ފުށިދިއްގަރު ފަޅަށް ގާކުނޑި އަޅައިގެން ރަސްމާލެއަށް 25 ހެކްޓަރު ހިއްކަނީ

ފުށިދިއްގަރު ފަޅު މަތިން އާދިއްތަ ދުވަހު ނަގާފައިވާ ސެޓެލައިޓް ފޮޓޮއެއް: ރަސްމާލެއަށް މި ފަޅުން 1000 ހެކްޓަރަށް ވުރެ ބޮޑު ސަރަހައްދެއް ހިއްކާ --- ފޮޓޯ: ކޮޕާނިކަސް

ފުށިދިއްގަރު ފަޅު މަތިން އާދިއްތަ ދުވަހު ނަގާފައިވާ ސެޓެލައިޓް ފޮޓޮއެއް: ރަސްމާލެއަށް މި ފަޅުން 1000 ހެކްޓަރަށް ވުރެ ބޮޑު ސަރަހައްދެއް ހިއްކާ --- ފޮޓޯ: ކޮޕާނިކަސް

ފުށިދިއްގަރު ފަޅު ހިއްކައިގެން މި ސަރުކާރުން ތަރައްގީކުރަމުން އަންނަ ރަސްމާލޭގެ ސަރަހައްދަކަށް ގާކުނޑި އަޅައިގެން ހިއްކަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުއްދައަށް އެދިއްޖެ އެވެ.

މި ހުއްދަ ހޯދަން ވެގެން އެޗްޑީސީން ތައްޔާރުކުރި އީއައިއޭ ރިޕޯޓުގައިވާ ގޮތުގައި މިއީ ހުޅުމާލޭގައި ހުރި ގާފުނިތަކުގެ މައްސަލަ ބޮޑުވެގެން، އެކަމަށް ހައްލެއް ހޯދަން އެ ކުންފުނިން ހުށަހަޅާ ގޮތެކެވެ. އެޗްޑީސީން ވަނީ މިއީ ކޮންސްޓްރަކްޝަން މަސައްކަތްތަކުން އުފެދޭ ކުނި ނައްތާލެވޭނެ ދާއިމީ ހައްލެކެވެ.

އެޗްޑީސީން އެންވަޔަރަމެންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރުއޭ) ގައި ބުނެފައި ވަނީ އެ ކުންފުނިން މި ކުނިތައް ފުށިދިއްގަރު ފަޅުގެ ކަނޑައެޅިފައިވާ ސަރަހައްދަށް އަޅާނީ އެ ކުނިތައް ސާފުކޮށް، ޕްރޮސެސް ކުރުމަށް ފަހުގައި ކަމަށެވެ. މި ގޮތަށް ކުނި އަޅަނީ، ކަނޑުގެ ލޮނުގަނޑުގެ އުސްމިނުން ފެށިގެން އަޑިއަށް މީޓަރަކާ ހަމައަށެވެ. އޭގެ މަތީ ފަށަލައަށް އަޅަނީ ހުދު ވެއްޔެވެ. 

Advertisement

ރާއްޖޭގެ ފުރަތަމަ އިކޯ ސިޓީގެ ގޮތުގައި ތަރައްގީކުރަމުން އަންނަ ރަސްމާލޭގެ ބަޔަކަށް ގާކުނޑި އަޅަން ނިންމިއިރު، އެޗްޑީސީން ވަނީ ހުޅުމާލޭގެ ފޭސް ތިނަކަށް ބިން ހިއްކިއިރު ވެސް އެ ސަރަހައްދަށް ގާކުނޑި އަޅާފަ އެވެ.

ފާޑުކިޔުން އަމާޒުވުމުން ހުޅުމާލެ ފޭސް ތިނެއް ހިއްކަން ގެންގޮސްފައި ހުރި ކުނިފުނި ނަގައިފި

ންވަނަ ފިޔަވަހި ހިއްކުމަށް އެ ސަރަހައްދަށް ކުނިބުންޏާއެކު ގާކުނޑި އަޅަމުންދިޔަ ވީޑިއޯ މި ނޫހުން ސޯޝަލްމީޑިއާގައި ރޭ ޕޯސްޓު ކުރުމާއެކު ރައީސް އޮފީހުން ވަނީ އެ ކުނިފުނި އެ ތަނުން ނެގުމަށް އެޗްޑީސީއަށް އަންގައިފަ އެވެ.

އެ ފަހަރު ގާކުނޑި އެޅިއިރު، އެޗްޑީސީން އެ ބުނާ ގޮތަށް ކުނިތައް ސާފުކޮށް، ޕްރޮސެސްކޮށްފައި ނެތެވެ. އަދި ހިއްކަން އެޅި ކުނިތަކުގެ ތެރޭގައި ޕްލާސްޓިކާއި ދަގަނޑާއި ޓިނު ފަދަ ބާވަތްތައް ވެސް ހުއްޓެވެ. އޭރު މިކަން ހުއްޓާލީ، ހުޅުމާލޭ ރައްޔިތުން ޝަކުވާ ކުރުމުން ސީދާ ރައީސް އަންގަވައިގެންނެވެ.

ގާކުނޑި އަޅައިގެން ހިއްކުމުގެ ނުރައްކާތަކާ ގުޅިގެން މި ނޫހަށް މައުލޫމާތު ދިން ތިމާވެށި ދާއިރާގެ ތަޖުރިބާކާރަކު ބުނީ، ކުނިތައް ސާފުކުރި ނަމަވެސް، އޭގައި ހުރި ބަރު މައުދަނުތަކާއި ކެމިކަލް ފަދަ ގެއްލުންހުރި މާއްދާތައް ދިޔަވުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

މީގެ އިތުރުން މިއީ މާލެ އާއި ތިލަފުށި ފުރަތަމަ ހިއްކި ގޮތް ކަމަށާއި، ދެ ތަނުގައި ވެސް ތަޖުރިބާކުރި ފަދައިން ވަގުތު ފާއިތުވަމުންދާ ވަރަކަށް ބިންގަނޑު ތިރިވެ، ބިމުގެ ހަމަޖެހުން ގެއްލުމުގެ ނުރައްކާ ވެސް އޮވެ އެވެ.

އެޗްޑީސީން ބުނެފައި ވަނީ އެ ކުންފުނިން ބޮޑެތި ގާތަށް އެޅުމަށް ފަހު ބެކްފިލް ކުރާނެ ކަމަށެވެ. މި ނޫހާ ވާހަކަ ދެއްކި ތަޖުރިބާކާރު ބުނީ އެހެން ބެކްފިލް އެޅިޔަސް، ބޮޑެތި ކުނި ކަނޑަށް އަޅައިގެން ހިއްކާއިރު، މި ހިރާސް އޮންނާނެ ކަމަށެވެ. 

ރަސްމާލޭގެ ސައިޓުތަކުގެ ތެރެއިން ގާކުނޑި އަޅައިގެން ހިއްކަނީ ސައިޓު "ކޭ" އެވެ. މިއީ އެންމެ ފުރަތަމަ ހިއްކާ ނިންމި ސައިޓު ޖޭ އާއި އެމްއޭސީއެލްއިން މިހާރު ހިއްކާ ނިންމާފައިވާ ސައިޓު "އޭ" ދެމެދުގައި އޮންނަ ސަރަހައްދެކެވެ. މިއީ ފުރަތަމަ ޕްލޭނުގައި ހިއްކާ ގޮތަށް އޮތް ސަރަހައްދެއް ވެސް ނޫނެވެ. 

ހަތަރު ވަނައަށް ދިން ތާރީހަށް ވެސް ރަސްމާލެ ހިއްކާ ނުނިމުނު

ދުނިޔޭގެ އެންމެ ބޮޑު ޑްރެޖަރު ބޭނުންކޮށްގެން މަސައްކަތް ކުރި ނަމަވެސް، މިދިޔަ ނޮވެމްބަރު މަހު ރައީސް ވިދާޅުވި ފަސް މަސްދުވަހުގެ މުއްދަތު މި އޭޕްރިލް މަހަށް ހަމަވާއިރު، ފަހުން ހިއްކަން ފެށި ސައިޓުތަކުގެ ތެރެއިން ހިއްކާ ނިމުނީ "ސައިޓު އޭ" އެކަނި.

ގާކުނޑި އަޅައިގެން ހިއްކުމުގެ ހުއްދައަށް އެދުމުގެ އިތުރުން، މިހާރު ވެލި ނަގަން ހުއްދަ ދީފަ ހުރި ސަރަހައްދުގެ މާ ފުނުން ވެލި ނަގަން ޖެހޭތީ އާއި، މާ ދުރަށް ދަތުރުކުރަން ޖެހޭތީ ކައިރި ދެ ސަރަހައްދަކުން ވެލި ނެގުމުގެ ހުއްދައަށް ވެސް އެޗްޑީސީން އެދިފައިވެ އެވެ. 

ރަސްމާލެ ހިއްކުމުގެ މަސައްކަތް ފެށިތާ ދެ އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާއިރު، އެންމެ ފަހުން ރައީސް މުހައްމަދު މުއިއްޒު ވިދާޅުވި އޭޕްރިލް މަސް ނިމޭއިރު ވެސް ރަސްމާލެ ހިއްކާ ނުނިމޭނެ އެވެ. މި ޕްރޮޖެކްޓުގެ ރަސްމީ ޝެޑިއުލުން ދައްކާ ގޮތުގައި އެ ޕްރޮޖެކްޓުގެ ބިން ހިއްކުމާއި ބޮޑު ހިލަ ޖެހުމުގެ މަސައްކަތް ނިމޭނީ ސެޕްޓެމްބަރު 2028 އަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox