ޓްރީ ޓޮޕް ހިތާނީ ކޭމްޕުގެ ރަޖިސްޓްރޭޝަން ހުޅުވާލައިފި

Nov 19, 2026, 11:52 AM
ޓްރީ ޓޮޕް ހޮސްޕިޓަލް: މިއީ 110 މިލިއަން ޑޮލަރު ހަރަދުކޮށްގެން އެޅި ހޮސްޕިޓަލެއް --- ފޮޓޯ: އަދަދު

ޓްރީ ޓޮޕް ހޮސްޕިޓަލް: މިއީ 110 މިލިއަން ޑޮލަރު ހަރަދުކޮށްގެން އެޅި ހޮސްޕިޓަލެއް --- ފޮޓޯ: އަދަދު

ޓްރީ ޓޮޕް ހޮސްޕިޓަލުން ކުރިއަށްގެންދާ މި އަހަރުގެ ފުރަތަމަ ހިތާނީ ކޭމްޕްގައި ރަޖިސްޓަރީވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މި ކޭމްޕުގައި ބައިވެރިވުމަށް ޑިސެމްބަރު 17، ގެ ނިޔަލަށް ނަން ނޯޓުކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ. 

މި ކޭމްޕުގައި ހަރަކާތްތެރިވާނީ އޮޕަރޭޝަން ފަރުވާއަށް ހާއްސަ ޑޮކްޓަރުންނާއި، ކުޑަކަމުދާ ނިޒާމުގެ ހާއްސަ ޑޮކްޓަރުން ހިމެނޭ ތަޖުރިބާކާރު މެޑިކަލް ޓީމެކެވެ. އެ ޓީމުގައި ހިމެނޭ ޑޮކްޓަރުންނަކީ ޑރ. ޝަރީފް، ޑރ. އޯޑަރ، ޑރ. އުބައިދު، ޑރ. މޫމިން އަދި ޑރ. ހުސެއިނެވެ.

އެންމެ މަތީ ފެންވަރުގެ ފަރުވާ ކަށަވަރުކުރުމަށްޓަކައި، އޮޕަރޭޝަންތައް ކުރިއަށްދާނީ ކުދިންނަށް ހިތްހަމަޖެހޭނެ ފަދަ ހާއްސަ މާހައުލެއްގައި ކަމަށް ޓްރީ ޓޮޕުން ބުނެ އެވެ. މިއީ ބެލެނިވެރިންނަށް އިތުބާރު ހިފޭ އަދި ކުދިންނަށް ފަސޭހަ ތަޖުރިބާއެއް ލިބިގެންދާނެ ޕްރޮގްރާމެއް ކަމަށް އެ ހޮސްޕިޓަލުން މައުލޫމާތު ދެއެވެ.

މި ކޭމްޕުގެ ކޮންސަލްޓޭޝަންތައް ކުރިއަށްދާނީ ޑިސެމްބަރު ތިނަކުން ފެށިގެން ޖެނުއަރީ ހަތެއްގެ ނިޔަލަށެވެ. އަދި ހިތާނުކުރުމުގެ ޕްރޮސީޖާތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު 12، އިން ފެށިގެން ޖެނުއަރީ 11، ގެ ނިޔަލަށެވެ.

ހިތާނީ ޕެކޭޖުގެ ތެރޭގައި ޔޫރޮލޮޖިސްޓުންނާއި އެނެސްތީސިއޮލޮޖިސްޓުންގެ އޮޕަރޭޝަނުގެ ކުރީގެ ކޮންސަލްޓޭޝަނާއި، ޕްރޮސީޖާއާ ގުޅޭ އާންމު ލެބޯޓަރީ ޓެސްޓުތައް ހިމެނެ އެވެ.

އޭގެ އިތުރުން ލޯކަލް ނުވަތަ ޖެނެރަލް އެނެސްތީސިއާގެ ދަށުން ހިތާނުކުރުމާއި، އޮޕަރޭޝަނަށް ބޭނުންވާ ހުރިހާ ތަކެއްޗާއި ބޭސް، އަދި އޮޕަރޭޝަނަށްފަހު ޑޭކެއާގައި މޮނިޓަރ ކުރުމުގެ ހިދުމަތް ލިބޭނެއެވެ. އަދި ފޮލޯއަޕް ކޮންސަލްޓޭޝަނާއި، ލުއި ކެއުމުގެ އިތުރުން ހާއްސަ އަގެއްގައި ޕްރައިވެޓް ރޫމަށް ބަދަލުކުރުމުގެ ފުރުސަތުވެސް މި ޕެކޭޖުގައި ހިމެނެއެވެ.

މި ކޭމްޕާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް 3351610 އަށް ގުޅުއްވުމަށް ނުވަތަ care@treetophospital.com އަށް އީމެއިލް ކުރެއްވުމަށް އެ ހޮސްޕިޓަލުން އެދެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލަކްސް ގްލޯގެ ދެވަނަ ފިހާރަ މަޖީދީމަގުގައި ހުޅުވައިފި

މަޝްހޫރު ކޮސްމެޓިކްސް ބްރޭންޑް "ލަކްސް ގްލޯ" ގެ ދެވަނަ ފިހާރަ މާލޭގެ މަޖީދީމަގުގައި ހުޅުވައިފިއެވެ. މި ފިހާރައިން ބައިނަލްއަގުވާމީ ބްރޭންޑްތަކުގެ ސްކިންކެއާ އަދި މޭކަޕް ސާމާނު ޓެސްޓުކޮށްލުމާއި، ފަންނީ ލަފާ ހޯދައިގެން ވަގުތުން ގަނެވޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ. ފިހާރަތަކުގެ އިތުރުން އެ ބްރޭންޑުގެ ވެބްސައިޓް މެދުވެރިކޮށް އޮންލައިންކޮށް އޯޑަރުކުރުމުގެ ފުރުސަތުވެސް ކަސްޓަމަރުންނަށް ވަނީ ހުޅުވާލެވިފައެވެ.

ކްލީވިއާ ރެސިޑެންސް: ޒަމާނީ ބޯހިޔާވަހިކަން އާ މަޝްރޫއެއް

ޕޭން ރިއަލް އެސްޓޭޓުން އަލަށް ތައާރަފްކުރި "ކްލީވިއާ ރެސިޑެންސް" މަޝްރޫއަކީ މެދުފަންތީގެ އާމްދަނީ ލިބޭ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގާ އަތްފޯރާ އަގުތަކެއްގެ ބޯހިޔާވަހިކަމުގެ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން ޒަމާނީ ފެންވަރުގެ އެއް ކޮޓަރި އަދި ދެ ކޮޓަރީގެ އެޕާޓްމަންޓްތައް ލިބޭއިރު، ފައިސާ ދެއްކުމުގައި ލުއި ގޮތްތަކެއް ވަނީ ހަމަޖައްސާފައެވެ.

ދިރާގު ރޯޑް ރޭސްގެ ބިބް އެކްސްޕޯ ބުދަ ދުވަހާ ހަމައަށް

ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2026 ގެ ބިބް އެކްސްޕޯ ބީޖީ ޓާފް ދަނޑުގައި ކުރިއަށްދާއިރު، ބިބް އާއި ރޭސް ކިޓް ދޫކުރުމުގެ މުއްދަތު މި މަހުގެ 18 ވާ ބުދަ ދުވަހުގެ ނިޔަލަށް ވަނީ އިތުރުކޮށްފައެވެ. ފަސް ހާހަށްވުރެ ގިނަ ދުވުންތެރިން ބައިވެރިވާ މި ދުވުން އޮންނާނީ ކުރިއަށް އޮތް ހުކުރު ދުވަހު ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.

ގޫގަލް ޕިކްސެލް އަށް އުރީދޫ 5ޖީ

ގޫގުލް ޕިކްސެލް ފޯނުތަކަށް ރާއްޖޭގައި 5ޖީގެ ޚިދުމަތް ފޯރުކޮށްދޭ ފުރަތަމަ ނެޓްވޯކަކަށް އުރީދޫ މޯލްޑިވްސް ވެއްޖެއެވެ. ނޮވެންބަރު މަހުގެ ސޮފްޓްވެއާ އަޕްޑޭޓާއެކު ޕިކްސެލްގެ އެކި މޮޑެލްތަކަށް 5ޖީ އާއި ވީއޯއެލްޓީއީގެ ޚިދުމަތް މިހާރު ލިބޭނެއެވެ.

ޓޫރިޒަމް ފަހަތަށް، މާލީ ދާއިރާ އާއި އިމާރާތް ކުރުން ކުރިއަށް

މާލީ ދާއިރާ އާއި އިމާރާތްކުރުމުގެ ދާއިރާއަށް އައި ބޮޑު ކުރިއެރުމާއެކު، ރާއްޖޭގެ އިގުތިސޯދު ވަނީ ހަތަރެއް ޕަސެންޓަށް ކުރިއަރާފަ. ޓޫރިޒަމްގެ އިތުރުން މަސްވެރިކަމުގެ ދާއިރާވެސް ވަނީ މި މުއްދަތުގައި ވަރަށް ބޮޑަށް ދަށަށް ގޮސްފަ.

ޑީއެމްއާރްއާރްގައި ޕްލާސްޓިކް ބޭނުން ނުކުރުމަށް ދިރާގު އިލްތިމާސް

މި މަހުގެ 20 ގައި ބާއްވާ "ދިރާގު މޯލްޑިވްސް ރޯޑް ރޭސް" ގައި އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ބޭނުން ނުކުރުމަށް ދިރާގުން އިލްތިމާސްކޮށްފިއެވެ. ތިމާވެށި ހިމާޔަތްކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ މި ހަރަކާތުގައި ފެން ފޯރުކޮށްދޭނީ ކަރުދާސް ތަށީގައި ކަމަށާއި، ދުވުންތެރިން އަމިއްލަ ފުޅި ގެންގުޅުމަށް އެ ކުންފުނިން ބާރުއަޅައެވެ. މި އިސްނެގުމުގެ ސަބަބުން ކޮންމެ އަހަރަކު ގާތްގަނޑަކަށް 18،000 ޕްލާސްޓިކް ފުޅި މަދުކުރެވޭނެ ކަމަށް ދިރާގުން ލަފާކުރެއެވެ.

ކުޑަ ސަރަހައްދަކުން އުދުއްސާލެވޭ އާދަޔާ ހިލާފު ބޯޓެއް

އެމެރިކާގެ އިލެކްޓްރާ ކުންފުނިން ދަނީ ރަންވޭއެއް ނެތް ކުޑަ ސަރަހައްދުތަކުން އުދުއްސާލެވޭ ފަދަ ހައިބްރިޑް-އިލެކްޓްރިކް މަތިންދާބޯޓެއް އުފައްދަމުންނެވެ. މި ބޯޓުގެ ސަބަބުން ކައިރި މަންޒިލްތަކަށް ކުރާ ދަތުރުތަކުގެ ޚަރަދު ކުޑަވެ، އެއާޕޯޓުތަކަށް ބަރޯސާނުވެ ސީދާ އެއް ތަނުން އަނެއް ތަނަށް އަވަހަށް ދަތުރުކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

Newsletter

Get the latest news delivered straight to your inbox