ޓްރަމްޕާއި އިންފަންޓީނޯގެ ގުޅުމާ ހެދި ހަލާކުވަނީ ފުޓްބޯޅަ: ބްލެޓާ

Jul 29, 2026, 11:11 PM
ފީފާގެ ކުރީގެ ރައީސް ބްލެޓާ، މިދިޔަ އަހަރު ކޯޓު އަޑުއެހުމަކަށް ފަހު މީޑިއާ އަށް އިންޓަވިއުއެއް ދެނީ.

ފީފާގެ ކުރީގެ ރައީސް ބްލެޓާ، މިދިޔަ އަހަރު ކޯޓު އަޑުއެހުމަކަށް ފަހު މީޑިއާ އަށް އިންޓަވިއުއެއް ދެނީ.

ޒިއުރިކް (ޖުލައި 29) - ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އާއި އެމެރިކާގެ ރައީސް، ޑޮނާލްޑް ޓްރަމްޕްގެ ދެމެދުގައި އޮތް ގުޅުމުގެ ގެއްލުން ފުޓްބޯޅަ އަށް ވަރަށް ބޮޑަށް އެބައޮތް ކަމަށް ފީފާގެ ކުރީގެ ރައީސް، ސެޕް ބްލެޓާ ވިދާޅުވެއްޖެ އެވެ. 

ސަތާރަ އަހަރު ފީފާގެ ރައީސްކަން ކުރެއްވި ބްލެޓާ މި ގޮތަށް ވިދާޅުވީ، އޭނާ އަށް ފަހު، 2016 ވަނަ އަހަރުން ފެށިގެން ފީފާގެ ރައީސްގެ މަގާމު ފުރުއްވަމުން އަންނަ އިންފަންޓީނޯގެ ލީޑަޝިޕުން މިހާރު ކުރަން ނިންމާފައި އޮތް ޕްރައިވެޓް އިންވެސްޓްމެންޓާ ދެކޮޅަށް ވާހަކަ ދައްކަވަމުންނެވެ. 

ފީފާ އިން ފީފާ ފޯވާޑް އެންޓަޕްރައިސް (އެފްއެފްއީ)ގެ ނަމުގައި ތިން ވަނަ ފަރާތެއްގެ ބައިވެރިވުމާ އެކު ފަށަން ނިންމާފައިވާ ޖުމްލަ އެކު، 20 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ޕްލޭނަކީ، އިންފަންޓީނޯ އާއި ޓްރަމްޕްގެ ބައިވެރިވުން އޮތް ކަމެއް ކަމަށް ފުޓްބޯޅައިގެ ތަޖުރިބާކާރުން ތުހުމަތުކުރެ އެވެ. އެއީ، ފީފާގެ ވިސްނުން ހުރީ، އެފްއެފްއީގެ މައިގަނޑު ހިއްސާދާރެއްގެ ގޮތުގައި، ޓްރަމްޕާ ގުޅުން އޮތް ކުންފުންޏެއް ކަމަށްވާ ތުރައިވް އެޓާނަލް އަށް ދޭ ގޮތަށެވެ. މިއީ، އިންފަންޓީނޯ އަށް ވެސް ކޮންމެ މަހަކު، އެތައް މިލިއަން ޑޮލަރު ފައިދާއެއް ވާނެ ޑީލެއް ކަމަށް ރިޕޯޓްތައް ބުނެ އެވެ.

Advertisement

ފީފާ އިން ވޯލްޑް ކަޕްގެ ހިއްސާ ވިއްކާލާ ޕްލޭނަށް ޔުއެފާގެ އިންޒާރެއް

ފީފާ ވޯލްޑް ކަޕް ފަދަ މުބާރާތްތަކުގެ ހިއްސާ އަމިއްލަ ކުންފުނިތަކަށް ވިއްކާލުމަށް ފީފާ އިން އެކުލަވާލާފައިވާ 10 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ޕްލޭނާ ދެކޮޅަށް ޔުއެފާ އިން ތެދުވެއްޖެ. ޔުއެފާ އިން ބުނަނީ ފުޓްބޯޅައިގެ ރޫހަކީ ވިޔަފާރި އުސޫލުން ވިއްކާލަން އޮތް އެއްޗެއް ނޫން ކަމަށް

"ފީފާގެ ރައީސް އާއި އެމެރިކާގެ ރައީސްގެ ގާތް ގުޅުމުގެ ގެއްލުން ފުޓްބޯޅަ އަށް މި އޮތީ. އެއްވެސް މީހަކަށް ފުޓްބޯޅަ ވިއްކާލުމުގެ ހައްގެއް ނެތް،" ބްލެޓާ ވިދާޅުވި އެވެ. 

"ފީފާ ވޯލްޑް ކަޕަކީ ވިޔަފާރި މުދަލެއް ނޫން، އިސްވެރިންތަކެއް އަތްމަތީގައި އޮތް. އެއީ، ސަގާފަތެއްގެ ތެރެއިން މުޅި ފުޓްބޯޅައިގެ ތާރީހާ ގުޅިފައި އޮތް ކަމެއް. ފީފާ އަކީ ވޯލްޑް ކަޕްގެ ބެލެނިވެރި ފަރާތް. ވެރިންނެއް ނޫން،" 

ބްލެޓާ ވިދާޅުވީ، 17 އަހަރު ފީފާގެ ރައީސްގެ މަގާމު ފުރުއްވިއިރު، އޭނާގެ ސިކުނޑި އަށް ދުވަހަކު ވެސް ވޯލްޑް ކަޕަށް މި ފަދަ ބަދަލުތަކެއް ގެންނަން ހިޔާލެއް ވެސް ނާންނަ ކަމަށެވެ. އަދި، ރަނގަޅު ގޮތުގައި ފުޓްބޯޅަ މިދިޔަ 100 އަހަރު ވެސް ކުރިއަށްދިޔަ ސަބަބަކީ އާންމުންގެ އިތުބާރާއި އިހުތިރާމް އެ އަށް އޮތުން ކަމަށް ބްލެޓާ ވިދާޅުވި އެވެ. 

"އާންމުންގެ އިތުބާރު ފުޓްބޯޅަ އަށް، ވޯލްޑް ކަޕަށް ގެއްލޭފަދަ ކަމެއް ފީފާ އިން ކޮށްގެނެއް ނުވާނެ،" ބްލެޓާ ވިދާޅުވި އެެވެ. 

ފީފާގެ އިންވެސްޓްމަންޓް ޕްލޭން، އެފްއެފްއީގެ ކަންކަން ކުރިއަށް ހިނގައިގަތުމަށްޓަކައި، ދުނިޔޭގެ މައި ފުޓްބޯޅަ އިދާރާ ފީފާގެ މެމްބަރު 211 ގައުމުގެ ވޯޓާ އެކު ފާސްކުރަން ޖެހެ އެެވެ. އަދި، އެ ގޮތަށް ފާސްވެއްޖެނަމަ، ފީފާގެ ދަށުން ހިންގާ ހުރިހާ މުބާރާތެއް، ވޯލްޑް ކަޕް ހިމެނޭހެން، ކުރިއަށްގެންދިއުމުގައި މާލީ ނަފާ ހޯދުމުގެ ފުރުސަތު އެފްއެފްއީއާ އެކު އަންނަ އިންވެސްޓަރުންނަށް ލިބޭނެ އެވެ.

މި ޕްރޮޕޯސަލް ފާސްކުރުމަށްޓަކައި، ފީފާއާ އެއްކޮޅަށް ވޯޓު ދޭ ކޮންމެ މެމްބަރު އެސޯސިއޭޝަނަކަށް 40 މިލިއަން ޑޮލަރު ދޭން ވެސް ތައްޔާރެވެ. އަދި، ވަކި ގޮތެއް ނިންމަން ކޮންމެ މެމްބަރު ގައުމަަކަށް ސެޕްޓެމްބަރު 19 ގެ ނިޔަލަށް މުއްދަތެއް ފީފާ އިން ވަނީ ކަނޑައަޅައިފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ދެ މަހުގެ މަސައްކަތުން ކޯޗު ގެރީ ބޫޓާން ގޮވައިގެން ސެމީ އަށް

އޮސްޓްރޭލިއާގެ ކޯޗު ގެރީ ފިލިޕްސް ބޫޓާންގެ ޓީމާ ހަވާލުވިތާ ދެ މަސް ތެރޭގައި، 18 އަހަރަށް ފަހު އެ ގައުމު ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށް ވަނީ ދަތުރުކޮށްފައި. ނޭޕާލުގެ ފުޓްބޯޅައިގައި ވެސް މަސައްކަތްކުރި ގެރީ ބުނި ގޮތުގައި މިއީ ކުޅުންތެރިންގެ ބުރަ މަސައްކަތުން ލިބުނު ކާމިޔާބީއެއް ކަމަށާއި، އަމާޒަކީ ސެމީގައި އިންޑިއާ ބަލިކޮށް ފައިނަލަށް ދިއުން

ހަމްޒާއެއް ނުދަންނަން: ޕާކިސްތާން ގޯލްކީޕަރު ބަޓް

ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނައިރު، އެ ޓީމުގެ ތަރި ހަމްޒާ ޗޯދުރީއާ މެދު ނުވިސްނާ ކަމަށާއި ޕާކިސްތާން ޓީމުގައި ވެސް މޮޅެތި ކުޅުންތެރިން އެބަތިބި ކަމަށް ގޯލްކީޕަރު ޔޫސުފް ބަޓް ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި ވަކި ކުޅުންތެރިއަކަށް ވުރެ މުހިންމީ މުޅި ޓީމު ކަމަށް

އެމެރިކާ ދޫކޮށް ޔުނައިޓެޑާ ހަވާލުވުން ޕޮޗެޓީނޯ އަށް ހިތްދަތި

އެމެރިކާގެ ގައުމީ ޓީމުގެ ކޯޗުކަން ދޫކޮށް މެންޗެސްޓާ ޔުނައިޓެޑާ ހަވާލުވުމަކީ ކެރިއަރުގައި ނިންމި އެންމެ ހިތްދަތި ނިންމުން ކަމަށް މައުރީސިއޯ ޕޮޗެޓީނޯ ބުނެފިއެވެ. ޔުނައިޓެޑުން 10 މިލިއަން ޑޮލަރުގެ ބަދަލެއް ދީގެން އޭނާ ގެންނަން ނިންމާފައިވާއިރު، ޕޮޗެޓީނޯ ބުނީ ޔުނައިޓެޑް ފަދަ ބޮޑު ކްލަބަކުން ލިބުނު ފުރުސަތު ދޫކޮށްލަން އުނދަގޫވީ ކަމަށެވެ. އޭނާ އެ ޓީމާ ރަސްމީކޮށް ހަވާލުވާނީ މި މަހުގެ 18 ވަނަ ދުވަހު އެމެރިކާގެ މެޗުތަކަށް ފަހުގައެވެ.

ޖަވާބު ދޭން ވެސް، ޖަވާބުދާރީކުރުވަން ވެސް އުރްބާނީ! އެފްއޭއެމް؟

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅުނު ދެ މެޗުން ބަލިވެ މުބާރާތުން ކެޓުމަކީ ތާރީޚީ ގޮތުން ރާއްޖެއަށް ކުރިމަތިވި އެންމެ ދަށް ނަތީޖާއެވެ. ކޯޗު އުރްބާނީ ވަނީ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމާއި ކޯޗުގެ މަގާމު އެކުގައި އަދާކުރަން ޖެހުމުން، ޖަވާބުދާރީކުރުވުމުގެ ނިޒާމު އޮތް ގޮތާ މެދު ސުވާލު އުފައްދާފައި

އިޓަލީން އަމިއްލަ ދަނޑުގައި 64 އަހަރަށް ފަހު ފްރާންސް ބަލިކޮށްފި

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުން ފްރާންސް އަތުން 3-1 އިން މޮޅުވެ، އިޓަލީން 64 އަހަރަށް ފަހު އަމިއްލަ ދަނޑުގައި އެ ޓީމު ބަލިކުރުމުގެ ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ފްރާންސުން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، އިޓަލީން ފަހަތުން އަރައި މެޗު ކާމިޔާބުކުރީ ޕިއޯ އެސްޕޮސީޓޯގެ ދެ ގޯލާއި ފްރަޓޭސީ ޖެހި ލަނޑުން

ގަތަރުގައި އޮތް ވޯލްޑް ކަޕުން އެމެރިކާ ނަން ނަގައިފި

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ސަލާމަތީ ނުރައްކާތަކެއް ހުރި ކަމަށް ބުނެ، ގަތަރުގައި ބާއްވާ 17 އަހަރުން ދަށުގެ ވޯލްޑް ކަޕުން އެމެރިކާ ވަކިވެއްޖެ. އެމެރިކާގެ ފުޓްބޯޅަ އިދާރާއިން މި ނިންމުން ނިންމީ އެ ސަރަހައްދަކީ މިވަގުތު އެމެރިކާގެ ޓީމަކަށް ރައްކާތެރި ތަނެއް ނޫން ކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ލަފާދީފައިވާތީ

ވެންގާ، ފީފާ ރައީސަކަށް ގެންނަން ފްރާންސުން މަސައްކަތްކުރަނީ

ފީފާގެ ރައީސްކަމަށް މަޝްހޫރު ކޯޗު އާސެން ވެންގާ ގެނައުމަށް ފްރާންސްގެ ރައީސް އެމަނުއަލް މެކްރޮން އިސްނަންގަވައިގެން އެ ގައުމުގެ ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުން. މިހާރުގެ ރައީސް އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އާއި ފްރާންސް ސަރުކާރުން ވެންގާ ނެރުމަށް ބޭނުންވި ނަމަވެސް، އޭނާ އަދި ރަސްމީކޮށް އެކަމަށް ޝައުގުވެރިކަން ފާޅެއް ނުކުރޭ

Newsletter

Get the latest news delivered straight to your inbox