ގައުމު ހަމަމަގަށް އެޅުވުމުގެ ތަސައްވުރެއް މުއިއްޒުގެ ނެތް: ޔާމީން
ރާއްޖޭގެ މާލީ ހާލަތު ރަނގަޅުކުރުމުގެ ގާބިލްކަމާއި ތަސައްވުރު ރައީސް މުއިއްޒުގެ ކިބައިގައި ނެތް ކަމަށް ވިދާޅުވެ، ކުރީގެ ރައީސް ޔާމީން މި ސަރުކާރުގެ އިގުތިސާދީ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. ޚާއްސަކޮށް ޑޮލަރުގެ މައްސަލައާއި ދަރަނި މެނޭޖުނުކުރެވުމަކީ ސަރުކާރުގެ ނާގާބިލްކަން ކަމަށާއި، ކުރީގެ ބޮޑެތި މަޝްރޫއުތަކުގެ ކްރެޑިޓް ރައީސް މުއިއްޒަށް ހައްގުނުވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.