ޓޯޓަލް ފިޒިއޯއިން އެލައިޑް އިންޝުއަރެންސްގެ ހިދުމަތް ގަބޫލުކުރަން ފަށައިފި

Nov 19, 2026, 11:34 AM
Total Physio

Total Physio

ފިޒިއޮތެރަޕީ ކްލިނިކް، ޓޯޓަލް ފިޒިއޯ އިން އެލައިޑް އިންޝުއަރެންސްގެ ހިދުމަތް ގަބޫލުކުރަން ފަށައިފި އެވެ.

މިއީ އެ ކްލިނިކުން ބަލިމީހުންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން އިންޝުއަރެންސްގެ ހިދުމަތް ފުޅާކުރުމަށް އެޅި މުހިންމު ފިޔަވަޅެކެވެ.

Total Physio
Total Physio

މިހާރުވެސް ޕޮލިސް، އެމްއެންޑީއެފް އަދި ސޮލަރެލް އިންޝުރަންްސްގެ ހިދުމަތް ވެސް އެ ކްލިނިކްގެ ބަލައިގަނެ އެވެ. އަދި އިތުރު އިންޝުރަންސް ތައް މެދުވެރިކޮށް ވެސް އެ ކްލިނިކުން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާ ކަމަށް ޓޯޓަލް ފިޒިއޯއިން ބުނެ އެވެ.

ފަހުގެ އެޑްވާންސްޑް ލޭޒާ ތެރަޕީ އާއި ކްރަޔޯތެރަޕީ ރާއްޖެއަށް ތައާރަފުކޮށް، ފިޒިއޮތެރަޕީގެ ދާއިރާއަށް އިންގިލާބީ ބަދަލެއް ގެނައި ޓޯޓަލް ފިޒިއޯއިން ހިދުމަތް ދޭން ފެށީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެވެ.

ޒަމާނީ ވަސީލަތްތަކާއި ދާއިރާގެ ތަޖުރިބާކާރު މާހިރުންނާއެކު އެ ކްލިނިކުން ފޯރުކޮށްދޭ ހިދުމަތްތަކުގެ ތެރޭގައި:

  • ކްލިނިކުން ދޭ ފަރުވާ: އެންމެ ޒަމާނީ މެޝިނަރީތަކުގެ އެހީގައި ދެވޭ އެޑްވާންސް ފިޒިއޮތެރަޕީގެ ހިދުމަތްތައް.
  • ގޭގެއަށް ގޮސްގެން ދޭ ހިދުމަތް: ބަލީގެ ބާވަތުން އެނދުމަތިވެފައިވާ މީހުންނާއި، އުމުރުން ދުވަސްވުމުގެ ސަބަބުން ހެލިފެލިވެ އުޅުމަށް ދަތި ފަރާތްތަކުގެ އިތުރުން، ޕޯސްޓް-ސާޖަރީ އަދި އިނީޝިއަލް ސްޓޭޖުގައި ފަރުވާ ބޭނުންވާ ފަރާތްތަކަށް ގޭގައި ތިބެގެން ހިދުމަތް ހޯދުމުގެ ފުރުސަތު.
  • ޑޮކްޓަރުގެ ސިޓީއަކާ ނުލައި ފަރުވާ: މި ކްލިނިކުން ފަރުވާ ހޯދުމަށް ކުރިއާލާ އިތުރު ޑޮކްޓަރެއްގެ ލިޔުމެއް ހޯދާކަށް ނުޖެހޭ. ކްލިނިކްގެ ފިޒިއޮތެރަޕިސްޓުންގެ ޓީމުން ބެލުމަށްފަހު، ބަލިމީހާއަށް އެންމެ އެކަށީގެންވާ ފަރުވާ އާއި ތާވަލު އެކުލަވާލައި ހިއްސާކުރާނެ

ހ. ސަކީނާ މަންޒިލްގެ ތިން ވަނަ ބުރީގައި ހުންނަ ޓޯޓަލް ފިޒިއޯގެ ހިދުމަތްތަކާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށާއި އެޕޮއިންޓްމަންޓް ހެއްދުމަށް 3301700 ނުވަތަ 7661700 އަށް ގުޅޭނެ އެވެ. މީގެ އިތުރުން 7661700 އަށް ވައިބާ މެދުވެރިކޮށް މެސެޖުކޮށްގެން ވެސް ބުކިން ހެއްދޭނެ އެވެ

ފަހުގެ ޚަބަރު

ލަކްސް ގްލޯގެ ދެވަނަ ފިހާރަ މަޖީދީމަގުގައި ހުޅުވައިފި

މަޝްހޫރު ކޮސްމެޓިކްސް ބްރޭންޑް "ލަކްސް ގްލޯ" ގެ ދެވަނަ ފިހާރަ މާލޭގެ މަޖީދީމަގުގައި ހުޅުވައިފިއެވެ. މި ފިހާރައިން ބައިނަލްއަގުވާމީ ބްރޭންޑްތަކުގެ ސްކިންކެއާ އަދި މޭކަޕް ސާމާނު ޓެސްޓުކޮށްލުމާއި، ފަންނީ ލަފާ ހޯދައިގެން ވަގުތުން ގަނެވޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ. ފިހާރަތަކުގެ އިތުރުން އެ ބްރޭންޑުގެ ވެބްސައިޓް މެދުވެރިކޮށް އޮންލައިންކޮށް އޯޑަރުކުރުމުގެ ފުރުސަތުވެސް ކަސްޓަމަރުންނަށް ވަނީ ހުޅުވާލެވިފައެވެ.

ކްލީވިއާ ރެސިޑެންސް: ޒަމާނީ ބޯހިޔާވަހިކަން އާ މަޝްރޫއެއް

ޕޭން ރިއަލް އެސްޓޭޓުން އަލަށް ތައާރަފްކުރި "ކްލީވިއާ ރެސިޑެންސް" މަޝްރޫއަކީ މެދުފަންތީގެ އާމްދަނީ ލިބޭ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގާ އަތްފޯރާ އަގުތަކެއްގެ ބޯހިޔާވަހިކަމުގެ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން ޒަމާނީ ފެންވަރުގެ އެއް ކޮޓަރި އަދި ދެ ކޮޓަރީގެ އެޕާޓްމަންޓްތައް ލިބޭއިރު، ފައިސާ ދެއްކުމުގައި ލުއި ގޮތްތަކެއް ވަނީ ހަމަޖައްސާފައެވެ.

ދިރާގު ރޯޑް ރޭސްގެ ބިބް އެކްސްޕޯ ބުދަ ދުވަހާ ހަމައަށް

ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2026 ގެ ބިބް އެކްސްޕޯ ބީޖީ ޓާފް ދަނޑުގައި ކުރިއަށްދާއިރު، ބިބް އާއި ރޭސް ކިޓް ދޫކުރުމުގެ މުއްދަތު މި މަހުގެ 18 ވާ ބުދަ ދުވަހުގެ ނިޔަލަށް ވަނީ އިތުރުކޮށްފައެވެ. ފަސް ހާހަށްވުރެ ގިނަ ދުވުންތެރިން ބައިވެރިވާ މި ދުވުން އޮންނާނީ ކުރިއަށް އޮތް ހުކުރު ދުވަހު ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.

ގޫގަލް ޕިކްސެލް އަށް އުރީދޫ 5ޖީ

ގޫގުލް ޕިކްސެލް ފޯނުތަކަށް ރާއްޖޭގައި 5ޖީގެ ޚިދުމަތް ފޯރުކޮށްދޭ ފުރަތަމަ ނެޓްވޯކަކަށް އުރީދޫ މޯލްޑިވްސް ވެއްޖެއެވެ. ނޮވެންބަރު މަހުގެ ސޮފްޓްވެއާ އަޕްޑޭޓާއެކު ޕިކްސެލްގެ އެކި މޮޑެލްތަކަށް 5ޖީ އާއި ވީއޯއެލްޓީއީގެ ޚިދުމަތް މިހާރު ލިބޭނެއެވެ.

ޓޫރިޒަމް ފަހަތަށް، މާލީ ދާއިރާ އާއި އިމާރާތް ކުރުން ކުރިއަށް

މާލީ ދާއިރާ އާއި އިމާރާތްކުރުމުގެ ދާއިރާއަށް އައި ބޮޑު ކުރިއެރުމާއެކު، ރާއްޖޭގެ އިގުތިސޯދު ވަނީ ހަތަރެއް ޕަސެންޓަށް ކުރިއަރާފަ. ޓޫރިޒަމްގެ އިތުރުން މަސްވެރިކަމުގެ ދާއިރާވެސް ވަނީ މި މުއްދަތުގައި ވަރަށް ބޮޑަށް ދަށަށް ގޮސްފަ.

ޑީއެމްއާރްއާރްގައި ޕްލާސްޓިކް ބޭނުން ނުކުރުމަށް ދިރާގު އިލްތިމާސް

މި މަހުގެ 20 ގައި ބާއްވާ "ދިރާގު މޯލްޑިވްސް ރޯޑް ރޭސް" ގައި އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ބޭނުން ނުކުރުމަށް ދިރާގުން އިލްތިމާސްކޮށްފިއެވެ. ތިމާވެށި ހިމާޔަތްކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ މި ހަރަކާތުގައި ފެން ފޯރުކޮށްދޭނީ ކަރުދާސް ތަށީގައި ކަމަށާއި، ދުވުންތެރިން އަމިއްލަ ފުޅި ގެންގުޅުމަށް އެ ކުންފުނިން ބާރުއަޅައެވެ. މި އިސްނެގުމުގެ ސަބަބުން ކޮންމެ އަހަރަކު ގާތްގަނޑަކަށް 18،000 ޕްލާސްޓިކް ފުޅި މަދުކުރެވޭނެ ކަމަށް ދިރާގުން ލަފާކުރެއެވެ.

ކުޑަ ސަރަހައްދަކުން އުދުއްސާލެވޭ އާދަޔާ ހިލާފު ބޯޓެއް

އެމެރިކާގެ އިލެކްޓްރާ ކުންފުނިން ދަނީ ރަންވޭއެއް ނެތް ކުޑަ ސަރަހައްދުތަކުން އުދުއްސާލެވޭ ފަދަ ހައިބްރިޑް-އިލެކްޓްރިކް މަތިންދާބޯޓެއް އުފައްދަމުންނެވެ. މި ބޯޓުގެ ސަބަބުން ކައިރި މަންޒިލްތަކަށް ކުރާ ދަތުރުތަކުގެ ޚަރަދު ކުޑަވެ، އެއާޕޯޓުތަކަށް ބަރޯސާނުވެ ސީދާ އެއް ތަނުން އަނެއް ތަނަށް އަވަހަށް ދަތުރުކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

Newsletter

Get the latest news delivered straight to your inbox