"ލަކްސް ގްލޯ" އިން މާލޭގައި އެ ބްރޭންޑުގެ ދެވަނަ ފިހާރައެއް މަޖީދީމަގުގައި ހުޅުވައިފި އެވެ.

ކުރިން އޮންލައިން ޕްލެޓްފޯމް (luxeglow.mv) މެދުވެރިކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ހިދުމަތް ދެމުން އައި މި ބްރޭންޑުގެ ފުރަތަމަ ފިހާރަ ހުންނަނީ ކޮމާޝަލް ބެންކާއި ޖެހިގެން އަމީރުއަހުމަދު މަގުގަ އެވެ.
މި ދެ ފިހާރައާއެކު، ކަސްޓަމަރުންނަށް ފިހާރައަށް ޒިޔާރަތްކޮށް އުފެއްދުންތައް އަމިއްލައަށް ބަލައި ތަޖުރިބާކުރުމުގެ ފުރުސަތު މިހާރު ވަނީ ފަހިވެފަ އެވެ. ޑެލިވަރީއަށް މަޑުނުކޮށް ވަގުތުން ތަކެތި ގަނެގެން ގެންދިއުމާއި، މުވައްޒަފުންގެ ފަރާތުން ފަންނީ ލަފާ ހޯދުމުގެ ފަސޭހަކަން ވެސްވަނީ ލިބިފަ އެވެ.
މި ދެ ފިހާރައިވެސް ބައިނަލްއަގުވާމީ މަޝްހޫރު ބްރޭންޑްތަކުގެ ސްކިންކެއާ، މޭކަޕް، އިސްތަށިގަނޑަށް ހާއްސަ އުފެއްދުންތައް އަދި ސެންޓުގެ ތަފާތު ބާވަތްތައް ލިބެން ހުންނާނެ އެވެ.

ޓެސްޓަރުތައް ބޭނުންކޮށްގެން އުފެއްދުންތައް ޗެކްކޮށްލުމާއި، އެމީހެއްގެ ހަންގަނޑާ ގުޅޭ އުފެއްދުންތައް ހޯދުމަށް މުވައްޒަފުންގެ އެހީތެރިކަން ލިބޭނެ އެވެ. އަދި އޮންލައިން ސްޓޯރުގައި ހުންނަ ހުރިހާ އުފެއްދުންތަކެއް ފިހާރައިން ވެސް ލިބެން ހުންނާނެ އެވެ.
މާލެއާއި ހުޅުމާލޭގެ އިތުރުން އަތޮޅުތެރޭގެ ރަށްރަށުގައި ތިބި ކަސްޓަމަރުންނަށް luxeglow.mv މެދުވެރިކޮށް ކުރިއެކޭ ވެސް އެއްގޮތަށް އޮންލައިންކޮށް އޯޑަރު ކުރުމުގެ ހިދުމަތް މިހާރުވެސް ލިބެމުންދާނެއެވެ.


