ސަރުކާރު މަޝްވަރާގެ މޭޒަށް އަންނަންދެން އިހުތިޖާޖު ކުރުމުގައި ދެމިތިބޭނަން: ނަޝީދު

އެމްޑީޕީ ހަރުގެ ކުރިމަތީގައި ނަޝީދު ވާހަކަ ދައްކަވަނީ ---

އެމްޑީޕީ ހަރުގެ ކުރިމަތީގައި ނަޝީދު ވާހަކަ ދައްކަވަނީ ---

ސަރުކާރުން މަޝްވަރާގެ މޭޒަށް ވަޑައިގަތުމަށް ގޮވާލައްވައި އެ ގޮތަށް ސަރުކާރުން އަމަލުނުކޮށްފިނަމަ ތާ އަބަދު އިހުތިޖާޖު ކުރުމުގައި ދެމިތިބޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. 

އެމްޑީޕީން ފަށާފައިވާ ސިލްސިލާ އިހުތިޖާޖުގެ ތެރެއިން އަށްވަނަ ރޭގެ އިހުތިޖާޖު ފެށުމުގެ ކުރިން ދަނޑިކޮށީ ހަރުގެ ކުރިމަތީގައި ހުންނަވައި ނަޝީދު ވަނީ އެހެން ގައުމުތަކެކޭ އެއްގޮތަށް ރާއްޖެ ވެސް އޮތީ ހަނގުރާމައިގެ ވިލާގަނޑެއްގެ ދަށުގައި ކަމަށް ވިދާޅުވެފަ އެވެ. އިރާން ހަނގުރާމަ އާއެކު ތަކެތީގެ އަގުތަކާއި ޑޮލަރުގެ އަގު އުފުލެމުންދާ މިންވަރު ދިވެހިންނަށް އިހުސާސްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 

"ރާއްޖެ މި އޮތީ ނާޒުކު ފައްތަރެއްގައި. މި ހާލަތުން އަޅުގަނޑުމެން އަރައިގަތުން އެއީ ހަމައެކަނި ސަރުކާރުގެ ވާޖިބެއް ނޫން، އަޅުގަނޑުމެން އެންމެންގެ ވާޖިބެއް. އެނގިވަޑައިގަންނަވާނެ ރައީސް މުއިއްޒަށް އެ ވަނީ ރައްޔިތުންގެ އިތުބާރު އެކަށް ގެއްލިފައި،" ނަޝީދު ވިދާޅުވި އެވެ.

މުއިއްޒުގެ ސަރުކާރުން އެންމެ ފަހުން ރައްޔިތުންގެ އަރިހުން އެހީ ވޯޓު ގިނަކުރުމާ ބެހޭ ސުވާލެއް ކަމަށާއި ރައްޔިތުންގެ ޖަވާބު އެކަމުގައި ވަރަށް ސާފު ކަމަށް ނަޝީދު ވިދާޅުވި އެވެ. ރެފަރެންޑަމްގެ ނަތީޖާއިން ސާފުވަނީ ރައްޔިތުން ބޭނުންވަނީ އެ މީހުންގެ އަރިހަށް ސިޔާސީ ލީޑަރުން ގިނަގައިން ދިޔުމަށް ކަމަށް ނަޝީދު ވިދާޅުވި އެވެ. 

"ގާނޫނުއަސާސީއަށް މި ސިފަތައް އަންނާން އެބަ ޖެހޭ، ރާއްޖޭގެ އޮނިގަނޑަށް ބަދަލުތަކެއް އަންނާން އެބަ ޖެހޭ. ސަރުކާރަށާއި ރައީސް މުއިއްޒުއަށް އަޅުގަނޑު މި ގޮވާލަނީ ވަޑައިގަންނަވާށޭ މޭޒު ދޮށަށް، މަޝްވަރާ ފަށްޓަވާށޭ،" ނަޝީދު ވިދާޅުވި އެވެ. 

ރާއްޖެ ދޫކޮށްލެވެން ނެތް ކަމަށާއި ރާއްޖޭގެ ރައްޔިތުންނަށް ލިބެންވާ ހައްގުތައް އަދި އެ ރައްޔިތުންނަށް ލިބެންވާ ތަނަވަސްކަން ވެސް، ހިތްހަމްޖެހުން ވެސް ހޯދައިދިނުމަކީ އެންމެންގެ ވާޖިބެއް ކަމަށް ނަޝީދު ވިދާޅުވި އެވެ.

"މަޝްވަރާގެ މޭޒަށް ވަޑައިގަންނަވާ ނޫނީ އަޅުގަނޑުމެން ތާ އަބަދު މި މަސައްކަތް ކުރުމުގައި މަގުމަތީގައި ދެމިތިބޭނަން. ރާއްޖޭގެ ރަށްރަށަށް ވެސް އަޅުގަނޑުމެން ދާނަން، ރައީސް މުއިއްޒު އާއި ސަރުކާރު މަޝްވަރާގެ މޭޒަށް ވަޑައިގަންނަވަން ދެން އަޅުގަނޑުމެން މިކަމުގައި ދެމި ތިބޭނަން."

މިއީ ސަރުކާރުން މަޝްވަރާގެ މޭޒު ދޮށަށް އައުމަށް ނަޝީދު ގޮވާލި ތިންވަނަ ފަހަރެވެ. ނަމަވެސް އިދިކޮޅާއެކު މަޝްވަރާގެ މޭޒަށް އަންނަން ޖެހޭ ކަމަށް ގަބޫލުނުކުރައްވާ ކަމަށް މުހައްމަދު މުއިއްޒު އިއްޔެ ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ އިދިކޮޅު ޕާޓީތަކާ މަޝްވަރާ ކުރުން ރައްޔިތުން އެމަނިކުފާނާ ހަވާލުކޮށްފައިވާ މެންޑޭޓުން ބޭރު ކަމަށެވެ. 

"އަޅުގަނޑު ހިތުން ރައްޔިތުން އަޅުގަނޑަށް ދީފައިވާ މެންޑޭޓުން ބޭރު ކަމެއް އެއީ. ރައްޔިތުން އަޅުގަނޑަަށް ދީފައިވާ މެންޑޭޓަކީ ފަސް އަހަރުގެ ދައުރެއް ތިމަންނަމެން ހަވާލުކުރީއޭ، އަޅުގަނޑު އިއުލާނުކުރި މެނިފެސްޓޯ އާއި ވައުދުތަކާ އެއްގޮތަށް ކަންކަން ކުރަން. އެހެންވީމަ އަޅުގަނޑު ދާނީ ރައްޔިތުން އަޅުގަނޑާ ހަވާލުކުރި މަސައްކަތައިގެން ކުރިއަށް،" މުއިއްޒު ވިދާޅުވި އެވެ. 

އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިހާބުގައި ވާދަކުރައްވާނެކަން ނަޝީދު ވަނީ އިއުލާން ކުރައްވާފަ އެވެ. އެމަނިކުފާނު ވާދަކުރައްވަނީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް އާއި އެ ޕާޓީގެ ނައިބު ރައީސްކަން ކުރެއްވި އަލްހާން ފަހުމީއާ އެވެ.

އެ ޕާޓީން މަގުތަކުގައި އިހުތިޖާޖު ކުރަމުން އަންނަނީ ނިމިދިޔަ ކައުންސިލް އިންތިހާބާއި ފެންނަ ނުފެންނަ ވޯޓުގައި ސަރުކާރަށް އިތުބާރު ގެއްލި، ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެފައިވާ ކަމަށް ބުނެ އެވެ. އެ ދުވަހު ނެގި ތިން ވޯޓުގެ ތެރެއިން ދެ ވޯޓުން ސަރުކާރު ވީ ބައްޔެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox