އެމްޓީޑީސީގެ އަހަރީ އާންމު ޖަލްސާ މި މަހުގެ 31 ވަނަ ދުވަހަށް ތާވަލުކޮށްފި

އެމްޓީޑީސީސީން މިދިޔަ އަހަރު ބޭއްވި އަހަރީ އާންމު ޖަލްސާގެ ތެރެއިން: މި އަހަރުގެ ޖަލްސާގައި ހިއްސާދާރުންނަށް އިތުރު ހިއްސާ ވިއްކަން ވޯޓަށް ހުށަހަޅާނެ --- ފޮޓޯ: އެމްޓީޑީސީ

އެމްޓީޑީސީސީން މިދިޔަ އަހަރު ބޭއްވި އަހަރީ އާންމު ޖަލްސާގެ ތެރެއިން: މި އަހަރުގެ ޖަލްސާގައި ހިއްސާދާރުންނަށް އިތުރު ހިއްސާ ވިއްކަން ވޯޓަށް ހުށަހަޅާނެ --- ފޮޓޯ: އެމްޓީޑީސީ

ޓޫރިޒަމް ސިނާއަތުގައި ހަރަކާތްތެރިވާ ޕަބްލިކް ކުންފުނި، މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ގެ އަހަރީ އާންމު ޖަލްސާ މި މަހުގެ 31 ވަނަ ދުވަހު ބާއްވަން ތާވަލުކޮށްފި އެވެ. 

އެމްޓީޑީސީން ނެރުނު އިއުލާނެއްގައި ވަނީ، މި ޖަލްސާ އޮންނަނީ 31 ވަނަ ދުވަހުގެ ރޭގަނޑު 8:30 ގައި ހޮޓެލް ޖެންގެ ބޯލްރޫމްގައި ކަމަށެވެ. މި ޖަލްސާގައި އެ ކުންފުނީގެ ހިއްސާދާރުންނާއި ޕްރޮކްސީ ހޯލްޑަރުންނަށް ހާޒިރުވެގެންނާއި، މޯލްޑިވްސް ސެކިއުރިޓީސް ޑިޕޮސިޓަރީގެ "ފަހިވޯޓު" ބޭނުންކޮށްގެން އޮންލައިިންކޮށް ބައިވެރިވެވެ އެވެ. 

އެމްޓީޑީސީގެ އަހަރީ އާންމު ޖަލްސާ ބާއްވަން އުޅޭއިރު، އެ ކުންފުންޏަށް ކުއްޔަށް ދޫކޮށްފައިވާ ގދ. މަގުއްދުވާގެ ހެޑް ލީސް ތުރުކީގެ އަހުމެތު އައިޑެނިޒް ކުންފުންޏަކަށް ވިއްކާލަން އުޅޭ މައްސަލަ އޮތީ ވަރަށް ހޫނުވެފަ އެވެ.

އަހުމަތު އައިޑެނިޒްއަކީ އެމްޓީޑީސީ އަތުން މަގުއްދުވާ ސަބްލީސްކުރުމަށް ފަހު، އެ ރަށް ތަރައްގީކުޮށްގެން އަޔާޑާ މޯލްޑިވްސްގެ ނަމުގައި ރިސޯޓު ހިންގަމުން އަންނަ ކުންފުންޏެވެ. މި ކުންފުންޏާއި އެމްޓީސިއާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމުގެ ދަށުން ކޮންމެ ކުއާޓަރެއްގައި ކުލީގެ ގޮތުގައި އެމްޓީޑީސީއަށް އެތައް މިލިއަން ޑޮލަރެއް ދައްކަން ޖެހެ އެވެ.

މަގުއްދުވާގެ ހެޑް ލީސް ހޯލްޑަރަކީ އެމްޓީޑީސީ އެވެ. ލީސްގެ މުއްދަތު ހަމަވާނީ 2031 އަށެވެ. މީގެ ކުރިން ލީސް ދޫކޮށްލަައިފި ނަމަ އެމްޓީޑީސީއަށް 20 މިިލިއަން ޑޮލަރުގެ އާމްދަނީއެއް ގެއްލިގެން ދާނެ އެވެ.

އަޔާޑާ ނުއަގުގައި ވިއްކާލުމުގެ ޑީލަށް މަގުފަހި ކުރަން އެމްޓީޑީސީގެ އިތުރު ހިއްސާ ވިއްކަނީ

ސަރުކާރުގެ އަތުގައި އޮންނަނީ އެމްޓީޑީސީގެ 47 ޕަސެންޓު ހިއްސާ އެވެ. ބާކީ 53 ޕަސެންޓު ހިއްސާއަކީ އާންމުންނަށް ވިއްކާފައިވާ ހިއްސާ އެވެ. ރައިޓްސް އިޝޫއަކަށް ގޮސް އިތުރު ހިއްސާ ވިއްކުމުން ސަރުކާރަށް މެޖޯރިޓީ ހިއްސާ ގަތުމުގެ ފުރުސަތެއް އޮވެދާނެ އެވެ. އިތުރު ކުރާ ހިއްސާ މިހާރުގެ ހިއްސާދާރުން ނުގަނެފި ނަމަ އެ ފުރުސަތު ދެން ލިބޭނީ ސަރުކާރަށެވެ.

މި މައްސަލަ ފެންމަތިވީ ފަހުން އެމްޓީޑީސީން ވަނީ މަގުއްދުވާ ހިމެނޭހެން އެ ކުންފުނީގެ އެއްވެސް އެސެޓެއް ވިއްކާލަން މަސައްކަތް ނުކުރާ ކަމަށް ބުނެފަ އެވެ. އަދި އެ ކަހަލަ މުއާމަލާތެއް ވެސް ނުކުރެވޭ ކަމަށް އޭރު ބުންޏެވެ. 

މިހެން ބުނުމަށް އެމްޓީޑީސީން ވަނީ އެ ކުންފުނީގެ ހިއްސާދާރުންނަށް އިތުރު ހިއްސާ ވިއްކާ ގޮތަށް ރައިޓްސް އިޝޫއަކަށް ދާން ހުށަހަޅަން ނިންމާފަ އެވެ. މި ކަން މި މަހު ފަހުކޮޅު އޮންނަ އޭޖީއެމްގައި ހިއްސާދާރުންނަށް ހުށަހަޅަން އެ ކުންފުނީގެ ބޯޑުން ވަނީ ފާސްކޮށްފަ އެވެ.

މި ކަމުގެ މައުލޫމާތު އެނގޭ މީހުން އަދަދު ނޫހަށް މައުލޫމާތު ދިން ގޮތުގައި އިތުރު ހިއްސާ ވިއްކުމުގެ މަސައްކަތް ކުރަމުން ދަނީ، އަޔާޑާ ނުއަގުގައި ވިއްކާލުމުގެ ޑީލަށް ފަހިކުރަން، އެ ކުންފުނީގެ މެޖޯރިޓީ ސަރުކާރަށް ނެގުމުގެ ގޮތުންނެވެ. 

އެމްޓީޑީސީއަށް މި ވަގުތު އާމްދަނީ ލިބޭ ޕްރޮޕަޓީތަކުގެ ތެރޭގައި ހިމެނެނީ މަގުއްދުވާގެ އިތުރުން އަނަންތާރާ ކިހަވައް ވިލާސް ހިނގާ ބ. ކިހަވައް ހުރަވަޅި އެވެ. އެ ކުންފުނިން މި ވަގުތު ހިންގަމުން އަންނަ ޕްރޮޖެކްޓުތަކުގެ ތެރޭގައި  ބީއެމްއެލްއިން ލޯނެއް ނަގައިގެން ތަރައްގީކުރަމުން އަންނަ ހދ. ނާގޮއްޓާއި، ހުޅުމާލޭގައި ތަރަައްގީކުރަމުން އަންނަ އޮފީސް އިމާރާތް ހިމެނެ އެވެ. 

ފަހުގެ ޚަބަރު

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

Newsletter

Get the latest news delivered straight to your inbox