ވަނަން ހަދައި ވެރިންގެ އަގު ވައްޓާލުމަކީ ގައުމާ ދެކޮޅަށް މަސައްކަތް ކުރުން ކަމަށް މުއިއްޒު ވިދާޅުވެއްޖެ

Aug 27, 2026, 11:29 AM
މުއިއްޒު ރޭގެ ޕްރޮގްރާމުގައި: ވިދާޅުވީ ލިޔެވޭ އެއްޗަކުން އަދި ބުނެވޭ ބަހަކުން ވެސް ގައުމާ ދެކޮޅުވެވިދާނެ ކަމަށް -- ފޮޓޯ: ރައީސް އޮފީސް

މުއިއްޒު ރޭގެ ޕްރޮގްރާމުގައި: ވިދާޅުވީ ލިޔެވޭ އެއްޗަކުން އަދި ބުނެވޭ ބަހަކުން ވެސް ގައުމާ ދެކޮޅުވެވިދާނެ ކަމަށް -- ފޮޓޯ: ރައީސް އޮފީސް

ވެރިންނަށް ވަނަން ހަދައި، އެބޭފުޅުންގެ އަގު ވައްޓާލުމަކީ ގައުމާ ދެކޮޅަށް ކުރެވޭނެ މަސައްކަތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. 

ޓީވީއެމް އިން ގެނެސްދޭ "ނޭޝަން ޗެޓް" ގައި ވާހަކަ ދައްކަވަމުން މުއިއްޒު ރޭ ވިދާޅުވީ، ވެރިންގެ އަގު ވައްޓާލަން މީގެ ކުރިން ރޭވިގެން ކެމްޕެއިން ކޮށްފައިވާ ކަމަށާއި އެފަދަ ކަންކަމަކީ ގައުމާ ދެކޮޅަށް ކުރެވޭ މަސައްކަތެއް ކަމަށެވެ.  

"އެއިރުގައި އެކި ނަންމުގައި ހެދި ވެބްސައިޓުގައި ލިޔަމުންދިޔަ އެއްޗެހި، އަޅުގަނޑުމެންގެ ވެރިންނަށް ތިބި މީހުންނަށް ގޮވަމުންދިޔަ އެއްޗެހި، އެކި ކަހަލަ ވަނަންތައް ހަދައިގެން އެމީހުންގެ އަގު ވައްޓާލައި، އެމީހުންގެ ދަރިންނާ ބެހި، ދަރިންގެ އަގު ވައްޓާލާ މުޅި މުޖްތަމައުގައި ވެރިންނަށް ތިބޭ މީހުންނަށް އިހްތިރާމް ކުރުން ކުޑަކޮށްލައި، މިހެން ގޮސް ކުރަމުންދިޔަ ކޮންމެ ކަމަކީ ގައުމާ ދެކޮޅަށް ކުރަމުން އައި ކަންކަން،" ރައީސް ވިދާޅުވި އެވެ. 

އޭގެ އިތުރުން، ފިކުރީ ގޮތުންނާއި ބުނާ ބަހަކުންނާއި ލިޔެވޭ އެއްޗަކުން ވެސް ގައުމާ ދެކޮޅުވެވިދާނެ ކަމަށް މުއިއްޒު ރޭ ވިދާޅުވި އެވެ. 

"ގައުމާ ދެކޮޅުވެވިދާނެ ފިކުރީ ގޮތުން ވެސް، އަތުން ލިޔެވޭ އެއްޗަކުން ވެސް، ބުނެވޭ ބަހަކުން ވެސް، ކުރެވޭ އަމަލަކުން ވެސް. ދެން މިހެން ގޮސް އެކި ގޮތްގޮތުން ވެސް ގައުމާ ދެކޮޅު ވެވިދާނެ،" އެމަނިކުފާނު ވިދާޅުވި އެވެ. 

ރޭގެ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މުއިއްޒު ވަނީ، ގައުމާ ދެކޮޅަށް އެންމެ ގިނައިން މަސައްކަތް ކުރަނީ ސިޔާސީ މައިދާނުގައި ކަމަށް ވިދާޅުވެފަ އެވެ. 

"އަމިއްލަ އެދުމުން ފޯވެގެން ގޮސް ހަމަ ކޮންމެ ފަދަ ކަމެއް ވެސް ކޮށްފާނެކަން އަޅުގަނޑުމެންނަށް ހަމަ މާ ދުރު ނޫން މާޒީގައި ވެސް ފެންނަން އެބަހުރި،" މުއިއްޒު ވިދާޅުވި އެވެ. "ސިޔާސީ ގޮތުން ހާއްސަކޮށް މިކަހަލަ ކަންކަން ދިމާވަނީ. ސިޔާސީ ބޭނުމެއްގައި، އަމިއްލަ އެޖެންޑާއެއް ކުރިއަށްގެންދިޔުމުގައި ހަމަ ގައުމާ ދެކޮޅަށް ކޮންމެ ފަދަ ވާހަކައެއް ވެސް ދައްކަފާނެ."

ވެރިންނަށް އިހްތިރާމް ނުކުރުމާ ދެކޮޅަށް މުއިއްޒު ވާހަކަ ދެއްކެވިއިރު އެމަނިކުފާނުގެ މަގުބޫލުކަން ވަނީ ވަރަށް ބޮޑަށް ވެއްޓިފަ އެވެ. މިފަހުން ބޭއްވި އެތެރޭގެ ތިން އިންތިހާބުގައި ވެސް މުއިއްޒަށް ލިބިވަޑައިގެންނެވީ ނާކާމިޔާބީ އެވެ. އަދި އެމަނިކުފާނާ ގުޅުވައި ސިޔާސީ މައިދާނުގައި ވަނަމެއް ވެސް ވަނީ ހަރުކޮށްފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އިތުރު ހަތަރު ގައުމެއްގައި އަނެއްކާ ވެސް އެމްބަސީ ހުޅުވަނީ

އެ ހަތަރު ގައުމުގައި އެމްބަސީ ހުޅުވުން ބޭރުގައި ހުރި ރާއްޖޭގެ މިޝަންތަކުގެ އަދަދު 25 އަށް އަރާނެ އެވެ. އެ ހުރިހާ ތަނަކަށް ސަރުކާރުން މަހަކު 54 މިލިއަން ރުފިޔާ ހަރަދު ކުރެ އެވެ. އެއީ އަހަރަކު 648 މިލިއަން ރުފިޔާ އެވެ.

ޑްރަގާއެކު އަތުލައިގަތް އަޒޭ، ޖުމައިހު އަދި ވިޝާލް ބަންދަށް

އެ މައްސަލައިގައި ހައްޔަރު ކުރި ފިލްމީ ތަރިންނަކީ އަހުމަދު އަޒްމީލް (އަޒޭ)، 44، އާއި އިސްމާއިލް ޖުމައިހު، 35، އާއި މުހައްމަދު ވިޝާލް (ރޯމަން)، 29، އެވެ. އޭގެ އިތުރުން ދެން ހައްޔަރު ކުރީ ޝާހިލް މުހައްމަދު، 42، އެވެ.

މަޖިލީހުގައި ތަގުރީރު ކުރެއްވި ނަވީ ޕިއްލޭއަށް ނޯބެލް އެވޯޑު

ޕިއްލޭގެ ތަގުރީރުގައި ރާއްޖޭގައި ހައްދު ޖެހުން ހުއްޓާލަން ސަރުކާރަށް ގޮވާލުމުން އެއިރު ވަރަށް މައްސަލަ ބޮޑުވި އެވެ. ޑިސެމްބަރު 23، 2011، ގައި އެއިރުގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރާ ދެކޮޅަށް ބޭއްވި ބޮޑު އެއްވުމުގެ އެއް ޑިމާންޑަކީ ވެސް ޕިއްލޭގެ ވާހަކަ ސަރުކާރުން ކުށްވެރި ކުރުމެވެ.

ކޮންމެ ފަސް މީހަކުން އެކަކު ނަފްސާނީ ބައްޔެއް ތަހައްމަލު ކުރޭ

"ރާއްޖޭގެ ހާލަތަށް ބަލާއިރު، 2020 ން 2021 އަށް ކުރިއަށް ގެންދެވުނު ސްޓެޕް ސާވޭގެ ނަތީޖާތަކުން ދައްކާގޮތުގައި، ކޮންމެ ފަސް މީހަކުން އެކަކު ޑިޕްރެޝަންގެ އަލާމާތްތައް ތަހައްމަލުކުރާކަން ފާހަގަވެފައިވޭ،" މިނިސްޓްރީ އިން ބުންޏެވެ.

ދޮޅުލައްކަ ޑޮލަރު ވަގަށް ނެގި ބީއޯސީގެ މުވައްޒަފަކު ޖަލަށްލައިފި

ހަސަން ވަހީދުގެ މައްޗަށް ދައުލަތުން ދެ ދައުވާއެއް އުފުލި އެވެ. އެއީ ފޭކު ޓްރާންސްފާ ރިކުއެސްޓެއް އުފެއްދި މައްސަލައިގައި އުފުލި ސައްހަ ނޫން ލިޔުމެއް އުފެއްދުމުގެ ދައުވާ އާއި ވައްކަން ކުރި މައްސަލައިގައި އެހެން މީހެއްގެ މުދަލަށް ވެރިވެގަތުމުގެ ކުށުގެ ދައުވާ އެވެ.

ރަނިން މޭޓުން އިއުލާންކުރުމަކީ ކަންބޮޑުވާ ކަމެއް: ނަޝީދު

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުން ރަނިން މޭޓުން އިޢުލާނުކުރުމަކީ، އެހެން ޕާޓީތަކާއެކު ކޯލިޝަން ހެދުމަށް އޮތް ފުރުސަތު ހަނިވެދާނެ ކަމެއް ކަމަށް ވިދާޅުވެ ރައީސް ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ނަޝީދު މިހެން ވިދާޅުވީ ޕްރައިމަރީގައި ވާދަކުރައްވާ ފައިސަލް ނަސީމްގެ ރަނިން މޭޓަކަށް އާދަމް އާޒިމް ހަމަޖެއްސެވުމާ ގުޅިގެންނެވެ.

ބިދޭސީ ކުންފުނިތަކަށް ބައެއް ވިޔަފާރި ކުރުން މަނާވެއްޖެ

ރީޓެއިލް، ހޯލްސޭލް އަދި ލޮޖިސްޓިކްސްގެ ވިޔަފާރި ބިދޭސީ ކުންފުނިތަކަށް ނުކުރެވޭ ގޮތަށް ގާނޫނު އިސްލާހު ކުރީ ސެޕްޓެމްބަރު، 2024، ގަ އެވެ. ގާނޫނުގައި ބިދޭސީ ވިޔަފާރިތަކަށް ދިން އިންތިގާލީ މުއްދަތު ހަމަވީ މިދިޔަ ބުރާސްފަތި ދުވަހެވެ.

Newsletter

Get the latest news delivered straight to your inbox