އެމްޓީޑީސީގެ މެނޭޖުމަންޓުން އޮޅުވާލާ ކަމަށް ބުނެ ބޯޑުން އަސާމީ އިސްތިއުފާ ދީފި

Aug 23, 2026, 6:48 PM
އެމްޓީޑީސީގެ ބޯޑުން އިސްތިއުފާ ދެއްވި އަސާމީ: އޭނާ ވަނީ ކުންފުނީގެ މެނޭޖުމަންޓަށް ބޮޑެތި ތުހުަމަތުތަކެއް ކުރައްވާފައި --- ފޮޓޯ: އެމްޓީޑީސީ

އެމްޓީޑީސީގެ ބޯޑުން އިސްތިއުފާ ދެއްވި އަސާމީ: އޭނާ ވަނީ ކުންފުނީގެ މެނޭޖުމަންޓަށް ބޮޑެތި ތުހުަމަތުތަކެއް ކުރައްވާފައި --- ފޮޓޯ: އެމްޓީޑީސީ

މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ގެ މެނޭޖުމަންޓުން ބޯޑުގެ ނިންމުންތަކާ އެއްގޮތަށް އަމަލުނުކޮށް، ކުންފުނީގެ ހިއްސާ އިތުރުކުރަން ބޯޑުން ރުހުން ދިން ކަމަށް މެނޭޖުމަންޓުން ދެއްކީ މުޅިން ތެދު ވާހަކަތަކެއް ނޫން ކަމަށް ވިދާޅުވުމަށް ފަހު އެ ކުންފުނީގެ ބޯޑު މެންބަރު އަސާމީ ރުޝްދީ މިއަދު އިސްތިއުފާ ދެއްވައިފި އެވެ. 

މި ނޫހަށް ލިބިފައިވާ އަސާމީގެ އިސްތިއުފާގެ ސިޓީގައި، އަސާމީ ވިދާޅުވެފައި ވަނީ އެ ނިންމުން ނިންމީ ކުންފުނީގެ އާންމު ހިއްސާދާރުންގެ މަސްލަހަތާ ދެކޮޅަށް ކުންފުނީގެ މެނޭޖުމަންޓުން ބައެއް ނިންމުންތައް ނިންމަމުންދާ ކަމަށެވެ. 

އެ ގޮތުން އަސާމީ ވަނީ އަޔާޑާ ރިސޯޓުގެ މައްސަލައިގައި ބޯޑުގެ ނިންމުމާ އެއް ގޮތަށް އަމަލުކުރަމުން ނުދާ ކަމަށް ވެސް ސިޓީގައި ބަޔާންކުރައްވާފަ އެވެ. އޭނާ ވިދާޅުވީ،  އެ މައްސަލައިގައި ބޯޑުގެ ނިންމުމާ އެއް ގޮތަށް އަމަލުނުކުރާ މައްސަލައިގައި އޭނާ ހިމެނޭހެން ބޯޑުގެ އެހެން ޑިރެކްޓަރުން ހުށަހަޅާފައިވާިއރު، އެކަމަށް ވެސް އެދެވޭ ޖަވާބެއް ލިބިފައި ނުވާ ކަަމަށެވެ.

މަގުއްދުވާ ވިއްކާލަން ނޫޅޭ ކަމަށް އެމްޓީޑީސީން ބުނެފި

އެމްޓީޑީސީގެ ދަށުގައިވާ ގދ. މަގުއްދުވާ ހިމެނޭހެން އެއްވެސް ރަށެއްގެ ހެޑްލީސް ވިއްކާލަން އުޅޭ ކަމަށް ދެކެވޭ ވާހަކަތައް އެ ކުންފުނިން ދޮގުކޮށްފިއެވެ. އެ ކުންފުނިން ބުނިގޮތުގައި ރަށެއް ވިއްކާލުމުގެ އެއްވެސް މަޝްވަރާއެއް ނުހިނގާ ކަމަށާއި، ކުންފުނީގެ މުއާމަލާތްތަކާ ގުޅޭ މައުލޫމާތު ހާމަކުރަމުންދާނީ ރަސްމީކޮށް ކަމަށެވެ.

އެމްޓީޑީސީގެ ބޯޑު މެންބަރަކު މިހެން ވިދާޅުވިއިރު، އަޔާޑާ ހިންގާ ގދ. މަގުއްދުވާގެ ހެޑްލީސް އެ ރިސޯޓު ތަރައްގީކުރި ތުރުކީ ކުންފުންޏަށް ވިއްކާލަން އުޅޭ ވާހަކަ އެމްޓީޑީސީން ވަނީ ދޮގުކޮށްފަ އެވެ. އަދި، އެ ރަށް ހިމެނޭހެން އެ ކުންފުނީގެ އެއްވެސް މުދަލެއް ވިއްކާލަން ނޫޅޭ ކަމަށް ބުނެ ބަޔާނެއް ނެރެފަ އެވެ. 

އަސާމީ ދެން ފާހަގަކުރެއްވި ރައިސްޓް އިޝޫ މައްސަލައިގައި، އޭނާ ވިދާޅުވީ، އެކަމާ ދެކޮޅު ހެދި ހަމައެކަނި ބޯޑު މެންބަރަކީ އޭނާ ކަމަށެވެ. ސަބަބެއް ކަމަށް އޭނާ ވިދާޅުވީ، އޭގެ ސަބަބުން އެމްޓީޑީސީގެ އާންމު ހިއްސާދާރުންގެ މަސްލަހަތަށް އުނިކަން އައުމާއި، ކުންފުނި އުފެއްދި އަސްލު މަގުސަދާ ހިލާފަށް، ހިއްސާދާރުންނަށް ލިބެން ޖެހޭ މަންފާ އާއި ކުރިއެރުން ގެއްލިގެން ދާނެ ފަދަ ނިންމުންތައް ނިންމާ ވަސީލަތަކަށް ކުންފުނިން ބަދަލުވެގެން ދިޔުމެވެ. 

އަޔާޑާ ނުއަގުގައި ވިއްކާލުމުގެ ޑީލަށް މަގުފަހި ކުރަން އެމްޓީޑީސީގެ އިތުރު ހިއްސާ ވިއްކަނީ

ސަރުކާރުގެ އަތުގައި އޮންނަނީ އެމްޓީޑީސީގެ 47 ޕަސެންޓު ހިއްސާ އެވެ. ބާކީ 53 ޕަސެންޓު ހިއްސާއަކީ އާންމުންނަށް ވިއްކާފައިވާ ހިއްސާ އެވެ. ރައިޓްސް އިޝޫއަކަށް ގޮސް އިތުރު ހިއްސާ ވިއްކުމުން ސަރުކާރަށް މެޖޯރިޓީ ހިއްސާ ގަތުމުގެ ފުރުސަތެއް އޮވެދާނެ އެވެ. އިތުރު ކުރާ ހިއްސާ މިހާރުގެ ހިއްސާދާރުން ނުގަނެފި ނަމަ އެ ފުރުސަތު ދެން ލިބޭނީ ސަރުކާރަށެވެ.

ރައިޓްސް އިޝޫއަކަށް ދާން ބޯޑުން ރުހުން ދިން ކަމަށް މެނޭޖުމަންޓުން ދެއްކި ވާހަކަތައް އަސާމީ ދޮގުކުރެއްވީ، ބޯޑުން ކުރި ޝަރުތުތަކުގެ އަޕްޑޭޓް ނުދީ، އެ ވާހަކަ މީޑިއާގައި އާންމުކުރުމުންނެވެ. އޭނާ ވިދާޅުވީ، މި އަޕްޑޭޓުތައް ނުދީ، ހިއްސާ ވިއްކަން ބޯޑުން ހުއްދަ ދިން ކަަމަށް އާންމުކުރުމަކީ ހިއްސާދާރުންނާއި އާންމު ރައްޔިތުން ބޯޑު މެންބަރުންނާ މެދު ގޯސް ތަސައްވުރެއް އުފެދޭނެ ކަމެއް ކަމަށެވެ. 

"ކުރިން މިދެންނެވި ނިންމުމާ މެދު އަޅުގަނޑުގެ އިއުތިރާޒު ރަސްމީކޮށް ރެކޯޑުކުރަމުން، މި ބޯޑުގައި އިތުރަށް ދެމިހުރުމަކީ އަޅުގަނޑު ގަބޫލުނުކުރާ މި ނިންމުންތަކަށް ދެވޭ ރުހުމެއްގެ ގޮތުގައި ބެލެވިދާނެތީ، އަޅުގަނޑު މަގާމުން އިސްތިއުފާދެމެވެ. މިއީ ހިއްސާދާރުންނަށާއި ކުންފުންޏަށް އެންމެ ރަނގަޅު ގޮތް ކަމުގައިވެސް އަޅުގަނޑު ދެކެން" އަސާމީގެ ސިޓީގައި ވިދާޅުވެފައިވެ އެވެ. 

އެމްޓީޑީސީން ވަނީ މި މަހުގެ ފަހުކޮޅަށް އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާ ތާވަލުކޮށްފަ އެވެ. އެ ޖަލްސާގައި މި ރައިޓްސް އިޝޫއަށް ދިޔުމާ މެދު ވޯޓަށް އެހުމާއި އާ ޑިރެކްޓަރުން އައްޔަންކުރުން އޮންނާނެ އެވެ. 

ފަހުގެ ޚަބަރު

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

Newsletter

Get the latest news delivered straight to your inbox