އޭޝިއާގެ ފުޓްބޯޅަ އިދާރާ އޭއެފްސީން ވެސް ނުކުތީ ފީފާގެ ޕްލޭނާ ދެކޮޅަށް

Jul 31, 2026, 1:59 PM
އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (އޭއެފްސީ)ގެ ކޮންގްރެސްގެ ތެެރެއިން: އޭއެފްސީގެ ރައީސް ޝެއިހް ސަލްމާން ވާހަކަ ދައްކަވަނީ.

އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (އޭއެފްސީ)ގެ ކޮންގްރެސްގެ ތެެރެއިން: އޭއެފްސީގެ ރައީސް ޝެއިހް ސަލްމާން ވާހަކަ ދައްކަވަނީ.

ކުއަލަ ލަމްޕޫރު، މެލޭޝިއާ (ޖުލައި 31) - އަމިއްލަ އިންވެސްޓަރުންނަށް ފީފާގެ މުބާރާތްތަކުގެ ކޮންޓްރޯލް ލިބޭ ގޮތަށް ފަށަން ފީފާ އިން މަސައްކަތް ކުރަމުން އަންނަ، ފީފާ ފޯވާޑް އެންޓަޕްރައިސް (އެފްއެފްއީ)އާ ދެކޮޅަށް އޭޝިއާގެ މައި ފުޓްބޯޅަ އިދާރާ، އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ) އިން ވެސް ތެދުވެއްޖެ އެވެ. 

އެފްއެފްއީގެ ކަންކަން ކުރިއަށް ހިނގައިގަތުމަށްޓަކައި، ދުނިޔޭގެ މައި ފުޓްބޯޅަ އިދާރާ ފީފާގެ މެމްބަރު 211 ގައުމުގެ ވޯޓާ އެކު ފާސްކުރަން ޖެހެ އެެވެ. އަދި، އެ ގޮތަށް ފާސްވެއްޖެނަމަ، ފީފާގެ ދަށުން ހިންގާ ހުރިހާ މުބާރާތެއް، ވޯލްޑް ކަޕް ހިމެނޭހެން، ކުރިއަށްގެންދިއުމުގައި މާލީ ނަފާ ހޯދުމުގެ ފުރުސަތު އެފްއެފްއީއާ އެކު އަންނަ އިންވެސްޓަރުންނަށް ލިބޭނެ އެވެ.

ޖުމްލަ އެކު، 20 ބިލިއަން ޑޮލަރުގެ އެފްއެފްއީ އިންވެސްޓްމަންޓް ޕްލޭނަކީ، އިންފަންޓީނޯ އާއި ޓްރަމްޕްގެ ބައިވެރިވުން އޮތް ކަމެއް ކަމަށް ފުޓްބޯޅައިގެ ތަޖުރިބާކާރުން ތުހުމަތުކުރެ އެވެ. އެއީ، ފީފާގެ ވިސްނުން ހުރީ، އެފްއެފްއީގެ މައިގަނޑު ހިއްސާދާރެއްގެ ގޮތުގައި، ޓްރަމްޕާ ގުޅުން އޮތް ކުންފުންޏެއް ކަމަށްވާ ތުރައިވް އެޓާނަލް އަށް ދޭ ގޮތަށެވެ. މިއީ، އިންފަންޓީނޯ އަށް ވެސް ކޮންމެ މަހަކު، އެތައް މިލިއަން ޑޮލަރު ފައިދާއެއް ވާނެ ޑީލެއް ކަމަށް ރިޕޯޓްތައް ބުނެ އެވެ.

Advertisement

ޔޫރަޕެކޭ އެއްގޮތަށް އުތުރު އެމެރިކާ އިން ވެސް ފީފާގެ ޕްލޭނަށް ނޫނެކޭ ބުނެފި

ފީފާގެ މުބާރާތްތައް ޕްރައިވަޓައިޒްކޮށް ކޮމާޝަލްކުރުމަށް ހުށަހަޅާފައިވާ 20 ބިލިއަން ޑޮލަރުގެ ޕްލޭނާ ދެކޮޅަށް ޔޫރަޕްގެ އިތުރުން އުތުރު އެމެރިކާގެ ފުޓްބޯޅަ އިދާރާ (ކޮންކަކަފް) އިން ވެސް ތެދުވެއްޖެ. މި ޕްލޭނަކީ ދެފުށް ފެންނަ ހަރުދަނާ އުސޫލެއް ނެތް ކަމެއް ކަމަށް ޔޫރަޕާއި ކޮންކަކަފްގެ ގައުމުތަކުން ވަނީ ބުނެފައި.

ފީފާގެ މި ޕްލޭނާ ދެކޮޅަށް އެންމެ ފުރަތަމަ ނުކުތް ޔޫރަޕްގެ މައި ފުޓްބޯޅަ އިދާރާ، ޔުއެފާ އިން ވަނީ، މިހާރު އޮތްގޮތަށް ކަންކަން ކުރިއަށްގޮސްފިނަމަ، ޔޫރަޕުން ފީފާ ވޯލްޑް ކަޕް ހިމެނޭހެން އެ އިދާރާ އިން ބާއްވާ ހުރިހާ މުބާރާތެއް ބޮއިކޮޓްކުރާނެ ކަމަށް ބުނެފަ އެވެ. ޔުއެފާގެ މި ނިންމުމަށް ފަހު، 41 ގައުމު ހިމެނޭ ކޮންކަކަފް އިން ވެސް ވަނީ ބައްދަލުވުމެއް ބާއްވައިފަ އެވެ. ކޮންކަކަފްގައި ހިމެނެނީ ނޯތު އާއި ސެންޓްރަލް އެމެރިކާގެ އިތުުރުން ކެރީބިއަން ފުޓްބޯލް އެސޯސިއޭޝަން އެވެ. ކޮންކަކަފްގެ ބައްދަލުވުމުގައި ނިންމާފައިވަނީ، ފީފާގެ މި ޕްލޭންގައި ދެފުށްފެންނަ ނިޒާމެއް ނެތްއިރު، ކަންކަން ދަނީ އޮންނަން ޖެހޭ ހަރުދަނާ އުސޫލުގެ ތެރެއިން ނޫން ކަމަށް ވާތީވެ، މި ޕްލޭނަށް ތާއީދުކުރެވެން ނެތް ކަމަށެެވެ.

ޔުއެފާ އާއި ކޮންކަކަފްގެ ނިންމުމަށް ފަހު، ތިން ވަނަ ފެޑެރޭޝަނަކަށް ގޮތް ނިންމާފައި މި ވަނީ އޭއެފްސީންނެވެ. އޭއެފްސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެފްއެފްއީގެ މި ޕްރޮޕޯސަލާ ދެކޮޅަށް ޔުއެފާ އާއި ކޮންކަކަފްގެ ނިންމުމަށް އޭއެފްސީން ތާއީދުކޮށް، އެ ދެ ފެޑެރޭޝަނާ އެކު ސާބިތުވެ ހުރި ކަމަށެވެ. 

"ހާލަތު މިހާ ސީރިއަސްވެ، ފީފާ ވޯލްޑް ކަޕް ބޮއިކޮޓް ކުރާ ހިސާބަަށް ދިއުމަކީ އާންމުންގެ މެދުގައި ވެސް މިކަމަށް ވަރަށް ބޮޑު ސަމާލުކަމެއް ހުއްޓޭނެ ކަމެއް. ފުޓްބޯޅައިގެ މުސްތަގުބަލަށްޓަކައި ބިރު ހީވެ، އެންމެން ވެސް ފުން ނަޒަރަކުން ވިސްނަން ފަށާ ފަދަ ހާލަތަކަށް ކަންކަން ގެންދިއުން ރަނގަޅެއް ނޫން،" ޖުމްލަ އެކު 46 ގައުމު ތަމްސީލް ކުރާ އޭއެފްސީގެ ބަޔާނުގައިވެ އެވެ. 

ފީފާ އިން ތައާރަފްކުރާ އެފްއެފްއީ ޕްރޮޕޯސަލް ފާސްކުރުމަށްޓަކައި، ފީފާއާ އެއްކޮޅަށް ވޯޓު ދޭ ކޮންމެ މެމްބަރު އެސޯސިއޭޝަނަކަށް، މުޅި އަހަރަށް ބަހާލައިގެން 40 މިލިއަން ޑޮލަރު ދޭން ވެސް ފީފާގެ ޕްލޭނުގައިވެ އެވެ. ފީފާގެ މި ހުށަހެޅުމަށް ވަކި ގޮތެއް ނިންމަން ކޮންމެ މެމްބަރު ގައުމަަކަށް ސެޕްޓެމްބަރު 19 ގެ ނިޔަލަށް މުއްދަތެއް ފީފާ އިން ވަނީ ކަނޑައަޅައިފަ އެވެ. 

ކޮންކަކަފް އާއި ޔުއެފާ އިން ޕްލޭނާ ދެކޮޅަށް ނުކުތުމާ އެކު، ފީފާ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެފްއެފްއީގެ ކަންކަން ބައެއް މީޑިއާ ރިޕޯޓްތަކުން އޮޅުވާލަމުން އަންނަ ކަމަށާއި ވޯލްޑް ކަޕް ވިއްކާލަން ފީފާ އިން ނޫޅޭ ކަމަށެވެ. އަދި، ކޮންމެ ފެޑެރޭޝަނަކީ ވެސް ފީފާގެ ވަކި ސަހުސެއް ކަމަށާއި އެ ގޮތުން، ފެޑެރޭޝަނުން ގައުމުތައް ތަމްސީލްކުރާ ގޮތަށް، އެފްއެފްއީގެ ކަންކަމުގައި ބަސްނުބުނެވޭނެ ކަމަށެވެ. އެ ގޮތުން، އެފްއެފްއީއާ މެދު ވަކިން މެމްބަރު އެސޯސިއޭޝަނަށް ގޮތް ނިންމުމުގެ އިހުތިޔާރު އޮންނާނެ ކަމަށް ފީފާގެ ބަޔާނުގައި ވަނީ ބުނެފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ އަތުން ފަލަސްތީނަށް ބޮޑު މޮޅެއް

އޭޝިއާގެ 17 އަހަރުން ދަށުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ މެޗުން ފަލަސްތީނު ވަނީ 5-0 އިން ރާއްޖެ ބަލިކޮށްފައެވެ. ފަލަސްތީނުގެ ޒެއިން މުހައްމަދު ހެޓްރިކެއް ހެދި މި މެޗުގެ ހުރިހާ ލަނޑެއްވެސް ފެނިގެންދިޔައީ ފުރަތަމަ ހާފުގައި. މި ދެ ޓީމު ވެސް ތައްޔާރުވަނީ، އަންނަ މަހު އޮންނަ އޭއެފްސީ 17 އަަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިން އަށް.

ޒްވެރެވް، 35 އަހަރަށްފަހު ޖަރުމަނު ޓެނިސް ތާރީހު ބަދަލުކޮށްލައިފި

ޖަރުމަނުގެ އަލެކްސަންޑަ ޒްވެރެވް ދުނިޔޭގެ ޓެނިސް ރޭންކިންގެ އެއްވަނަ ކަށަވަރުކޮށް، 35 އަހަރަށް ފަހު އެ މަގާމު ހޯދި ފުރަތަމަ ޖަރުމަނު ކުޅުންތެރިޔާގެ ޝަރަފު ހޯދައިފި. މިއީ 1991 ވަނަ އަހަރު ބޮރިސް ބެކާ އެ މަގާމު ހޯދި ފަހުން ޖަރުމަނު ކުޅުންތެރިއަކު ރޭންކިންގެ އެއްވަނައަށް އެރި ފުރަތަމަ ފަހަރު.

އެޕީލް ނާކާމިޔާބު، އާސެނަލްގެ ޑައުމަން ތިން މެޗަށް ސަސްޕެންޑް!

އިނގިރޭސި ލީގު ކަޕްގައި ފްލީޓްވުޑް ޓައުންއާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ރަތް ކާޑާ ގުޅިގެން، އާސެނަލްގެ ޒުވާން ކުޅުންތެރިޔާ މެކްސް ޑައުމަން ތިން މެޗަށް ސަސްޕެންޑްކޮށްފި. މި އަދަބަށް ލުޔެއް ހޯދުމަށް އާސެނަލުން ކުރި އެޕީލް ނާކާމިޔާބުވެ، ރެފްރީގެ ނިންމުން ދަމަހައްޓަން ވަނީ ނިންމާފައި

ފެނާންޑޭސް އަތުން ބޭންޑް ނުނަގަން ޔުނައިޓެޑުން ނިންމައިފި

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު މައިކަލް ކެރިކަށް ފާޑުކިޔުމާ ގުޅިގެން ބްރޫނޯ ފެނާންޑޭސް ބެންޗަށް ބަދަލުކުރި ނަމަވެސް، އޭނާގެ އަތުން ކެޕްޓަން ބޭންޑް ނެގުމުގެ ވިސްނުމެއް ކްލަބުން ނެތްކަން ހާމަކޮށްފި. ކެރިކް ބުނިގޮތުގައި ފެނާންޑޭސްއަކީ ޓީމުގެ މުހިންމު ކުޅުންތެރިއަކަށް ވުމާއެކު، މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ އޭނާއާ އެކު ޓީމު ރަނގަޅުކުރަން

ބެލޮންޑިއޯގެ "ބޯޓް" އެވޯޑާ އެކު ރޮނާލްޑޯގެ ޝުކުރު ސަޕޯޓަރުންނަށް

ބެލޮންޑިއޯގެ 70 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އަލަށް ތައާރަފްކުރި "ބެލޮންޑިއޯ އޮފް އޯލް ޓައިމް (ބޯޓް)" އެވޯޑް، 2008 ވަނަ އަހަރުގެ ކާމިޔާބީއަށް ބިނާކޮށް ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކޮށްފި. ސަޕޯޓަރުންގެ ވޯޓުން ހޮވި މި ޝަރަފްވެރި އެވޯޑާ ގުޅިގެން ރޮނާލްޑޯ ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އޭނާގެ ސަޕޯޓަރުންނަށް ޚާއްސަ ޝުކުރެއް އަދާކޮށްފައި

ސާފްގައި އިންޑިއާގެ ފުލް ޓީމު ހަމަވަނީ ރާއްޖެ މެޗަށް

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާގެ ފުލް ޓީމު ހަމަވާނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރާއްޖެއާ ބައްދަލުކުރާ މެޗަށް. މީގެ ސަބަބަކީ ފީފާ ބްރޭކާ ދިމާކޮށް އިންޑިއާގެ ސީނިއާ ޓީމު ނިއުޒީލެންޑާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅުމާއި، ކްލަބްތަކުން ކުޅުންތެރިން ދޫކުރުމުގައި ހުރި ދަތިތަކެެއް

ވެމްކޯ ގައުމީ ފައިނަލަށް، ހުރާ އަތުން ޕޮލިސް ކަޓައިފި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުން ވެމްކޯ ޖާގަ ހޯދީ ސެމީ ފައިނަލުގައި އެމްޓީސީސީ ބަލިކުރުމަށްފަހު. އަދި ސެމީ ފައިނަލުގެ އަނެއް މެޗުން ހުރާ އަތުން ބަލިވެ ޕޮލިސް ކްލަބް ވަނީ މުބާރާތުން ކަޓާފައެވެ. ފައިނަލުގެ ފަހު ޖާގައަށް މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ހުރާ އާއި އެމްޓީސީސީ.

Newsletter

Get the latest news delivered straight to your inbox