ފީފާގެ ޕްލޭނާ އެއްގޮތަށް ކަންކަން ކޮށްފިނަމަ ޔޫރަޕްގެ ގައުމުތަކުން ވޯލްޑް ކަޕް ބޮއިކޮޓް ކުރަން ނިންމައިފި

Jul 30, 2026, 8:57 PM
ޔުއެފާގެ ރައީސް އަލެކްސަންޑަ ކެފެރިން: ފީފާގެ ނިންމުންތަކާ ދެކޮޅަށް ފާޅުގައި އަޑުއުފުއްލަވަމުންދާ ލީޑަރެއް.

ޔުއެފާގެ ރައީސް އަލެކްސަންޑަ ކެފެރިން: ފީފާގެ ނިންމުންތަކާ ދެކޮޅަށް ފާޅުގައި އަޑުއުފުއްލަވަމުންދާ ލީޑަރެއް.

ޕެރިސް (ޖުލައި 30) - ފީފާ އިން ފީފާ ފޯވާޑް އެންޓަޕްރައިސް (އެފްއެފްއީ)ގެ ނަމުގައި ތިން ވަނަ ފަރާތެއްގެ ބައިވެރިވުމާ އެކު ފަށަން ނިންމާފައިވާ، ފީފާގެ މުބާރާތްތައް ޕްރައިވަޓައިޒްކޮށް ކޮމާޝަލްކުރުމަށް ވިއްކާލުމުގެ ޕްލޭނާ އެއްގޮތަށް ކަންކަން ކޮށްފިނަމަ، ޔޫރަޕްގެ ގައުމުތަކުން ފީފާ ވޯލްްޑް ކަޕް ފުޓްބޯޅަ މުބާރާތް ބޮއިކޮޓް ކުރަން ނިންމައިފި އެވެ. 

އެފްއެފްއީގެ ކަންކަން ކުރިއަށް ހިނގައިގަތުމަށްޓަކައި، ދުނިޔޭގެ މައި ފުޓްބޯޅަ އިދާރާ ފީފާގެ މެމްބަރު 211 ގައުމުގެ ވޯޓާ އެކު ފާސްކުރަން ޖެހެ އެެވެ. އަދި، އެ ގޮތަށް ފާސްވެއްޖެނަމަ، ފީފާގެ ދަށުން ހިންގާ ހުރިހާ މުބާރާތެއް، ވޯލްޑް ކަޕް ހިމެނޭހެން، ކުރިއަށްގެންދިއުމުގައި މާލީ ނަފާ ހޯދުމުގެ ފުރުސަތު އެފްއެފްއީއާ އެކު އަންނަ އިންވެސްޓަރުންނަށް ލިބޭނެ އެވެ.

ޖުމްލަ އެކު، 20 ބިލިއަން ޑޮލަރުގެ އެފްއެފްއީ އިންވެސްޓްމަންޓް ޕްލޭނަކީ، އިންފަންޓީނޯ އާއި ޓްރަމްޕްގެ ބައިވެރިވުން އޮތް ކަމެއް ކަމަށް ފުޓްބޯޅައިގެ ތަޖުރިބާކާރުން ތުހުމަތުކުރެ އެވެ. އެއީ، ފީފާގެ ވިސްނުން ހުރީ، އެފްއެފްއީގެ މައިގަނޑު ހިއްސާދާރެއްގެ ގޮތުގައި، ޓްރަމްޕާ ގުޅުން އޮތް ކުންފުންޏެއް ކަމަށްވާ ތުރައިވް އެޓާނަލް އަށް ދޭ ގޮތަށެވެ. މިއީ، އިންފަންޓީނޯ އަށް ވެސް ކޮންމެ މަހަކު، އެތައް މިލިއަން ޑޮލަރު ފައިދާއެއް ވާނެ ޑީލެއް ކަމަށް ރިޕޯޓްތައް ބުނެ އެވެ.

Advertisement

މި ޕްރޮޕޯސަލް ފާސްކުރުމަށްޓަކައި، ފީފާއާ އެއްކޮޅަށް ވޯޓު ދޭ ކޮންމެ މެމްބަރު އެސޯސިއޭޝަނަކަށް 40 މިލިއަން ޑޮލަރު ދޭން ވެސް ތައްޔާރެވެ. އަދި، ވަކި ގޮތެއް ނިންމަން ކޮންމެ މެމްބަރު ގައުމަަކަށް ސެޕްޓެމްބަރު 19 ގެ ނިޔަލަށް މުއްދަތެއް ފީފާ އިން ވަނީ ކަނޑައަޅައިފަ އެވެ. މި ޕްރޮޕޯސަލް އިސްތިހާރު ކުރުމަށްޓަކައި، ފީފާގެ މީޑިއާ ޗެނަލް މެދުވެރިކޮށް، އިންފަންޓީނޯ ވަނީ، އެފްއެފްއީގެ ދިފާއުގައި ވާހަކަ ދައްކަވައި، މިއީ ފުޓްބޯޅަ އަށް މިހާރު ނުލިބި އޮތް ނަފާ ހޯދުަމަށްޓަކައި، ދެން އޮތް ހަރުފަތަށް ދާން އަޅާ ފިޔަވަޅެއް ކަމަށް ވިދާޅުވެފަ އެވެ. 

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އާއި ޔުއެފާގެ ރައީސް އަލެކްސަންޑަ ކެފެރިން، ޔުއެފާގެ އޯޑިނަރީ ކޮންގްރެސްގެ ތެރެއިން.
ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އާއި ޔުއެފާގެ ރައީސް އަލެކްސަންޑަ ކެފެރިން، ޔުއެފާގެ އޯޑިނަރީ ކޮންގްރެސްގެ ތެރެއިން.

ފީފާގެ މި ވާހަކަތަކާ އެކު، ޔުއެފާގެ މެމްބަރު ގައުމުތަކުން ވަނީ، އިމަޖެންސީ ބައްދަލުވުމެއް މިއަދު ބާއްވައިފަ އެވެ. އެ ބައްދަލުވުމަށް ފަހު، ޔުއެފާގެ 55 ގައުމު ތަމްސީލްކުރާ ގޮތަށް، ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ހުރިހާ ގައުމެއް ތިބީ އެކަތިގަނޑެއްގެ ގޮތުގައި ކަމަށެވެ. 

"ޔުއެފާގެ ހުރިހާ ގައުމެއް މި ތިބީ އެކުގައި، ފީފާ އިން ޕްރައިވެޓް އިންވެސްޓަރުންނަށް ފީފާ ވޯލްޑް ކަޕް ހިމެނޭހެން ފީފާގެ ހުރިހާ މުބާރާތެއްގެ ރައިޓްސް ދިނުމާ ދެކޮޅަށް ތެދުވެ. ވޯލްޑް ކަޕަކީ އިންވެސްޓްމަންޓް ޕްރޮޑަކްޓެއްގެ ގޮތުގައި އަމަލެއް ނުކުރެވޭނެ. އެއި ފުޓްބޯޅައިގެ އެންމެ ބޮޑު ލެގަސީތައް ޝާމިލުވާ ކަމެއް. އެއީ، އެތައް ޖީލެއްގެ ބައިވެރިވުމާ އެކު، ކުޅުންތެރިންނާއި ގައުމީ ޓީމުތަކުންނާއި ސަޕޯޓަރުން އެކުވެގެން ބިނާކުރި އެއްޗެއް. އޭގެ އެއްވެސް އެއްޗެއް އިންވެސްޓަރުންނަށް ވިޔަފާރި ކުރެވިގެން ނުވާނެ،" ޔުއެފާގެ ބަޔާނުގައިވެ އެވެ. 

"ވޯލްޑް ކަޕް މިއޮތީ ސޭލްގައެއް ނޫން،" 

ޔުއެފާ އިން ބުނީ، ފީފާގައި ތިބި ވަކި ބައެއް އަމިއްލަ މަންފާ ހޯދުމަށްޓަކައި، ފުޓްބޯޅަ އަށް މި ކަހަލަ ބަދަލު ގެންނަން ހުށަހެޅުން ވެސް ބަލައިނުގަނެވޭނެ ކަމަށެވެ.

ފީފާގެ ރައީސް އިންފަންޓީނޯ އާއި އެމެރިކާގެ ރައީސް، ޑޮނާލްޑް ޓްރަމްޕްގެ ދެމެދުގައި އޮތް ގުޅުމުގެ ގެއްލުން ފުޓްބޯޅަ އަށް ވަރަށް ބޮޑަށް އެބައޮތް ކަމަށް ފީފާގެ ކުރީގެ ރައީސް، ސެޕް ބްލެޓާ ވަނީ ވިދާޅުވެފަ އެވެ. ސަތާރަ އަހަރު ފީފާގެ ރައީސްކަން ކުރެއްވި ބްލެޓާ މި ގޮތަށް ވިދާޅުވީ، އޭނާ އަށް ފަހު، 2016 ވަނަ އަހަރުން ފެށިގެން ފީފާގެ ރައީސްގެ މަގާމު ފުރުއްވަމުން އަންނަ އިންފަންޓީނޯގެ ލީޑަޝިޕުން މިހާރު ކުރަން ނިންމާފައި އޮތް ޕްރައިވެޓް އިންވެސްޓްމެންޓާ ދެކޮޅަށް ވާހަކަ ދައްކަވަމުންނެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ދެ މަހުގެ މަސައްކަތުން ކޯޗު ގެރީ ބޫޓާން ގޮވައިގެން ސެމީ އަށް

އޮސްޓްރޭލިއާގެ ކޯޗު ގެރީ ފިލިޕްސް ބޫޓާންގެ ޓީމާ ހަވާލުވިތާ ދެ މަސް ތެރޭގައި، 18 އަހަރަށް ފަހު އެ ގައުމު ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށް ވަނީ ދަތުރުކޮށްފައި. ނޭޕާލުގެ ފުޓްބޯޅައިގައި ވެސް މަސައްކަތްކުރި ގެރީ ބުނި ގޮތުގައި މިއީ ކުޅުންތެރިންގެ ބުރަ މަސައްކަތުން ލިބުނު ކާމިޔާބީއެއް ކަމަށާއި، އަމާޒަކީ ސެމީގައި އިންޑިއާ ބަލިކޮށް ފައިނަލަށް ދިއުން

ހަމްޒާއެއް ނުދަންނަން: ޕާކިސްތާން ގޯލްކީޕަރު ބަޓް

ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނައިރު، އެ ޓީމުގެ ތަރި ހަމްޒާ ޗޯދުރީއާ މެދު ނުވިސްނާ ކަމަށާއި ޕާކިސްތާން ޓީމުގައި ވެސް މޮޅެތި ކުޅުންތެރިން އެބަތިބި ކަމަށް ގޯލްކީޕަރު ޔޫސުފް ބަޓް ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި ވަކި ކުޅުންތެރިއަކަށް ވުރެ މުހިންމީ މުޅި ޓީމު ކަމަށް

އެމެރިކާ ދޫކޮށް ޔުނައިޓެޑާ ހަވާލުވުން ޕޮޗެޓީނޯ އަށް ހިތްދަތި

އެމެރިކާގެ ގައުމީ ޓީމުގެ ކޯޗުކަން ދޫކޮށް މެންޗެސްޓާ ޔުނައިޓެޑާ ހަވާލުވުމަކީ ކެރިއަރުގައި ނިންމި އެންމެ ހިތްދަތި ނިންމުން ކަމަށް މައުރީސިއޯ ޕޮޗެޓީނޯ ބުނެފިއެވެ. ޔުނައިޓެޑުން 10 މިލިއަން ޑޮލަރުގެ ބަދަލެއް ދީގެން އޭނާ ގެންނަން ނިންމާފައިވާއިރު، ޕޮޗެޓީނޯ ބުނީ ޔުނައިޓެޑް ފަދަ ބޮޑު ކްލަބަކުން ލިބުނު ފުރުސަތު ދޫކޮށްލަން އުނދަގޫވީ ކަމަށެވެ. އޭނާ އެ ޓީމާ ރަސްމީކޮށް ހަވާލުވާނީ މި މަހުގެ 18 ވަނަ ދުވަހު އެމެރިކާގެ މެޗުތަކަށް ފަހުގައެވެ.

ޖަވާބު ދޭން ވެސް، ޖަވާބުދާރީކުރުވަން ވެސް އުރްބާނީ! އެފްއޭއެމް؟

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅުނު ދެ މެޗުން ބަލިވެ މުބާރާތުން ކެޓުމަކީ ތާރީޚީ ގޮތުން ރާއްޖެއަށް ކުރިމަތިވި އެންމެ ދަށް ނަތީޖާއެވެ. ކޯޗު އުރްބާނީ ވަނީ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމާއި ކޯޗުގެ މަގާމު އެކުގައި އަދާކުރަން ޖެހުމުން، ޖަވާބުދާރީކުރުވުމުގެ ނިޒާމު އޮތް ގޮތާ މެދު ސުވާލު އުފައްދާފައި

އިޓަލީން އަމިއްލަ ދަނޑުގައި 64 އަހަރަށް ފަހު ފްރާންސް ބަލިކޮށްފި

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުން ފްރާންސް އަތުން 3-1 އިން މޮޅުވެ، އިޓަލީން 64 އަހަރަށް ފަހު އަމިއްލަ ދަނޑުގައި އެ ޓީމު ބަލިކުރުމުގެ ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ފްރާންސުން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، އިޓަލީން ފަހަތުން އަރައި މެޗު ކާމިޔާބުކުރީ ޕިއޯ އެސްޕޮސީޓޯގެ ދެ ގޯލާއި ފްރަޓޭސީ ޖެހި ލަނޑުން

ގަތަރުގައި އޮތް ވޯލްޑް ކަޕުން އެމެރިކާ ނަން ނަގައިފި

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ސަލާމަތީ ނުރައްކާތަކެއް ހުރި ކަމަށް ބުނެ، ގަތަރުގައި ބާއްވާ 17 އަހަރުން ދަށުގެ ވޯލްޑް ކަޕުން އެމެރިކާ ވަކިވެއްޖެ. އެމެރިކާގެ ފުޓްބޯޅަ އިދާރާއިން މި ނިންމުން ނިންމީ އެ ސަރަހައްދަކީ މިވަގުތު އެމެރިކާގެ ޓީމަކަށް ރައްކާތެރި ތަނެއް ނޫން ކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ލަފާދީފައިވާތީ

ވެންގާ، ފީފާ ރައީސަކަށް ގެންނަން ފްރާންސުން މަސައްކަތްކުރަނީ

ފީފާގެ ރައީސްކަމަށް މަޝްހޫރު ކޯޗު އާސެން ވެންގާ ގެނައުމަށް ފްރާންސްގެ ރައީސް އެމަނުއަލް މެކްރޮން އިސްނަންގަވައިގެން އެ ގައުމުގެ ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުން. މިހާރުގެ ރައީސް އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އާއި ފްރާންސް ސަރުކާރުން ވެންގާ ނެރުމަށް ބޭނުންވި ނަމަވެސް، އޭނާ އަދި ރަސްމީކޮށް އެކަމަށް ޝައުގުވެރިކަން ފާޅެއް ނުކުރޭ

Newsletter

Get the latest news delivered straight to your inbox