މައުރޫފް ޒާކިރު
3 ލިޔުން
ފަހުގެ
ހަބަރު"އިސްވެރިންގެ މުސާރަ ބޮޑުކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން"
ރާއްޖޭގެ އިގްތިސާދީ ހާލަތު ދަށަށް ގޮސް، އާންމު މުވައްޒަފުންގެ މުސާރައިގެ ކަންބޮޑުވުންތައް ހުރި ދަނޑިވަޅެއްގައި، މަޖިލީހުގެ ރައީސާއި ވަޒީރުންގެ މުސާރަ ބޮޑުކުރަން ނިންމުމުން އެކަމާ ދެކޮޅަށް މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ. މެންބަރު މައުރޫފް ޒާކިރު ހުށަހެޅުއްވި މި މައްސަލާގައި، ދައުލަތުގެ ހަރަދު ކުޑަކުރަން ރައްޔިތުންނަށް ދަތިވާ ފިޔަވަޅުތައް އަޅަމުންދާއިރު އިސްވެރިންގެ މުސާރަ ބޮޑުކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަން ވަނީ ފާހަގަކުރައްވާފައެވެ.
ހަބަރުމީކާއީލްގެ މި ވާހަކަތައް ޕީއެންސީއަށް ހަޖަމެއް ނުވި!
މަޖިލިސް މެންބަރުންގެ އިނާޔަތްތައް ކަނޑާލުމަށް ހުށަހެޅި ޕެޓިޝަނުގެ ބަހުސްގައި، މިހާރުގެ މަޖިލީހަކީ ރައީސް އޮފީހުގެ ގޮފިގަނޑެއްގެ ގޮތުގައި ސިފަކުރައްވައި މެންބަރު މީކާއިލް ސަރުކާރު ހިންގާ ޕާޓީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. މީކާއިލް ފާހަގަކުރެއްވި ގޮތުގައި މަޖިލީހުގެ މަސައްކަތްތައް ދަށްވުމުގެ ސަބަބުން މެންބަރުންނަށް ދޭ މުސާރައާއި އިނާޔަތްތަކާމެދު ރައްޔިތުންގެ މެދުގައި ވަނީ ބޮޑެތި ކަންބޮޑުވުންތަކެއް އުފެދިފައެވެ.
