އައްޑޫ ކަރަންޓު މަޝްރޫއަށް ބޭނުންވާ ޖެނެރޭޓަރު ރާއްޖެއިން ބޭރުގައި ދަނީ އުފައްދަމުން: ފެނަކަ

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަފީފް

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަފީފް

އައްޑޫ ސިޓީގެ ކަރަންޓު މަޝްރޫއަށް ބޭނުންވާ ޖެނެރޭޓަރުތައް ރާއްޖެއިން ބޭރުގައި އުފައްދަމުންދާ ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަފީފް ހުސައިން މިއަދު ވިދާޅުވެއްޖެ އެވެ. 

އައްޑޫ ކަރަންޓު މަޝްރޫއާ ގުޅޭގޮތުން އަފީފް އަދަދު އަށް ވިދާޅުވީ މަޝްރޫ ހިންގާ ސައިޓު ސާވޭކޮށް، ސައިޓުގައި މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާ ކަމަށެވެ. އޭގެއިތުރުން ޓެކްނިކަލް ކޮމިޓީތަކުގައި އެކި މަޝްވަރާތައްވެސް ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޕްރޮޖެކްޓުގައި ރާއްޖެއިން ބޭރުގައި ޖެނެރޭޓަރުތައް އުފެއްދުމުގެ މަސައްކަތް ކުރިއަށްދަނީ. ޕްރޮޖެކްޓް ކުރިއަށް އެބަދޭ އެނގޭތޯ. ދެން މިހާރު އައްޑޫ ސަރަހައްދުގައި ސައިޓް ސާވޭ ކުރުމާއި، ސައިޓު މަސައްކަތްތައް ފެށުމަށްޓަކައި ތައްޔާރުވަމުންދަނީ އެނގޭތޯ. ދެން އަޅުގަނޑުމެން ޓެކްނިކަލް ކޮމިޓީތަކުގައި މަޝްވަރާތައް އޮންލައިންކޮށް ރާއްޖެއިން ބޭރުގެ ފަރާތްތަކާވެސް ގުޅިގެން ހިންގަމުންދަނީ،" އޭނާ ވިދާޅުވި އެވެ. 

ކައުންސިލް އިންތިހާބަށް ޕީއެންސީން މިދިޔަ މާޗު މަހު ކުރިއަށްގެންދިޔަ "ގްރޭޓާ އައްޑޫ" ކެމްޕޭނުގައި ރައީސް މުހައްމަދު މުއިއްޒު ވިދާޅުވީ ފެނަކައިން ކުރިއަށްގެންދާ މަޝްރޫއުއަކީ ކުރިއަށް އޮތް 20 އަހަރަށް އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލަ ހައްލުވާނެ މަޝްރޫއެއް ކަމަށާއި އެ މަޝްރޫއު އަންނަ އަހަރުގެ ޖުލައި މަހަށް ނިންމާލެވޭނެ ކަމަށެވެ. 

"26 މެގަވޮޓުގެ ކަރަންޓު ފޯރުކޮށްދޭނެ ނިޒާމު އިރާދުކުރެއްވިއްޔާ މި އެއްބަސްވުމުގެ ދަށުން ގާއިމު ކުރެވިގެންދާނެ. މި އަންނަ އަހަރުގެ ޖުލައި މަހާ ހަމައަށް ދާއިރު މުޅިން އެކުގައި މި މަޝްރޫއު ނިމި ކުރިއަށް އޮތް 20 އަހަރަށް އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލަ ހައްލުވެގެންދާނެ،" މުއިއްޒު ވިދާޅުވި އެވެ.

ސިޓީބިޓީ: އިންތިހާބީ ކަޑައަކުން އައްޑުއަށް ކަރަންޓެއް ނުލިބޭނެ

ނަމަވެސް އަފީފް ވިދާޅުވީ މަޝްރޫއުގެ މަސައްކަތް ނިންމާލެވޭނެ ކަމަށް ލަފާކުރެވެނީ 2028 ވަނަ އަހަރުގެ މެދުތެރޭގައި ކަމަށެވެ. މަޝްރޫއު ނިންމަން މުއިއްޒު ދެއްވި ތާރީހު ލަސްވި ސަބަބެއް އޭނާ ހާމައެއް ނުކުރައްވަ އެވެ. 

އައްޑޫއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ބަޔަކާ ހަވާލުކުރި ކަމަށް ދައްކަން ބޭއްވި އިވެންޓަކީވެސް ސްކޭމެއް ކަމަށް އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު މިދިޔަ އޮގަސްޓް މަހު ވިދާޅުވި އެވެ. މޭޔަރު ވިދާޅުވީ ސްކޭމެއް ކަމަށް ސިފަކުރައްވަނީ ރައްޔިތުން އޮޅުވާލުމަށް ރާވައިގެން ކަންކަން ކުރާތީ ކަމަށެވެ. 

"އެވެސް ސްކޭމެއް [ކަރަންޓް މަޝްރޫއު]. ސްކޭމެކޭ މިދަންނަވަނީ ސްކޭމްތައް ރާވާ މީހުން ކަންކަން ކުރާ ގޮތަށް އެކުރަނީ. ރައްޔިތުންނަށް އޮޅުވާލައި ޕްރޮޖެކްޓްތައް ހަވާލުކުރުމަކީ އެއީ އަޅުގަނޑުމެން ދައްކާ ވާހަކައަކީ. މިއީ ބޮޑެތި ސްކޭމްތަކެއް މިއުޅެނީ. ބަޔަކު ގެންގޮސްގެން ބޮޑު ފަންކްޝަނެއް ބާއްވާފައި. ޖެނެރޭޓަރުތަކުގެ ފޮޓޯ ދައްކައި،" ނިޒާރު ވިދާޅުވި އެވެ. 

އައްޑޫ ޕަވާ ސްޓޭޝަން ހަވާލުކުރި ކުންފުނީގެ އެއްވެސް މައުލޫމާތެއް ނެތް!

އަދަދު ނޫހުން މި ކުންފުންޏާ ބެހޭ މައުލޫމާތު ހޯދުމުގެ މަސައްކަތް ފެށީ 31 މިލިއަން ޑޮލަރުގެ އަގުބޮޑު ޕްރޮޖެކްޓެއް މި ކުންފުންޏާ ހަވާލުކުރުމުން، އެއީ އެ ވަރުގެ މަސައްކަތެއް ކުރެވޭ ވަރުގެ ގާބިލު ކުންފުންޏެއްތޯ ވަޒަން ކުރުމުގެ ގޮތުން

ކަރަންޓުގެ މައްސަލަ ހައްލުކުރަން ހަވާލުކުރި މަޝްރޫއުގައި ސޮއިކުރުމަށްފަހު އެ ކުންފުނީގެ ހަބަރެއްވެސް ނުވާ ކަމަށާއި އައްޑޫގައި ތަރައްގީގެ އެއްވެސް މަޝްރޫއެއް މިވަގުތު ކުރިއަށް ނުދާ ކަމަށް ނިޒާރު ކުރިން ވިދާޅުވި އެވެ. 

އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ދިމާވެފައިވާ ކަރަންޓު މައްސަލަ ހައްލުކުރަން އެ ސިޓީ ހިތަދޫގައި ގާއިމުކުރާ ސެންޓްރަލް ޕަވާ ސްޓޭޝަން ޕްރޮޖެކްޓު 31 މިލިއަން ޑޮލަރަށް ހަވާލުކުރި ޑެފިނިޓް ސޮލިއުޝަންސްއަކީ ވެބްސައިޓެއްހާ ހިސާބު ވެސް ނެތް ކުންފުންޏެކެވެ. 

އައްޑޫ ސިޓީއަށް ދިމާވެފައިވާ ކަރަންޓު މައްސަލަ ހައްލުކުރަން ކުރާ މަސައްކަތުގެ ތެރެއިން ފެނަކަ ކޯޕަރޭޝަނުން އެ ސިޓީއަށް މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ތިން ޖެނެރޭޓަރު ގެންދިޔަ އެވެ. ނަމަވެސް މިހާތަނަށްވެސް އެ ސިޓީއަށް ދިމާވެފައިވާ ކަރަންޓު މައްސަލަ ހައްލު ނުވާއިރު، ކޮންމެ ހަފްތާއަކުވެސް އެކި ފަހަރު މަތިން އައްޑޫގެ ގުޅިފައިވާ އެކި ރަށްތަކުން ކަރަންޓު ކެނޑެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox