އިންތިހާބަށްފަހު ބައިބައިނުވެ އެކަތިގަނޑެއްގެ ގޮތުގައި ތިބުމަށް ޕީއެންސީ މެންބަރުންނަށް މުއިއްޒު އިލްތިމާސްކުރައްވައިފި

މުހައްމަދު މުއިއްޒު: އެތެރޭގެ އިންތިހާބަށްފަހު ބަލިވާ ކެންޑިޑޭޓުން މޮޅުވާ ކެންޑިޑޭޓުންގެ ފަހަތަށް އަރައިވަޑައިގަތުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވި -- ފޮޓޯ: ޖަވިޔަނި

މުހައްމަދު މުއިއްޒު: އެތެރޭގެ އިންތިހާބަށްފަހު ބަލިވާ ކެންޑިޑޭޓުން މޮޅުވާ ކެންޑިޑޭޓުންގެ ފަހަތަށް އަރައިވަޑައިގަތުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވި -- ފޮޓޯ: ޖަވިޔަނި

މާދަމާ ބާއްވާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ އެތެރޭގެ އިންތިހާބަށްފަހު ބައިބައިނުވެ އެކަތިގަނޑެއްގެ ގޮތުގައި ތިބުމަށް އެ ޕާޓީގެ މެންބަރުންނަށް ރައީސް މުހައްމަދު މުއިއްޒު މިރޭ އިލްތިމާސްކުރައްވައިފި އެވެ. 

ސޯޝަލް ސެންޓަރުގައި ބޭއްވި ޕީއެންސީގެ ކޮންގްރެސް ރަސްމީކޮށް ހުޅުވުމުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ އެތެރޭގެ އިންތިހާބަށްފަހު އެއްވެސް ކަހަލަ ބައިބައިވުމެއް ނާންނަ ގޮތަކަށް އަމަލު ކުރަން އަޒުމް ކަނޑައަޅައި، އެންމެން ވެސް އިހްލާސްތެރިކަން އިސްކުރަން ޖެހޭ ކަމަށެވެ. 

"އިންތިހާބެއްގައި ބަޔަކު ވާދަކުރަންޏާ މޮޅުވާ މީހުންނާއި ބަލިވާ މީހުން ތިބޭނެ. އަޅުގަނޑުމެންގެ އަޒުމަކަށް ވާންވާނީ ކުރިން މިދެންނެވި ކަންކަން އަބަދުވެސް ހަނދާން ބަހައްޓައިގެން އަޅުގަނޑުމެން ތެރޭގައި އެއްވެސް ކަހަލަ ބައިބައިވުމެއް އިންތިހާބު ނިމޭ ހިސާބުން އައިސްގެން ނުވާނެކަން،" މުއިއްޒު ވިދާޅުވި އެވެ. 

Advertisement

"އަޅުގަނޑުމެން މިތިބީ ވަރަށް ވަރުގަދަ އަޒުމެއްގައި، ވަރަށް މާތް ނިޔަތެއްގައި، މަގްސަދެއްގައި ނުކުމެ އެންމެ ފުރަތަމަ ގައުމު އިސްކޮށްގެން. ގައުމަށްޓަކައި އިހްލާސްތެރި މަސައްކަތެއް ކުރާ ބަޔެއް އަޅުގަނޑުމެންނަކީ. އަޅުގަނޑުމެން އެންމެންނަކީ ޕާޓީ ދެކެ ލޯބިވާ، ގައުމު ދެކެ ލޯބިވާ އިހްލާސްތެރިންނޭ. އަޅުގަނޑުމެން އެންމެންނަކީ އިހްލާސްތެރިން."

އެމަނިކުފާނު ވިދާޅުވީ އިންތިހާބުގައި ވާދަކޮށްގެން ބަލިވާ ބޭފުޅުން، މޮޅުވާ ބޭފުޅުންގެ ފަހަތަށް އަރައިގެން ކުރިއަށްދާންޖެހޭ ކަމަށާއި ޑިމޮކްރަސީ ފައްކާވެ ރަނގަޅު މިސާލެއް ދެއްކޭނީ ވެސް އޭރުން ކަމަށެވެ. 

"އެހެންވީމަ އަޅުގަނޑުމެންގެ ތެރެއިން އިންތިހާބުތަކުގައި ބައިވެރިވެގެން ކޮންމެވެސް ބަޔަކު މޮޅުވާނީ. ކޮންމެވެސް ބަޔަކު ކާމިޔާބުވާނީ. ކާމިޔާބު ނުވާ ފަރާތްތަކުން ކާމިޔާބުވީ ފަރާތްތަކަށް މަރުހަބާ ވިދާޅުވެފައި، އެހިސާބުން ސަލާން ގަލާން ކޮށްލާފައި ކުރިއަށް ދާނީ. އެއީ ރީތި މިސާލަކީ. އެއީ ޑިމޮކްރަސީ މިތާ ފައްކާވާނެ ގޮތަކީ،" މުއިއްޒު ވިދާޅުވި އެވެ.  

ޕީއެންސީގެ މަތީ މަޖިލިސް ވަރަށް އަމާންކަމާއެކު މިހާރު ކުރިއަށްދާކަން ފާހަގަކުރައްވާ މުއިއްޒު ވިދާޅުވީ ކޮންގްރެސް ހަމަ މިގޮތަށް އޮމާންކޮށް ނިންމާލަން އިލްތިމާސްކުރައްވާ ކަމަށާއި އެންމެންނަށް ރަނގަޅު މިސާލެއް ދައްކަވަން ޖެހޭ ކަމަށެވެ. 

ހަތަރު ދުވަހަށް ދެމިގެންދާ ޕީއެންސީގެ ކޮންގްރެސްގައި މުހިންމު ގުނަވަންތަކަށް މެންބަރުން ހޮވުމަށް ބާއްވާ ވޯޓުލުން މާދަމާ ކުރިއަށް ގެންދަން ވަނީ ހަމަޖެހިފަ އެވެ.

ޕީއެންސީގެ ކޮންގްރެސްގައި 12 މަގާމަށް މެންބަރުން ހޮވާނެ އެވެ. އޭގެ ތެރެއިން އެންމެ މުހިންމު މަގާމަކީ ނައިބު ރައީސުންގެ މަގާމުތަކެވެ. ޕީއެންސީއަށް ހަ ނައިބު ރައީސަކު އިންތިހާބު ކުރާއިރު އަށް ބޭފުޅަކު ވަނީ ނައިބު ރައީސްގެ މަގާމަށް ކުރިމަތިލައިފަ އެވެ. 

ޕީއެންސީގެ ނައިބުރައީސުންނަށް ވާދަކުރައްވަނީ އެލްޖީއޭގެ ސީއީއޯ މުހައްމަދު ނިމާލް އާއި މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު އާއި ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދުު) ގެ އިތުރުން ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް އާއި ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު އާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އާއި ޔޫތު މިނިސްޓަރު އަބްދުﷲ ރާފިއު އަދި ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާ އެވެ. 

މި ނޫހަށް އެނގިފައިވާ ޕީއެންސީގެ ނައިބުރައީސްކަމުގެ މަގާމަށް ހޮވަން މުއިއްޒު ބޭނުންވެލައްވާ ބޭފުޅުންގެ ލިސްޓުގައި ނުހިމެނެނީ އަސްމާ އަދި ނިމާލްގެ ނަމެވެ. އެގޮތުން މުއިއްޒުގެ އިރުޝާދަށް އެކަން ވޯޓުލާ މީހުންނަށް ދަނީ އެކި ގޮތްގޮތުން އަންގަމުންނެވެ. 

 ޕީއެންސީގެ ކޮންގްރެސްގައި އިންތިހާބުކުރާ މަގާމުތަކަށް މީހުން ހޮވަނީ މޯބައިލް އެޕްލިކޭޝަނެއް މެދުވެރިކޮށް ވޯޓުލައިގެންނެވެ. އެކަމާ ގުޅިގެން ބައެއް ކެންޑިޑޭޓުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox