އަބަދު ކުރީ ސަރުކާރޭ ނުކިޔާ ގައުމުގައި ހުރި މައްސަލަތައް ހައްލުކުރުން މާރަނގަޅުވާނެ: ރާޝިދާ ޔޫސުފް

މާލޭގެ ރައްޔިތުންނާ ބައްދަލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ބޭއްވެވި ބައްދަލުވުމެއްގައި ރާޝިދާ ޔޫސުފް ވާހަކަދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

މާލޭގެ ރައްޔިތުންނާ ބައްދަލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ބޭއްވެވި ބައްދަލުވުމެއްގައި ރާޝިދާ ޔޫސުފް ވާހަކަދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

އަބަދާއި އަބަދު ކުރީ ސަރުކާރުގެ ވާހަކަދެއްކުމުގެ ބަދަލުގައި ގައުމުގައި ހުރި ބޮޑެތި މައްސަލަތައް ހައްލުކުރުމަށް މަސައްކަތް ކުރުން މާރަނގަޅުވާނެ ކަމަށް ރާއްޖޭގެ ފުރަތަމަ ޔޫތު އަދި އަންހެނުންގެ މިނިސްޓަރު، ރާޝިދާ ޔޫސުފް ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް މައުމޫންގެ ވެރިކަމުގެ ދުވަސްވަރު ވަޒީރުކަމުގެ އިތުރުން، ނޫ އަދި ފެހި ގާނޫނުއަސާސީ އެކުލަވައިލުމުގެ މަސައްކަތް ކުރި ހާއްސަ މަޖިލިސްތަކުގައި ވެސް މެންބަރުކަން ކުރެއްވި ރާޝިދާ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ މިހާރު އަބަދާއި އަބަދު ކުރީ ސަރުކާރުގެ ވާހަކަދައްކާތީ އެކަމަށް ފާޑުވިދާޅުވެފަ އެވެ.

"މިހާރު މިއޮތީ މިދިޔަ ސަރުކާރެއް ނޫން، މިހާރު ިއީ އެމްޑީޕީ މެޖޯރިޓީ މަޖިލީހެއް ވެސް ނޫން. މިހާރު މިއީ ޕީއެންސީގެ މެންބަރަކު ގައުމުގެ ހުންގާނުގައި ހުންނެވި ދައުރެއް،" ރާޝިދާ ކުރެއްވި ޕޯސްޓުގައި ލިޔުއްވާފައި އެވެ.

"ވީމާ އަބަދު އެމްޑީޕީއޭ ކުރީ ސަރުކާރޭ ކިޔައި ވަގުތު ބޭކާރު ނުކޮށް ގައުމުގައި ހުރި ބޮޑެތި މައްސަލަތައް ހައްލު ކުރެވޭތޯ ބެލުން މާރަނގަޅުވާނެ."

ދެވަނަ ޓިކްޓޮކް ހަދައިގެންވެސް ފާޑުކިޔުންތަކުން ސައީދު ސަލާމަތެއް ނުވި

ތަކެތީގެ އަގުބޮޑުވުން ދިފާއުކުރައްވައި މިނިސްޓަރު ސައީދު އާންމުކުރެއްވި ވީޑިއޯތަކަށް އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައި. އާންމުން ބުނަމުންދަނީ ތަކެތީގެ އަގުބޮޑުކަން އިހުސާސްވަމުންދާ ކަމަށާއި، ކުރީ ސަރުކާރުގެ ބަހަނާ ނުދައްކައި މިހާރުގެ ދަތިތަކަށް ހައްލު ހޯދައިދޭން ޖެހޭ ކަމަށް.

ތައުލީމީ ދާއިރާގައި ވެސް ގިނަ ދުވަސްތަކެއްވަންދެން ހިދުމަތް ކުރެއްވި ރާޝިދާގެ އިތުރުން ބައެއް އެހެން މީހުން ވެސް ދަނީ އެ މައުލޫގައި ސަރުކާރަށް ފާޑުކިޔަމުންނެވެ.

އެގޮތުން ތަކެތީގެ އަގު ބޮޑުވާ މައްސަލައިގައި ހުރި ކަންބޮޑުވުންތައް ދޮގުކޮށް އިކޮނޮމިކް މިނިސްޓަރު، މުހައްމަދު ސައީދު އާންމުކުރެއްވި ވީޑިއޯތަކަށް ވެސް އާންމުން ވަނީ ހަމަ އެ މޭރުމުން ފާޑުކިޔައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައްޑޫ ލިންކް ރޯޑު މައްސަލައިގައި މާދަމާ މުޒާހަރާކުރަނީ

އައްޑޫ ލިންކް ރޯޑު ހަލާކުވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް ގޮވާލައި، ބެރިކޭޑް ގެ ނަމުގައި މާދަމާ ހަވީރު އައްޑޫގައި ސުލްހަވެރި އިހުތިޖާޖެއް ބޭއްވުމަށް ވަނީ ނިންމާފައި. މި މަގު ހެދުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފައިވީ ނަމަވެސް، ސަރުކާރުން ބުނި ތާރީހަށް އަމަލީ މަސައްކަތް ފެށިފައި ނުވާތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

ހިޔާނާތްވިކަން ސާބިތުވެ ޕޯސްޓުގެ ޕްރޮކިއުމަންޓް މެނޭޖަރު ޖަލަށް

ޕޯސްޓަށް ނުލިބޭ ތެލަކަށް ލިޔެކިޔުންތައް ހަދައިގެން 6.7 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލައިގައި، ޕޯސްޓުގެ ކުރީގެ ޕްރޮކިއުމަންޓް މެނޭޖަރާއި އެފްއެސްއެމްގެ ކުރީގެ ޑްރައިވަރަކު އަށް އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައި. މި ދެ މީހުންގެ މައްޗަށް ޚިޔާނާތުގެ ކުށުގެ އިތުރުން ސައްހަ ނޫން ލިޔުން ދެއްކުމުގެ ކުށްވެސް ވަނީ ސާބިތުވެފައި.

ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އާޓިފިޝަލް ބީޗުގައި މުޒާހަރާއެއް

އާޓިފިޝަލް ބީޗު ސަރަހައްދުގައި މިރޭ އެ މުޒާހަރާ ބޭއްވީ ގާނޫނުއަސާސީ އިން ހައްގު ލިބިދީފައިވާ ގޮތަށް، ކުއްލިއަކަށް އަދި ކުރިން އެންގުމަކާ ނުލަ އެވެ. އެ މުޒާހަރާގައި ބައިވެރިން ތިބީ ދިވެހިރާއްޖޭގެ ދިދަ ހިފައިގެންނެވެ.

ތެލަސީމިއާގެ އަސާސީ ބޭސް އަބަދު ހުސްވާތީ ބޮޑު ތަކުލީފަކަށް

ތެލަސީމިއާ ކުދިންނަށް ބޭނުންވާ އަސާސީ ބޭސްތައް ގަވާއިދުން ނުލިބޭތީ އެ ބަލި ތަހައްމަލުކުރާ މީހުންނަށް ބޮޑެތި ތަކުލީފުތަކެއް ވަނީ ކުރިމަތިވެފައި. ކުރިން މަހަކު އެއްފަހަރު ދޫކުރާ ބޭސް މިހާރު ދެ ހަފްތާއަށް ލިމިޓްކޮށްފައިވާއިރު، ބޭސް މެދުކެނޑުމުގެ ސަބަބުން ބަލިމީހުންގެ ސިއްހީ ހާލަތަށް ނޭދެވޭ އަސަރުކުރުމުގެ ބިރު ވަނީ ބޮޑުވެފައި.

އިލްމުވެރިންގެ ގުޅުމުގެ ނިންމުން މުއިއްޒަށް އަދި މަޖިލީހަށް

އެ ދިރާސާ މެންބަރުންނަށް ފޮނުވައި، ކޮމެންޓު ކުރަން ފުރުސަތު ދިނުމަށްފަހު މިހާރު ފައިނަލްކޮށްފައިވާކަން އަދަދު އަށް އެނގިފައިވެ އެވެ. އަދި އެ ދިރާސާ ފައިނަލް ކުރިއިރު، އެއްވެސް ބަޔަކަށް ބަދަލެއް ގެނެސްފައިނުވާކަން ވެސް އެނގިފައިވެ އެވެ.

ރަސްމާލޭގައި ރާ ނުބޮވޭނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

"ރިސޯޓެއްގައި ކަންކަން އޮންނަ ފުޅާ މިނަށްވުރެ ވެސް ލިމިޓެޑް. ލިމިޓެޑުވާ ގޮތަކީ މިތަނުގައި ރަލެއް ނުވިއްކޭ، އެނގޭތޯ. ރަލެއް ނުބޮވޭނެ. އޫރު މަހެއް ނުހުންނާނެ. މިތާނގައި ފަސް ވަގުތު ބަންގި ގޮވާނެ،" ރައީސް ވިދާޅުވި އެވެ.

ތިން ރަށެއްގައި ފިޓްނަސް ސެންޓަރު ގާއިމުކުރަން އިންޑިއާއަށް

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ ތިން ރަށެއްގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމަށް ބޭނުންވާ ސާމާނު ހޯދުމަށް ދެ ގައުމުގެ ދެމެދުގައި އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. މިއީ އިންޑިއާގެ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" ގެ ދަށުން ކުރިއަށްގެންދާ އިތުރު އެހީއެކެވެ.

Newsletter

Get the latest news delivered straight to your inbox