ޔޫރަޕެކޭ އެއްގޮތަށް އުތުރު އެމެރިކާ އިން ވެސް ފީފާގެ ޕްލޭނަށް ނޫނެކޭ ބުނެފި

Jul 31, 2026, 10:09 AM
އުތުރު އެެމެރިކާގެ ފުޓްބޯޅަ ފެޑެރޭޝަން، ކޮންކަކަފްގެ މެމްބަރުންނާ އެކު އިންފަންޓީނޯ ފޮޓޯ އަކަށް ހުއްޓިވަޑައިގެން.

އުތުރު އެެމެރިކާގެ ފުޓްބޯޅަ ފެޑެރޭޝަން، ކޮންކަކަފްގެ މެމްބަރުންނާ އެކު އިންފަންޓީނޯ ފޮޓޯ އަކަށް ހުއްޓިވަޑައިގެން.

މަޔާމީ، ޔުނައިޓެޑް ސްޓޭޓްސް (ޖުލައި 31) - ފީފާ އިން ފީފާ ފޯވާޑް އެންޓަޕްރައިސް (އެފްއެފްއީ)ގެ ނަމުގައި ތިން ވަނަ ފަރާތެއްގެ ބައިވެރިވުމާ އެކު ފަށަން ނިންމާފައިވާ، ފީފާގެ މުބާރާތްތައް ޕްރައިވަޓައިޒްކޮށް ކޮމާޝަލްކުރުމަށް ވިއްކާލުމުގެ ޕްލޭނާ ދެކޮޅަށް އުތުރު އެމެރިކާގެ ފުޓްބޯޅައިގެ ބެލެނިވެރިފަރާތް، ކޮންކަކަފް އިން ތެދުވެއްޖެ އެވެ. 

އެފްއެފްއީގެ ކަންކަން ކުރިއަށް ހިނގައިގަތުމަށްޓަކައި، ދުނިޔޭގެ މައި ފުޓްބޯޅަ އިދާރާ ފީފާގެ މެމްބަރު 211 ގައުމުގެ ވޯޓާ އެކު ފާސްކުރަން ޖެހެ އެެވެ. އަދި، އެ ގޮތަށް ފާސްވެއްޖެނަމަ، ފީފާގެ ދަށުން ހިންގާ ހުރިހާ މުބާރާތެއް، ވޯލްޑް ކަޕް ހިމެނޭހެން، ކުރިއަށްގެންދިއުމުގައި މާލީ ނަފާ ހޯދުމުގެ ފުރުސަތު އެފްއެފްއީއާ އެކު އަންނަ އިންވެސްޓަރުންނަށް ލިބޭނެ އެވެ. ޖުމްލަ އެކު، 20 ބިލިއަން ޑޮލަރުގެ އެފްއެފްއީ އިންވެސްޓްމަންޓް ޕްލޭނަކީ، އިންފަންޓީނޯ އާއި ޓްރަމްޕްގެ ބައިވެރިވުން އޮތް ކަމެއް ކަމަށް ފުޓްބޯޅައިގެ ތަޖުރިބާކާރުން ތުހުމަތުކުރެ އެވެ. އެއީ، ފީފާގެ ވިސްނުން ހުރީ، އެފްއެފްއީގެ މައިގަނޑު ހިއްސާދާރެއްގެ ގޮތުގައި، ޓްރަމްޕާ ގުޅުން އޮތް ކުންފުންޏެއް ކަމަށްވާ ތުރައިވް އެޓާނަލް އަށް ދޭ ގޮތަށެވެ. މިއީ، އިންފަންޓީނޯ އަށް ވެސް ކޮންމެ މަހަކު، އެތައް މިލިއަން ޑޮލަރު ފައިދާއެއް ވާނެ ޑީލެއް ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ފީފާގެ ޕްލޭނާ އެއްގޮތަށް ކަންކަން ކޮށްފިނަމަ ޔޫރަޕްގެ ގައުމުތަކުން ވޯލްޑް ކަޕް ބޮއިކޮޓް ކުރަން ނިންމައިފި

ފީފާގެ މުބާރާތްތައް ޕްރައިވަޓައިޒްކޮށް ކޮމާޝަލްކުރުމަށް ހުށަހަޅާފައިވާ 20 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ޕްލޭން ފާސްކޮށްފިނަމަ، ޔޫރަޕްގެ ގައުމުތަކުން ވޯލްޑް ކަޕް ބޮއިކޮޓްކުރަން ވަނީ ނިންމާފައި. މި ޕްލޭނުން ފީފާގެ ރައީސް އިންފަންޓީނޯ އާއި އެމެރިކާގެ ރައީސް ޓްރަމްޕާ ގުޅުން އޮތް ކުންފުންޏަކަށް ބޮޑެތި ފައިދާތަކެއް ލިބޭނެ ކަމަށް ތުހުމަތުކުރެވޭ

މި ޕްރޮޕޯސަލް ފާސްކުރުމަށްޓަކައި، ފީފާއާ އެއްކޮޅަށް ވޯޓު ދޭ ކޮންމެ މެމްބަރު އެސޯސިއޭޝަނަކަށް 40 މިލިއަން ޑޮލަރު ދޭން ވެސް ތައްޔާރެވެ. އަދި، ވަކި ގޮތެއް ނިންމަން ކޮންމެ މެމްބަރު ގައުމަަކަށް ސެޕްޓެމްބަރު 19 ގެ ނިޔަލަށް މުއްދަތެއް ފީފާ އިން ވަނީ ކަނޑައަޅައިފަ އެވެ. އެއާ އެކު، ޔުއެފާ އިން ކުއްލި ބައްދަލުވުމެއް ބާއްވައި، ނިންމާފައިވަނީ، ފީފާ އިން މި ޕްލޭނާ އެއްގޮތަށް ކުރިއަށްގޮސްފިނަމަ، ޔުއެފާގެ 55 ގައުމު ފީފާ ވޯލްޑް ކަޕް ހިމެނޭހެން، ފީފާގެ މުބާރާތްތައް ބޮއިކޮޓްކުރުމަށެވެ. 

Advertisement

ޔުއެފާގެ މި ނިންމުމަށް ފަހު، 41 ގައުމު ހިމެނޭ ކޮންކަކަފް އިން ވެސް ވަނީ ބައްދަލުވުމެއް ބާއްވައިފަ އެވެ. ކޮންކަކަފްގައި ހިމެނެނީ ނޯތު އާއި ސެންޓްރަލް އެމެރިކާގެ އިތުުރުން ކެރީބިއަން ފުޓްބޯލް އެސޯސިއޭޝަން އެވެ.  ކޮންކަކަފްގެ ބައްދަލުވުމުގައި ނިންމާފައިވަނީ، ފީފާގެ މި ޕްލޭންގައި ދެފުށްފެންނަ ނިޒާމެއް ނެތްއިރު، ކަންކަން ދަނީ އޮންނަން ޖެހޭ ހަރުދަނާ އުސޫލުގެ ތެރެއިން ނޫން ކަމަށް ވާތީވެ، މި ޕްލޭނަށް ތާއީދުކުރެވެން ނެތް ކަމަށެެވެ. 

މި ޕްރޮޕޯސަލް އިސްތިހާރު ކުރުމަށްޓަކައި، ފީފާގެ މީޑިއާ ޗެނަލް މެދުވެރިކޮށް، އިންފަންޓީނޯ ވަނީ، އެފްއެފްއީގެ ދިފާއުގައި ވާހަކަ ދައްކަވައި، މިއީ ފުޓްބޯޅަ އަށް މިހާރު ނުލިބި އޮތް ނަފާ ހޯދުަމަށްޓަކައި، ދެން އޮތް ހަރުފަތަށް ދާން އަޅާ ފިޔަވަޅެއް ކަމަށް ވިދާޅުވެފަ އެވެ. 

ފީފާގެ ރައީސްކަން 2016 ވަނަ އަހަރުން ފެށިގެން ކުރައްވަމުން އަންނަ އިންފަންޓީނޯ އިސްވެ ހުށަހަޅާފައިވާ މި ޕްރޮޕޯސަލް ފާސްކުރުމަށްޓަކައި، ފީފާގައި ހިމެނޭ 211 މެމްބަރު ގައުމުތަކުގެ ތެރެއިން، 106 ގައުމު (މެމްބަރު އެސޯސިއޭޝަން)ގެ ތާއީދު ބޭނުންވާނެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ އަތުން ފަލަސްތީނަށް ބޮޑު މޮޅެއް

އޭޝިއާގެ 17 އަހަރުން ދަށުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ މެޗުން ފަލަސްތީނު ވަނީ 5-0 އިން ރާއްޖެ ބަލިކޮށްފައެވެ. ފަލަސްތީނުގެ ޒެއިން މުހައްމަދު ހެޓްރިކެއް ހެދި މި މެޗުގެ ހުރިހާ ލަނޑެއްވެސް ފެނިގެންދިޔައީ ފުރަތަމަ ހާފުގައި. މި ދެ ޓީމު ވެސް ތައްޔާރުވަނީ، އަންނަ މަހު އޮންނަ އޭއެފްސީ 17 އަަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިން އަށް.

ޒްވެރެވް، 35 އަހަރަށްފަހު ޖަރުމަނު ޓެނިސް ތާރީހު ބަދަލުކޮށްލައިފި

ޖަރުމަނުގެ އަލެކްސަންޑަ ޒްވެރެވް ދުނިޔޭގެ ޓެނިސް ރޭންކިންގެ އެއްވަނަ ކަށަވަރުކޮށް، 35 އަހަރަށް ފަހު އެ މަގާމު ހޯދި ފުރަތަމަ ޖަރުމަނު ކުޅުންތެރިޔާގެ ޝަރަފު ހޯދައިފި. މިއީ 1991 ވަނަ އަހަރު ބޮރިސް ބެކާ އެ މަގާމު ހޯދި ފަހުން ޖަރުމަނު ކުޅުންތެރިއަކު ރޭންކިންގެ އެއްވަނައަށް އެރި ފުރަތަމަ ފަހަރު.

އެޕީލް ނާކާމިޔާބު، އާސެނަލްގެ ޑައުމަން ތިން މެޗަށް ސަސްޕެންޑް!

އިނގިރޭސި ލީގު ކަޕްގައި ފްލީޓްވުޑް ޓައުންއާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ރަތް ކާޑާ ގުޅިގެން، އާސެނަލްގެ ޒުވާން ކުޅުންތެރިޔާ މެކްސް ޑައުމަން ތިން މެޗަށް ސަސްޕެންޑްކޮށްފި. މި އަދަބަށް ލުޔެއް ހޯދުމަށް އާސެނަލުން ކުރި އެޕީލް ނާކާމިޔާބުވެ، ރެފްރީގެ ނިންމުން ދަމަހައްޓަން ވަނީ ނިންމާފައި

ފެނާންޑޭސް އަތުން ބޭންޑް ނުނަގަން ޔުނައިޓެޑުން ނިންމައިފި

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު މައިކަލް ކެރިކަށް ފާޑުކިޔުމާ ގުޅިގެން ބްރޫނޯ ފެނާންޑޭސް ބެންޗަށް ބަދަލުކުރި ނަމަވެސް، އޭނާގެ އަތުން ކެޕްޓަން ބޭންޑް ނެގުމުގެ ވިސްނުމެއް ކްލަބުން ނެތްކަން ހާމަކޮށްފި. ކެރިކް ބުނިގޮތުގައި ފެނާންޑޭސްއަކީ ޓީމުގެ މުހިންމު ކުޅުންތެރިއަކަށް ވުމާއެކު، މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ އޭނާއާ އެކު ޓީމު ރަނގަޅުކުރަން

ބެލޮންޑިއޯގެ "ބޯޓް" އެވޯޑާ އެކު ރޮނާލްޑޯގެ ޝުކުރު ސަޕޯޓަރުންނަށް

ބެލޮންޑިއޯގެ 70 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އަލަށް ތައާރަފްކުރި "ބެލޮންޑިއޯ އޮފް އޯލް ޓައިމް (ބޯޓް)" އެވޯޑް، 2008 ވަނަ އަހަރުގެ ކާމިޔާބީއަށް ބިނާކޮށް ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކޮށްފި. ސަޕޯޓަރުންގެ ވޯޓުން ހޮވި މި ޝަރަފްވެރި އެވޯޑާ ގުޅިގެން ރޮނާލްޑޯ ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އޭނާގެ ސަޕޯޓަރުންނަށް ޚާއްސަ ޝުކުރެއް އަދާކޮށްފައި

ސާފްގައި އިންޑިއާގެ ފުލް ޓީމު ހަމަވަނީ ރާއްޖެ މެޗަށް

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާގެ ފުލް ޓީމު ހަމަވާނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރާއްޖެއާ ބައްދަލުކުރާ މެޗަށް. މީގެ ސަބަބަކީ ފީފާ ބްރޭކާ ދިމާކޮށް އިންޑިއާގެ ސީނިއާ ޓީމު ނިއުޒީލެންޑާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅުމާއި، ކްލަބްތަކުން ކުޅުންތެރިން ދޫކުރުމުގައި ހުރި ދަތިތަކެެއް

ވެމްކޯ ގައުމީ ފައިނަލަށް، ހުރާ އަތުން ޕޮލިސް ކަޓައިފި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުން ވެމްކޯ ޖާގަ ހޯދީ ސެމީ ފައިނަލުގައި އެމްޓީސީސީ ބަލިކުރުމަށްފަހު. އަދި ސެމީ ފައިނަލުގެ އަނެއް މެޗުން ހުރާ އަތުން ބަލިވެ ޕޮލިސް ކްލަބް ވަނީ މުބާރާތުން ކަޓާފައެވެ. ފައިނަލުގެ ފަހު ޖާގައަށް މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ހުރާ އާއި އެމްޓީސީސީ.

Newsletter

Get the latest news delivered straight to your inbox