ރާއްޖެއަށް 4،198 ހެކްޓަރުގެ ބިން އިތުރުކޮށްފި، އޭގެ ތެރެއިން 71 ޕަސެންޓަކީ މާލެ އަތޮޅުން ހިއްކި ބިން

ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް ކުރިއަށްދަނީ. ރާއްޖޭގައި ބިން ހިއްކުމުގެ ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް އެ ބިންތައް ބޭނުންކުރަނީ ވަރަށް މަދުން --- ފޮޓޯ: މިރާޝް/އަދަދު ފައިލް

ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް ކުރިއަށްދަނީ. ރާއްޖޭގައި ބިން ހިއްކުމުގެ ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް އެ ބިންތައް ބޭނުންކުރަނީ ވަރަށް މަދުން --- ފޮޓޯ: މިރާޝް/އަދަދު ފައިލް

ރާއްޖޭގައި 2000 ވަނަ އަހަރުން ފެށިގެން 2024 ވަނަ އަހަރާ ހަމައަށް ހިންގި ބިން ހިއްކުމުގެ މަޝްރޫއުތަކުގެ ތެރެއިން 4،198 ހެކްޓަރުގެ ބިން ހިއްކާފައިވާ ކަމަށާއި އޭގެ ތެރެއިން 71 ޕަސެންޓު ބިމަކީ މާލެ އަތޮޅުގައި ހިއްކާފައިވާ ބިން ކަމަށް ދިރާސާއަކުން ދައްކައިފި އެވެ. 

މެއި 28، ގައި މޯލްޑިވްސް ޖާނަލް އޮފް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީގައި ވަނީ "ލޭންޑް ރިކްލެމޭޝަން އިން ދަ މޯލްޑިވްސް: ޓްރެންޑްސް އެންޑް އިމްޕެކްޓްސް ފްރޮމް 2000 ޓު 2024"  ދިރާސާ ޕޭޕަރެއް ޝާއިއުކޮށްފަ އެވެ. މިއީ އެ މުއްދަތުގެ ތެރޭގައި ރާއްޖޭގައި ހިންގާފައިވާ ބިން ހިއްކުމުގެ މަޝްރޫއުތަކުގެ މައުލޫމާތު އެއްކޮށްގެން ތައްޔާރުކޮށްފައިވާ ޕޭޕަރެކެވެ. 

އެ މުއްދަތުގެ ތެރޭގައި ބިން ހިއްކުމުގެ 109 ޕްރޮޖެކްޓެއްގެ މައުލޫމާތު އެއްކޮށްފައިވާއިރު އޭގެ ތެރެއިން 85 މަޝްރޫއުއެއްގެ މަސައްކަތް ނިމިފައިވާއިރު 19 މަޝްރޫއުއެއް ކުރިއަށްދިޔަ އެވެ. އަދި ފަސް މަޝްރޫއުއެއް ހިންގަން ރާވައި މަސައްކަތް ފެށިފައި ނުވެ އެވެ. 

ރާއްޖޭގެ 18 އަތޮޅެއްގައި މީހުން ދިރިއުޅޭ 69 ރަށެއްގައި ބިން ހިއްކުމުގެ މަސައްކަތް ކޮށްފައިވެ އެވެ. އެހެންކަމުން މީހުން ދިރިއުޅޭ ކޮންމެ ތިން ރަށަކުން އެއް ރަށުގައި ވަނީ ބިން ހިއްކުމުގެ މަޝްރޫއުއެއް ކުރިއަށް ގެންގޮސްފަ އެވެ. 

ޖުމުލަ 4،198 ހެކްޓަރުގެ ބިން ހިއްކިއިރު 71 ޕަސެންޓު ބިން ހިއްކީ މާލެ އަތޮޅުންނެވެ. ބެލެވޭ ގޮތުގައި އޭގެ ތެރެއިން ބޮޑު ބަޔަކީ ގްރޭޓާ މާލެ ސަރަހައްދުގެ ބިން އިތުރުކުރަން ސަރުކާރުތަކުން ހިންގި މަޝްރޫއުތަކެވެ. 

އެންމެ ގިނައިން ބިން ހިއްކާފައިވާ އަތޮޅުތައް

  • ތ. އަތޮޅު - 332.3 ހެކްޓަރު
  • އައްޑޫ އަތޮޅު - 284.67 ހެކްޓަރު
  • ހއ. އަތޮޅު - 198.1 ހެކްޓަރު
  • ދ. އަތޮޅު - 167 ހެކްޓަރު
  • ށ. އަތޮޅު - 127.54 ހެކްޓަރު

އެންމެ މަދުން ބިން ހިއްކާފައިވަނީ ލ. އަތޮޅުގަ އެވެ. މިދިޔަ 25 އަހަރު ތެރޭ އެ އަތޮޅުގައި ހިއްކައިގެން އުފެއްދީ 15 ހެކްޓަރުގެ ބިމެވެ.

ބިން ހިއްކުމުގެ މަޝްރޫއުތަކުގެ ތެރެއިން 90 ޕަސެންޓަކީ މީހުން ދިރިއުޅޭ ރަށްރަށަށް އިތުރުކުރި ބިމެވެ. ނަމަވެސް، ހިއްކާފައިވާ ޖުމުލަ އަދަދުގެ 40 ޕަސެންޓު ބިމަކީ އާޓިފިޝަލް ރަށްރަށުގެ ބިމެވެ.  

ދިރާސާގެ ބޭނުމަށް އެ މަޝްރޫއުއެއް ހިންގި ތަނާއި، ސަރަހައްދާއި، ބާވަތާއި، ބޭނުންކުރުމަށް ކަނޑައެޅިފައިވާ މަގުސަދާއި، މަޝްރޫއުގެ މިހާރުގެ ހާލަތާއި، ފެށި އަހަރުގެ އިތުރުން ހިއްކާފައިވާ ބިމުގެ ބޮޑުމިނަށް ބަލާފައިވެ އެވެ. މަޝްރޫއުތައް ޗާޓުކުރުމަށާއި، ބަދަލުތައް ދިރާސާކުރުމަށްޓަކައި ޖިއޮގްރަފިކް އިންފޮމޭޝަން ސިސްޓަމްސް (ޖީއައިއެސް) ބޭނުންކޮށްފައިވެ އެވެ. 

ސެޓެލައިޓް ފޮޓޯތައް ލިބުން ދަތިވުމުގެ ސަބަބުންނާއި ލިޔެކިޔުންތައް ފުރިހަމައަށް ނެތުމުގެ ސަބަބުން، 2010 ގެ ކުރީގެ މަޝްރޫއުތަކުގެ މައުލޫމާތު ހޯދުމުގައި ގޮންޖެހުންތަކެއް ކުރިމަތިވި ކަމަށް ދިރާސާ ޕޭޕަރުގައި ބުނެފައިވެ އެވެ. 

އެ ޕޭޕަރުގައި ބުނެފައިވާ ގޮތުަގައި ރާއްޖޭގެ ގައުމީ ތަރައްގީގެ ނުވަތަ ސްޕޭޝަލް ޕްލޭނިން ފްރޭމްވޯކެއް ނެތުމުން ބިން ހިއްކުމުގެ މަސައްކަތްތައް ކުރިއަށްދަނީ އެއްވެސް ޕްލޭނެއް ނެތި އެވެ. 

މި ޕޭޕަރު ތައްޔާރުކުރީ ދެ ދިވެހިން ކަމަށްވާ ހުސައިން ޒިޔަތު އާއި ފާތިމަތު ޝަންނާ އަދި އޮސްޓްރޭލިއާގެ ރައްޔިތެއް ކަމަށްވާ އީޑެން ރީގޯ އެވެ. ޒިޔަތަކީ އާކިޓެކްޓެއްގެ އިތުރުން އާބަނިސްޓެއް އަދި ޕްލޭނަރެކެވެ. ޝަންނައަކީ އިންފްްރާސްޓްރަކްޗާ މިނިސްޓްރީގެ އާބަން ޕްލޭނިން ކޮންސަލްޓަންޓެކެވެ. އީޑެންއަކީ އޮކްސްފޯޑް ޔުނިވާސިޓީގައި ޑިވެލޮޕްމަންޓު ސްޓަޑީސްއިން މާސްޓާސް ފުރިހަމަކުރަމުން އަންނަ ދަރިވަރެކެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox