އަމީރުގެ ބޮޑު ތުހުމަތެއް ސަރުކާރަށް: ވަލުދޮރާށިން 6.2 ބިލިއަން ރުފިޔާ ޗާޕްކުރަނީ!

Jul 22, 2026, 8:00 AM
އިބްރާހިމް އަމީރު

އިބްރާހިމް އަމީރު

ފައިސާ ޗާޕު ނުކުރާނެ ކަމަށް ވައުދުވެވަޑައިގެން ވެރިކަމަށް ވަޑައިގެންނެވި ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން،  "ވަލުދޮރާށިން" ޖުމްލަ 6.2 ބިލިއަން ރުފިޔާ ޗާޕުކުރަމުންދާ ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ތުހުމަތު ކުރައްވައިފި އެވެ.

އަމީރު އެކްސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ ރޫހާ މުޅިން ހިލާފަށް ސަރުކާރުން ހިންގާ މި މުއާމަލާތުގެ ތެރެއިން އެމްއެމްއޭ އިން ބޭންކުތައް މެދުވެރިކޮށް މިހާތަނަށް 3.8 ބިލިއަން ރުފިޔާ ސަރުކާރަށް ދޫކޮށްފައިވާ ކަމަށެވެ.

ބާކީ 2.4 ބިލިއަން ރުފިޔާއަކީ ޕެންޝަން ފަންޑުން ގަނެފައިވާ ޓީ-ބިލުތަކެއް އެމްއެމްއޭ އިން ގަނެ، އެ ފައިސާ އަނެއްކާ ސަރުކާރުގެ ޓީ-ބިލުގައި އިންވެސްޓްކުރުވައިގެން ގާނޫނީ މެންޑޭޓާ ހިލާފަށް "ޗާޕުކުރާ" ފައިސާ ކަމަށް އަމީރު ސިފަކުރެއްވި އެވެ.

ކޮވިޑް-19 ގެ ވަބާގެ ތެރޭގައި ދައުލަތުގެ އާމްދަނީން 30 ބިލިއަން ރުފިޔާ މަދުވެ، އިގްތިސާދުން 97 ބިލިއަން ރުފިޔާ ގެއްލިގެން ދިޔަ ނާޒުކު ހާލަތުގައި، ފަންނީ ލަފާއެކު ގާނޫނުގެ ހުދޫދުގެ ތެރެއިން ދެފުށް ފެންނަ ގޮތަށް މަނިޓައިޒްކުރި މިންވަރުގެ 78 ޕަސެންޓު މި ސަރުކާރުން ސިއްރުވެރިކަމާއެކު މަނިޓައިޒް ކުރަމުންދަނީ އެއްވެސް އިގުތިސާދީ ނުވަތަ ސިއްހީ ކާރިސާއެއް ނެތި، ދައުލަތުގެ އާމްދަނީ 40 ބިލިއަނަށް އަރާފައިވާ ދަނޑިވަޅެއްގައި ކަމަށްވެސް ކުރީގެ މާލީ ވަޒީރު ފާހަގަކުރެއްވި އެވެ.

2.4 ބިލިއަންގެ މުއާމަލާތުގެ ފަހުގެ ތައްޔާރީތައް

އަމީރު މިފަދަ ތުހުމަތުތަކެއް ކުރައްވާފައިވާއިރު، ޕެންޝަން ފަންޑުން ގަނެފައިވާ 2.4 ބިލިއަން ރުފިޔާގެ ޓީ-ބިލުތައް އެމްއެމްއޭ އަށް ވިއްކާލުމަށްފަހު، އެ ފައިސާ ފިނޭންސް މިނިސްޓްރީން ދޫކުރާ ދިގު މުއްދަތުގެ "ރިވާސް ޑުއަލް ކަރަންސީ ބޮންޑެކަށް" އިންވެސްޓްކުރުމުގެ ފަހުގެ ތައްޔާރީތައް ވަނީ ފަށާފަ އެވެ.

ޕެންޝަން ފަންޑުގެ އާ ބޯޑާއި ލީޑާޝިޕާއެކީ 2.4 ބިލިއަން ރުފިޔާގެ ބޮންޑު މުއާމަލާތް ހިންގަނީ

ޕެންޝަން ފަންޑުން ގަނެފައިވާ 2.4 ބިލިއަން ރުފިޔާގެ ޓީބިލުތައް ވިއްކާލުމަށްފަހު، ސަރުކާރުން ދޫކުރާ ދިގު މުއްދަތުގެ ޑޮލަރުން ފައިދާ ލިބޭ ބޮންޑަކަށް އިންވެސްޓުކުރުމުގެ ފަހުގެ ތައްޔާރީތައް ދަނީ ވަމުން. މި މުއާމަލާތުގެ ސަބަބުން ޕެންޝަން ފަންޑަށް ބޭރު ފައިސާގެ ރިޒާވެއް އުފެދޭނެ ކަމަށް ބުންޏަށް ގިނަ ބަޔަކު މި މުއާމަލާތާ ދެކޮޅު.

މި މުއާމަލާތާ ގުޅޭގޮތުން ސަރުކާރާއި ޕެންޝަން އޮފީހުން ބުނަމުންދަނީ، މިއީ ޕެންޝަން ފަންޑަށް ބޭރު ފައިސާ (ޑޮލަރު) ވަންނަން ފަށައި، ފަންޑުގެ މަސްލަހަތުވެރިންނަށް ބޮޑު ފައިދާއެއް ލިބިގެންދާނެ ކަމެއް ކަމަށެވެ. އަދި ބާޒާރުން ބޭރު ފައިސާ ގަންނަން ނުޖެހި، އިންވެސްޓްމަންޓެއްގެ ތެރެއިން ފަންޑުގައި ބޭރު ފައިސާގެ ރިޒާވެއް އުފެދޭނެ ކަމަށްވެސް ޕެންޝަން އޮފީހުން ބުނެއެވެ.

ނަމަވެސް މި މުއާމަލާތާ މެދު ހިޔާލުތަފާތުވުންތައް ބޮޑުވެ، ޕެންޝަން އޮފީހުގެ ބޯޑުގައި ކުރިން ތިއްބެވި މެންބަރުންނާއި އެ އޮފީހުގެ އިސް މުވައްޒަފުންތަކެއް ވަނީ އިސްތިއުފާ ދެއްވާފައެވެ.

މި މުއާމަލާތް މިހާތަނަށް މަޑުޖެހިފައި އޮތީ ލިޔެކިޔުންތަކުގައި ސޮއިކުރާނެ އިސް މުވައްޒަފަކު ނެތުމުންނެވެ. ނަމަވެސް، ޕެންޝަން އޮފީހުގެ ބޯޑުގެ އާ ޗެއާމަނަކަށް އަބްދުލް މަޖީދު އަލީ އައްޔަންކުރެއްވުމާއެކު، މުއާމަލާތުގެ ފަހު މަރުހަލާގެ މަސައްކަތްތައް މިހާރު ދަނީ ކުރިއަށެވެ.

މާލީ މާހިރުން ފާހަގަކުރާ ގޮތުގައި، އެމްއެމްއޭ އިން ސީދާ ދަރަންޏެއް ނުނެގި ނަމަވެސް، ސަރުކާރުގެ ހަރަދުތައް ހަމަޖައްސަން މި ފައިސާ ބޭނުންކުރުމަކީ "ނުސީދާ ގޮތުން ފައިސާ ޗާޕުކުރުން"  އެވެ. މިއީ ހަރަދަށް ޒިންމާވުމުގެ ގާނޫނުގައިވާ ހިފެހެއްޓުންތަކުން ރެކެން ސަރުކާރުން ބޭނުންކުރި "ލޫޕްހޯލް" އެކެވެ.

މި މުއާމަލާތް ނިންމާލަން އަވަސްވެގަނެގެން އުޅެނީ، ބޭރުގެ މަސްރަހުގައި ހިނގަމުންދާ ހަނގުރާމަތަކުގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމަށް އަސަރުކޮށް، ޑޮލަރު ތާށިވެ، ކަޅު ބާޒާރުގައި ރުފިޔާގެ އަގު ވަރަށް ބޮޑަށް ވެއްޓިފައިވާ ދަނޑިވަޅެއްގައެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox