މިސްކިތް އެޅުމުގެ ޕްރޮޖެކްޓުތައް ހިންގަން ފެނަކައަށް ދިން ސަބަބު ހާމަ ކުރަން ޝަހީމް ދެކޮޅު ހައްދަވައިފި

Aug 4, 2026, 9:39 AM
މިނިސްޓަރު ޝަހީމް މިއަދު މަޖިލީހުގައި: އެގާރަ ރަށެއްގައި މިސްކިތް އެޅުމުގެ ޕްރޮޖެކްޓުތަކެއް ފެނަކައާ ހަވާލު ކުރީ މާޗް، 2025، ގައި -- ފޮޓޯ: މަޖިލިސް

މިނިސްޓަރު ޝަހީމް މިއަދު މަޖިލީހުގައި: އެގާރަ ރަށެއްގައި މިސްކިތް އެޅުމުގެ ޕްރޮޖެކްޓުތަކެއް ފެނަކައާ ހަވާލު ކުރީ މާޗް، 2025، ގައި -- ފޮޓޯ: މަޖިލިސް

ރާއްޖޭގައި އެކި ކަންކޮޅުތަކުގައި 11 މިސްކިތެއް އެޅުމުގެ ޕްރޮޖެކްޓު، ނަރުދަމާ އާއި ކަރަންޓުގެ ހިދުމަތް ދިނުމަށް އުފައްދާފައިވާ ފެނަކަ ކޯޕަރޭޝަންއާ ހަވާލުވީ ކީއްވެގެންތޯ ރައްޔިތުންގެ މަޖިލީހުގައި ސުވާލު ކުރުމުން އެއަށް ޖަވާބު ދެއްވަން އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ދެކޮޅު ހައްދަވައިފި އެވެ. 

މިސްކިތްތައް އަޅަން ފެނަކައާ ހަވާލު ކުރީ ކީއްވެތޯ ސުވާލު ކުރެއްވީ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރެވެ. ނަމަވެސް އެއީ މިއަދުގެ މައުލޫއާ ގުޅޭ ސުވާލެއް ނޫން ކަމަށް ވެސް މައުރޫފްގެ ސުވާލަށް ޖަވާބު ދެއްވަން ޝަހީމް ވަނީ ދެކޮޅު ހައްދަވައިފަ އެވެ. 

"ތިޔަ ސުވާލަކީ ސީދާ ކުޑަރިކިލު، ރަށާ ގުޅުންހުރި ސުވާލަކަށްނުވާތީވެ އަޅުގަނޑު ދެކެނީ އެހެން މަގާމެއްގައި ތި ސުވާލަށް ޖަވާބު ދެވިގެންދާނެ ކަމަށް. ވަރަށް ބޮޑަށް ޝުކުރިއްޔާ،" ޝަހީމް ވިދާޅުވި އެވެ. 

އެ ސުވާލު ކުރައްވަމުން މައުރޫފް ވިދާޅުވީ، ފެނަކައަކީ ނަރުދަމާ އަޅަން ވެސް ކަމުނުދާ ކުންފުންޏެއް ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުﷲ މުއްތަލިބު އިއްޔެ މަޖިލީހުގައި ވިދާޅުވެފައިވާ ކަމަށާއި އެފަދަ ކުންފުންޏަކަށް މިސްކިތް އެޅުމުގެ ތަޖުރިބާ ލިބިފައިވޭތޯ އެވެ. 

"އިއްޔެގަ ހައުސިން މިނިސްޓަރު ވިދާޅުވި، ފެނަކައަކީ ފެނާއި ނަރުދަމާ ގާއިމް ކުރުމަށް އޮތް ކުންފުންޏެއް އެހެން ނަމަވެސް ނަރުދަމާ އެޅުމުގެ ގާބިލްކަން ނެތް ކުންފުންޏެއް ކަމަށް. ފެނަކައިގެ، މިސްކިތްތައް ގާއިމްކުރުމުގެ ކިހާ ވަރެއްގެ ތަޖުރިބާއެއް އެބަ ހުރިތޯ އަދި ފެނަކައަށް މި މިސްކިތްތައް އެޅުމަށް ބޭނުންވާ ފައިސާ ވަނީ ހަވާލުކުރެވިފައިތޯ ނުވަތަ އޭގެ އެޑްވާންސް ވަނީ ޖަމާކުރެވިފައިތޯ؟ މި މިސްކިތްތައް އެޅުމަށް ބޭނުންވާ ފައިސާ ނުވަތަ ބަޖެޓު ހަމަޖެހިފައިވޭތޯ؟،" މައުރޫފް ވިދާޅުވި އެވެ.

އިއްޔެ މަޖިލީހުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު މުއްތަލިބު ވިދާޅުވީ، ށ. ނަރުދޫގެ ނަރުދަމާ ގާއިމް ކުރުމުގެ މަސައްކަތް ކުރިއަށްނުގެންދެވުނީ އެ މަސައްކަތް ކުރުމުގެ ގާބިލްކަން ފެނަކައިގައި ނެތުމުން ކަމަށެވެ. 

"ފެނަކައަކީ ކުރިން ވެސް ދެންނެވި ގޮތަށް މި މަސައްކަތް ކުރުމުގައި އެ ގާބިލްކަން އެކަށީގެންވާ މިންވަރަކަށް ނެތް ކުންފުންޏަކަށްވާތީ ފެނަކައިން [ނަރުދޫގެ ނަރުދަމާގެ] މަސައްކަތް ނުކުރެވިފައި އޮތީ،" މުއްތަލިބު ވިދާޅުވި އެވެ. 

 މިސްކިތް އެޅުމުގެ ޕްރޮޖެކްޓުތައް ފެނަކައާ ހަވާލު ކުރީ މާޗް، 2025، ގަ އެވެ. އެ ކުންފުންޏާ ހަވާލު ކުރީ 500 މީހުންގެ ޖާގައިގެ މިސްކިތްތަކެއް އަޅާށެވެ. މިސްކިތް އަޅަނީ ހއ. ބާރަށް، ހދ. ނެއްލައިދޫ، ށ. ނޫމަރާ، ނ. ހެނބަދޫ، ރ. އިނގުރައިދޫ، ބ. މާޅޮސް، އެ އަތޮޅު ކުޑަރިކިލު، އއ. ފެރިދޫ، ތ. ވޭމަންޑޫ އާއި ހިރިލަންދޫ އަދި ސ. ފޭދޫ ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox