މޫލެކެޑެ ހިއްކަން ނެގި އުޅަނދުތަކަށް ފައިސާ ނުދީގެން މުޒާހަރާ
އައްޑޫ ސިޓީގެ މޫލެކެޑެ ސަރަހައްދު ހިއްކުމަށް އާރްޑީސީން ކުއްޔަށް ހިފި އުޅަނދުތަކަށް 8.4 މިލިއަން ރުފިޔާ ނުދީގެން، ލިފްޓެޑް މޯލްޑިވްސް ކުންފުނިން އެ ކޯޕަރޭޝަނުގެ އައްޑޫ އޮފީސް ކުރިމަތީގައި މުޒާހަރާކޮށްފިއެވެ. ފައިސާ ނުލިބި ގިނަ ދުވަސްވެފައިވާއިރު، މިކަމުގައި އާރްޑީސީން އެކަށީގެންވާ ޖަވާބެއް ނުދޭ ކަމަށާއި ފިނޭންސް މިނިސްޓްރީން ބަޖެޓު ދޫކޮށްފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ.