭ ގެނެސްދިން ޕްރޮގްރާމެއްގައި ޔާމީން ވިދާޅުވީ މުއިއްޒަށް 2028 ކާމިޔާބު ކުރެއްވޭނެ ތަނެއް ފެނިވަޑައިނުގަންނަވާ ކަމަށާއި ރިޔާސީ އިންތިހާބުގައި މުއިއްޒުގެ ތާއިދު އެމަނިކުފާނަށް ދިނުމަކީ މުއިއްޒުގެ އަމިއްލަ ނިންމުމެއް ކަމަށެވެ.

އެފަދަ ހާލަތެއްގައި ވެސް މުއިއްޒު އަރިހުގައި ވައްކަން ކުރަން ތިބި އިސް މީހުންނަށް ޖާގައެއް ނޯންނާނެ ކަމަށް ޔާމީން ވިދާޅުވި އެވެ.

"މުއިއްޒުގެ ސިޔާސަތުތަކަށް އަޅުގަނޑުމެން ފާޑުކިޔަނީ. ދެން މުއިއްޒުގެ އަރިހުގައި ވައްކަންކުރަން އެ އުޅޭ ބޮޑެތި މީހުންނަށް އަޅުގަނޑު އިންތިހާއަށް ނަފުރަތު ކުރަން. އެ މީހުންނަކަށް އަޅުގަނޑުގެ ކައިރިޔަކު ޖާގައެއް ނޯންނާނެ. ހަމަ ޝައްކެއް ވެސް ނެތް ގޮތުގައި،" ޔާމީން ވިދާޅުވި އެވެ. 

ޕީޕީއެމް/ޕީއެންސީ ސަރުކާރުގެ މަގާމުތަކުގައި ކުރިން ތިއްބެވި، އަދި މިހާރު ވެސް ތިއްބެވި ބޭފުޅުން އަލުން ގެނައުމަކީ ރަނގަޅު ގޮތަކަށް ދެކެވަޑައިގަންނަވާ ކަމަށާއި ކަމަށާއި ދެން އެމަނިކުފާނު އެކުލަވާލާ ކެބިނެޓެއްގައި ޒުވާނުން ތިއްބަވާނެ ކަމަށް ޔާމީން ވިދާޅުވި އެވެ. 

މުއިއްޒާ މެދު ރުޅިވެރިކަމެއް ނެތްކަން ހާމަކުރައްވަމުން ޔާމީން ވިދާޅުވީ، އެ މަނިކުފާނުގެ ރުޅިވެރިކަން އޮތީ ނާއިންސާފުން ޖަލަށް ލުމުން ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް އެކަނި ކަމަށެވެ.

"އެހެން މީހުންނާމެދު ރުޅިވެރި ކަމެއް ނެތް. މުއިއްޒުއާމެދު ރުޅިވެރިކަމެއް އަމުދުން ނެތް. އެއީ އަޅުގަނޑުމެންގެ ތެރެއިން ވަޑައިގެންނެވި ބޭފުޅެއް. އަޅުގަނޑު ގަބޫލެއް ނުކުރަން މުއިއްޒުއަކީ އަނިޔާވެރި ބޭފުޅަކަށް ވެދާނެ ކަމަކަށް. އެހެންވީމަ އަޅުގަނޑު ޖަލަށް ގެންދަވަފާނެ ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" ޔާމީން ވިދާޅުވިއެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox