އުމުރުން 38 އަހަރުގައި މަޓާ ފުޓްބޯޅަ ކުޅުން ހުއްޓާލައިފި

Nov 19, 2026, 6:45 AM
މެލްބާން ވިކްޓަރީގެ މެޗެއްގެ ތެރެއިން މަޓާ.

މެލްބާން ވިކްޓަރީގެ މެޗެއްގެ ތެރެއިން މަޓާ.

މެލްބާން، އޮސްޓްރޭލިއާ (ނޮވެމްބަރު 19) - ދުނިޔޭގެ ފުޓްބޯޅައިގައި ގިނަ ރަން ކާމިޔާބީތަކެއް ހޯދި ސްޕެއިނުގެ ފުޓްބޯޅަ ތަރި، ހުއާން މަޓާ، އުމުރުން 38 އަހަރުގައި ފުޓްބޯޅަ އިން ރިޓަޔާކޮށްފި އެވެ. 

ސްޕެއިން ގައުމީ ޓީމަށް ކުޅުނު 41 މެޗުގެ ތެރޭގައި، 2010 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕާއި 2012 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތް ކާމިޔާބުކުރި މަޓާ ވަނީ ޔޫރޯ ކާމިޔާބުކުރި ފައިނަލުގައި އިޓަލީ ކޮޅަށް ލަނޑު ވެސް ޖަހައިފަ އެވެ. 

ފުޓްބޯޅައިއން ރިޓަޔާކުރިކަން އިއުލާނުކުރަން ދޫކޮށްލި ވީޑިއޯ މެސެޖުގައި މަޓާ ވަނީ ކުޅުމުގެ ކެރިއަރު ނިމުނު ނަމަވެސް އަަބަދުވެސް ފުޓްބޯޅައިގެ ކަންކަމުގެ ތެރެއިން އޭނާ ފެންނާނެ ކަމަށް ބުނެފަ އެވެ. 

"ބައެއް ފަހަރު ލޯބި ވުމަކީ ދުރަަށް ވެސް ޖެހިލުން. ފުޓްބޯޅަ އަށް ވަރަށް ބޮޑަށް ޝުކުރުވެރިވަން،" މަޓާ ބުންޏެވެ. 

ރެއާލް މެޑްރިޑްގެ ޔޫތު ޓީމުން ކެރިއަރު ފެށި މަޓާ ވަނީ، 2007 ވަނަ އަހަރު ވެލެންސިއާ އަށް ބަދަލުވެފަ އެވެ. ވެލެންސިއާ އަށް ކުޅުމަށް ފަހު، 2011 ވަނަ އަހަރު ޗެލްސީ އަށް ބަދަލުވި މަޓާ ވަނީ އެ ޓީމާ އެކު، ޔުއެފާ ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގާއި އެފްއޭ ކަޕް ކާމިޔާބުކޮށްފަ އެވެ. 

ޗެލްސީ ދޫކޮށް، 2014 ވަނަ އަހަރުގެ ޖެނުއަރީ މަހު މަޓާ ވަނީ މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވެފަ އެވެ. ޔުނައިޓެޑުން 2022 ވަނަ އަހަރު ދިއުމުގެ ކުރިން، އެ ކްލަބްގައި ހުރެ ޔޫރޮޕާ ލީގާއި އެފްއޭ ކަޕް އަދި ލީގު ކަޕް ކާމިޔާބުކުރި އެވެ. 

ޔުނައިޓެޑް ދޫކޮށް ތުރުކީގެ ތަލަތަސަރާއި އަށް ކުޅުނުއިރު، ތުރުކީ ސުޕަ ލީގު ކާމިޔާބުކުރި އެވެ. އަދި، ޖަޕާންގެ ވިސެލް ކޯބޭ އަށް ބަދަލުވެ، އެ ޓީމާ އެކު ޖޭ ލީގު ޗެމްޕިއަންކަން ވެސް ހޯދި އެވެ. 

މަޓާ، އެންމެ ފަހުން ކުޅުނީ އޮސްޓްރޭލިއާގެ މެލްބާން ވިކްޓަރީ އަށެވެ. އެ ޓީމު ދޫކޮށްލީ މިދިޔަ ސެޕްޓެމްބަރު މަހު އެވެ. އެ ޓީމަށް ކުޅެދިން 25 މެޗުން ފަސް ލަނޑު ޖަހައި 12 ލަނޑު ޖަހަން ފުރުސަތު ތަނަަވަސްކޮށްދިނެވެ. 

ފަހުގެ ޚަބަރު

މާޒިޔާ އާއި ނިއު ރޭޑިއަންޓް ވަރުގަދަ ފެށުމާ އެކު ކުރިއަށް

އެފްއޭއެމް ވިމެންސް ލީގުގައި ކުޅުނު ފުރަތަމަ ދެ މެޗުން މޮޅުވެ، މާޒިޔާ އާއި ނިއު ރޭޑިއަންޓުން މުބާރާތުގެ ވަރުގަދަ ފެށުމެއް ދަމަހައްޓައިފިއެވެ. މިހާތަނަށް ކުޅުނު މެޗުތަކުން ދެ ޓީމަށްވެސް ހަ ޕޮއިންޓް ލިބިފައިވާއިރު، ލަނޑުގެ ތަފާތުން ތާވަލުގެ އެއްވަނައިގައި އޮތީ ނިއު ރޭޑިއަންޓެވެ. މި މުބާރާތުގެ ފޯރިގަދަ މެޗެއްގައި އަންނަ އާދިއްތަ ދުވަހު ނިއު އާއި މާޒިޔާ ބައްދަލުކުރާނެއެވެ.

ސިޓީއާ ޔުނައިޓެޑުން އަރާހަމަކުރާނެ ކަމަށް ޕޮޗެޓީނޯ ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވެ، މައުރީސިއޯ ޕޮޗެޓީނޯ ބުނީ އެ ސަރަހައްދުގެ އެންމެ ކާމިޔާބު ޓީމަކަށް އަލުން ޔުނައިޓެޑް ހަދައި، ސިޓީގެ ކުރި ހޯދާނެ ކަމަށް. ލީގުގެ 18 ވަނައިގައި އޮތް ޔުނައިޓެޑްގެ ހާލަތު ބަދަލުކުރަން ވަގުތު ބޭނުންވާނެ ކަމަށާއި، ނަމަވެސް ފުރަތަމަ ދުވަހުން ފެށިގެން އެ މަސައްކަތް ކުރާނެ ކަމަށް އޭނާ ވަނީ ބުނެފައި.

އެމްއައިބީން ގައުމީ ބިލިއާޑު ޗެމްޕިއަންކަން ހޯދައިފި

ޤައުމީ ބިލިއާޑް މުބާރާތުގެ ފައިނަލުގައި ދިވެހި ސިފައިންގެ ކްލަބް 3-2 އިން ބަލިކޮށް، މޯލްޑިވްސް އިސްލާމިކް ބޭންކް (މިބްސާ) އިން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި. ޖުމްލަ 10 ޓީމު ވާދަކުރި މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 30,000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ދީފައި.

ލުކާކޫ، 16 އަހަރަށް ފަހު ބެލްޖިއަމް ޓީމުން ރިޓަޔާކޮށްފި

ބެލްޖިއަމްގެ ގައުމީ ޓީމަށް 16 އަހަރު ކުޅެދިނުމަށްފަހު، އެ ގައުމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ރޮމެލޫ ލުކާކޫ ބައިނަލްއަގުވާމީ ފުޓްބޯޅައިން ރިޓަޔާކޮށްފި. ޖުމްލަ 135 މެޗުން 94 ލަނޑު ކާމިޔާބުކޮށްފައިވާ ލުކާކޫ އަކީ ބައިނަލްއަގުވާމީ ފުޓްބޯޅައިގައި ފަސްވަނައަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ އިތުރުން ޔޫރޯ ކޮލިފައިންގެ ރެކޯޑް އޮތް ކުޅުންތެރިޔާ

ލިބުނީ މަދު ވަގުތުކޮޅެއް، ޝަކުވާނުކޮށް ހޯދައިދިނީ ސާފްގެ ތަށި!

މި އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި އިންޑިއާ ޓީމަށް ތައްޔާރުވާން މަދު ވަގުތުކޮޅެއް ލިބުނުއިރު، މުބާރާތުގެ ތެރެއިން މުހިންމު ކުޅުންތެރިންތަކެއް ޓީމުން ވަކިވުމުން ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހުނު. ނަމަވެސް ކޯޗު ނައުޝާދުގެ އިރުޝާދުގެ ދަށުން، ޒުވާން ކުޅުންތެރިންނަށް އިތުބާރުކޮށްގެން އިންޑިއާ އިން ވަނީ ޝަކުވާއެއް ނެތި ތަށި ހޯދާފައި

ސާފް ޗެމްޕިއަންޝިޕްގެ ފެއާ ޕްލޭ އެވޯޑް ރާއްޖެ އަށް

ބަންގްލަދޭޝްގައި ނިމުނު ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅުނު ދެ މެޗުން ބަލިވެ، މުބާރާތުން ކެޓި ނަމަވެސް، މުޅި މުބާރާތުގެ ފެއާޕްލޭ އެވޯޑް ރާއްޖެއަށް ވަނީ ލިބިފައި. މިއީ ލަނޑެއް އަދި ޕޮއިންޓެއް ނުލިބި ރާއްޖެ މި މުބާރާތުން ކެޓި ފުރަތަމަ ފަހަރު ކަމަށްވާއިރު، މިއީ ސާފް ޗެމްޕިއަންޝިޕްގެ ތާރީޚުގައި ރާއްޖެއަށް ލިބުނު އެންމެ ދަށް ނަތީޖާއ

ރިވައިވަލް ބެޑްމިންޓަން ޗެލެންޖް ތަށި ހައިޝަމް އާއި ނަބާ އަށް

އެމްއައިބީ ރިވައިވަލް ބެޑްމިންޓަން ޗެލެންޖުގެ ފިރިހެން ސިންގަލްސް ތަށި ހައިޝަމް އިބްރާހިމް އަލީ ހޯދިއިރު، އަންހެން ސިންގަލްސް ތަށި ކާމިޔާބުކުރީ ފާތިމަތު ނަބާހާ އެވެ. މި މުބާރާތުގެ ފިރިހެން ޑަބަލްސް ޒަޔާން އާއި ނިބާލް ކާމިޔާބުކުރިއިރު، އަންހެން ޑަބަލްސް ތަށި ހޯދީ ނަބާ އާއި ނަބީހާގެ ޕެއާ އިންނެވެ.

Newsletter

Get the latest news delivered straight to your inbox