ހަނގުރާމައިގެ ސަބަބުން ހާލަތު ގޯސްވެ އިގްތިސާދީ ދުވެލި ވަރަށް ބޮޑަށް މަޑުޖެހޭނެ ކަމަށް އޭޑީބީ އިން ލަފާކޮށްފި

ހުޅުމާލޭ ވިޔަފާރި ބަނދަރު: އިގްތިސާދީ ދުވެލި މަޑުޖެހޭނީ ފަތުރުވެރިކަން ދަށްވުމާއި ތެޔޮ އަގުބޮޑުވުމުން -- ފޮޓޯ: އަދަދު ފައިލް

ހުޅުމާލޭ ވިޔަފާރި ބަނދަރު: އިގްތިސާދީ ދުވެލި މަޑުޖެހޭނީ ފަތުރުވެރިކަން ދަށްވުމާއި ތެޔޮ އަގުބޮޑުވުމުން -- ފޮޓޯ: އަދަދު ފައިލް

މެދުއިރުމަތީގައި މިހާރު ކުރިއަށްދާ ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ އިގްތިސާދު ކުރިއަރަމުން އަންނަ މިންވަރު މަޑުޖެހި، މި އަހަރުގެ ތެރޭގައި އިގްތިސާދު ކުރިއަރާނީ އެންމެ ޕަސެންޓަކުން ކަމަށް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުން ލަފާކޮށްފި އެވެ. 

މިދިޔަ އަހަރު ރާއްޖޭގެ އިގްތިސާދަށް ވަނީ 5.4 ޕަސެންޓުގެ ކުރިއެރުމެއް ލިބިފަ އެވެ. އެކަމަކު މި އަހަރު އިގްތިސާދު ކުރިއަރާނީ އެންމެ ޕަސެންޓަކުން ކަމަށް އޭޑީބީ އިން ލަފާ ކުރެ އެވެ. އަދި އަންނަ އަހަރު ގާތްގަނޑަކަށް ތިން ޕަސެންޓުގެ ކުރިއެރުމެއް އިގްތިސާދަށް ލިބޭނެ ކަމަށް ވެސް އޭޑީބީ އިން ލަފާ ކުރެ އެވެ.  

"ރާއްޖެއިން ވަނީ އޭޕްރީލް 2، ގައި ސުކޫކު އަނބުރާ ދައްކައިފަ. ނަމަވެސް ރާއްޖެއަށް އަދިވެސް ގޮންޖެހުންތައް އެބަހުރި. ފަތުރުވެރިކަން ދަށްވުމާއި ތެލުގެ އަގު ބޮޑުވުމުން ދައުލަތުގެ ބަޖެޓަށް އޭގެ ޕްރެޝަރު އަންނާނެ. ފިސްކަލް ރިފޯމްތައް މި ދަނޑިވަޅު ގެނައުން މުހިންމީ އެހެންވެ،" އޭޑީބީގެ ސީނިއާ އިކޮނޮމިސްޓް ޖޫލްސް ހިއުގޮޓް ވިދާޅުވި އެވެ. 

Advertisement

އޭޑީބީ އިން މިއަދު ނެރުނު ރިޕޯޓެއްގައި ބުނެފައި ވަނީ ރާއްޖޭގެ އިގްތިސާދު ކުރިއަރާ މިންވަރު މަޑުޖެހޭނެ ކަމަށް ލަފާ ކުރެވޭ މައިގަނޑު ސަބަބަކީ ހަނގުރާމައާ ގުޅިގެން ފަތުރުވެރިކަން ދަށްވުމާއި ތެލުގެ އަގު ބޮޑުވުމެވެ. 

މެދުއިރުމަތީގެ ހަނގުރާމަ ފެބްރުއަރީ 28، ފައި ފެށުނު އިރު ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބާއްވަން އޮތީ ކުޑަތަންވެފަ އެވެ. ހަނގުރާމަ ފެށުމުން ހަރަދު ކުޑަ ކުރުމުގެ ބަދަލުގައި، ސަރުކާރުން ވަނީ އަލަށް އެތައް ހާސް ވަޒީފާއެއް އުފައްދައި، ކެމްޕެއިނަށް ބޮޑު ހަރަދެއް ކޮށްފަ އެވެ. 

ހަނގުރާމަ ނިމުމާއެކު ސަރުކާރުން ވަނީ ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް އަޅަން ފަށައިފަ އެވެ. އޭގެ ތެރޭގައި މުވައްޒަފުން ކެނޑުމާއި އިތުރު ވަގުތު މަދު ކުރުމާއި އޮފީހަށް ނުކުންނަންޖެހޭ ވަގުތު މަދުކުރުން ހިމެނެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox