އަމާޒަކީ ގައުމީ އެތުލީޓުން ދުންފަތުގެ އިސްތިއުމާލާ ދުރުކުރުން: ރައީސް މުއިއްޒު

Aug 27, 2026, 9:41 AM
މިދިޔަަ އަަހަރު ފީފާގެ ރައީސް ޖިއާނީ އިންފަަންޓީނޯ، ރާއްޖެ ވަޑައިގެންނެވި ދަތުރުގައި ކުރިއަށްދިޔަ އެކްސިބިޝަން މެޗުގެ ތެރެއިން ރައީސް މުއިއްޒު.--- ފޮޓޯ: ރައީސް އޮފީސް

މިދިޔަަ އަަހަރު ފީފާގެ ރައީސް ޖިއާނީ އިންފަަންޓީނޯ، ރާއްޖެ ވަޑައިގެންނެވި ދަތުރުގައި ކުރިއަށްދިޔަ އެކްސިބިޝަން މެޗުގެ ތެރެއިން ރައީސް މުއިއްޒު.--- ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގެ އެއްވެސް ގައުމީ ޓީމެއްގަައި ހިމެނޭ އެތުލީޓުންނަކީ ދުންފަތުގެ އިސްތިއުމާލު ކުރުމާ ދުރު އެތުލީޓުންނަށް ހެދުމުގެ އަމާޒަކާ އެކު ސަރުކާރުން ނިންމުމެއް ނިންމުމަކީ ރަނގަޅު މަގުސަދަކާ އެކު ކުރަން ޓާގެޓް ކަނޑައެޅި ކަމެއް ކަމަށް ރައީސް، ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. 

މި މަހުގެ 18 ވަނަ ދުވަހުގެ ކެބިނެޓް ބައްދަލުވުމުގައި، ދުންފަތާއި ނިކޮޓިންގެ ނުރައްކަލާ ގުޅުންހުރި މުހިންމު ނިންމުންތަކާއި، ސަރުކާރުން ކުރިއަށްގެންދާ އެހެނިހެން މަޝްރޫޢުތަކާ ގުޅޭ މުހިންމު ނިންމުންތަކަކާ ގުޅޭގޮތުން މަޝްވަރާކުރި އެވެ. އެ ބައްދަލުވުމުގައި، އެއްވެސް ގައުމީ ޓީމެއްގައި ބައިވެރިވެވޭނީ، ދުންފަތުގެ އިސްތިއުމާލުކުރުމާ އެއްކޮށް ދުރުވެފައި ތިބި އެތުލީޓުންނަށް ހެދުމުގެ ޓާގެޓު ހާސިލުކުރުމަށްޓަކައި، އެތުލީޓުންނަކީ ދުންފަތުގެ އިސްތިޢުމާލުކުރުމާ ދުރުވެފައި ތިބި ބަޔަކަށް ހެދުމަށް ހާއްސަ އަމާޒުތަކެއް ކަނޑައަޅައި މަސައްކަތްކުރަން ނިންމި އެވެ. 

ސަރުކާރުގެ މި އަމާޒާ ބެހޭގޮތުން، ރައީސް، މުއިއްޒުއާ، ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ "ނޭޝަން ޗެޓް"ގައި ވަނީ ސުވާލު އަމާޒުކޮށްފަ އެވެ. 

"އެއީ (ދުންފަތާ ދުރު ގައުމީ އެތުލީޓުން ތިބުން) އެންޑް ރިޒަލްޓަކީ އިނގޭތޯ. އެ ހާލަތު ހާސިލްކުރަންށޭ ބޭނުންވަނީ، މިއަދަކު އަޅުގަނޑުމެންނަށް ކުއްލިއަކަށް މި މަނާ ނުކޮށްލެވޭނެތާ، އެހެންވީމަ، އަޅުގަނޑުމެން ބޭނުންވަނީ އެ ނަތީޖާ ހާސިލްކުރަން. ދުންފަތު އިސްތިއުމާލުކުރުމުން އެއްކޮށް ދުރުވެފައި ތިބި އެތުލީޓުންތަކެއް އަޅުގަަނޑުމެންގެ ހުރިހާ ގައުމީ ޓިމުތަކެއްގައި ތިބުން. އެ ޓާގެޓަށް ދަންޏާ، ކުރަންޏާ ދެން ކުރަންޖެހޭ މަސައްކަތްތަކެއް ނޫންތޯ ހުންނާނީ،" ރައީސް މުއިއްޒު ވިދާޅުވި އެވެ. 

"އެހެންވީމަ، ސްޕޯޓްސް މިނިސްޓްރީއާ ދެން ހުރިހާ ޖަމިއްޔާ ޖަމާއަތްތަކާ ގުޅިގެން ކުރެވޭ މަސައްކަތްތަކުން ހިތްވަރުދީގެން، އިންސެޓިވައިޒްކޮށްގެން ނޫނިއްޔާ، ގޮތްގޮތް މަގުފަހިކޮށްދީގެން އަޅުގަނޑުމެން ބަލަންޖެހޭނީ އެތުލީޓުން ދުންފަތުގެ އިސްތިއުމާލުކުރުމާ ދުރުކުރުމަށް. އެ އެތުލީޓުންގެ ސިއްހަތަށް ވެސް، އެ ކުދިންގެ ޕާފޯމަންސް ވެސް ރަނގަޅުވާނެ އޭރުން އެހެންވީމަ، އެ މަގުސަދު ހާސިލްކުރުމަށްޓަކައި އެ ޓާގެޓް ކަނޑައެޅީ. އިރާދަކުރެއްވިއްޔާ އޭގެ ނަތީޖާ ހާސިލްވެގެންދާނެ،" 

ރާއްޖޭގެ އެކި ކުޅިވަރުތަކުގެ ގައުމީ ޓީމުތަކުގައި ހާއްސަކޮށް ފިރިހެން ޓީމުތަކުގައި ނިސްބަތުން ދުންފަތުގެ އިސްތިއުމާލުކުރާ ކުޅުންތެރިން ގިނަ އެވެ.

މިދިޔަ ޖޫން މަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެެރެއިން، ރައީސް، ޑރ. މުހައްމަދު މުއިއްޒު ވަނީ، ކުޅިވަރު ކުޅުމަށް ހަދާފައި ހުންނަ ސަރުކާރުގެ ކުޅިވަރު އިމާރާތްތަކާއި ތަންތަނުގައި ނަމާދު ވަގުތަށް ކުޅިވަރުތައް މެދުކަނޑާލަން ޖެހޭ ގޮތް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވެފަ އެވެ.

އެކަން ތަންފީޒުކުރަން ގެންގުޅުއްވާ ހިޔާލުތަކެއްގެ ގޮތުގައި، ރައީސް މުއިއްޒު ވިދާޅުވީ، ކުޅިވަރު ކުޅޭ ތަންތަނުގައި ކުޅިވަރު ކުޅެން ހުންނަ ވަގުތުގެ ތެރޭގައި ނަމާދު ގަނޑި ގެެއްލުނަނުދިނުމަށްޓަކައި ގޮސް ނަމާދުކުރެވޭ ގޮތަށް ހަމަޖެއްސުމާއި ނަމާދަށް މިސްކިތްތަކުން ބަންގި ގޮވާ ގަޑިން ފެށިގެން ކަނޑައެޅޭ ވަކި ވަގުތުކޮޅެއް ވަންދެން، ގާތްގަނޑަކަށް 20 މިނިޓަށް ނަމަވެސް، ހުރިހާ ކުޅިވަރުތަކެއް މެދުކަނޑާލަންޖެހޭ ގޮތަށް ހެދުމެވެ.

އެކަމަކު، އޭގެ ފަހުން މި ވީ މުއްދަތުގެ ތެރޭގައި، ނަމާދު ވަގުތުތަކުގައި ވެސް ކުޅިވަރު ކުޅޭ ތަންތަނުގައި، އެ ހަރަކާތްތައް މެދުކަނޑާލުމެއް ނެތި ވަނީ ކުރިއަށް ގެންގޮސްފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ އަތުން ފަލަސްތީނަށް ބޮޑު މޮޅެއް

އޭޝިއާގެ 17 އަހަރުން ދަށުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ މެޗުން ފަލަސްތީނު ވަނީ 5-0 އިން ރާއްޖެ ބަލިކޮށްފައެވެ. ފަލަސްތީނުގެ ޒެއިން މުހައްމަދު ހެޓްރިކެއް ހެދި މި މެޗުގެ ހުރިހާ ލަނޑެއްވެސް ފެނިގެންދިޔައީ ފުރަތަމަ ހާފުގައި. މި ދެ ޓީމު ވެސް ތައްޔާރުވަނީ، އަންނަ މަހު އޮންނަ އޭއެފްސީ 17 އަަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިން އަށް.

ޒްވެރެވް، 35 އަހަރަށްފަހު ޖަރުމަނު ޓެނިސް ތާރީހު ބަދަލުކޮށްލައިފި

ޖަރުމަނުގެ އަލެކްސަންޑަ ޒްވެރެވް ދުނިޔޭގެ ޓެނިސް ރޭންކިންގެ އެއްވަނަ ކަށަވަރުކޮށް، 35 އަހަރަށް ފަހު އެ މަގާމު ހޯދި ފުރަތަމަ ޖަރުމަނު ކުޅުންތެރިޔާގެ ޝަރަފު ހޯދައިފި. މިއީ 1991 ވަނަ އަހަރު ބޮރިސް ބެކާ އެ މަގާމު ހޯދި ފަހުން ޖަރުމަނު ކުޅުންތެރިއަކު ރޭންކިންގެ އެއްވަނައަށް އެރި ފުރަތަމަ ފަހަރު.

އެޕީލް ނާކާމިޔާބު، އާސެނަލްގެ ޑައުމަން ތިން މެޗަށް ސަސްޕެންޑް!

އިނގިރޭސި ލީގު ކަޕްގައި ފްލީޓްވުޑް ޓައުންއާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ރަތް ކާޑާ ގުޅިގެން، އާސެނަލްގެ ޒުވާން ކުޅުންތެރިޔާ މެކްސް ޑައުމަން ތިން މެޗަށް ސަސްޕެންޑްކޮށްފި. މި އަދަބަށް ލުޔެއް ހޯދުމަށް އާސެނަލުން ކުރި އެޕީލް ނާކާމިޔާބުވެ، ރެފްރީގެ ނިންމުން ދަމަހައްޓަން ވަނީ ނިންމާފައި

ފެނާންޑޭސް އަތުން ބޭންޑް ނުނަގަން ޔުނައިޓެޑުން ނިންމައިފި

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު މައިކަލް ކެރިކަށް ފާޑުކިޔުމާ ގުޅިގެން ބްރޫނޯ ފެނާންޑޭސް ބެންޗަށް ބަދަލުކުރި ނަމަވެސް، އޭނާގެ އަތުން ކެޕްޓަން ބޭންޑް ނެގުމުގެ ވިސްނުމެއް ކްލަބުން ނެތްކަން ހާމަކޮށްފި. ކެރިކް ބުނިގޮތުގައި ފެނާންޑޭސްއަކީ ޓީމުގެ މުހިންމު ކުޅުންތެރިއަކަށް ވުމާއެކު، މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ އޭނާއާ އެކު ޓީމު ރަނގަޅުކުރަން

ބެލޮންޑިއޯގެ "ބޯޓް" އެވޯޑާ އެކު ރޮނާލްޑޯގެ ޝުކުރު ސަޕޯޓަރުންނަށް

ބެލޮންޑިއޯގެ 70 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އަލަށް ތައާރަފްކުރި "ބެލޮންޑިއޯ އޮފް އޯލް ޓައިމް (ބޯޓް)" އެވޯޑް، 2008 ވަނަ އަހަރުގެ ކާމިޔާބީއަށް ބިނާކޮށް ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކޮށްފި. ސަޕޯޓަރުންގެ ވޯޓުން ހޮވި މި ޝަރަފްވެރި އެވޯޑާ ގުޅިގެން ރޮނާލްޑޯ ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އޭނާގެ ސަޕޯޓަރުންނަށް ޚާއްސަ ޝުކުރެއް އަދާކޮށްފައި

ސާފްގައި އިންޑިއާގެ ފުލް ޓީމު ހަމަވަނީ ރާއްޖެ މެޗަށް

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާގެ ފުލް ޓީމު ހަމަވާނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރާއްޖެއާ ބައްދަލުކުރާ މެޗަށް. މީގެ ސަބަބަކީ ފީފާ ބްރޭކާ ދިމާކޮށް އިންޑިއާގެ ސީނިއާ ޓީމު ނިއުޒީލެންޑާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅުމާއި، ކްލަބްތަކުން ކުޅުންތެރިން ދޫކުރުމުގައި ހުރި ދަތިތަކެެއް

ވެމްކޯ ގައުމީ ފައިނަލަށް، ހުރާ އަތުން ޕޮލިސް ކަޓައިފި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުން ވެމްކޯ ޖާގަ ހޯދީ ސެމީ ފައިނަލުގައި އެމްޓީސީސީ ބަލިކުރުމަށްފަހު. އަދި ސެމީ ފައިނަލުގެ އަނެއް މެޗުން ހުރާ އަތުން ބަލިވެ ޕޮލިސް ކްލަބް ވަނީ މުބާރާތުން ކަޓާފައެވެ. ފައިނަލުގެ ފަހު ޖާގައަށް މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ހުރާ އާއި އެމްޓީސީސީ.

Newsletter

Get the latest news delivered straight to your inbox