ފީފާގެ ރައީސް އިންފަންޓީނޯގެ ސީނިއާ އެޑްވައިޒަރު ކޯޑެއިރޯ އިސްތިއުފާދީފި

Jul 31, 2026, 4:06 PM
ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯގެ ސީނިއާ އެޑްވައިޒަރު، ކާލޯސް ކޯޑެއިރޯ

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯގެ ސީނިއާ އެޑްވައިޒަރު، ކާލޯސް ކޯޑެއިރޯ

ޒިއުރިކް، ސްވިޒަލެންޑް (ޖުލައި 31) - އަމިއްލަ އިންވެސްޓަރުންނަށް ފީފާގެ މުބާރާތްތަކުގެ ކޮންޓްރޯލް ލިބޭ ގޮތަށް ފަށަން ފީފާ އިން މަސައްކަތް ކުރަމުން އަންނަ، ފީފާ ފޯވާޑް އެންޓަޕްރައިސް (އެފްއެފްއީ)އާ ދެކޮޅު ހަދައި، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯގެ ސީނިއާ އެޑްވައިޒަރު، ކާލޯސް ކޯޑެއިރޯ މަގާމުން އިސްތިއުފާދީފި އެވެ. 

އިންފަންޓީނޯއާ އެކު ގިނަ އަހަރުތަކެއް ވަންދެން މަސައްކަތްކުރެއްވި ކޯޑެއިރޯ މަގާމުން ވަކިވިކަން އިއުލާނުކުރެއްވުމަށް ފަހު ވިދާޅުވީ، ފިފާގެ ސީނިއާ އެޑްވައިޒަރެއްގެ މަގާމުގައި ހުރުމުގެ އިތުރުން، އޭނާ އަކީ މީގެ ކުރިން ބޭންކިންގެ ދާއިރާގައި މަސައްކަތްކޮށްފައިވާ ފަރާތެއް ކަމަށެވެ. އަދި، އެ ދެ މަގާމުގެ ޒިންމާ އަދާކުރިއިރާއި މިހާރު ވެސް އޭނާ އަކީ ފުޓްބޯޅަ އަށް ހާއްސަ އަހައްމިއްޔަތުކަމެއް ދޭ ސަޕޯޓަރެއް ކަމަށްވާއިރު، ފީފާ ވޯލްޑް ކަޕްގެ ބައެއް ވިއްކާލަން އުޅޭ އުސޫލު ބަލައިގަންނަން އުނދަގޫ ކަމަށް ކޯޑެއިރޯ ވިދާޅުވި އެވެ. 

"ވަރަށް ސާފުކޮށް މި ހާމަކުރަނީ، މި ޕްރޮޕޯސަލްގައި އަހަރެންގެ އެއްވެސް ބައިވެރިވުމެއް ނެތް. އަހަރެން މިކަމާ އަބަދުވެސް ދެކޮޅު. މިއީ ފީފާ މެމްބަރު އެސޯސިއޭޝަންތަކަށް ވެސް ރަނގަޅު ކަމެއް ނޫން. މުޅި ފުޓްބޯޅަ އަށް ވެސް ގޯސް ޑީލެއް. ފުޓްބޯޅައިގެ މުސްތަގުބަލަށް އޮތް ނުރައްކަލެއް،" ކޯޑެއިރޯ ވިދާޅުވި އެވެ. 

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯގެ ސީނިއާ އެޑްވައިޒަރު، ކާލޯސް ކޯޑެއިރޯ
ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯގެ ސީނިއާ އެޑްވައިޒަރު، ކާލޯސް ކޯޑެއިރޯ

އެފްއެފްއީގެ ކަންކަން ކުރިއަށް ހިނގައިގަތުމަށްޓަކައި، ދުނިޔޭގެ މައި ފުޓްބޯޅަ އިދާރާ ފީފާގެ މެމްބަރު 211 ގައުމުގެ ވޯޓާ އެކު ފާސްކުރަން ޖެހެ އެެވެ. އަދި، އެ ގޮތަށް ފާސްވެއްޖެނަމަ، ފީފާގެ ދަށުން ހިންގާ ހުރިހާ މުބާރާތެއް، ވޯލްޑް ކަޕް ހިމެނޭހެން، ކުރިއަށްގެންދިއުމުގައި މާލީ ނަފާ ހޯދުމުގެ ފުރުސަތު އެފްއެފްއީއާ އެކު އަންނަ އިންވެސްޓަރުންނަށް ލިބޭނެ އެވެ.

ޖުމްލަ އެކު، 20 ބިލިއަން ޑޮލަރުގެ އެފްއެފްއީ އިންވެސްޓްމަންޓް ޕްލޭނަކީ، އިންފަންޓީނޯ އާއި ޓްރަމްޕްގެ ބައިވެރިވުން އޮތް ކަމެއް ކަމަށް ފުޓްބޯޅައިގެ ތަޖުރިބާކާރުން ތުހުމަތުކުރެ އެވެ. އެއީ، ފީފާގެ ވިސްނުން ހުރީ، އެފްއެފްއީގެ މައިގަނޑު ހިއްސާދާރެއްގެ ގޮތުގައި، ޓްރަމްޕާ ގުޅުން އޮތް ކުންފުންޏެއް ކަމަށްވާ ތުރައިވް އެޓާނަލް އަށް ދޭ ގޮތަށެވެ. މިއީ، އިންފަންޓީނޯ އަށް ވެސް ކޮންމެ މަހަކު، އެތައް މިލިއަން ޑޮލަރު ފައިދާއެއް ވާނެ ޑީލެއް ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ފީފާ އިން ތައާރަފްކުރާ އެފްއެފްއީ ޕްރޮޕޯސަލް ފާސްކުރުމަށްޓަކައި، ފީފާއާ އެއްކޮޅަށް ވޯޓު ދޭ ކޮންމެ މެމްބަރު އެސޯސިއޭޝަނަކަށް، މުޅި އަހަރަށް ބަހާލައިގެން 40 މިލިއަން ޑޮލަރު ދޭން ވެސް ފީފާގެ ޕްލޭނުގައިވެ އެވެ. ފީފާގެ މި ހުށަހެޅުމަށް ވަކި ގޮތެއް ނިންމަން ކޮންމެ މެމްބަރު ގައުމަަކަށް ސެޕްޓެމްބަރު 19 ގެ ނިޔަލަށް މުއްދަތެއް ފީފާ އިން ވަނީ ކަނޑައަޅައިފަ އެވެ. މި ޑީލާ ދެކޮޅަށް، ޔޫރަޕްގެ މައި ފުޓްބޯޅަ އިދާރާ، ޔުއެފާ އާއި އުތުރު/ސެންޓްރަލް އެމެރިކާގެ ފުޓްބޯޅަ އިދާރާ، ކޮންކަކަފް އަދި، އޭޝިއާގެ މައި ފުޓްބޯޅަ އިދާރާ އޭއެފްސީން ވަނީ ދެކޮޅު ހަދައިފަ އެވެ. މާނަ އަކީ މިހާރު ވެސް ފީފާގެ މެމްބަރު 100 އަށް ވުރެން ގިނަ ގައުމު، ފީފާގެ މި ޕްރޮޕޯސަލާ ދެކޮޅުވީ އެވެ. 

އޭޝިއާގެ ފުޓްބޯޅަ އިދާރާ އޭއެފްސީން ވެސް ނުކުތީ ފީފާގެ ޕްލޭނާ ދެކޮޅަށް

ފީފާގެ މުބާރާތްތަކުގެ ކޮންޓްރޯލް އަމިއްލަ އިންވެސްޓަރުންނަށް ލިބޭ ގޮތަށް ހުށަހަޅާފައިވާ "ފީފާ ފޯވާޑް އެންޓަޕްރައިސް" ޕްލޭނާ ދެކޮޅަށް އޭޝިއާގެ ފުޓްބޯޅަ އިދާރާ (އޭއެފްސީ) އިން ތެދުވެއްޖެ. ޔުއެފާ އާއި ކޮންކަކަފް އިން ވެސް މި ޕްލޭނާ ދެކޮޅު ހަދާފައިވާއިރު، މިއީ ދެފުށް ފެންނަ ނިޒާމެއް ނޫން ކަމަށާއި މީގެ ސަބަބުން ވަކި ބަޔަކަށް ނާޖާއިޒު ފައިދާ ލިބޭ

ކޯޑެއިރޯ ވިދާޅުވީ، ފީފާ އަށް މިހާރު ވެސް އަމިއްލަ އަށް އެތައް ބިލިއަން ޑޮލަރެއްގެ އާމްދަނީ ލިބެމުން އަންނައިރު، އަމިއްލަ އިންވެސްޓަރުންނަށް ޖާގަ ދޭން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. 

"ފުޓްބޯޅައިގެ ތެރޭގައި އަހަރެންގެ ހަޔާތުގެ. ބޮޑުބައި މި ހޭދަވީ. އަދި ބޭންކިން ދާއިރާގައި އަހަރެންގެ 35 އަހަރުގެ ތަޖުރިބާ ވެސް އެބަހުރި. އެހެންވީމަ، ފުޓްބޯޅަ އާއި ބޭންކިންގެ ތަޖުރިބާ އަހަންނަށް ވަރަށް ރަނގަޅަށް ލިބިފައި މި ހުރީ. މި ކަންކަމުން އަހަންނަށް ދަސްވި އެންމެ ބޮޑު ކަަމަކީ، ލިބިފައި ހުންނަ އެސެޓްތަކެއް ރައްކާކުރުން. އެ ކަންކަމަށް ބަލާފައި ފީފާގެ މި ޕްރޮޕޯސަލާ އަހަރެން ދެކޮޅު ހަދަނީ،" ކޯޑެއިރޯ ވިދާޅުވި އެވެ. 

އެފްއެފްއީގެ ދިފާއުގައި އިންފަންޓީނޯ ވިދާޅުވަނީ އިތުރު އިންވެސްޓްމަންޓްތައް ފުޓްބޯޅަ އަށް ގެނެސްދޭނެ ކަމަށެވެ. އެކަމާ ބެހޭގޮތުން ކޯޑެއިރޯ ވިދާޅުވީ، ހަގީގަތަކީ، އިތުރު އިންވެސްޓަރުން ބައިވެރިނުކޮށް ވެސް ފީފާގެ ކިބައިގައި މެމްބަރު އެސޯސިއޭޝަންތަކަށް އެތައް މިލިއަން ޑޮލަރަކުން އެހީތެރިވެވޭނެ ގާބިލުކަން އެބަހުރި ކަމަށެވެ. 

އެ ގޮތުން، އެންމެ ފަހުން ބޭއްވި ދެ ފީފާ ވޯލްޑް ކަޕްގެ ދެމެދުގައި، ފީފާ އަށް 15 ބިލިއަން ޑޮލަރުގެ އާމްދަނީ އެއް ލިބިފައިވާކަން އިންފަންޓީނޯ އަމިއްލަ އަށް އިއުލާންކުރައްވާފައިވާ ކަމަށް ކޯޑެއިރޯ ވިދާޅުވި އެވެ. އަދި، ކަންކަން މިހެން އޮތްއިރު، 4.2 ބިލިއަން ޑޮލަރު އިތުރަށް ހޯދުމަށްޓަކައި، އަމިއްލަ އިންވެސްޓަރުންނަށް ފީފާގެ މުބާރާތްތަކުގައި ބައިވެރިވެ، މާލީ ނަފާ ހޯދަން ދޮރު ހުޅުވޭ ގޮތަށް ހިއްސާއެއް ވިއްކާލުން ބަަަލައިނުގަނެވޭނެ ކަމަށް ވެސް ކޯޑެއިރޯ ފާހަގަކުރެއްވި އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ އަތުން ފަލަސްތީނަށް ބޮޑު މޮޅެއް

އޭޝިއާގެ 17 އަހަރުން ދަށުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ މެޗުން ފަލަސްތީނު ވަނީ 5-0 އިން ރާއްޖެ ބަލިކޮށްފައެވެ. ފަލަސްތީނުގެ ޒެއިން މުހައްމަދު ހެޓްރިކެއް ހެދި މި މެޗުގެ ހުރިހާ ލަނޑެއްވެސް ފެނިގެންދިޔައީ ފުރަތަމަ ހާފުގައި. މި ދެ ޓީމު ވެސް ތައްޔާރުވަނީ، އަންނަ މަހު އޮންނަ އޭއެފްސީ 17 އަަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިން އަށް.

ޒްވެރެވް، 35 އަހަރަށްފަހު ޖަރުމަނު ޓެނިސް ތާރީހު ބަދަލުކޮށްލައިފި

ޖަރުމަނުގެ އަލެކްސަންޑަ ޒްވެރެވް ދުނިޔޭގެ ޓެނިސް ރޭންކިންގެ އެއްވަނަ ކަށަވަރުކޮށް، 35 އަހަރަށް ފަހު އެ މަގާމު ހޯދި ފުރަތަމަ ޖަރުމަނު ކުޅުންތެރިޔާގެ ޝަރަފު ހޯދައިފި. މިއީ 1991 ވަނަ އަހަރު ބޮރިސް ބެކާ އެ މަގާމު ހޯދި ފަހުން ޖަރުމަނު ކުޅުންތެރިއަކު ރޭންކިންގެ އެއްވަނައަށް އެރި ފުރަތަމަ ފަހަރު.

އެޕީލް ނާކާމިޔާބު، އާސެނަލްގެ ޑައުމަން ތިން މެޗަށް ސަސްޕެންޑް!

އިނގިރޭސި ލީގު ކަޕްގައި ފްލީޓްވުޑް ޓައުންއާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ރަތް ކާޑާ ގުޅިގެން، އާސެނަލްގެ ޒުވާން ކުޅުންތެރިޔާ މެކްސް ޑައުމަން ތިން މެޗަށް ސަސްޕެންޑްކޮށްފި. މި އަދަބަށް ލުޔެއް ހޯދުމަށް އާސެނަލުން ކުރި އެޕީލް ނާކާމިޔާބުވެ، ރެފްރީގެ ނިންމުން ދަމަހައްޓަން ވަނީ ނިންމާފައި

ފެނާންޑޭސް އަތުން ބޭންޑް ނުނަގަން ޔުނައިޓެޑުން ނިންމައިފި

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު މައިކަލް ކެރިކަށް ފާޑުކިޔުމާ ގުޅިގެން ބްރޫނޯ ފެނާންޑޭސް ބެންޗަށް ބަދަލުކުރި ނަމަވެސް، އޭނާގެ އަތުން ކެޕްޓަން ބޭންޑް ނެގުމުގެ ވިސްނުމެއް ކްލަބުން ނެތްކަން ހާމަކޮށްފި. ކެރިކް ބުނިގޮތުގައި ފެނާންޑޭސްއަކީ ޓީމުގެ މުހިންމު ކުޅުންތެރިއަކަށް ވުމާއެކު، މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ އޭނާއާ އެކު ޓީމު ރަނގަޅުކުރަން

ބެލޮންޑިއޯގެ "ބޯޓް" އެވޯޑާ އެކު ރޮނާލްޑޯގެ ޝުކުރު ސަޕޯޓަރުންނަށް

ބެލޮންޑިއޯގެ 70 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އަލަށް ތައާރަފްކުރި "ބެލޮންޑިއޯ އޮފް އޯލް ޓައިމް (ބޯޓް)" އެވޯޑް، 2008 ވަނަ އަހަރުގެ ކާމިޔާބީއަށް ބިނާކޮށް ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކޮށްފި. ސަޕޯޓަރުންގެ ވޯޓުން ހޮވި މި ޝަރަފްވެރި އެވޯޑާ ގުޅިގެން ރޮނާލްޑޯ ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އޭނާގެ ސަޕޯޓަރުންނަށް ޚާއްސަ ޝުކުރެއް އަދާކޮށްފައި

ސާފްގައި އިންޑިއާގެ ފުލް ޓީމު ހަމަވަނީ ރާއްޖެ މެޗަށް

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާގެ ފުލް ޓީމު ހަމަވާނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރާއްޖެއާ ބައްދަލުކުރާ މެޗަށް. މީގެ ސަބަބަކީ ފީފާ ބްރޭކާ ދިމާކޮށް އިންޑިއާގެ ސީނިއާ ޓީމު ނިއުޒީލެންޑާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅުމާއި، ކްލަބްތަކުން ކުޅުންތެރިން ދޫކުރުމުގައި ހުރި ދަތިތަކެެއް

ވެމްކޯ ގައުމީ ފައިނަލަށް، ހުރާ އަތުން ޕޮލިސް ކަޓައިފި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުން ވެމްކޯ ޖާގަ ހޯދީ ސެމީ ފައިނަލުގައި އެމްޓީސީސީ ބަލިކުރުމަށްފަހު. އަދި ސެމީ ފައިނަލުގެ އަނެއް މެޗުން ހުރާ އަތުން ބަލިވެ ޕޮލިސް ކްލަބް ވަނީ މުބާރާތުން ކަޓާފައެވެ. ފައިނަލުގެ ފަހު ޖާގައަށް މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ހުރާ އާއި އެމްޓީސީސީ.

Newsletter

Get the latest news delivered straight to your inbox