ތިމާވެއްޓަށް ގެއްލުންވާ ގޮތަށް ހިތަދޫ މޫލެކެޑެ ހިއްކުމާ ގިނަ ބަޔަކު ދެކޮޅުކަން ސަވޭއިން ދައްކައިފި

މޫލެކެޑެ ސަރަހައްދުގައި ހިއްކަން ނިންމާފައި ސަރަހައްދު: އެތަން ހިއްކުމާ ބޮޑު މެޖޯރިޓީއެއް ދެކޮޅު -- ފޮޓޯ: އީއައިއޭ ރިޕޯޓް

މޫލެކެޑެ ސަރަހައްދުގައި ހިއްކަން ނިންމާފައި ސަރަހައްދު: އެތަން ހިއްކުމާ ބޮޑު މެޖޯރިޓީއެއް ދެކޮޅު -- ފޮޓޯ: އީއައިއޭ ރިޕޯޓް

އައްޑޫ ސިޓީ ހިތަދޫ އުތުރުފަރާތު މޫލެކެޑެ ސަރަހައްދުގެ ބިން ހިއްކާ މަގެއް ހެދުމުގެ މަޝްރުއިން ތިމާވެއްޓަށް ގެއްލުންވާނެތީ އެ މަޝްރޫއާ ހިތަދޫގެ ބޮޑު މެޖޯރިޓީއެއް ދެކޮޅުކަން ސީޑީއީ ކޮންސަލްޓިން އިން ހެދި އެންވަޔަރަމަންޓް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ގެ ޕަބްލިކް ސާވޭއިން ދައްކައިފި އެވެ.

އީއައިއޭއަށް ހެދި ޕަބްލިކް ސާވޭއަށް 1،000 އަށްވުރެ ގިނަ މީހުންގެ ތެރެއިން ގާތްގަނޑަކަށް 62 ޕަސަންޓު މީހުން މަޝްރުއުއަށް ތާއީދު ނުކުރެ އެވެ. އެ މަޝްރުއަށް ތާއީދުކުރަނީ އެންމެ 32 ޕަސަންޓު މީހުންނެވެ.

މި މަޝްރޫއު ހިމެނޭ ސަރަހައްދު ވަށައިގެން 300 މީޓަރު ރޭޑިއަސް ތެރޭގައި ދިރިއުޅޭ 51 މީހުންނާ ކުރެވުނު ސާވޭއިން ދައްކާ ގޮތުގައި 68 ޕަސަންޓު މީހުން މަޝްރުއަށް ތާއީދުކުރެ އެވެ.

Advertisement

ގިނަ ބަޔަކު މަޝްރޫއަށް ތާއީދުނުކުރަނީ ތީމާވެށީގެ ކަންބޮޑުވުންތަކާއި، ރަނޑު ގެއްލިގެންދިޔުމާއި، ފެން ބޮޑުވުމުގެ އަދި މަޝްރޫއުގެ ބޭނުންތެރިކަމާއި އިންސާފުވެރިކަމާމެދު ސުވާލު އުފައްދަ އެވެ.

ނަމަވެސް މަޝްރޫއު ކުރިއަށްގެންދަން ތާއީދުކުރާ މީހުން ދެކޭ ގޮތުގައި އޭގެ ސަބަބުން ދަތުރުކުރަން ފަސޭހަވެ، އެ ސަރަހައްދަށް ދިމާވެފައިވަ ފެނާއި ނުބައިވަސް ދުވުމުގެ މައްސަލައަށް ހައްލު ލިބޭނެ އެވެ.

ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް މިނިސްޓްރީ، އީއާރުއޭ، އަދި އައްޑޫ ނޭޗާ ޕާކް އޮފީހުން ވަނީ މަޝްރޫއު ހިންގުމަށް ހުށަހެޅިފައިވަނީ އީދިގަލި ކިޅި އަދި ކޯއްޓޭ ހިމެނޭ ހިމާޔަތް ކުރެވިފައިވާ ސަރަހައްދުގެ 200 މީޓަރުގެ ބަފަރު ތެރޭގައިކަން ފާހަގަކޮށް، އެ ސަރަހައްދަކީ އައްޑޫ ބަޔޯސްފިއާ ރިޒާވް ތެރޭގައި ހިމެނޭ ތަނެއްކަން ވެސް ފާހަގަކޮށްފަ އެވެ.

ސަރުކާރުން މޫލެކެޑެ ސަރަހައްދުގެ ބިން ހިއްކުމަށް މަސައްކަތް ކުރަމުންދަނީ މިދިޔަ އަހަރުގެ މާޗު މަހުގެ ތެރޭގައި މޫލެކެޑެ އަވަށުގެ މީހުން އެކަން ކުރިއަށް ގެންދިޔުމަށް އެދި ހުށަހެޅި ޕެޓިޝަނަކާ ގުޅިގެންނެވެ.

އެ މަޝްރޫއުގެ ދަށުން ބިން ހިއްކުމާއި، ހިއްކާ ސަރަހައްދު ހިމާޔަތް ކުރުމަށް ތޮށިޖަހައި، ފެން ހިންދުމުގެ ނިޒާމް ގާއިމުކުރުމާއި ކަނޑުފާ ސަރަހައްދު ހިމާޔަތްކުރުން ހިމެނެ އެވެ.

އެގޮތުން މަޝްރޫއުގެ ދަށުން 2.6 ހެކްޓަރުގެ ސަރަހައްދެއް "މީން ސީ ލެވަލް" އަށްވުރެ 1.4 މީޓަރު އުސްކޮށް ހިއްކައި، ބިން ހިއްކުމަށް 52،000 ކޮޑިމީޓަރުގެ ވެލި ބޭން ކުރާން ޖެހޭނެ ކަމަށް ލަފާކުރެވެ އެވެ. އެކަމަށް ބޭނުންވާ ވެލި މަދުވެއްޖެނަމަ ވެލި ނެގުމަށް ނިންމާފައިވަނީ ފަޅުތެރިންނެވެ.

ގެއްލުން ކުޑަކޮށް މަޝްރުއު ކުރިއަށް ގެންދެވޭނެ ކަމަށް އީއައިއޭގައި ފާހަގަކޮށްފައިވާ ގޮތްތައް:

  • ބިން ނުހިއްކާ މަގު އެކަނި ހެދުން، މި ކޮންސެޕްޓުގެ މައިގަނޑު ފައިދާ އަކީ ތިމާވެށީގެ ގޮތުން ކުރާނެ އަސަރުތައް ބޮޑުތަނުން ކުޑަކުރާނެ ކަމެއް.
  • ހިއްކާ ސަރަހައްދު ކުދަކޮށްލުން، މި ކޮންސެޕްތުން ތިމާވެށީގެ އަސަރު އަދި މަޝްރޫއަށް ހިނގާ ހަރަދު ކޮންމެވެސް ވަރަކަށް ކުޑަކުރެވޭނެ.
  • އެއްބައި ހިއްކާ، މި ކޮންސެޕްތުން މި ސަރހަައްދުގައި ހުރި 60 ޕަސަންޓު ކަނޑޫ ރައްކާ ކުރެވޭނެ. އަދި ފެން ހިންދުން އިތުރަށް ހަރުދަނާ ކުރެވެނެ. އަދި ތަރައްގީ އާއި ތިމާވެށި ހިމާޔަތް ކުރުމާއި ދެމެދު ހަމަހަމަ ކަމެއް ގެންގުޅެވޭނެ.

އީއައިއޭގައި ބުނެފައި ވަނީ މަޝްރޫއަށް ހުށަހަޅާފައިވާ ގޮތަށް ބިން ހިއްކުމުން، ބަންޑެއް ތެރޭގައި ވެލި އަޅައި އަދި މޫސުން ރަނގަޅު ދުވަސްވަރު މަސައްކަތް ކުރުމުން، އެ ސަރަހައްދުގެ ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރު ކުޑަވާނެ އެވެ.

އީއައިއޭގެ ހުރި ކަންބޮޑުވުންތަކާއި ހުށަހަޅާ ހުށަހެޅުންތަކަށް ރިޔާޔަތްކޮށް އެންވަޔަރަމަންޓް މިނިސްޓްރީ އާއި ސަރުކާރުގެ ޕޮލިސީ ނިންމާ ފަރާތްތަކުން މަޝްރޫއު ކުރިއަށް ގެންދިޔުމާ މެދު ގޮތެއް ނިންމުމަށް ރިޕޯޓުގައި ވަނީ ލަފާދީފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox