ހިތަދޫ މޫލެކެޑެ ހިއްކަން ކުއްޔަށް ނެގި އުޅަނދުތަކަށް އާރްޑީސީން ފައިސާ ނުދީގެން މުޒާހަރާކޮށްފި

އައްޑޫގައި ހުންނަ އާރްޑީސީގެ އޮފީސް ކުރިމަތީގައި ކުރިއަށްދިޔަ އިހުތިޖާޖުގައި ބޭނުންކުރި އުޅަނދު.

އައްޑޫގައި ހުންނަ އާރްޑީސީގެ އޮފީސް ކުރިމަތީގައި ކުރިއަށްދިޔަ އިހުތިޖާޖުގައި ބޭނުންކުރި އުޅަނދު.

އައްޑޫ ސިޓީގެ މަގު ހެދުމުގެ މަޝްރޫގެ ތެރެއިން ހިތަދޫ މޫލެކެޑެ ސަރަހައްދު ހިއްކަން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ކުއްޔަށް ނެގި ވެހިކަލްތަކަށް ފައިސާ ނުދީ ގިނަ ދުވަސް ވާތީ އެ ކުންފުނީގެ އައްޑޫ އޮފީސް ކުރިމަތީގައި މުޒާހަރާކޮށްފި އެވެ. 

އަދަދު އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ނޮވެމްބަރު، 2025، ގައި ބިން ހިއްކުމަށް އާރްޑީސީން ގިނަ އަދަދެއްގެ ވެހިކަލްތައް ކުއްޔަށް ނެގީ ލިފްޓެޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ކުންފުނިންނެވެ. ނަމަވެސް އެ ތަކެތީގެ ކުއްޔަށްވާ 8.4 މިލިއަން ރުފިޔާ ދީފައެއް ނުވެ އެވެ. 

"އެންމެ ބޮޑު މައްސަލައަކީ އެއްވެސް ވެރިއެއްގެ ޖަވާބެއް ނެތް. އަޅުގަނޑުމެންނަށް ވާއެއް ނުވާއެއް ނޭނގޭ،" ލިފްޓެޑް މޯލްޑިވްސް ކުންފުނީގެ އޮފިޝަލަކު އަދަދަށް މައުލޫމާތު ދެމުން ވިދާޅުވި އެވެ.  

ފައިސާ ނުދީ ގިނަ ދުވަސްވުމުގެ އިތުރުން، ކުންފުންޏާ އެއްވެސް މުއާމަލާތެއް ކުރަމުން ނުދާތީ، ލިފްޓެޑް މޯލްޑިވްސްއިން މިއަދު ވަނީ އައްޑޫ އާރްޑީސީ އޮފީސް ކުރިމަތީގައި ވެހިކަލެއް ބާއްވައިގެން ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. 

މުޒާހަރާގެ ތެރޭގައި ބޭނުންކުރި އުޅަނދު.
މުޒާހަރާގެ ތެރޭގައި ބޭނުންކުރި އުޅަނދު.

އަދާކުރަމުންދާ ވަޒީފާގެ ގޮތުން ނޫހުގައި ނަން ޖެހުމަށް އުޒުރުވެރިވި، ލިފްޓެޑް މޯލްޑިވްސްގެ އޮފިޝަލް ވިދާޅުވީ ޕޭމަންޓް ލަސްވަނީ ފިނޭންސް މިނިސްޓްރީން ބަޖެޓު ހަމަޖައްސައި ނުދީ އޮތުމުން ކަމަށް އެކި ގޮތްގޮތުން ހޯދި މައުލޫމާތުން އާރްޑީސީގެ ތެރެއިން އެނގުނު ކަމަށެވެ. 

އެހެން ނަމަވެސް، ކުންފުންޏާ ގުޅުން ހުރި ބައެއް ފަރާތްތަކުން ފިނޭންސް މިނިސްޓްރީގެ އޮފިޝަލުންނާ ބައްދަލުކުރުމުން އާރްޑީސީއަށް ބަޖެޓު ދީ ނިންމާފައިވާ ކަމުގެ ރިޕޯޓުތައް އުޅޭ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ. 

ތިމާވެއްޓަށް ގެއްލުންވާ ގޮތަށް ހިތަދޫ މޫލެކެޑެ ހިއްކުމާ ގިނަ ބަޔަކު ދެކޮޅުކަން ސަވޭއިން ދައްކައިފި

އީއައިއޭއަށް ހެދި ޕަބްލިކް ސާވޭއަށް 1،000 އަށްވުރެ ގިނަ މީހުންގެ ތެރެއިން ގާތްގަނޑަކަށް 62 ޕަސަންޓު މީހުން މަޝްރޫއުއަށް ތާއީދު ނުކުރެ. އެ މަޝްރުއަށް ތާއީދުކުރަނީ އެންމެ 32 ޕަސަންޓު މީހުން.

"މޫލެކެޑޭ ފިށިމަތި" ސަރަހައްދު ހިއްކައިގެން މަގު ހަދަން ސަރުކާރުން ރޭވި މަޝްރޫއު ކުރިއަށް ގެންދިޔައީ އެކަން ނުކުރަން ތިމާވެށި ހިމާޔަތްކުރަން މަސައްކަތްކުރާ ޖަމިއްޔާއަކުން އެދިފައި ވަނިކޮށެވެ. 

އެޕްރީލް 3، ގައި ބޭއްވި އިންތިހާބުގެ ކުރިން ރައީސް މުހައްމަދު މުއިއްޒު އެންމެ ފަހުން އައްޑޫއަށް ކުރެއްވި ދަތުރުގެ ތެރެއިން ތިމާވެށި ޕްރޮޖެކްޓު ޖަމިއްޔާގެ ފަރާތުން އެމަނިކުފާނަށް ހަވާލުކުރި ސިޓީއެއްގައި ބުނީ އެތަން ހިއްކަން އެދި ޕެޓިޝަން ކުރީ އެންމެ 122 މީހުން ކަމަށެވެ. 

އޭގެ އިތުރުން، އެ ސަރަހައްދު ހިއްކިޔަސް، ހިތަދުއަށް ކުރިމަތިވެފައިވާ ބިމުގެ ދަތިކަމާއި ނުބައި ވަސް ދުވުމުގެ މައްސަލައަށް އެ މަޝްރޫއުގެ ސަބަބުން ހައްލެއް ނުލިބޭނެ ކަމަށް އެ ސިޓީގައިވެ އެވެ. އެ ސަރަހައްދު ހިއްކަން ސަރުކާރުން ނިންމީ ލިންކް ރޯޑް ސީދާ ކުރުމާއި އެ ސަރަހައްދުން ނުބައި ވަސްދުވުން ފަދަ މައްސަލަތައް ހައްލުކުރަން އެދި ޕެޓިޝަނެއް ހުށަހަޅާފައިވާ ކަމަށް ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox