ޑޮލަރު ކާރިސާ އުފެއްދީ ސަރުކާރުން ޑޮލަރު އިސްރާފުކޮށްގެން: އަމީރު

ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު: އޭނާ ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތަކާ ހުރެ މައްސަލަ އިތުރަށް ގޮސްވަމުންދާ ކަމަށް -- ފޮޓޯ: އަދަދު

ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު: އޭނާ ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތަކާ ހުރެ މައްސަލަ އިތުރަށް ގޮސްވަމުންދާ ކަމަށް -- ފޮޓޯ: އަދަދު

ޑޮލަރު ތާށިކަމުގެ މައްސަލައިގައި ސަރުކާރުން އާންމުންނާއި ވިޔަފާރިތަކަށް ތުހުމަތުގެ އިނގިލި ދިއްކުރަމުންދާއިރު، ޑޮލަރު ކާރިސާ ލައިގަތީ ސަރުކާރަށް ލިބުނު ބައިވަރު ޑޮލަރުތައް އިސްރާފުކުރުމުން ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ. 

އެމްޑީޕީގެ މެކްރޯއިކޮނޮމިކް ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އަމީރު ވަނީ ޑޮލަރު މައްސަލައިގައި ސަރުކާރާއި މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

އެ ގޮތުން އަމީރު ވަނީ މި ހާލަތަށް ކަންކަން ދިޔަ ސަބަބުތައް ކަމަށް ބުނެ ރުފިޔާގެ ސަޕްލައި ކޮންޓްރޯލް ކުރަން ނުކުޅެދުމާއި، ފައިސާ ޗާޕުކުރުމާއި، ބަޖެޓަށް ބޭރުން ފައިނޭންސިން ނުހޯދުމުގެ އިތުރުން ސަރުކާރުގެ ދެކޮޅު ނުޖެހޭ ސިޔާސަތުތައް ފާހަގަކުރައްވާފަ އެވެ. 

ރުފިޔާގެ ސަޕްލައިގެ މައްސަލައިގައި އަމީރު ވިދާޅުވީ، މި ހިސާބަަށް ކަންކަން ދިޔައީ ސަރުކާރުން ބޭނުންވާހާ ގޮތަކަށް އެމްއެމްއޭގެ ގަވަރުނަރު ކަންކަން ކުރަމުން ގެންދާތީ ކަމަށެވެ. މީގެ ހެއްކަކީ، އަމީރު ވިދާޅުވި، ކޮންޓްރެކްޓަޝަނަރީ މަނިޓަރީ ޕޮލިސީއެއް ހިންގަން ޖެހޭ ކަމަށް ބުނުމަށް ފަހު އޭ ދިމާ އިދިކޮޅަށް މަނިޓަރީ ސިޔާސަތުތައް ހިންގަމުން ދިޔުމެވެ.

މި ސަރުކާރުން ފައިސާ ޗާޕުކުރި ކަމަށް އަމީރާއި އެމްޑީޕީން ތުހުމަތުކުރަނީ އެމްއެމްއޭއިން ބޭންކުތަކާއި ޕެންޝަން އޮފީސް މެދުވެރިކޮށް، ސަރުކާރުގެ ސެކިއުރިޓީސްތަކަށް އިންވެސްޓުކުރުވާފައި ވާތީ އެވެ. އަމީރު ވިދާޅުވީ މި ގޮތަށް ބޭންކުތައް މެދުވެރިކޮށް، 3.7 ބިލިއަން ރުފިޔާ އަދި ޕެންޝަން އޮފީސް މެދުވެރިކޮށް 2.4 ބިލިއަން ރުފިޔާ ހިމަނައިގެން 6.1 ބިލިއަން ރުފިޔާ ޗާޕުކޮށްފައިވާ ކަމަށެވެ. 

"ސަރުކާރުން ބޭރުން ފައިސާ ހޯދާނެ ކަމަށް ބަޖެޓުގައި ހިމަނާފައި ވިޔަސް، އެ ފައިސާ ނުހޯދި، ސަރުކާރުން އެތެރޭގެ މާކެޓުން ފައިސާ ޗާޕުކޮށްގެން ކުރިއަށްދާތަން،" އޭނާ ވިދާޅުވި އެވެ. 

ފައިސާ ޗާޕުކުރުމުގެ ވާހަކައިގެ ތެރެއިން އަމީރު ވަނީ، އެމްޑީޕީ ސަރުކާރުގައި އަށް ބިލިއަން ރުފިޔާ ޗާޕުކުރިއިރުގެ ހާލަތާއި، މިހާރާ އަޅައިނުކިޔޭނެ ކަމަށް ވިދާޅުވެފަ އެވެ. މި ސަރުކާރުން ބުނާ ގޮތުގައި ޑޮލަރުގެ ރޭޓު މިހާ ބޮޑަށް އުފުލުނު މައްސަލައިގައި މުލުގައި އޮތީ އެމްޑީޕީ ސަރުކާރުގައި ޗާޕުކުރި ފައިސާތަކެވެ. 

އެހެން ނަމަވެސް، އަމީރު ވިދާޅުވީ އޭރުގެ ހާލަތާއި މިހާރުގެ ހާލަތާ އަޅާނުކިޔޭނެ ކަމަށެވެ. އަދި، އޭރު ޗާޕުކުރި ފައިސާތަކުގެ ވާހަކަ ދެއްކުމަކީ ޒިންމާދާރު ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ޑޮލަރުގެ ރޭޓު މަތިވާ އަސްލު ސަބަބަކީ، އަމީރު ވިދާޅުވި ގޮތުގައި، ސަރުކާރުގެ ތާކުންތާކު ނުޖެހޭ، ދޯހަޅި ސިޔާސަތުތައް ފެއިލުވުން ކަމަށެވެ.

އެ ގޮތުން މިހާރު ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކަކީ ހުދުމުހުތާރު ގައުމުތަކުން ފެންނަ ސިޔާސަތުތައް ކަމަށް ސިފަކުރައްވަމުން އަމީރު ވިދާޅުވީ، މިއީ ފެއިލްވެފައިވާ އިގުތިސޯދުތަކުގައި އަޅާ ކަހަލަ ފިޔަވަޅުތަކެއް ކަމަށެވެ. އަދި، މި ކަހަލަ ފިޔަވަޅެއް އަޅައިގެން މާލީ ދަތިކަމުން އަރައިގަނެވުނު އެއްވެސް ގައުމެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

އަމީރު ވިދާޅުވީ، މި ސަރުކާރުން ދަނީ އަޅަން ޖެހޭ ފިޔަވަޅުތައް ނޫން އެހެން ހުރިހާ ފިޔަވަޅުތަކެއް އަޅަމުން ކަމަށެވެ. މި ކަމުގައި ސަރުކާރުން ނުކުރާ ކަމަކީ، އޭނާ ވިދާޅުވި ގޮތުގައި، ގެންނަން ޖެހޭ ރިފޯމްތައް ނުގެނެވުމެވެ.

"ހަގީގަތުގައި ނުކުރާ ކަމަކީ ހަރަދު ކުޑަކުރުން. އެހެން ހުރިހާ ކަމެއް ސަރުކާރުން އެބަކުރޭ." އަމީރު ވިދާޅުވި އެވެ. 

މީގެ ބައެއް މިސާލުތަކުގެ ގޮތުގައި ރަސްމާލެ ޕްރޮޖެކްޓާއި ޑްރޯންތައް ގަތުން އަމީރު ނަންގަތެވެ. މި ކަންތައްތަކަށް ސަރުކާރުން 285 މިލިއަން ޑޮލަރު ހަރަދުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. މި ހުރިހާ އިސްރާފުތަކެއް ކުރަމުން އަންނަ އިރު، އަމީރު ވިދާޅުވީ، ބޭރުން އެއްވެސް ފައިސާއެއް ނުހޯދޭ ކަމަށެވެ.

މި ސަރުކާރުން ވަނީ ވޭތުވި އަހަރުތަކުގެ ބަޖެޓުގައި ބޭރުން ފައިނޭންސިންގެ ގޮތުގައި 2.6 ބިލިއަން ޑޮލަރުގެ ފައިނޭންސިން ހޯދާނެ ކަމަށް ޖަހާފަ އެވެ. ނަމަވެސް މި ސަރުކާރުން އަންދާޒާ ކުރި ވަރަ ގާތަށް ވެސް ފައިސާ ނުހޯދެ އެވެ. އަމީރު ވިދާޅުވީ، މި ސަރުކާރުގެ ދެ އަހަރާ ބައިގެ ތެރޭގައި ލިބުނު 800 މިލިއަން ޑޮލަރުގެ ތެރޭގައި މާ ކުރިން ހަމަޖައްސާފައި ހުރި ޕްރޮޖެކްޓު ފައިނޭންސިން ކަަމަށެވެ. އަދި، ޑޮލަރުގެ ޕްރެޝަރުތައް ބޮޑު ވަމުން އަންނަނީ މި ކަހަލަ ކަންކަމާ ހުރެ ކަމަށް އޭނާ ވިދާޅުވި އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އުމްރާވެރިންގެ ފްލައިޓް އެންމެ ފަހުވަގުތު ކެންސަލްކޮށްފި

މެދުއިރުމަތީގެ މަސްރަހު ގޯސްވުމާ ގުޅިގެން، ހައްޖު ކޯޕަރޭޝަނުގެ ހަވާލުގައި އުމްރާއަށް ދާ 250 މީހުންނާއެކު ފުރަން އޮތް މޯލްޑިވިއަންގެ ފްލައިޓް ކުއްލި ގޮތަކަށް ވަނީ ފަސްކޮށްފައެވެ. އައިލެންޑް އޭވިއޭޝަނުން މި ނިންމުން ނިންމީ ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ކަމަށާއި، މި ދަތުރު ދެން އޮންނާނެ ތާރީޚެއް ފަހުން އިއުލާންކުރާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ޝަރުތު ހަމަވާ އެންމެނަށް ރަސްމާލޭން ގޯތި ލިބޭނެ: މުއިއްޒު

ރަސްމާލެ މަޝްރޫއުގެ ދަށުން ޝަރުތު ހަމަވާ އެންމެންނަށް ގޯތި ލިބޭނެކަމަށް މުއިއްޒު އިއުލާންކުރައްވައިފި. ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމްގެ ދަށުން ގޯއްޗަށް އެދި 22،500 އަށް ވުރެ ގިނަ ފޯމު ވަނީ ހުށަހަޅައިފައިވޭ.

2027 ގެ ބަޖެޓުގެ އަމާޒަކީ މަޝްރޫއުތަކުގެ 70 ޕަސެންޓު ނިންމުން

އަންނަ އަހަރުގެ ބަޖެޓުގެ އެންމެ ބޮޑު އަމާޒަކީ މިހާރު ހަވާލުކޮށްފައިވާ މަޝްރޫއުތަކުގެ 70 އިންސައްތަ ނިންމާލުން ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެއެވެ. މީގެ އިތުރުން، އިގްތިސާދީ ގޮންޖެހުންތަކާއެކުވެސް ރާއްޖެ ޑިފޯލްޓްވުމުން ސަލާމަތްކުރެވިފައިވާ ކަމަށާއި، އާ މަޝްރޫއުތަކަށްވުރެ ބޮޑަށް އިސްކަންދޭނީ ފަށާފައިވާ މަސައްކަތްތައް ނިންމުމަށް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރަސްމާލެ އެއްބަސްވުން މަޖިލީހުގެ ކޮމިޓީއަކަށް ފޮނުވަނީ

ރަސްމާލެ މަޝްރޫއުގެ ފުރިހަމަ އެއްބަސްވުން އެއްބަސްވުން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކަށް ފޮނުއްވާނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ. މުއިއްޒު ވިދާޅިވީ މި މަޝްރޫއުގެ ކަންކަން ކުރިއަށްދާނީ ދެފުށް ފެންނަ ގޮތަށް ކަމަށާއި، އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ ކަންކަން އޮޅުވާލައި މަޝްރޫއު ހުއްޓުވުމަށް ކަމަށް.

"މޯލްޑިވްސް ގްރޫޕް އޮފް ހޮސްޕިޓަލްސް" އުފައްދަނީ

މި ބަދަލުގެ ސަބަބުން ސިއްހީ ދާއިރާގެ އިސްރާފު ކުޑަވެ، ވަސީލަތްތައް ހަމަހަމައަށް ބޭނުންކުރެވި، ރާއްޖޭގެ ކޮންމެ ސަރަހައްދަކުންވެސް ފެންވަރު ރަނގަޅު ފަރުވާ ލިބޭނެ މަގު ފަހިވެގެންދާނެ ކަމަށް މުއިއްޒު ވިދާޅުވި. އަންނަ އަހަރުގެ ބަޖެޓާއެކު ފަށާ މި މަސައްކަތް ކުރިއަށް އޮތް ހަތަރު މަސްދުވަހުގެ ތެރޭގައި ނިންމުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފަ.

"ޕަޕެޓު" ސިޔާސަތު ވަޅުލައިފި ކަމަށް މުއިއްޒު ވިދާޅުވެއްޖެ

ކުރީ ސަރުކާރުން ވަކި ގައުމެއްގެ "ޕަޕެޓަކަށް" ވެފައި އޮތް އޮތުން ނިމުމަކަށް ގެނެސްފައިވާ ކަމަށް ވިދާޅުވެ، މުއިއްޒު ވަނީ ޕާކިސްތާނާއެކު ހެދި އަސްކަރީ އެއްބަސްވުންތައް ދިފާއުކުރައްވާ. ރާއްޖޭގެ ސަލާމަތާއި ގާބިލުކަން އިތުރުކުރުމަށް ކޮންމެ ގައުމަކާއެކު ވެސް މަސައްކަތް ކުރިޔަސް، ބައިނަލްއަގުވާމީ މައިދާނުގައި ޒިންމާދާރު ގައުމަކަށް ވާނެ ކަމަށް ވިދާޅުވި.

ސްޕޮންސާ ކޮށްފައިވާ ހަބަރު އެނގޭނޭހެން ރިޕޯޓުކުރަން ގޮވާލައިފި

ސްޕޮންސާ ކޮށްގެން ގެނެސްދޭ ޕްރޮމޯޝަނަލް ކޮންޓެންޓާއި މިނިވަން ނޫސްވެރިކަމުގެ ޚަބަރުތައް ވަކިވާނެހެން ލޭބަލްކުރުމަށް އެމްޖޭއޭއިން ނޫސް އިދާރާތަކަށް ގޮވާލައިފިއެވެ. އެ ޖަމިއްޔާއިން މިކަމަށް އިލްތިމާސްކުރީ ޔޫއޭއީގެ ކުންފުންޏެއްގެ ސްޕޮންސަރުގައި ޚަބަރު ފަތުރާ ނޫސްވެރިންނަށް އިންޒާރުދޭ މައްސަލައެއް ފެންމަތިވުމާ ގުޅިގެން، ނޫސްވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށެވެ. އަދި ނޫސްވެރިންނަށް އިންޒާރުދޭ މައްސަލަ ތަހުގީގުކޮށްދިނުމަށް އެދި އެމްޖޭއޭއިން ވަނީ ފުލުހަށް ހުށަހަޅާފައެވެ.

Newsletter

Get the latest news delivered straight to your inbox