ގައުމު ހަމަ މަގަށް އެޅުވުމުގެ ތަސައްވުރެއް، ގާބިލްތަކެއް މުއިއްޒުގެ ނެތް: ޔާމީން

Aug 8, 2026, 10:20 AM
ކުރީގެ ރައީސް ޔާމީން: ވިދާޅުވީ ތަކެތީގެ އަގުބޮޑުވުމުގެ ޒިންމާ ސަރުކާރުން ނަގަންޖެހޭނެ ކަމަށް -- ފޮޓޯ: އަދަދު ފައިލް

ކުރީގެ ރައީސް ޔާމީން: ވިދާޅުވީ ތަކެތީގެ އަގުބޮޑުވުމުގެ ޒިންމާ ސަރުކާރުން ނަގަންޖެހޭނެ ކަމަށް -- ފޮޓޯ: އަދަދު ފައިލް

ގައުމު ހަމަ މަގަށް އެޅުވުމުގެ ތަސައްވުރެއް އަދި ގާބިލްކަމެއް ރައީސް މުހައްމަދު މުއިއްޒުގެ ކިބައިގައި ނެތް ކަމަށް ވިދާޅުވެ އެމަނިކުފާނަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ. 

ސަންގު ޓީވީން ރޭ ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ، އިގުތިސާދީ އަދި މާލީ ގޮންޖެހުންތަކުން ގައުމު ސަލާމަތްކުރުމުގެ ހިކުމަތް މި ސަރުކާރުގައި ނެތް ކަމަށެވެ. އަދި މިހާރު ދިމާވެގެން އުޅޭ ޑޮލަރުގެ މައްސަލަ އާއި ތަކެތީގެ އަގު އުފުލުމުގެ މައިގަނޑު ސަބަބަކީ ސަރުކާރުގެ މިސްމެނޭޖްމަންޓާއި ހަރަދު ބޮޑުވުން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ޑޮލަރުގެ އަގާއި އިގުތިސާދީ މިސްމެނޭޖްމަންޓް

ޑޮލަރުގެ އަގު އުފުލިގެން ދިޔަ ސަބަބުތުތަކަށް އަލިއަޅުއްވާލައްވަމުން ޔާމީން ވިދާޅުވީ، ދަރަންޏަކީ އޭގެ ޒާތުގައި އަމިއްލައަށް އުފެދޭ އެއްޗެއް ނޫން ކަމަށާއި އެއީ ސަރުކާރުގެ ސިޔާސަތުތަކުގެ ނަތީޖާ ކަމަށެވެ.

"ދަރަންޏަކީ ސަރުކާރުގެ ސިޔާސަތު. ހޭދަކުރުމަކީ ހަރަދުކުރުމަކީ ސަރުކާރުގެ ސިޔާސަތު. އެހެންވީމަ ހަރަދު ބޮޑުވެގެން ދިޔައީމަ، ދަރަނި ބޮޑުވެގެން ދިޔުމާއި ދަރަނި އުފެދުމާއި ދަނަރި މެނޭޖު ނުކުރެވުމާއި އެއީ ސަރުކާރު ފުރިހަމައަށް ޒިންމާ އުފުލަންޖެހޭ ކަމެއް،" ޔާމީން ވިދަޅުވި އެވެ. 

ކުރީ ސަރުކާރުގެ ދަރަނިތައް ދައްކަންޖެހުނު ކަމަށް މި ސަރުކާރުން ބުނާ ބުނުމަށް ރައްދު ދެއްވަމުން ޔާމީން ވިދާޅުވީ، ކޮންމެ ސަރުކާރެއް ނިމޭއިރު ވެސް ދަރަނި އޮންނާނެ ކަމަށާއި، ސަރުކާރަކީ ހިނގަހިނގާ އޮންނަ އޮގަނައިޒޭޝަނެއް ކަމަށެވެ. މުއިއްޒު ނޫނަސް ކޮންމެ ރައީސަކު އަންނައިރުވެސް ކުރީގެ ދަރަނި އޮންނާނެ ކަން ފާހަގަކުރެއްވި އެވެ.

ތަކެތީގެ އަގު މައްޗަށް ދިއުމާ ގުޅޭގޮތުން ޔާމީން ވިދާޅުވީ، ދިވެހި ރުފިޔާގެ އަގު ދަށްވުމަކީ ސަރުކާރުގެ ފެއިލިއާއެއް ކަމަށެވެ.

"ދިވެހި ރުފިޔާގެ އަގު ދަށްވުމަކީ ސަރުކާރުގެ ފެއިލިއާ. ސަރުކާރަކީ ރުފިޔާގެ އަގު ހިފަހައްޓަން އޮތް ބައެއް. ދިވެހި ރުފިޔާގެ އަގު ދައްކަވަމުންދާ ކަމަށް ވަންޏާ ތަކެތީގެ އަގު މައްޗަށް ދާނެ. ޑޮލަރުގެ އަގު ބޮޑުވާނެ،" ޔާމީން ވިދާޅުވި އެވެ. 

މިހާރު ކަޅުބާޒާރުގައި ޑޮލަރެއްގެ އަގު 21.85ރ. އަށް އަރާފައިވާ އިރު، ޔާމިން ވިދާޅުވީ ކުރިއަށް އޮތް 3-4 މަސްދުވަހުގެ ތެރޭގައި ނުވަތަ މި އަހަރުގެ ނިޔަލަށް ވެސް ސަރުކާރަށް ޑޮލަރުގެ އަގު ހިފެހެއްޓޭނެ ކަމަށް އަންދާޒާ ނުކުރެއްވޭ ކަމަށެވެ. 

މަޝްރޫއުތަކުގެ ކްރެޑިޓާއި ގަވާނަންސް ތަޖުރިބާ

އެމަނިކުފާނުގެ ވެރިކަމުގައި ހިންގެވި ބޮޑެތި މަޝްރޫއުތަކުގެ (ބްރިޖާއި، ދަރުމަވަންތަ ހޮސްޕިޓަލް އަދި ސަލްމާން މިސްކިތް ފަދަ) ތަންތަނުގެ ކްރެޑިޓް ރައީސް މުއިއްޒު ނަންގަވާތީ އެކަމަށް ރައްދު ދެއްވަމުން ޔާމީން ވިދާޅުވީ، އެއިން އެއްވެސް މަޝްރޫއަކީ މުއިއްޒު އިސްނެންގެވި މަޝްރޫއެއް ނޫން ކަމަށެވެ.

"މީގެން އެއްވެސް މަޝްރޫއަކީ މުއިއްޒު އޮރިޖިނޭޓު ކުރެއްވި މަޝްރޫއެއް ނޫން... ބްރިޖުގެ ކަންކަމުގައި މުއިއްޒު ކޮން ކަމެއްތޯ ކުރައްވާނީ، އެއީ ޗައިނާ އެއިޑު. ދަރުމަވަންތަ ހޮސްޕިޓަލްގެ ކަންތަކުގައި ސިންގަޕޫރު ބަޔަކު އައިސް ކުރި މަސައްކަތް. މުއިއްޒުގެ ކޮންޓްރިބިއުޝަނެއް ނޯންނާނެ އެޔަކު،" ޔާމީން ވިދާޅުވި އެވެ. 

މި ސަރުކާރު އެއްވަރު ކުރީ ހިންޏަކާ

ޔާމީން ސިފަކުރެއްވި ގޮތުގައި މި ސަރުކާރަށް ކުޑަކުޑަ ކަމެއް ފެންނަނީވެސް ބޮޑު ފަރުބަދައެއްގެ ގޮތުގަ އެވެ.

"ހިންޏަކަށް ކުޑަކުޑަ ވެލި ފުންޏެއް ވެސް ފެންނާނީ ބޮޑު ފަރުބަދައެއްގެ ގޮތުގައި. މި ސަރުކާރަށް ވެގެން އުޅެނީ އެގޮތް،" ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވި ގޮތުގައި މި ސަރުކާރަށް ބޭރުގެ އެހީތެރިކަން ނުލިބެނީ މައްސަލަތައް ހައްލުކުރުމުގެ ގާބިލްކަން ހުރިކަމަށް ބޭރު ގައުމުތަކަށް ގަބޫލުނުކުރެވޭތީ އެވެ. މޫޑީސް އާއި ފިޗްގެ ރޭޓިން ދަށްވަމުންދަނީ އިންވެސްޓަރުންގެ އިތުބާރު ނެތުމުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މުއިއްޒާމެދު އަމިއްލަ ރުޅިވެރިކަމެއް ނެތްކަން ހާމަކުރައްވަމުން ޔާމީން ވިދާޅުވީ، އެމަނިކުފާނުގެ ހިތްޕުޅުގައި ރުޅިވެރިކަން އޮތީ ހަމައެކަނި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާމެދު ކަމަށެވެ.

"އެއްވެސް ރުޅިވެރިކަމެއް ނެތް، ރުޅިވެރިކަން އޮތީ ސޯލިހުއަށް. އެއީ ނާއިންސާފުން ޖަލަށް ލީމަ... މުއިއްޒުއާމެދު ރުޅިވެރިކަމެއް އަމުދުން ނެތް. އެއީ އަޅުގަނޑުމެންގެ ތެރެއިން ވަޑައިގެންނެވި ބޭފުޅެއް،" ޔާމީން ވިދާޅުވި އެވެ. 

މުއިއްޒުގެ ސިޔާސަތުތަކަށް ފާޑުވިދާޅުވާނެ ކަމަށާއި، ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ވޯޓުކަރުދާހުގައި އެމަނިކުފާނުގެ ނަންފުޅު އޮންނާނެ ކަމަށް ޔާމީން ވިދާޅުވި އެވެ. އަދި ރައީސް މުއިއްޒު ހޮއްވައިދެއްވަން ދެން މަސައްކަތް ނުކުރައްވާނެ ކަމަށާއި، މުއިއްޒު އަރިހުގައި ތިއްބެވި ކޮރަޕްޝަންގެ ތުހުމަތު ކުރެވޭ ބޭފުޅުންނަށް އެމަނިކުފާނުގެ ކައިރިން ޖާގައެއް ނުލިބޭނެ ކަމަށް ވިދާޅުވި އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox