ކުރިއަށް އޮތް ހަތަރު މަހު ވާރޭ ވެހުން އިތުރުވެ، ހޫނުމިން ވެސް މަތިވާނެ ކަމަށް ލަފާކޮށްފި

މާލެއަށް ބޯކޮށް ވާރޭ ވެހުނު ދުވަހެއްގައި ފިހާރަތެރެއަށް ވަދެފައިވާ ފެންގަނޑު ހިއްކާއިރު، ބޭރަށް ނުކުތުމަށް ބަޔަކު ގޭގެ ދޮރުކައިރީ

މާލެއަށް ބޯކޮށް ވާރޭ ވެހުނު ދުވަހެއްގައި ފިހާރަތެރެއަށް ވަދެފައިވާ ފެންގަނޑު ހިއްކާއިރު، ބޭރަށް ނުކުތުމަށް ބަޔަކު ގޭގެ ދޮރުކައިރީ

އަންނަ ޖޫން މަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށް ރާއްޖޭގެ ބޮޑު ބަޔަކަށް ވާރޭ ވެހޭ މިންވަރު އިތުރުވެ، ހޫނުމިންވެސް އާންމު މިންގަނޑަށް ވުރެ މަތިވާނެ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް އޮފީސް) އިން ލަފާކޮށްފިއެވެ.

މެޓް އޮފީހުން ބުނީ ކުރިއަށް އޮތް ހަތަރު މަސްދުވަހުގެ ތެރޭގައި ރާއްޖޭގެ މޫސުން ހުންނާނެ ކަމަށް ބެލެވެނީ އާންމު ހާލަތަށް ވުރެ ގޯސްކޮށެވެ. 

"ޖޫންއިން ސެޕްޓެމްބަރުގެ ނިޔަލަށް ލަފާ ކުރެވޭ ގޮތުން ރާއްޖޭގެ ގިނަ ސަރަހައްދުތަކަށް ވާރޭވެހޭ މިންވަރު އާންމުކޮށް މި ދުވަސްވަރު ވެހޭ ވަރަށް ވުރެ އިތުރުވުމުގެ ފުރުސަތު ބޮޑެވެ. އަދި ހުރިހާ ސަރަހައްދެއްގައި ވެސް ފިނިހޫނުމިން އާންމުކޮށް ހުންނަވަރަށް ވުރެ މަތިވާނެ ކަމަށް ވެސް ބަލެވެ އެވެ،" އެޓް އޮފީހުން އެކްސްގައި ކޮށްފައިވާ ޕޯސްޓުގައި ބުނެފައިވެ އެވެ. 

މި ފޯކާސްޓު އާންމުގޮތެއްގައި ތައްޔާރު ކުރަނީ އެޕްރީލް މަހު ހުންނަ މޫސުމީ ހާލަތަށާއި އަދި މޫސުމަށް ބަދަލު އައުމަށް މެދުވެރިވާ ސަބަބުތަކަށް ރިޔާއަތްކުރެވިގެންނެވެ.

މެޓް އޮފީހުން އާންމުކުރި ޗާޓުތަކުން ދައްކާ ގޮތުގައި، މުޅި ދެކުނު އޭޝިއާ ސަރަހައްދަށްވެސް މިދުވަސްވަރު ހޫނުމިން މަތިވާނެއެވެ. ވަކިން ހާއްސަކޮށް ރާއްޖެ ހިމެނޭ ސަރަހައްދު ޗާޓުތަކުން ފާހަގަކޮށްފައިވަނީ ގަދަ ރަތް އަދި އޮރެންޖު ކުލައިންނެވެ. މިއީ އެ ސަރަހައްދުތަކުގައި ހޫނުމިން އާދަޔާ ހިލާފަށް މަތިވާނެކަމުގެ ނިޝާނެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައުދުގެ މައްޗަށް ކުރާ ދައުވާތައް އަނބުރައި ގެންދަން ގޮވާލައިފި

އެ ޕާޓީން ބުނީ މިއީ ކައުންސިލްގެ ނިންމުމަކަށް ސައުދު ފަރުދީގޮތުން ޒިންމާކުރުވައި، އޭނާގެ މޭޔަރުކަމުގެ މަގާމު ގެއްލުވާލުމަށް ސިޔާސީ ބޭނުމެއްގައި ކުރާ ކަމެއް ކަމަށް. އަދި އެކަށީގެންވާ ހެކި ނެތް މި މައްސަލައިގެ ޝަރީއަތް އަވަސް އަރުވާލައިގެން ކުރިއަށް ގެންދިއުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމަށްވެސް އެމްޑީޕީން ފާހަގަކޮށްފައިވޭ.

ވެމްކޯގެ ބައެއް މުވައްޒަފުންނަށް އަދިވެސް މުސާރަ ނުދޭ

ވެމްކޯގެ ބައެއް މުވައްޒަފުންނަށް މިދިޔަ މަހުގެ މުސާރަ އަދިވެސް ނުލިބޭތީ، ބިލްތައް ނުދެއްކި ޖޫރިމަނާވުމާއި ކުލި ދެއްކުން ލަސްވުމުގެ ކަންބޮޑުވުން މުވައްޒަފުން ފާޅުކޮށްފިއެވެ. މުސާރަ ދިނުން ލަސްވާ މައްސަލަ މިދިޔަ އަހަރުން ފެށިގެން ކުރިމަތިވަމުންދާއިރު، މިހާރު ގިނަ މުވައްޒަފުންނަށް މުސާރަ ލިބެނީ ކޮންމެ މަހެއްގެވެސް 10 ވަނަ ދުވަހާ ގާތްވުމުންނެވެ.

ރަސްމާލެ ވިއްކުމާ ދެކޮޅު ހަރަކާތުން އަދާލަތަށް މަރުހަބާ ކިޔައިފި

އެ ހަރަކާތުން ބުނިގޮތުގައި، ގައުމުގެ ސަލާމަތާއި ދީނީ އެއްބައިވަންތަކަމަށް އުނިކަން ލިބޭ ގޮތަށް މި މަޝްރޫއު ކުރިއަށް ނުގެންދިއުމަށް އަދާލަތުން ގޮވާލި ގޮވާލުމަށް ފުރިހަމައަށް ތާއީދުކުރެއެވެ.

ރަސްމާލެ އެއްވުމުގައި ފައިސަލް ވެސް ބައިވެރިވަނީ

މި އެއްވުމުގައި ކުރީގެ ރައީސް ޔާމީން ވެސް ބައިވެރިވެވަޑައިގަންނަވާއިރު، މިއީ ރަސްމާލޭގެ ބޮޑު ސަރަހައްދެއް ބޭރު ކުންފުންޏަކަށް ވިއްކާލުމާ ދެކޮޅަށް ބާއްވާ ހަރަކާތެއް. ސަރުކާރުން މިހާރު ވަނީ މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ބޭނުންވާ ގާނޫނީ ބަދަލުތައް މަޖިލީހަށް ހުށަހަޅައިފަ.

ދައުލަތުގެ އިއްޒަތުގެ ޝަރަފުވެރިންގެ މަޖިލީހެއް އެކުލަވާލައިފި

ރައީސް މުއިއްޒު ރިޔާސަތު ބަލަހައްޓަވާ މި މަޖިލީހަކީ މިނިވަން ދުވަހުގެ ޖަލްސާގައި އެމަނިކުފާނު ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް އުފެއްދެވި މަޖިލީހެކެވެ. މީގެ އިތުރުން އެކި ދާއިރާތަކުގެ ތަޖުރިބާކާރުން ހިމެނޭ 150 މީހުންގެ ގައުމީ މަޖިލީހެއް އެކުލަވާލުމަށް ވެސް ވަނީ ނިންމާފައެވެ.

ކަނދެއް ހަލާކުވެ ޓީއެމްއޭގެ ސީޕްލޭނެއް ދިޔަވެއްޖެ

ހުޅުލޭ ސީ-ޕްލޭން ޓާމިނަލުން ފުރަން އުޅުނު ބޯޓެއް އެކްސިޑެންޓުވެ، އޭގައި ތިބި މީހުން މޫދަށް ފުންމާލި ނަމަވެސް އެއްވެސް މީހަކަށް އަނިޔާ ލިބުނު ކަމެއް މިހާތަނަށް ނޭނގޭ. މި ހާދިސާ ހިނގާފައިވަނީ ބޯޓު ފުރަންވެގެން ޑޮކުން ނައްޓާލި ވަގުތު. އަދި ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން.

ޒަޔަނިސްޓުންނަށް ރާއްޖޭގެ ވެލިފުކެއް ވެސް ދީގެންނުވާނެ: ހުސައިން

އޭނާ މިހެން ވިދާޅުވީ ރަސްމާލޭގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދީ، އެތަނުގައި ބޭރު މީހުންނަށް ދާއިމީކޮށް ވަޒަންވެރިވެވޭ ގޮތަށް ރިއަލް އެސްޓޭޓް ބިލެއް ސަރުކާރުން ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެ.

Newsletter

Get the latest news delivered straight to your inbox