ފީފާ އިން ވޯލްޑް ކަޕްގެ ހިއްސާ ވިއްކާލާ ޕްލޭނަށް ޔުއެފާގެ އިންޒާރެއް

Jul 29, 2026, 9:04 AM
ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ، މި ފަހަރުގެ ފީފާ ވޯލްޑް ކަޕްގެ ތެރެއިން، އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕާ އެކު،

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ، މި ފަހަރުގެ ފީފާ ވޯލްޑް ކަޕްގެ ތެރެއިން، އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕާ އެކު،

ޕެރިސް (ޖުލައި 29) - ފީފާ އިން ފީފާ ފޯވާޑް އެންޓަޕްރައިސް (އެފްއެފްއީ)ގެ ނަމުގައި ތިން ވަނަ ފަރާތެއްގެ ބައިވެރިވުމާ އެކު ފަށަން ނިންމާފައިވާ 10 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ޕްލޭންގެ ދަށުން ފީފާ ވޯލްޑް ކަޕް ފަދަ މުބާރާތްތަކުގެ ހިއްސާ ވިއްކަން އެކުލަވާލާފައިވާ ޕްލޭނާ ދެކޮޅަށް ޔުއެފާ އިން ތެދުވެއްޖެ އެވެ. 

އެފްއެފްއީގެ ކަންކަން ކުރިއަށް ހިނގައިގަތުމަށްޓަކައި، ދުނިޔޭގެ މައި ފުޓްބޯޅަ އިދާރާ ފީފާގެ މެމްބަރު 211 ގައުމުގެ ވޯޓާ އެކު ފާސްކުރަން ޖެހެ އެެވެ. އަދި، އެ ގޮތަށް ފާސްވެއްޖެނަމަ، ފީފާގެ ދަށުން ހިންގާ ހުރިހާ މުބާރާތެއް، ވޯލްޑް ކަޕް ހިމެނޭހެން، ކުރިއަށްގެންދިއުމުގައި މާލީ ނަފާ ހޯދުމުގެ ފުރުސަތު އެފްއެފްއީއާ އެކު އަންނަ އިންވެސްޓަރުންނަށް ލިބޭނެ އެވެ.

ފީފާގެ ވިސްނުން ހުރީ، އެފްއެފްއީގެ މައިގަނޑު ހިއްސާދާރެއްގެ ގޮތުގައި، އެމެރިކާގެ ރައީސް، ޑޮނާލްޑް ޓްރަމްޕާ ގުޅުން އޮތް ކުންފުންޏެއް ކަމަށްވާ ތުރައިވް އެޓާނަލް އަށް ދޭ ގޮތަށެވެ. މިއީ، އިންފަންޓީނޯ އަށް ވެސް ކޮންމެ މަހަކު، އެތައް މިލިއަން ޑޮލަރު ފައިދާއެއް ވާނެ ޑީލެއް ކަމަށް ރިޕޯޓްތައް ބުނެ އެވެ. 

Advertisement

ފީފާ އިން ބުނެފައިވަނީ، އެ އިދާރާގެ ރައީސް، އިންފަންޓީނޯ އާއި އެ ފެޑެރޭޝަނުގެ ޒިންމާ އަކީ އެފްއެފްއީ  ކޮންޓްރޯލްކޮށްގެން ޑިވެލޮޕްކުރުން ކަމަށް ބުނެފަ އެވެ. ތަފްސީލީ ގޮތެއްގައި މިކަން މާނަ ކުރެވޭ ގޮތެއް ހާމަކޮށްފައެއް ނުވެ އެވެ. 

އެފްއެފްއީ އައުމާ އެކު، ގައުމުތަކަަށް އެކި ކަންކަމުގައި ލިބޭ ފަންޑު، 20 މިލިއަން ޑޮލަރާ ހަމައަށް އިތުރުކުރެވިގެންދާނެ ކަމަށެވެ. އިންފަންޓީނޯ ވިދާޅުވީ، މާލީ ގޮތުން ބަލާއިރު، އެފްއެފްއީ އައުމަކީ ގައުމުތަކުގެ ފުޓްބޯޅަ އަށް ހެޔޮ ބަދަލުތަކެއް ގެނެވޭނެ ކަމެއް ކަމަށެވެ. 

ފީފާ އިން ޕްރައިވެޓް ކުންފުނިތަކަށް ވޯލްޑް ކަޕް ފަދަ މުހިންމު ފުޓްބޯޅައިގެ އަސާސް ތައް ހިމެނޭ ޕްރޮޖެކްޓްތަކުގެ ބާރު ދޭ ގޮތަށް "ވިއްކާލަން" ތައްޔާރުކުރާ އެފްއެފްއީގެ ވިސްނުމަކީ ގޯހެއް ކަމަށް ޔޫރަޕްގެ މައި އިދާރާ ޔުއެފާ އިން ވަނީ ބުނެފަ އެވެ. އަދި، މިއީ، ފީފާ އިން އެއްވެސް ހާލަތެއްގައި ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ޔުއެފާ އިން ނެރުނު ބަޔާނުގައި ބުނެފައިވެ އެެވެ. 

"ފުޓްބޯޅައިގެ ރޫހާއި ދިރުމަކީ ވިޔަފާރި އުސޫލުން ވިއްކާލަން އޮތް އެއްޗެއް ނޫން. ހާއްސަ ގޮތެއްގައި ދެފުށްފެންނަ ނިޒާމެއްގެ ތެރެއިން ކަންކަން ނުހިނގާ ގޮތަށް ރޭވިފައި އޮތް ވިސްނުމެއްގެ ތެރެއިން އެކަން ކުރެވިގެން ނުވާނެ. އަހަރެމެންނަކީ ފުޓްބޯޅައިގެ ވެރިންނެއް ވެސް ނޫން. އަމުދުން އެއީ ފީފާ އަށް ވިއްކާލެވޭނެ އެއްޗެއް ވެސް ނޫން،" ޔުއެފާގެ ބަޔާނުގައިވެ އެވެ. 

ޔުއެފާ އިން ވަނީ މި ފަދަ ކަންކަން ފީފާ އިން ބޭނުންވާހާ ގޮތަކަށް ކުރިއަށްދާނަަމަ، ޔޫރަޕްގެ ގައުމުތަކުން ފީފާ "ބޮއިކޮޓް" ކުރުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށެވެ. 

ރިޕޯޓްތައް ބުނާގޮތުގައި، އެފްއެފްއީގެ ކަންކަން ފާސްވެއްެޖެނަމަ، ވޯލްޑް ކަޕްގައި ވާދަކުރާ ޓީމުތައް އިތުރުކުރުމާއި ކޮންމެ ހަތަރު އަހަރެއްގެ ބަދަލުގައި ކޮންމެ ދެ އަހަރަކުން ވޯލްޑް ކަޕް ބޭއްވުމުގެ ވިސްނުން ވެސް ފީފާ އިން ގެންގުޅެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ދެ މަހުގެ މަސައްކަތުން ކޯޗު ގެރީ ބޫޓާން ގޮވައިގެން ސެމީ އަށް

އޮސްޓްރޭލިއާގެ ކޯޗު ގެރީ ފިލިޕްސް ބޫޓާންގެ ޓީމާ ހަވާލުވިތާ ދެ މަސް ތެރޭގައި، 18 އަހަރަށް ފަހު އެ ގައުމު ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށް ވަނީ ދަތުރުކޮށްފައި. ނޭޕާލުގެ ފުޓްބޯޅައިގައި ވެސް މަސައްކަތްކުރި ގެރީ ބުނި ގޮތުގައި މިއީ ކުޅުންތެރިންގެ ބުރަ މަސައްކަތުން ލިބުނު ކާމިޔާބީއެއް ކަމަށާއި، އަމާޒަކީ ސެމީގައި އިންޑިއާ ބަލިކޮށް ފައިނަލަށް ދިއުން

ހަމްޒާއެއް ނުދަންނަން: ޕާކިސްތާން ގޯލްކީޕަރު ބަޓް

ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނައިރު، އެ ޓީމުގެ ތަރި ހަމްޒާ ޗޯދުރީއާ މެދު ނުވިސްނާ ކަމަށާއި ޕާކިސްތާން ޓީމުގައި ވެސް މޮޅެތި ކުޅުންތެރިން އެބަތިބި ކަމަށް ގޯލްކީޕަރު ޔޫސުފް ބަޓް ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި ވަކި ކުޅުންތެރިއަކަށް ވުރެ މުހިންމީ މުޅި ޓީމު ކަމަށް

އެމެރިކާ ދޫކޮށް ޔުނައިޓެޑާ ހަވާލުވުން ޕޮޗެޓީނޯ އަށް ހިތްދަތި

އެމެރިކާގެ ގައުމީ ޓީމުގެ ކޯޗުކަން ދޫކޮށް މެންޗެސްޓާ ޔުނައިޓެޑާ ހަވާލުވުމަކީ ކެރިއަރުގައި ނިންމި އެންމެ ހިތްދަތި ނިންމުން ކަމަށް މައުރީސިއޯ ޕޮޗެޓީނޯ ބުނެފިއެވެ. ޔުނައިޓެޑުން 10 މިލިއަން ޑޮލަރުގެ ބަދަލެއް ދީގެން އޭނާ ގެންނަން ނިންމާފައިވާއިރު، ޕޮޗެޓީނޯ ބުނީ ޔުނައިޓެޑް ފަދަ ބޮޑު ކްލަބަކުން ލިބުނު ފުރުސަތު ދޫކޮށްލަން އުނދަގޫވީ ކަމަށެވެ. އޭނާ އެ ޓީމާ ރަސްމީކޮށް ހަވާލުވާނީ މި މަހުގެ 18 ވަނަ ދުވަހު އެމެރިކާގެ މެޗުތަކަށް ފަހުގައެވެ.

ޖަވާބު ދޭން ވެސް، ޖަވާބުދާރީކުރުވަން ވެސް އުރްބާނީ! އެފްއޭއެމް؟

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅުނު ދެ މެޗުން ބަލިވެ މުބާރާތުން ކެޓުމަކީ ތާރީޚީ ގޮތުން ރާއްޖެއަށް ކުރިމަތިވި އެންމެ ދަށް ނަތީޖާއެވެ. ކޯޗު އުރްބާނީ ވަނީ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމާއި ކޯޗުގެ މަގާމު އެކުގައި އަދާކުރަން ޖެހުމުން، ޖަވާބުދާރީކުރުވުމުގެ ނިޒާމު އޮތް ގޮތާ މެދު ސުވާލު އުފައްދާފައި

އިޓަލީން އަމިއްލަ ދަނޑުގައި 64 އަހަރަށް ފަހު ފްރާންސް ބަލިކޮށްފި

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުން ފްރާންސް އަތުން 3-1 އިން މޮޅުވެ، އިޓަލީން 64 އަހަރަށް ފަހު އަމިއްލަ ދަނޑުގައި އެ ޓީމު ބަލިކުރުމުގެ ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ފްރާންސުން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، އިޓަލީން ފަހަތުން އަރައި މެޗު ކާމިޔާބުކުރީ ޕިއޯ އެސްޕޮސީޓޯގެ ދެ ގޯލާއި ފްރަޓޭސީ ޖެހި ލަނޑުން

ގަތަރުގައި އޮތް ވޯލްޑް ކަޕުން އެމެރިކާ ނަން ނަގައިފި

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ސަލާމަތީ ނުރައްކާތަކެއް ހުރި ކަމަށް ބުނެ، ގަތަރުގައި ބާއްވާ 17 އަހަރުން ދަށުގެ ވޯލްޑް ކަޕުން އެމެރިކާ ވަކިވެއްޖެ. އެމެރިކާގެ ފުޓްބޯޅަ އިދާރާއިން މި ނިންމުން ނިންމީ އެ ސަރަހައްދަކީ މިވަގުތު އެމެރިކާގެ ޓީމަކަށް ރައްކާތެރި ތަނެއް ނޫން ކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ލަފާދީފައިވާތީ

ވެންގާ، ފީފާ ރައީސަކަށް ގެންނަން ފްރާންސުން މަސައްކަތްކުރަނީ

ފީފާގެ ރައީސްކަމަށް މަޝްހޫރު ކޯޗު އާސެން ވެންގާ ގެނައުމަށް ފްރާންސްގެ ރައީސް އެމަނުއަލް މެކްރޮން އިސްނަންގަވައިގެން އެ ގައުމުގެ ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުން. މިހާރުގެ ރައީސް އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އާއި ފްރާންސް ސަރުކާރުން ވެންގާ ނެރުމަށް ބޭނުންވި ނަމަވެސް، އޭނާ އަދި ރަސްމީކޮށް އެކަމަށް ޝައުގުވެރިކަން ފާޅެއް ނުކުރޭ

Newsletter

Get the latest news delivered straight to your inbox