ކްލީވިއާ ރެސިޑެންސް: ޒަމާނީ ބޯހިޔާވަހިކަމުގެ އާ މަޝްރޫއެއް، އަގުވެސް ހެޔޮ

Nov 18, 2026, 4:20 PM
"ކްލީވިއާ ރެސިޑެންސް" މަޝްރޫއު: އަތްފޯރާ އަގެއްގައި ޒަމާނީ ބޯހިޔާވަހިކަން

"ކްލީވިއާ ރެސިޑެންސް" މަޝްރޫއު: އަތްފޯރާ އަގެއްގައި ޒަމާނީ ބޯހިޔާވަހިކަން


ދިވެހި ކޮންމެ ރައްޔިތަކީވެސް އަމިއްލަ ފުރާޅެއްގެ ދަށުގައި ހިތްހަމަޖެހިގެން ދިރިއުޅުމުގެ ހުވަފެން ދެކޭ މީހެކެވެ. މި އުއްމީދު ހަގީގަތަކަށް ހަދައިދިނުމުގެ މަތިވެރި މަގްސަދުގައި، ރާއްޖޭގެ ރިއަލް އެސްޓޭޓް ދާއިރާގައި ފާހަގަކޮށްލެވޭ ޕޭން ރިއަލް އެސްޓޭޓުން މިވަނީ އެ ކުންފުނީގެ އާ ރެސިޑެންޝަލް ޕްރޮޖެކްޓް ކަމަށްވާ "ކްލީވިއާ ރެސިޑެންސް" ތައާރަފްކޮށްފައެވެ.

 2009 ވަނަ އަހަރު ވުޖޫދަށް އައި ޕޭން ރިއަލް އެސްޓޭޓަކީ ޕްރޮޕަޓީ ވިއްކުމާއި، ކުއްޔަށް ދިނުމާއި، އިމާރާތްކުރުމުގެ އިތުރުން ޕްރޮޕަޓީ މެނޭޖްމަންޓްގެ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ދިވެހިންގެ އިތުބާރު ހޯދާފައިވާ ކުންފުންޏެކެވެ. މާލޭގައި އެ ކުންފުނިން ކާމިޔާބުކަމާއެކު ހިންގާފައިވާ މަޝްރޫއުތަކުގެ ތެރޭގައި މއ. އަންޑާޕޫލް ވިލާ އާއި ގ. ފުސް ހިމެނެއެވެ. އަދި މީގެ އިތުރުން، މިހާރު ނިމުމަކާ ގާތަށް ގޮސްފައިވާ މ. ކުޑަދުންމާރި ވިލާ އަކީވެސް ފެންވަރު ރަނގަޅު މަސައްކަތްތަކެއް ދައްކުވައިދޭ ހެއްކެކެވެ.

"ކްލީވިއާ ރެސިޑެންސް" މަޝްރޫއު: އަތްފޯރާ އަގެއްގައި ޒަމާނީ ބޯހިޔާވަހިކަން
"ކްލީވިއާ ރެސިޑެންސް" މަޝްރޫއު: އަތްފޯރާ އަގެއްގައި ޒަމާނީ ބޯހިޔާވަހިކަން

އަލަށް ތައާރަފްކުރި "ކްލީވިއާ ރެސިޑެންސް" އަކީ ދިވެހިންނަށް ގެދޮރު މިލްކުކުރުމާއި އިންވެސްޓްކުރުމުގެ ފުރުސަތު ފަސޭހަކަމާއެކު ފަހިކޮށްދިނުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެކެވެ. މި މަޝްރޫއު ޚާއްސަކުރެވިފައިވަނީ މެދުފަންތީގެ އާމްދަނީ ލިބޭ ފަރާތްތަކަށާއި އާއިލާތަކަށެވެ. އެގޮތުން ޒަމާނީ ފެންވަރަށް ތަރައްގީކުރެވޭ އެއް ކޮޓަރި އަދި ދެ ކޮޓަރީގެ ހިތްގައިމު އެޕާޓްމަންޓްތައް މި މަޝްރޫއުގެ ދަށުން ލިބިގެންދާނެއެވެ.

ޕޭން ރިއަލް އެސްޓޭޓުގެ އަބަދުވެސް އަމާޒަކީ ކަސްޓަމަރުންނާ އޮންނަ ގުޅުން ދަމަހައްޓައި، އަތްފޯރާ ފަށެއްގައި ހެޔޮ އަގުތަކެއްގައި މެދު ފަންތީގެ ދިރިއުޅުމެއް ހޯދައިދިނުމެވެ. އަދި ގިނަ ބަޔަކަށް މި ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން، ފައިސާ ދެއްކުމުގައި ލުއި ގޮތްތަކެއް ތައާރަފުކުރުމަށްވެސް އެ ކުންފުނިން ވަނީ އިސްކަންދީފައެވެ. "ކްލީވިއާ ރެސިޑެންސް" ވެގެންދާނީ އަމިއްލަ ބޯހިޔާވަހިކަމެއް ހޯދުމަށް އެދޭ ކޮންމެ ދިވެއްސަކަށްވެސް ލިބިގެންދާނެ ރަނުގެ ފުރުސަތަކަށެވެ.

މި މަޝްރޫއުގެ ދަށުން އިމާރާތްކުރެވޭ ކޮންމެ އެޕާޓްމަންޓެއްވެސް ފަރުމާކުރެވިފައިވަނީ ޖާގައިގެ ގޮތުން ތަނަވަސް، އަދި ދިރިއުޅުމަށް އެންމެ ފަސޭހަވާނެ ގޮތަށެވެ. އެގޮތުން، ކޮންމެ އެޕާޓްމަންޓެއްގައިވެސް ޒަމާނީ ފެންވަރުގެ ފިޓެޑް ކިޗަންއަކާއި، ނިދާ ކޮޓަރިތަކުގައި އޭސީ ހަރުކުރެވިފައި ހުންނާނެއެވެ. މައިގަނޑު ގޮތެއްގައި މި އެޕާޓްމަންޓްތައް ބަހާލެވިފައިވަނީ އެއް ކޮޓަރި އަދި ދެ ކޮޓަރީގެ ޔުނިޓްތަކަކަށް ނަމަވެސް، ތިން ކޮޓަރީގެ އެޕާޓްމަންޓަކަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތުވެސް ވަނީ ފަހިކޮށްދީފައެވެ.

އެއީ އެއް ކޮޓަރީގެ އަދި ދެ ކޮޓަރީގެ އެޕާޓްމަންޓް ގުޅުވާލައިގެން، ޖާގަ ތަނަވަސް ތިން ކޮޓަރީގެ ހިތްގައިމު އެޕާޓްމަންޓަކަށް ބަދަލުކޮށްލެވޭނެ އިންތިޒާމެވެ. މުޅި މި ޕްރޮޖެކްޓްގައި ވިއްކުމަށް ހަމަޖެހިފައިވަނީ ޖުމްލަ 12 ޔުނިޓެވެ.

ދިރިއުޅުމުގެ ވައްޓަފާޅިއަށް އިތުރު ފުރިހަމަކަމެއް ގެނެސްދިނުމުގެ ގޮތުން، އިމާރާތުގައި ދިރިއުޅޭ ފަރާތްތަކަށް ޚާއްސަކޮށްގެން ޝެއާޑް ޖިމްއަކާއި، ހަވީރުގެ ވަގުތުތަކުގައި ހިތްފަސޭހަކޮށްލަން ނުކުމެ އުޅެވޭނެ ކޮމަން ޓެރަހެއް ގާއިމުކުރެވިގެންދާނެއެވެ. އަދި ފަސޭހަކަމާއެކު ދަތުރުފަތުރު ކުރެވޭނެ ލިފްޓުގެ ޚިދުމަތްވެސް މި އިމާރާތުގައި ލިބެން ހުންނާނެއެވެ. މިއީ އަސާސީ ބޭނުންތަކުން ފެށިގެން ގޮސް ޒަމާނީ ދިރިއުޅުމަކަށް ބޭނުންވާނެ ހުރިހާ ވަސީލަތްތަކެއް އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދޭނެ ފުރިހަމަ ރެސިޑެންސްއެކެވެ.

މި ޕްރޮޖެކްޓަކީ ވީހާވެސް ގިނަ ބަޔަކަށް އަމިއްލަ ބޯހިޔާވަހިކަމެއް ހޯދުމަށް މަގުފަހިކޮށްދިނުމަށް ފަރުމާކޮށްފައިވާ މަޝްރޫއަކަށް ވާތީ، މާލީ ގޮތުން އިތުރު ލުއިފަސޭހަތަކެއް ހޯދައިދިނުމަށްވެސް ވަނީ ރޭވިފައެވެ. އެގޮތުން ޝަރުތުހަމަވާ ފަރާތްތަކަށް ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ހޯމް ފައިނޭންސިންގ ހަމަޖެއްސޭނެ މަގު ފަހިކޮށްދިނުމަށް ޕޭން ރިއަލް އެސްޓޭޓުން މިހާރުވެސް ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެޕާޓްމަންޓްތަކުގައި ހިމެނޭ މައިގަނޑު ވަސީލަތްތަކުގެ ތެރޭގައި:

  • އެސްޕީސީ ފްލޯރިން
  • ކޮޓަރިތަކުގެ އެއާކޮންޑިޝަން
  • ލިފްޓް
  • އެލްއީޑީ
  • ލެޑް ލައިޓްސް
  • ފިޓެޑް ކިޗަން ސިސްޓަމް
  • އުނދުނާއި ހުޑް
  • ބްރޭންޑެޑް ފާހާނާ ފިޓިންގްސް
  • ޖިމް
  • އެންމެންނަށް ބޭނުންކުރެވޭ ގޮތަށް ހަދާފައިވާ ޓެރަސް
  • ލިމިޓެޑް ސައިކަލް ޕާކިން ގަތުމުގެ ފުރުސަތު
  • ގަންނަ ފަރާތްތަކަށް އިތުރު ލުއިފަސޭހަކަމެއް ގެނެސްދިނުމުގެ ގޮތުން، އިތުރު އަގެއް ދެއްކުމުން ފާނިޝިން ޕެކޭޖްތައްވެސް ލިބެން ހުންނާނެ
  • 24 ގަޑިއިރު އިމާރާތުގެ ސެކިއުރިޓީ ބެލެހެއްޓުން

 

މި ޕްރޮޖެކްޓްއަކީ ވަޒީފާ އަދާކުރާ ޒުވާނުންނަށާއި، ކައިވެނިކޮށްގެން އުޅޭ ފަރާތްތަކުގެ އިތުރުން އާއިލާތަކާއި އިންވެސްޓަރުންނަށް ވެސް ހާއްސަކޮށްގެން ފަރުމާކޮށްފައިވާ ތަނެކެވެ.

އެޕާޓްމަންޓްތަކުގެ ބާވަތްތަކާއި އަގުތައް:

1 ކޮޓަރީގެ އެޕާޓްމަންޓް: 2.160 މިލިއަން ރުފިޔާ (8 އިންސައްތަ ޖީއެސްޓީ ހިމެނޭހެން)

2 ކޮޓަރީގެ އެޕާޓްމަންޓް: 3.240 މިލިއަން ރުފިޔާ (8 އިންސައްތަ ޖީއެސްޓީ ހިމެނޭހެން)

އެޕާޓްމެންޓް ބުކް ކުރުމަށް ބުކިން ފީގެ ގޮތުގައި ނަގާ 25،000 ރުފިޔާ ދައްކަންޖެހޭއިރު، ބުކިން ކަށަވަރުވެ ޑައުންޕޭމަންޓް ދެއްކުމުން ލީގަލް ފީ ނުވަތަ ގާނޫނީ މުއާމަލާތްތަކުގެ ފީގެ ގޮތުގައި ހަމަޖެހިގެންދާނެ އެވެ.

 މީގެ އިތުރުން، މި ޕްރޮޖެކްޓުން އެޕާޓްމަންޓް ބައްލަވައިގަންނަ ފަރާތްތަކަށް އިތުރު ލުޔެއް ހޯދައިދިނުމުގެ ގޮތުން، ބޭންކިންގެ އެންމެހައި މަރުހަލާތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ ޚިދުމަތް ޕޭން ރިއަލް އެސްޓޭޓުން ލިބިގެންދާނެ އެވެ.

މި މަޝްރޫއާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރެއްވުމަށާއި، ބުކިން ޕްރޮސެސް ކުރިއަށް ގެންދެވުމަށް ޕޭން ރިއަލް އެސްޓޭޓްގެ ހޮޓްލައިން އަދި ވެބްސައިޓް މެދުވެރިކޮށް ގުޅުއްވުން އެދެމެވެ.

ހޮޓްލައިން: 7570708 

ވެބްސައިޓް: www.pre.mv

 

 

 

ފަހުގެ ޚަބަރު

ލަކްސް ގްލޯގެ ދެވަނަ ފިހާރަ މަޖީދީމަގުގައި ހުޅުވައިފި

މަޝްހޫރު ކޮސްމެޓިކްސް ބްރޭންޑް "ލަކްސް ގްލޯ" ގެ ދެވަނަ ފިހާރަ މާލޭގެ މަޖީދީމަގުގައި ހުޅުވައިފިއެވެ. މި ފިހާރައިން ބައިނަލްއަގުވާމީ ބްރޭންޑްތަކުގެ ސްކިންކެއާ އަދި މޭކަޕް ސާމާނު ޓެސްޓުކޮށްލުމާއި، ފަންނީ ލަފާ ހޯދައިގެން ވަގުތުން ގަނެވޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ. ފިހާރަތަކުގެ އިތުރުން އެ ބްރޭންޑުގެ ވެބްސައިޓް މެދުވެރިކޮށް އޮންލައިންކޮށް އޯޑަރުކުރުމުގެ ފުރުސަތުވެސް ކަސްޓަމަރުންނަށް ވަނީ ހުޅުވާލެވިފައެވެ.

ދިރާގު ރޯޑް ރޭސްގެ ބިބް އެކްސްޕޯ ބުދަ ދުވަހާ ހަމައަށް

ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2026 ގެ ބިބް އެކްސްޕޯ ބީޖީ ޓާފް ދަނޑުގައި ކުރިއަށްދާއިރު، ބިބް އާއި ރޭސް ކިޓް ދޫކުރުމުގެ މުއްދަތު މި މަހުގެ 18 ވާ ބުދަ ދުވަހުގެ ނިޔަލަށް ވަނީ އިތުރުކޮށްފައެވެ. ފަސް ހާހަށްވުރެ ގިނަ ދުވުންތެރިން ބައިވެރިވާ މި ދުވުން އޮންނާނީ ކުރިއަށް އޮތް ހުކުރު ދުވަހު ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.

ގޫގަލް ޕިކްސެލް އަށް އުރީދޫ 5ޖީ

ގޫގުލް ޕިކްސެލް ފޯނުތަކަށް ރާއްޖޭގައި 5ޖީގެ ޚިދުމަތް ފޯރުކޮށްދޭ ފުރަތަމަ ނެޓްވޯކަކަށް އުރީދޫ މޯލްޑިވްސް ވެއްޖެއެވެ. ނޮވެންބަރު މަހުގެ ސޮފްޓްވެއާ އަޕްޑޭޓާއެކު ޕިކްސެލްގެ އެކި މޮޑެލްތަކަށް 5ޖީ އާއި ވީއޯއެލްޓީއީގެ ޚިދުމަތް މިހާރު ލިބޭނެއެވެ.

ޓޫރިޒަމް ފަހަތަށް، މާލީ ދާއިރާ އާއި އިމާރާތް ކުރުން ކުރިއަށް

މާލީ ދާއިރާ އާއި އިމާރާތްކުރުމުގެ ދާއިރާއަށް އައި ބޮޑު ކުރިއެރުމާއެކު، ރާއްޖޭގެ އިގުތިސޯދު ވަނީ ހަތަރެއް ޕަސެންޓަށް ކުރިއަރާފަ. ޓޫރިޒަމްގެ އިތުރުން މަސްވެރިކަމުގެ ދާއިރާވެސް ވަނީ މި މުއްދަތުގައި ވަރަށް ބޮޑަށް ދަށަށް ގޮސްފަ.

ޑީއެމްއާރްއާރްގައި ޕްލާސްޓިކް ބޭނުން ނުކުރުމަށް ދިރާގު އިލްތިމާސް

މި މަހުގެ 20 ގައި ބާއްވާ "ދިރާގު މޯލްޑިވްސް ރޯޑް ރޭސް" ގައި އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ބޭނުން ނުކުރުމަށް ދިރާގުން އިލްތިމާސްކޮށްފިއެވެ. ތިމާވެށި ހިމާޔަތްކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ މި ހަރަކާތުގައި ފެން ފޯރުކޮށްދޭނީ ކަރުދާސް ތަށީގައި ކަމަށާއި، ދުވުންތެރިން އަމިއްލަ ފުޅި ގެންގުޅުމަށް އެ ކުންފުނިން ބާރުއަޅައެވެ. މި އިސްނެގުމުގެ ސަބަބުން ކޮންމެ އަހަރަކު ގާތްގަނޑަކަށް 18،000 ޕްލާސްޓިކް ފުޅި މަދުކުރެވޭނެ ކަމަށް ދިރާގުން ލަފާކުރެއެވެ.

ކުޑަ ސަރަހައްދަކުން އުދުއްސާލެވޭ އާދަޔާ ހިލާފު ބޯޓެއް

އެމެރިކާގެ އިލެކްޓްރާ ކުންފުނިން ދަނީ ރަންވޭއެއް ނެތް ކުޑަ ސަރަހައްދުތަކުން އުދުއްސާލެވޭ ފަދަ ހައިބްރިޑް-އިލެކްޓްރިކް މަތިންދާބޯޓެއް އުފައްދަމުންނެވެ. މި ބޯޓުގެ ސަބަބުން ކައިރި މަންޒިލްތަކަށް ކުރާ ދަތުރުތަކުގެ ޚަރަދު ކުޑަވެ، އެއާޕޯޓުތަކަށް ބަރޯސާނުވެ ސީދާ އެއް ތަނުން އަނެއް ތަނަށް އަވަހަށް ދަތުރުކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

އިސްލާމިކް ބޭންކިންގެ ކްރެޑިޓް ކާޑު ޕޯޓްފޯލިއޯ ތައާރަފުކޮށްފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ޝަރީއާގެ ހަމަތަކަށް ފެތޭ ގޮތަށް ފަރުދުންނާއި ވިޔަފާރިތަކަށް ހާއްސަ ހަތަރު ކެޓަގަރީއެއްގެ އައު ކްރެޑިޓް ކާޑު ޕޯޓްފޯލިއޯއެއް ވަނީ ތައާރަފުކޮށްފައި. މި ކާޑުތަކަށް 12,000ރ. އާއި 300,000ރ. އާ ދެމެދުގެ ކްރެޑިޓް ލިމިޓެއް ކަނޑައަޅާފައި.

Newsletter

Get the latest news delivered straight to your inbox