މަސައްކަތް ނުނިމެނީސް ނުވަ މިލިއަނަށްވުރެ ގިނަ ރުފިޔާ މުއިއްޒުގެ މޭޔަރުކަމުގައި ކުންފުންޏަކަށް ދޫކުރި މައްސަލައެއް ބަލަނީ

މާލެ ސިޓީ ކައުންސިލްގެ ހުޅުމާލެ އުތުރު ދާއިރާގެ ކައުންސިލަރު، ފާތިމަތު ޒަހިއްޔާ (ޒާޔާ) -- ފޮޓޯ: މާލެ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލްގެ ހުޅުމާލެ އުތުރު ދާއިރާގެ ކައުންސިލަރު، ފާތިމަތު ޒަހިއްޔާ (ޒާޔާ) -- ފޮޓޯ: މާލެ ސިޓީ ކައުންސިލް

ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒުގެ މޭޔަރުކަމުގައި އެމަނިކުފާނުގެ ގާތް ބޭފުޅެއްގެ ކުންފުންޏަށް މަސައްކަތް ނުނިމެނީސް ނުވަ މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކުރި ކަމަށް ބުނާ މައްސަލައެއް މާލެ ސިޓީ ކައުންސިލުން ބަލަން ފަށައިފި އެވެ.

މިއަދު އޮތް މާލެ ސިޓީ ކައުންސިލުގެ ޖަލްސާގައި ވާހަކަދައްކަވަމުން އެކަމުގެ ކަންބޮޑުވުން ފާޅުކުރެއްވީ ހުޅުމާލެ އުތުރު ދާއިރާގެ ކައުންސިލަރު، ފާތިމަތު ޒަހިއްޔާ (ޒާޔާ) އެވެ.

އޭނާ ތުހުމަތު ކުރެއްވީ މުއިއްޒުގެ މޭޔަރުކަމުގައި މާލެ ސިޓީ ކައުންސިލްގެ ލިޔެކިޔުންތައް ޑިޖިޓައިޒް ކުރުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މިހާރުގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު، މުހައްމަދު އަސްބާހު އަލީ ނަސީރުގެ ކުންފުނި ކަމަށްވާ އެކިޔުޓައިޒް ޕްރައިވެޓް ލިމިޓެޑަށް ތިން ފަހަރެއްގެ މަތިން ހަވާލުކުރި ކަމަށެވެ.

އެގޮތުން، މެއި 17، 2022 އިން 16 އޯގަސްޓު 2022 ގެ ނިޔަލަށް އެ މަސައްކަތް ނިންމަން އެ ކުންފުންޏާ ހަވާލުކުރި ނަމަވެސް، އެ މަސައްކަތް އެކިޔުޓައިޒް ކުންފުނިން ނިންމާފައި ނުވާ ކަމަށް ޒާޔާ ވިދާޅުވި އެވެ.

އެހެންކަމުން، އަނެއްކާ ވެސް 15 އޯގަސްޓު 2022 އިން ފެބްރުއަރީ 14، 2023 އަށް އެ މަސައްކަތް ނިންމަން އެކިޔުޓައިޒް ކުންފުންޏާ ހަވާލުކުރި ކަމަށް އޭނާ ވިދާޅުވި އެވެ. އަދި، އެއަށްފަހު، ފެބްރުއަރީ 15، 2023 އިން ޖޫން 14، 2023 އަށް ހަމަ އެ ކުންފުންޏާ އެ މަސައްކަތް ކައުންސިލުން ހަވާލުކުރި ކަމަށް ޒާޔާ ވިދާޅުވި އެވެ.

ނަމަވެސް، ތިންވަނަ ތާރީހު ފަހަނައަޅައި ދިޔައިރު ވެސް މާލެ ސިޓީ ކައުންސިލް ޑިޖިޓައިޒް ކުރުމުގެ މަސައްކަތް އެ ކުންފުނިން ނިންމާފައި ނުވާ ކަމަށް ޒާޔާ ވިދާޅުވި އެވެ.

"ޑރ. މުހައްމަދު މުއިއްޒު ރާއްޖޭގެ ރައީސުލްހުމްހޫރިއްޔާ ކަމާ ހަވާލުވެވަޑައިގަތުމަށްފަހު ވަނީ މުހައްމަދު އަސްބާހު އަލީ ނަސީރަށް އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމު ދެއްވާފައި،" ޒާޔާ ވިދާޅުވި އެވެ.

"އެހެންކަމުން ރައްޔިތުންގެ ޓެކްސް ފައިސާއިން 9 މިލިއަނަށްވުރެ ގިނަ ރުފިޔާ ދީފައި މިވަނީ ޑރ. މުހައްމަދު މުއިއްޒުގެ ގާތް ބޭފުޅަކަށްކަން އެއްވެސް ޝައްކެއް ނެތް މިންވަރަށް މިކަމުން ވެސް ސާބިތުވޭ."

ޒާޔާ ވިދާޅުވީ އެކިޔުޓައިޒް ކުންފުންޏަކީ 2021 ވަނަ އަހަރު ރެޖިސްޓްރީ ކޮށްފައިވާ، ވިޔަފާރި ކުރުމުގެ ހުއްދަ ވެސް ނެތް ކުންފުންޏެއް ކަމަށެވެ.

މިއަދުގެ ޖަލްސާއަށް އޭނާ ހުށަހެޅުއްވީ އެ މައްސަލަ ތަހުގީގު ކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހެޅުމާއެކު، އެ މައްސަލަ އަވަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަން އޭސީސީގެ މައްޗަށް އަމުރުކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަށް ހުށަހެޅުމަށެވެ.

ކައުންސިލުގެ ތަޅުމުން ފާސްކުރީ އެ މައްސަލަ ކަމާބެހޭ ކައުންސިލްގެ ކޮމިޓީއަށް ފޮނުވުމަށްފަހު، އޭގެ ތަފުސީލުތަކާއެކު އަލުން ތަޅުމަށް ހުށަހަޅައިގެން އެ މައްސަލަ ފާސްކުރުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައްޑޫ ލިންކް ރޯޑު މައްސަލައިގައި މާދަމާ މުޒާހަރާކުރަނީ

އައްޑޫ ލިންކް ރޯޑު ހަލާކުވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް ގޮވާލައި، ބެރިކޭޑް ގެ ނަމުގައި މާދަމާ ހަވީރު އައްޑޫގައި ސުލްހަވެރި އިހުތިޖާޖެއް ބޭއްވުމަށް ވަނީ ނިންމާފައި. މި މަގު ހެދުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފައިވީ ނަމަވެސް، ސަރުކާރުން ބުނި ތާރީހަށް އަމަލީ މަސައްކަތް ފެށިފައި ނުވާތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

ހިޔާނާތްވިކަން ސާބިތުވެ ޕޯސްޓުގެ ޕްރޮކިއުމަންޓް މެނޭޖަރު ޖަލަށް

ޕޯސްޓަށް ނުލިބޭ ތެލަކަށް ލިޔެކިޔުންތައް ހަދައިގެން 6.7 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލައިގައި، ޕޯސްޓުގެ ކުރީގެ ޕްރޮކިއުމަންޓް މެނޭޖަރާއި އެފްއެސްއެމްގެ ކުރީގެ ޑްރައިވަރަކު އަށް އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައި. މި ދެ މީހުންގެ މައްޗަށް ޚިޔާނާތުގެ ކުށުގެ އިތުރުން ސައްހަ ނޫން ލިޔުން ދެއްކުމުގެ ކުށްވެސް ވަނީ ސާބިތުވެފައި.

ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އާޓިފިޝަލް ބީޗުގައި މުޒާހަރާއެއް

އާޓިފިޝަލް ބީޗު ސަރަހައްދުގައި މިރޭ އެ މުޒާހަރާ ބޭއްވީ ގާނޫނުއަސާސީ އިން ހައްގު ލިބިދީފައިވާ ގޮތަށް، ކުއްލިއަކަށް އަދި ކުރިން އެންގުމަކާ ނުލަ އެވެ. އެ މުޒާހަރާގައި ބައިވެރިން ތިބީ ދިވެހިރާއްޖޭގެ ދިދަ ހިފައިގެންނެވެ.

ތެލަސީމިއާގެ އަސާސީ ބޭސް އަބަދު ހުސްވާތީ ބޮޑު ތަކުލީފަކަށް

ތެލަސީމިއާ ކުދިންނަށް ބޭނުންވާ އަސާސީ ބޭސްތައް ގަވާއިދުން ނުލިބޭތީ އެ ބަލި ތަހައްމަލުކުރާ މީހުންނަށް ބޮޑެތި ތަކުލީފުތަކެއް ވަނީ ކުރިމަތިވެފައި. ކުރިން މަހަކު އެއްފަހަރު ދޫކުރާ ބޭސް މިހާރު ދެ ހަފްތާއަށް ލިމިޓްކޮށްފައިވާއިރު، ބޭސް މެދުކެނޑުމުގެ ސަބަބުން ބަލިމީހުންގެ ސިއްހީ ހާލަތަށް ނޭދެވޭ އަސަރުކުރުމުގެ ބިރު ވަނީ ބޮޑުވެފައި.

އިލްމުވެރިންގެ ގުޅުމުގެ ނިންމުން މުއިއްޒަށް އަދި މަޖިލީހަށް

އެ ދިރާސާ މެންބަރުންނަށް ފޮނުވައި، ކޮމެންޓު ކުރަން ފުރުސަތު ދިނުމަށްފަހު މިހާރު ފައިނަލްކޮށްފައިވާކަން އަދަދު އަށް އެނގިފައިވެ އެވެ. އަދި އެ ދިރާސާ ފައިނަލް ކުރިއިރު، އެއްވެސް ބަޔަކަށް ބަދަލެއް ގެނެސްފައިނުވާކަން ވެސް އެނގިފައިވެ އެވެ.

ރަސްމާލޭގައި ރާ ނުބޮވޭނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

"ރިސޯޓެއްގައި ކަންކަން އޮންނަ ފުޅާ މިނަށްވުރެ ވެސް ލިމިޓެޑް. ލިމިޓެޑުވާ ގޮތަކީ މިތަނުގައި ރަލެއް ނުވިއްކޭ، އެނގޭތޯ. ރަލެއް ނުބޮވޭނެ. އޫރު މަހެއް ނުހުންނާނެ. މިތާނގައި ފަސް ވަގުތު ބަންގި ގޮވާނެ،" ރައީސް ވިދާޅުވި އެވެ.

ތިން ރަށެއްގައި ފިޓްނަސް ސެންޓަރު ގާއިމުކުރަން އިންޑިއާއަށް

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ ތިން ރަށެއްގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމަށް ބޭނުންވާ ސާމާނު ހޯދުމަށް ދެ ގައުމުގެ ދެމެދުގައި އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. މިއީ އިންޑިއާގެ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" ގެ ދަށުން ކުރިއަށްގެންދާ އިތުރު އެހީއެކެވެ.

Newsletter

Get the latest news delivered straight to your inbox