މުޅި ރާއްޖޭގައި ޑެންގީ ފެތުރޭތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން އިލްތިމާސްކޮށްފި

ޑެންގީ ފެތުރުވާ މަދިރި: މިދިޔ ހފުތާގައި ޑެންގީ ޖެހިގެން ރާއްޖެއިން ޒުވާނަކު ވަނީ ނިޔާވެފައި -- ފޮޓޯ: އޭއައި ޖެނެރޭޓެޑް

ޑެންގީ ފެތުރުވާ މަދިރި: މިދިޔ ހފުތާގައި ޑެންގީ ޖެހިގެން ރާއްޖެއިން ޒުވާނަކު ވަނީ ނިޔާވެފައި -- ފޮޓޯ: އޭއައި ޖެނެރޭޓެޑް

ރާއްޖޭގައި ހުރިހާ ހިސާބެއްގައި ވެސް މި ދުވަސްވަރު މަދިރިން ޖެހޭ ޑެންގީ ހުން ފެތުރޭތީ ސަލާމަތީ ފިޔަވަޅުތައް އަޅަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ އިން މިއަދު އިލްތިމާސްކޮށްފި އެވެ. 

މިދިޔަ މާޗް މަހު އެކަނި ވެސް ޑެންގީ ހުމުގެ 535 ކޭސް ރިޕޯޓުކޮށްފައިވާ ކަމަށް އެޗްޕީއޭ އިން ބުންޏެވެ. ޑެންގީ ޖެހިގެން ރާއްޖެއިން މިދިޔަ ހަފުތާގައި ޒުވާނަކު ނިޔާ ވެސް ވި އެވެ. 

ޑެންގީ ހުމުން ރައްކާތެރިވުމަށްޓަކައި ސްކޫލްތަކާއި ހޮސްޕިޓަލްތަކާއި ކައުންސިލްތަކާއި ރިސޯޓުތަކާއި ކޮންސްޓްރަކްޝަން ސައިޓުތަކާއި ޖަމިއްޔާތަކާއި މީޑިއާ އަދި އަމިއްލަ ފަރުދުން މަސައްކަތް ކުރަން އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފަ އެވެ. 

އެޗްޕީއޭއިން ބުނީ ޑެންގީ ހުމުގެ އަލާމާތްތަކަށް ހޮސްޕިޓަލްތަކުން ވަރަށް ބޮޑު ސަމާލުކަމެއް ދޭންޖެހޭނެ ކަމަށެވެ. ރަށު ތެރެ ސާފުކޮށް ބެލެހެއްޓުމަށް ރަށު ކައުންސިލްތަކުން ޓާސްކް ފޯހެއް ހެދުމަށް ވެސް އެޗްޕީއޭ އިން އެދެ އެވެ. 

އޭގެ އިތުރުން، މަދިރި އާލާވާ ގޮތަށް ހުރި ތަންތަން ބަލައި ރަށު ތެރެ ސާފުކޮށް، ބެލެހެއްޓުމަށް ހުރިހާ ފަރާތްތަކަކުން ވެސް ސަމާލުކަން ދޭންވާނެ ކަމަށް އެޗްޕީއޭ އިން ބުނެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ސައުދުގެ މައްޗަށް ކުރާ ދައުވާތައް އަނބުރައި ގެންދަން ގޮވާލައިފި

އެ ޕާޓީން ބުނީ މިއީ ކައުންސިލްގެ ނިންމުމަކަށް ސައުދު ފަރުދީގޮތުން ޒިންމާކުރުވައި، އޭނާގެ މޭޔަރުކަމުގެ މަގާމު ގެއްލުވާލުމަށް ސިޔާސީ ބޭނުމެއްގައި ކުރާ ކަމެއް ކަމަށް. އަދި އެކަށީގެންވާ ހެކި ނެތް މި މައްސަލައިގެ ޝަރީއަތް އަވަސް އަރުވާލައިގެން ކުރިއަށް ގެންދިއުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމަށްވެސް އެމްޑީޕީން ފާހަގަކޮށްފައިވޭ.

ވެމްކޯގެ ބައެއް މުވައްޒަފުންނަށް އަދިވެސް މުސާރަ ނުދޭ

ވެމްކޯގެ ބައެއް މުވައްޒަފުންނަށް މިދިޔަ މަހުގެ މުސާރަ އަދިވެސް ނުލިބޭތީ، ބިލްތައް ނުދެއްކި ޖޫރިމަނާވުމާއި ކުލި ދެއްކުން ލަސްވުމުގެ ކަންބޮޑުވުން މުވައްޒަފުން ފާޅުކޮށްފިއެވެ. މުސާރަ ދިނުން ލަސްވާ މައްސަލަ މިދިޔަ އަހަރުން ފެށިގެން ކުރިމަތިވަމުންދާއިރު، މިހާރު ގިނަ މުވައްޒަފުންނަށް މުސާރަ ލިބެނީ ކޮންމެ މަހެއްގެވެސް 10 ވަނަ ދުވަހާ ގާތްވުމުންނެވެ.

ރަސްމާލެ ވިއްކުމާ ދެކޮޅު ހަރަކާތުން އަދާލަތަށް މަރުހަބާ ކިޔައިފި

އެ ހަރަކާތުން ބުނިގޮތުގައި، ގައުމުގެ ސަލާމަތާއި ދީނީ އެއްބައިވަންތަކަމަށް އުނިކަން ލިބޭ ގޮތަށް މި މަޝްރޫއު ކުރިއަށް ނުގެންދިއުމަށް އަދާލަތުން ގޮވާލި ގޮވާލުމަށް ފުރިހަމައަށް ތާއީދުކުރެއެވެ.

ރަސްމާލެ އެއްވުމުގައި ފައިސަލް ވެސް ބައިވެރިވަނީ

މި އެއްވުމުގައި ކުރީގެ ރައީސް ޔާމީން ވެސް ބައިވެރިވެވަޑައިގަންނަވާއިރު، މިއީ ރަސްމާލޭގެ ބޮޑު ސަރަހައްދެއް ބޭރު ކުންފުންޏަކަށް ވިއްކާލުމާ ދެކޮޅަށް ބާއްވާ ހަރަކާތެއް. ސަރުކާރުން މިހާރު ވަނީ މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ބޭނުންވާ ގާނޫނީ ބަދަލުތައް މަޖިލީހަށް ހުށަހަޅައިފަ.

ދައުލަތުގެ އިއްޒަތުގެ ޝަރަފުވެރިންގެ މަޖިލީހެއް އެކުލަވާލައިފި

ރައީސް މުއިއްޒު ރިޔާސަތު ބަލަހައްޓަވާ މި މަޖިލީހަކީ މިނިވަން ދުވަހުގެ ޖަލްސާގައި އެމަނިކުފާނު ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް އުފެއްދެވި މަޖިލީހެކެވެ. މީގެ އިތުރުން އެކި ދާއިރާތަކުގެ ތަޖުރިބާކާރުން ހިމެނޭ 150 މީހުންގެ ގައުމީ މަޖިލީހެއް އެކުލަވާލުމަށް ވެސް ވަނީ ނިންމާފައެވެ.

ކަނދެއް ހަލާކުވެ ޓީއެމްއޭގެ ސީޕްލޭނެއް ދިޔަވެއްޖެ

ހުޅުލޭ ސީ-ޕްލޭން ޓާމިނަލުން ފުރަން އުޅުނު ބޯޓެއް އެކްސިޑެންޓުވެ، އޭގައި ތިބި މީހުން މޫދަށް ފުންމާލި ނަމަވެސް އެއްވެސް މީހަކަށް އަނިޔާ ލިބުނު ކަމެއް މިހާތަނަށް ނޭނގޭ. މި ހާދިސާ ހިނގާފައިވަނީ ބޯޓު ފުރަންވެގެން ޑޮކުން ނައްޓާލި ވަގުތު. އަދި ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން.

ޒަޔަނިސްޓުންނަށް ރާއްޖޭގެ ވެލިފުކެއް ވެސް ދީގެންނުވާނެ: ހުސައިން

އޭނާ މިހެން ވިދާޅުވީ ރަސްމާލޭގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދީ، އެތަނުގައި ބޭރު މީހުންނަށް ދާއިމީކޮށް ވަޒަންވެރިވެވޭ ގޮތަށް ރިއަލް އެސްޓޭޓް ބިލެއް ސަރުކާރުން ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެ.

Newsletter

Get the latest news delivered straight to your inbox